ޚަބަރު / ދައުލަތުގެ ބަޖެޓް

ބަޖެޓަށް ވޯޓުދިނީ ދާއިރާގެ ތަރައްގީއަށްޓަކައި، އެހެން މަސްލަހަތެއް ނެތް: ދީދީ

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރު އިބްރާހިމް ދީދީ ވާހަކަ ދައްކަވަނީ.---ފޮޓޯ: މަޖިލިސް

24 ނޮވެމްބަރ 2016 - 16:41

15 comments

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަށް ވޯޓު ދެއްވީ ދާއިރާގެ ތަރައްގީއަށް އެދިވަޑައިގަންނަވަމުން ކަމަށާއި އެ ނޫން އެއްވެސް މަސްލަހަތެއް ނެތް ކަމަށް ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކުރި، 26.8 ބިލިއަން ރުފިޔާގެ ބަޖެޓަށް ވޯޓު ނުދިނުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމާފައިވި ނަމަވެސް ދީދީގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަނީ ބަޖެޓަށް ވޯޓު ދެއްވައިފަ އެވެ.

މިހާތަނަށް ބަޖެޓަށް ފުރަތަމަ ފަހަރަށް ވޯޓު ދެއްވި ދީދީ މި މައްސަލާގައި "މިހާރު" އަށް ވިދާޅުވީ، އޭނާ އެ ނިންމުން ނިންވެވީ އައްޑޫ، ހާއްސަކޮށް ހިތަދޫގެ ތަރައްގީއަށްޓަކައި ކަމަށާއި އެ ނޫން އެއްވެސް މަސްލަހަތެއް ނެތް ކަމަށެވެ.

"މިކަމުގައި އަޅުގަނޑު ނިސްބަތްވާ ޕާޓީއާ ވެސް އެއްވެސް ފުށުއެރުމެއް ނެތް. ނާޖާއިޒް ފައިދާއެއް ވެސް އަޅުގަނޑަކަށް ނުލިބޭ. ރިޝްވަތެއް ވެސް ނުނަނަގަން. އަޅުގަނޑަށް އޮތީ ހަމައެކަނި އައްޑޫ، ހާއްސަކޮށް ހިތަދޫގެ ތަރައްގީގެ މަސްލަހަތު،" ސިފައިންގެ ކުރީގެ ބްރިގޭޑިއަ ޖެނެރަލް ދީދީ ވިދާޅުވި އެވެ.

"މިދިޔަ ދެ އަހަރު ވެސް ބަޖެޓުން އައްޑު އަށް ހާއްސަކޮށް ހިތަދު އަށް ކަންތައްތައް ނުކުރެވުމުން ފިނޭންސް މިނިސްޓަރާއި ހައުސިން މިނިސްޓަރާ ސުވާލު ކުރުމުން މި ވިދާޅުވަނީ ބަޖެޓަށް ވޯޓު ނުދީ ކޮން ސުވާލެއްހޭ ކުރަނީ؟. އެކަމަކު މި ފަހަރު އަޅުގަނޑު އުންމީދު ކުރަން އެ ޖަވާބު އެބޭފުޅުންގެ ފަރާތުން ނުލިބޭނެ ކަމަށް. އަޅުގަނޑު ބަޖެޓަށް ވޯޓު ނުދީގެންނޭ ކިޔާފައި ހިތަދޫގެ ތަރައްގީގެ ކަންކަން މި ފަހަރު ބަޖެޓުގެ ތެރެއިން ނުކުރެވޭނެ ހުއްޖަތެއް އެބޭފުޅުންނަށް ނުދެއްކެވޭނެ. އެ ފުރުސަތު ދޭން އަޅުގަނޑު ބޭނުމެއް ނުވީ."

