އިދިކޮޅު ކޯލިޝަނުން މީގެ ކުރިން ބޭއްވި ޖަލްސާއެއްގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ.-- ފައިލް ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
12 ޖުލައި 2021 - 23:59
ކުޑައިރުއްސުރެން ފެށިގެން އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު އުފެދުނު ސިޔާސީ ހިޔާލު ތަފާތުވުންތަކާ ހެދި އެ މަނިކުފާނު ދޫކުރައްވައި އިދިކޮޅު ޕީޕީއެމްގެ އެހީތެރިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގަތަސް އެ ފުރުސަތު ނުދޭނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަން ހިންގުމުގައި އިސްވެ ހުންނެވި ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ "މިހާރު" އަށް ވިދާޅުވީ، އެމްޑީޕީގެ ރައީސް ނަޝީދު ކޮންމެ އެެއްޗެއް ވިދާޅުވިޔަސް ޕީޕީއެމް ކުރިއަށް ދާނީ "ޕީޕީއެމްގެ ފިކުރުގައި" ކަމަށެވެ.
"ވަރަށް ސާފުކޮށް މި ދަންނަނަވަނީ ރައީސް ނަޝީދުގެ ފަހަތަަކަށް ޕީޕީއެމް ނާރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ދެން ސިޔާސީ ގޮތުން ނުހުންނެވޭނެކަން މިއަދު އިއުލާން ކުރެއްވުމަށް ފަހު، ނަޝީދު ނުސީދާ ގޮތަކަށް އެހީތެރިކަމުގެ އަތް ދިއްކޮށްލެއްވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށާއި ޕީޕީއެމަށެވެ.
"ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާ ނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" އެމްޑީޕީގެ އިސްބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްތަކަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ މެސެޖުތަކުގައި ވިދާޅުވީ، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގައި ވެސް ހަރުކަށި ވިސްނުން އެބައުޅޭ ކަމަށާއި "އެ ފިކުރުގެ ތެރޭގައި" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާށިވެފައިވާ ކަމަށެވެ.
ނަޝީދު ވިދާޅުވިގޮތުގައި، އެ މަނިކުފާނު ބޭނުންފުޅު ވަނީ ދީނީ ގޮތުން މެދުމިނުގެ ސިޔާސަތުތަކެއް ގެންގުޅޭ މީހުންގެ ކޯލިޝަނެކެވެ.
"އެއީ ޕީޕީއެމް ވިޔަސް، މިހާރު މިކަން މާ މުހިންމު،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދުގެ އެ ވާހަކަފުޅުތަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެއްވެސް ބަޔަކާއެކު "އަޑި ނޭނގޭ ޑީލަކަށް" ޔާމީނާއި ޕީޕީއެމް ނުދާނެ ކަމަށެވެ. އަދި ވިދާޅުވީ، ޔާމީން މަސައްކަތްޕުޅު ކުރައްވާ ގޮތް ރައްޔިތުންނަށް ވަރަށް ސާފުވާނެ ކަމަށާއި ކަންކަން ކުރައްވާނީ ދެފުށް ފެންނަ ގޮތަށް ކަމށެވެ.
"އަޅުގަނޑުމެން ނުދާނަން ޑީލަކަށް. ރައީސް ސޯލިހާއި ރައީސް ނަޝީދާ ދެ ބޭފުޅުންގެ އަރައިރުންގަނޑުގެ ތެރެއަށް ވަންނާކަށް އަޅުގަނޑުމެން ނެތިން. އަޅުގަނޑުމެން މި ކުރާ މަސައްކަތަކީ ގައުމު ސަލާމަތް ކުރުން. ރައްޔިތުންނަށް އަމާން، ރައްކާތެރި، ހަމަޖެހޭ، ފުދުންތެރި ވެއްޓެއް ގާއިމުކޮށްދިނުމަކީ އަޅުގަނޑުމެން އެދޭ ގޮތް. އެކަމުގައި އެންމެ މުހިންމު ކަމަކީ ރައީސް ޔާމީން މިނިވަންކޮށް، އަލުން ވެރިކަމަށް ގެނައުން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
"ރައްޔިތުން އެދޭ ފަދަ ވެރިކަމެއް ގެނެވޭނީ ރައީސް ޔާމީން އަލުން ވެރިކަމަށް ގެނެސްގެން."
