ޕީޕީއެމް އޮފީހުން އެއްޗެހިތައް ނެރެގެން ގެންދިއުމުގެ މަސައްކަތް ކުރަނީ.--- ފޮޓޯ/ ނިޝާން އަލީ/މިހާރު
10 ނޮވެމްބަރ 2016 - 14:30
ހ. ތެމާގައި ހިންގި ޕީޕީއެމްގެ ރަސްމީ އޮފީސް ތެރެއަށް ބަޔަކު ވަދެ، އެތަނުގައި ހުރި މުދާތައް ގެންދިޔައިރު ފުލުހުންގެ ބަޔަކު އިހުމާލުވެފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ބުނެ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް މިއަދު މައްސަލަ ހުށަހަޅައިފި އެވެ.
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފެކްޝަނުން އެންއައިސީ އަށް ފޮނުވި ސިޓީގައި ބުނީ އެ އޮފީހުގައި ހުރި މުދާތައް މިދިޔަ މަހުގެ 28 ގައި ބަޔަކު ގެންދިޔައިރު، އޮފީސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް، އެތަނުގެ ފޯރިމަރަމުން ދިޔަ ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށެވެ. އެ އޮފީސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވާ ކަމަށް ސިޓީގައިވެ އެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަނެއްގެ ތަޅު ހަލާލުކޮށްލުމުން، އެ މައްސަލަ އާއި އެތަނުގައި ހުރި މުދާތައް ބޭރުކުރަން ފެށުމުން އެ މައްސަލަ ހުށަހެޅި ނަމަވެސް އެކަން ހުއްޓުވަން ފުލުހުންގެ އެއްބާރުލުން ލިބިފައި ނުވާ ކަމަށް މައުމޫންގެ ފެކްޝަނުން ބުންޏެވެ.
ސިޓީގައި ބުނިގޮތުގައި ޕާޓީ އޮފީހުގައި ހުރި މުދާތައް ގެންދިޔައީ އެތަނުގެ އިސް ވެރިއަކަށް އެންގުމަކާ ވެސް ނުލަ އެވެ.
"އޭގެ ކުރިން ފުލުުހުން މައުލޫމާތު ދިން ގޮތުގައި އޮފީހަށް އެއްވެސް މީހަކަށް ނުވަދޭވޭނެ ކަމަށާއި އަދި އޮފީހުން އެއްވެސް އެއްޗެއް ބޭރުކުރެވޭނީ އަޅުގަނޑުމެންނަށް އެނގިގެން ކަމަށް ވިދާޅުވި އެވެ. ނަމަވެސް ބަޔަކު އޮފީހަށް ވަދެ އޮފީސް މުދާ ފުލުހުންގެ ކުރިމަތީގައި އެ ގެންދިޔަ ތަނަކަށް ގެންގޮސްފައިވެ އެވެ،" ސިޓީގައިވެ އެވެ.
ޕީޕީއެމްގެ އޮފީހުގެ މުދާތައް ފުލުހުންގެ ކުރިމަތީގައި ގެންދިޔައީ ކޯޓު އަމުރަކާ ނުލައި އިމާރާތަށް ވަދެގެން ކަމަށާއި މިއީ ވަރަށް ބޮޑު ކުށެއް ކަމަށް ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.
"އަދި މިހާތަނަށް މިކަންތައް މިހެން ހިނގައިދިޔައިރު އޮފީހުގައި ތަޅުއަޅުވާފައި ވަނީ ކީއްވެގެން ކަމާއި އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް އޮފީހުގެ ތަޅުއަޅުވާފައި ވަނީ ކީއްވެގެން ކަމާއި އަދި ފުލުހުންގެ ބެލުމުގެ ދަށުގައި ވަނިކޮށް އޮފީހުގެ ތަޅުތައް ހަލާކުކޮށްލައިގެން ވަދެ އެތާ ހުރި ހަރުމުދާ އެހެން ބަޔަކު، އޮފީހުގެ އެއްވެސް ވެރިއަކަށް ނޭނގި ގެންގޮސްފައި ވަނީ ކިހިނެއް ކަމެއް އަޅުގަނޑުމެންނަށް އެނގިފައި ނުވެ އެވެ،" މައުމޫންގެ ފެކްޝަނުން ބުންޏެވެ.
އެހެންވެ މިކަމުގައި ފުލުހުންތަކެއްގެ އިހުމާލު އޮތް ކަމަށް ގަބޫލުކުރެވޭ ކަމަށާއި މައްސަލަ ބަލައި އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވެ އެވެ.
ޕީޕީއެމްގެ އޮފީހުގައި ހުރި މުދާތައް ގެންދިޔައީ، އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުންނެވެ. މުދާ ގެންދިޔައިރު، ބައެއް ތަކެތި މަދު ކަމަށް ފުލުހުންނަށް ހުށަހެޅި މައްސަލަ އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލާގައި މައުމޫންގެ ފެކްޝަނުން ޕީޕީއެމަށް ކަނޑައެޅި ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމާއި ޕީޕީއެމްގެ ރައީސްގެ އޮފީސް ވެސް ވަނީ ބަލައި ފާސްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސެން
19 January 2017
ރީތި ލަނޑެއް ލިބިއްޖެ ނުން. މީހަކަށް ދެރައެއް މީހަކަށް ނުދެވޭނެ. ދެރައެއް ދީފިނަ އޭތި އަނބުރާ ތިމާ އަށް އަންނާނެ.