ދީދީ ވިދާޅުވި ގޮތުގައި އައްޑޫ އަދި ހިތަދޫގެ ތަރައްގީއަށްޓަކައި މިދިޔަ ދެ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަންކަން ސަރުކާރުގެ ތެރެއިން ހާސިލް ކުރެވޭތޯ ވަރަށް ބޮޑަށް އޭނާ މަސައްކަތް ކުރެއްވި އެވެ. ނަމަވެސް ދައުލަތަށް އާމްދަނީ ހޯދުމަށްޓަކައި ބަޖެޓުގައި ހިމަނާފައިވާ ކަންކަން، އަހަރުގެ ވަކި ހިސާބަކުން ނުކުރެވި، ޕީއެސްއައިޕީގެ ޕްރޮޖެކްޓްތަކުގެ ފައިސާ ބަޖެޓުން އުނިވާއިރު އޭގެ ނޭދެވޭ އަސަރު އައްޑު އަށް ކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެ ދަނޑިވަޅުގައި ހެއްދެވޭ ގޮތަކީ އެ އަހަރެއްގެ ބަޖެޓަށް ވޯޓު ނުދޭ މެމްބަރުންގެ ދާއިރާތައް ބާކީ ކުރެއްވެނީ. މިދިޔަ ދެ އަހަރު ވެސް ހިތަދޫ އޮތީ އެގޮތަށް ނެގްލެޓް ކުރެވިފައި. މި ފަހަރު އަޅުގަނޑު ނިންމީ ފާޑުކިޔުން އަޔަސް ހިތަދޫގެ ތަރައްގީއަށް ކަމެއް ކޮށްދެވޭތޯ،" ދީދީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އައްޑޫ، ހާއްސަކޮށް ހިތަދޫގެ ތަރައްގީ އަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ކަންތައްތަކެއް ހިމަނައިފަ އެވެ. އެގޮތުން ހިތަދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމކޮށް ނިންމުމާއި ހޮސްޕިޓަލްގެ އިތުރުން މަގުތަކެއް ރަނގަޅު ފެންވަރަކަށް އަންނަ އަހަރު ހަދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ދީދީ ވިދާޅުވި އެވެ.

"ހާއްސަކޮށް ހިތަދޫގެ މަގުތަކުގެ ހާލަތު އޮތީ ވަރަށް ދަށް ފެންވަރެއްގައި. ސްކޫލުތަކަށް ކުދިން ގެންދާ މަގުތަކުގައި ތާރު އަޅައި ފެންވަރު ރަނގަޅު ކުރަންޖެހޭ. ހިތަދޫގެ ހުރަސް މަގުތަކާއި ލިންކްރޯޑާ ގުޅޭނެ ގޮތެއް ހޯދަންޖެހޭ. މިކަންކަން މިފަހަރު ވާނެ ކަމަށް އަޅުގަނޑު ވަރަށް ބޮޑަށް އުންމީދު ކުރަން،" އޭނާ ވިދާޅުވި އެވެ.

"އެއާ އެކު އައްޑޫ ސިޓީ ކައުންސިލުން ނަގާފައިވާ ބާރުތަކުގެ ސަބަބުން އާންމު ހިދުމަތުގެ ބަޖެޓް ނުލިބޭތީ، ކަމާއި ގުޅޭ މިނިސްޓްރީތަކުގެ ބަޖެޓަށް އެބައި ހިމެނުމަށް ވެސް އަޅުގަނޑު ވާނީ އެދިފައި. މިކަން ހާސިލްވާނެ ކަމަށް ވެސް އުންމީދު ކުރަން. ދެން ވެސް ރަށުތެރެ ސާފުކުރުމާއި ސިޓީ ކައުންސިލުން ކުރަން ޖެހޭ އެހެނިހެން ހިދުމަތްތަކަށް ކަމާއި ގުޅޭ މިނިސްޓްރީތަކުން ބަޖެޓް ލިބޭނެ ކަމަށް އުންމީދު ކުރަން."

15 ކޮމެންޓް, 95 ރިއެކްޝަންސް

icon happy icon happy 49%
icon sad icon sad 1%
icon angry icon angry 49%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަނު

24 November 2016

މަޖުލީސް މެމްބަރަކު އޭނާ ތަމްސީލު ކުރާ ދާއިރާއަށް ފައިދާ ވާ ގޮތަށް ވޯޓު ދިނުމަކީ ގާނޫނާ ހިލާފަށް ކަމެއް ދެއްތޯ..

The name is already taken The name is available. Register?

އިބިރިހިން ބެއްޔާ

24 November 2016

ޑީޑީގެ ނިންމެވުން ރަގަޅު. ތިޔައީ ރައްޔިތުންގެ މަންދޫބެއްގެ ނިންމުން. ފަހަރެއްގައިވެދާނެ ޕާޓީ މެމްބަރުންގެ ޚިޔާލާ ތަފާތު ނިންމުމަކަށް. ވޯޓް ނުލެވުނަކަސް މަގޭ ފުލްތާއީދު ޑީޑީއަށް.

The name is already taken The name is available. Register?

ބަނދަރު ކާޅު

25 November 2016

ޕާރޓީތައް ތަމްސީލްކުރަނީ ރައްޔިތުން، ޕާރޓީ ތަކުންވެސް ވިސްނަންވާނީ ޖުމްލަކޮށް ގައުމަށާ ރައްޔިތުންގެ ލާބަޔާ މަންފާވާނެގޮތްގޮތަށް. ގިނަ މީހުންގެ ވިސްނުމަށް ތާއީދު ކުރާނަމަ ޕާރޓިގެ މެޖޯރިޓީ ވިސްނުމަށް ތާއީދު ކުރަންޖެހޭނެ. ޕާރޓީތަކުގައި އުޅެންޖެހޭނީ, އެމީހެއްގެ އަމިއްލަ ވިސްނުމަށް ކަންތައްކުރުމަށްވުރެ އެންމެން އެކުގައި އެއްވިސްނުމެއްގައި މަސައްކަތްކުރުން ރަގަޅުވާނެކަމަށް ގަބޫލްކުރެވޭ މީހުން . މެމްބަރުކަމަށް ހޮވެންވީމަ ކޮންމެ މީހަކުވެސް ކުރިމަތިލަނީ ކޮންމެސް ޕާރޓިއަކުން، ވޯޓްދެނީ އެފިކުރަށް ތާއީދުކުރާ ރައްޔިތުން. ޕާރޓީތަކުގެ ފިކުރު ރައްޔިތުން ބަލައިގަންނަނީ އެ ރައްޔިތުންނަށް އެ ފިކުރު ކަމުދާތީ. 2013 ގެ އިންތިޚާބުގަ އެމްޑީޕީއަށް އެކަނިވެސް 1050000 ށްވުރެ ގިނަ ވޯޓް ލިބުނީ އެމްޑީޕީގެ ސިޔާސަތު އެހެން ހުރިހާ ޕާރޓީއަކަށްވުރެ ރަގަޅުކަމަށް ރައްޔިތުން ބަލައިގަންނާތީ.

The name is already taken The name is available. Register?

ފްރޮމްދިސް

24 November 2016

މަމެންގެ މެޖިކް ސެވެންޓީން ބަޖެޓަށް މަމެންގެ ގައުމު ދިފާއު ކުރުމުގެ މަތިވެރި ލަގަބު ލިބިގެންވާ ޑީޑީ ވޯޓް ދިނުމަކީ އެއީ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ނިންމުމެކެވެ. މިހިނދުން ފެށިގެން ޑީޑީ އަކީ އެއީ މަމެން ޕިންކީން ވަރަށް އިތުބާރު ކުރާ ވަރަށް ބިއުޓިފުލް މައިންޑެއްގެ އަހުލު ވެރިއެކެވެ. ޑީޑީ ތިވަނީ ސިޔާސީ ކަށި ކުނބުރު ޖަންގައްޔަކުން ފިނިފެންމާ ބަގީޗާ އަކަށް ވަންނަ ދޮރު ހުޅުވާފައި މަމެންގެ މެޖިކް ސެވެންޓީން ބަޖެޓަށް ވޯޓް ދީގެން. ފްރޮމް ދިސް މޫމެންޓް ލައިފް ހޭޒް ބިގަން. ފްރޮމް ދިސް މޫމެންޓް އޮން، ފްރޮމް ދިސް މޫމެންޓް އޮން..

The name is already taken The name is available. Register?