ޤާނޫނީމާހިރުންގެދަލު
11 November 2016
މިތަނުގައި ހާދަގިނައޭ ޤާނޫނު އަސާސީ ގިރައިގެން ބޮއިގެންތިބި މީހުން. ހީވަނީ ރީނދޫ ހުންޖެހިފައި ތިބި މީހުންނާއި މަޢުމޫނަށް ސަނާ ދަންނަވާ އަޅުންހެން. ރީނދޫހުން ޖެހިފައި ތިބި މީހުން ތިބޭނީ ޕާޓީ ހަރުގެއިންނާއި ހޮޅުއަށިތަކުން ޑިގްރީ ހަދައިން ޤާނޫނީ ދާއިރާއިން. ވީމާ މިތަނުގައި ޤާނޫނު އެނގިގެން މައްސަލަ ނިންމާފައިވާ ކޮމެންޓްކޮށްފައިވާ މީހުންނަށް މައްސަލަ ބެލުން ޙަވާލުކުރުމަށް މަޢުމޫނަށް ގޮވާލަން. އެމީހުން ނިންމާނެ މަޢުމޫނު ބޭނުންވާ ގޮތަކަށް.
އަބްދުއްލާ އަލީ
10 November 2016
ގާނޫނުއަސާސީ ގެ 64 ވަނަ މާއްދާ ގަ ބުަނީ ދަވްލަތުގެ އެއްވެސް މުވައްޒަފަކު އަމުރު ކުރަންވާނީ ގާނޫނަކުން ބާރު ލިބިގެންކަމަށް ، ގާނޫނަކުން ބާރު ލިބިގެން ނޫންގޮތަކަށް ކުރާ އަމުރަކަށް ތަބާ ނުވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވޭ . ވީމާ 142 ވަނަ މާއްދާ ގަ ބުިނާގޮތް ނޫން ގޮތަކަށް ނެރޭ އެއްވެސް އަމުރަކަށް ތަބާ ވާކަށް ލާޒިމެއްނުވާނެ ؟މިފަދައަމުރު ނެރޭމީހާއަށްއަދަބު ދިނުމަށް ކަނޑައެޅިފައިވާ އިދާރާއިން އަމަލު ކުރާނީ ކިހިނެތްބާ؟
އަބްދުއްލާ އަލީ
10 November 2016
ގާނޫނު އަސާސީ ގެ 142 ވަނަ މާއްދާ އަށް ބެއްލެވިންތޯ ؟ އަމަލު ކުރަންޖެހޭ ގޮތަކީ ކޮބައިތޯ ؟ އަމުރު ލިބެންވާ ފަރާތް ގާނޫނުއަސާސީ ން އެގެން އޮތް އިރު އެހެންމީހަކަށް ދިނުމާ އެހެން މީހަކު އޭގެ ބޭނުން ކުރުމަކީ ކިހާ ވަރެއްގެ ކަމެއްބާ ؟ ހިޔާލު ދޫކޮށްލައިފިން.
ހަލީމު
10 November 2016
މައުމޫނު ގޭގަ އޮވެބަލަ މިހާރު ވެރިކަން ކުރެވިއްޖެ. ދެންވެއްޓޭނީ އަގު
ގުނބޯ
10 November 2016
ކެއްކި ތަވާ ފިޔަން މަތި.
އައިއެފް
10 November 2016
ކޮމިޝަނުގެ ލަފާކުރެވޭ ނިންމުން: ފުލުހުން އަމަލުކުރީ ރަނގަޅަށް. މައްސަލައެއް ނެތް. ހަހަހާ.
ދުރުމީ
10 November 2016
ބަލަ އެހެންގޮތަކަށް އެކަން ނިންމާފިއްޔާ ތިކޮމިޝަނުގެ ޢިއްޒަތްތެރި ޚޫޝޫވަތްތެރި ނަޒާހަތްތެރި ބޭފުޅުންކޮޅު ވަޑައިގަންނަވަންޖެހޭނީ ގެއަށޭ،
ނަތަން
10 November 2016
ޕީޕީއެމްގެރައީސެއް މިހާރަކު ނުހުއްނާނެ، މައުމޫނަކީ ޕީޕީއެމްގެ ރައީސެއްނޫން، މޮޔަވެގެން އުޅޭނެކަމެއްނެތް.
ރަދީފް
10 November 2016
''އިސްވެދެންނެވި ކަންތަކަށް ރިޔާއަތްކޮށްފަ މިކޮމިޝަނުން ބެލިއިރު ފުލުހުން އަމަލުކޮށްފައިވަނީ ގާނޫނުގެ ތެރިއިން ކަމުގަ ދަންނަވަން''
އަހަރެން
10 November 2016
އަހަރެން ތިޔަ ނޭޝަނަލް އިންޓިގްރިޓީ ކޮމިޝަނަށް މައްސަލައެއް ހުށަހަޅައިގެން ސަލާން ޖަހާ އުސޫލުން ވަރަށް ގިނައިން ގުޅައިގެން މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ލިބުނީ. ލިބުނު އިރުގައި އޮތީ ފުލުހުންނާ އެއްކޮޅަަށް. އަހަރެންގެ ކޮޅަށް އެއްވެސް ކަމެއް ނެތް. ތިޔަ ކަމުގައިވެސް ހަމަ ވާނީ ތިވަރު. ތިޔަ މައްސަލަ ކުރިއަކަަަަށް ނުވެސް ގެންދާނެ.