ހުސެން

24 November 2016

ޕާޓީއިން ހޮވުނީމަ ކޮންމެ މެމްބަރެއް އެމެމްބަރެއްގެ އަމިއްލަ ވިސްނުމަށް އަމަލުކުރާނަމަ އެގޮތަށް ހުރިހާ މެމްބަރުންނަށް ފުރުސަތު އޮންނަންވާނެ. ދީދީ އާ މަވޯޓާގެ ދާއިރާގަ ކަމެއްކޮށްދޭތީ ވޯޓު ދޭނަމަ. ދެން ކޮބާ އެހެން މީހުންގެ ހައްގު. ތި ދެމެމްބަރުންނަށް އެނގޭތަ މިރާއްޖޭ ކިތައް ރަށް އޮންނަ ކަމެއް. ބަޖެޓްގަ ޖަހާފަވެސް ކަމެއް ކޮށްދެނީ ހިތައް އެރިއްޔާ. އެހެންވީމާ ސަރުކާރު ޖަވާބުދާރީ ކުރުވަން އުޅޭނަމަ އެންމެން އެކައްޗެއް ކިޔަންޖެހޭނެ. ހުރިހާ ދިވެހިންނަށްވެސް ތަރައްގީއަށް އެދެވެންވާނެ. އެގޮތަށް މަސައްކަތް ނުކުރެވޭނަމަ އެވަނީ މިހާރު ސަރުކާރުގަ ތިިބި އަމިއްލަ އެދުމަށް މަސައްކަތް ކުރާ މެމްބަރުންގެ ތެރޭގަ.

The name is already taken The name is available. Register?

އަލީ

25 November 2016

ޑީޑީކުރިމަތިލީ އެލް.ޑީ.ޕީ ޓިކެޓެއް ގައެވެ. ނަމަވެސް ޑީޑި ހޮވުނީ ހަމައެކަނި އެމް.ޑީ.ޕީ ގެ މެްބަރުން ގެ ވޯޓުން ނޫން ކަން އެދާއިރާ ގެ އެމް.ޑީ.ޕީ މެންބަރުން ގެ ޖުމްލަ އާއި ޑީޑީ އަށް ލިބުނު ވޯޓުން އެގެއެވެ. އެހެން ނޫނަސް މެންބަރަކު ހޮވުމަށް ފަހު އެ މެންބަރެއްގެ ފުރަތަމަ ވާޖިބަކި ވަކި ކުލައަކަށް ނުބަލާ އެ ދާއިރާ އަކަށް އެންމެ ފައިދާ ހުރި ގޮތަކަށް ވޯޓު ދެއްވުމެވެ، ެ ބޭފުލެއްގެ ޕާޓީ ގެ ނިންމެވުން ދާއިރާ އަށް ގެއްލުން ވާނެ ނިންމެވުމެއް ކަމަށް ވާނަމަ އިސް ކުރައްވަން ޖެހޭނީ ދާއިރާގެ ރައްޔިތުން ގެ ހެވާލާބައެވެ. ތިޔަ މެންބަރުންނަކީ "ރައްޔިތުން ގެ މެންބަރުން ނެވެ" ކުލަ އަންނަނީ އޭގެ ފަހަތަށެވެ.

The name is already taken The name is available. Register?

އިބްރާހިމް

24 November 2016

ދީދީވެސް ރަނގަޅަށް ހިސާބު ޖައްސެވުމުން ބަޖެޓު ރަނގަޅުކަން އެނގިއްޖެއެވެ. ދީދީ ތިޔައުޅުއްވަނީ އެއްވެސް އުރައްޕެއް ހުރިބައެއްގެ ކައިރީގައި ނޫނެވެ. ބަދަލުވާންވީ މިހާރުއެވެ. އޭރުން ތިޔަދާއިރާގެ ތަރައްގީ ބޮޑުކޮށް ރައްޔިތުން އުފަލުން ނެށުން އޮންނާނީ ﷲއިރާދަކުރެއްވިއްޔާ ދާދި ގާތުގައެވެ. ދީދީގައި ތިޔަހުރީ ހެޔޮނުބައި ވިސްނޭވަރުގެ ބުއްދިއެއްކަމަށް ފެނެއެވެ.

The name is already taken The name is available. Register?

މުހައްމަދޫ

24 November 2016

ފަތިސްވަންދެން ހޭލާ އުޅުއްވުމަށްފަހު ފަތިހު ނިދިކުރައްވާފަ އެއްގަޑި ތިރީސް ވުމުގު އިރުކޮޅެއްކުރިން ތެދުވެ މަޖިލީހައް ވަޑައިގެން ވޯޓުގައި ބައިވެރިވެ ވަޑައިގަތުމަށް ފަހު އެތަނުން ފާރީކުޅުއްވާ ހުންނަވާ ވަގުތުކޮޅަކަށް ޢުޅުއްވުމަށްފަހު ނިކުމެވަޑައި ގެން ރައްޓެހިންނާއި އެކު ކޮފީ އަކަށްގޮސްލާ ހެއްދެވުމުގައި ހޭދަކުރެއްވުމަށް ފަހު ކޮންމެ އަހަރަކު ހުށައަޅުއްވާ ބަޖެޓަށް ފާސްނުވާނެކަމުގެ ސަތޭކަޕަސެންޓް އޮތަސް ބައެއްގެ ލޮލުގައި އަދުންއަޅުއްވަން ގިނަ އިސްލާހުތަކެއް މަޖިލީހަށް ލުމުން އެއީ ހޮވި މަގުސަދު ހާސިލް ވެއްޖެކަމަށް ހީކުރައްވާ ބޭފުޅުން ނާއި ތަފާތުކޮށް ރައްޔަތުން މަނިކުފާނާއި ހަވާލުކުރެއްވި ވަޒީފާ ފުރިހަމަޢަށް އާދާކުރައްވާކަމުގެ ހެއްކަކީ ތިޔަ ވޯޓު.

The name is already taken The name is available. Register?

ައަލީ

24 November 2016

ޑީޑީ ގެ ނިންމެވިމަށް މަރުހަބާ! ގިނަ މެންބަރުން ފުރަތަމް ތިމާ ހޮވި ރައްޔިތުން އިސްކޮށް ޕާޓީ ދެވަނައަށް ޖައްސަނިކޮށް ވަރަށް ގިނަ ކަންތަކަށް ހައްލެއް ލިބޭނެއެވެ. އެމް.ޑީ.ޕީން ބައެއް ފަހަރު ތްރީ ލައިން ވިޕް ނެރެނީ ޖެއްސުމަށް ހެން ހީވެއެވެ. އެމް.ޑީ.ޕީ އެކަކު ވޯޓު ނުދިނަސް ފާސްވާނެ ބަޖެޓަކަށް މެންބަރުން ވޯޓު ނުދެއްވުމުން ވާނެ ފައިދާ އެއް ނެތެވެ، ނަމަވެސް އެ ބޭފުޅުން ގެ ދާއިރާ އަށް އެކަމުން ނިކަމެތިކަން ލިބެއެވެ.

The name is already taken The name is available. Register?

ހަސަން

24 November 2016

އަބަދުވެސް އެނގޭ މަވޯޓާއަކީ ހަމަ މަވޯޓާ ކަން. އަޅާހާ ބަތަކަށް ރިހަ އަޅާނެ މީހެއްކަން.

The name is already taken The name is available. Register?

ޗޭންޖްމީ

24 November 2016

ސާބަހޭ މަމެންގެ ލޯބި، ލޯބި، ގަދަފަދަ އެކަތަ ސީލްޑް ފޯމަރ ބްރިގޭޑިއާރ ޖެނެރަލް ޑީޑީ.. އެއް ނޫންތޯ ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއިން މިގައުމު ވެސް ސަލާމަތް ކޮށް ދިނީ ހަމަ ޑީޑީ ނޫންތޯއެވެ. މަމެން އަސްލު ޕިންކީންގެ ވެރިކަމުގައި ދެން ޑީޑީގެ ދާއިރާ ހަދާލާނީ ސީދާ ލިޓިލް ލަންޑަން އަށެވެ.

The name is already taken The name is available. Register?

ބްރަވާޑޯ

24 November 2016

ޑީޑީގެ ތިޔަ ނިންމުމަށް މަރުހަބާ ކިޔަން. ޢަހަރެމެން ވާންޖެހޭނީ ވަކިޕާޓީއެއްގެ ނުވަތަ ވަކި ކުލަޔެއްގެ ފަހަތުން ދުވާ ބަޔަކަށްނުވެ ރަށައްޓަކާ ގައުމަށްޓަކައި މަސައްކަތްކުރާ ކެރޭހިތްވަރުގަދަ ބަޔަކަށް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454