އަބްދުއްރަހީމް ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީން އެހެން ދީނަކަށް ދުވަހަކު ވެސް ޖާގަ ދޭން ޕީޕީއެމް ބޭނުން ނުވާނެ ކަމަށާއި ދިވެހިންގެ ކަންކަން ވެސް ނިންމާނީ ދިވެހިން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކުރުން އޮންނާނީ އެ ގޮތަށް ކަމަށެވެ.
"އެއީ ރައީސް ޔާމީން އަބަދުވެސް ވިދާޅުވާ ވާހަކަތައް. ރާއްޖެއަކީ އަމިއްލަ، މުސްތަގިއްލު ގައުމެކޭ. ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިންނޭ. އެ އުސޫލުން ބަލާއިރު އަޅުގަނޑުމެންނަށް އަބަދުވެސް މުހިންމު ވާނީ ދިވެހި ގައުމާއި ދިވެހި ރައްޔިތުން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރީފޫ
13 July 2021
ޙަމަ އަރާނެ. ތިހީވާ ގޮތް
އަރުތަ
13 July 2021
ޖަލުތަކުގަ އޮތް ކޮވިޑްގެ ހާލަތު މިހާރު އޮތީ ކަންޓްރޯލްކުރެވިފަ، ވީމާ ކޮވިޑްގެ ހާލަތު ގޯސްވެގެން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރެވުނު ގައިދީން ވަރަށް އަވަހަށް ޖަލަށް ގެންދެވޭނެ، އަދުރޭއަށް ވަރަށް ސަލާމް.
އަރުތަ
13 July 2021
"ވަރަށް ސާފުކޮށް މި ދަންނަނަވަނީ ރައީސް ނަޝީދުގެ ފަހަތަަކަށް ޕީޕީއެމް ނާރާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ. އަބަދަށްރަހީމު އަނެއްކާވެސް ޕީޕީއެމްއަށް ބަދަލުވީތަ، ދެދުވަހު ހަމަޔަށް އެއްގޮތަށް ހުންނަން ނޭގޭ ފިރިހެނެއް މީވެސް.
ައަބްދުﷲ
13 July 2021
ސިޔާސީ މީހުން އެކަކު ފަހަތައް އަނެކަކު އަރާތޯ ބަލާކައް ނުތިބެވޭނެ. އެއްބަޔަކު ވެރިކަމައް އަރައިފިއްޔަ އަނެއް ބަޔަކު ތިބެންޖެހެނީ އިދިކޮޅު ވެގެން ސަރުކާރައް ޖެއްސުން ކުރަން. ކުރިން ވެރިކަން ކުރި ހުރިހާބޭފުޅުންވެސް ގައުމައް، ރައްޔިތުންނައް ހިދުމަތް ކުރުމުގެ ނިޔަތުގަ ވެރިކަން ކުރީ. އެކަމު އިދިކޮޅޭ ކިޔައިގެން ތިބޭ ބަޔަކު ކުރަނީ ކޮންމެ ސަރުކާރަކައް ޖެއްސުން. ސަރުކާރުން ކަމެއް ގޯސްކޮއް ކުރަންޔާ އެކަމެއް ރަގަޅު ކުރަން ސަރުކާރާއެކު މަސައްކަތް ކޮއްބަލަ.
ރަނަކަނިހަދީޖާ
13 July 2021
ފަހަތަށް ނާރާ އަތާ އަތް ގުޅާލާ ވާހަކަ ތަ ތި ބުނަނީ
ޒިންދަގީ
13 July 2021
އަދުރޭ ޕޕމތަ؟
އަރުތަ
13 July 2021
މިދޭތެރެއަކުން ދެތިން ދުވަހަކު ފުލުހަށް ހާޒިރުކުރިފަހުން އަދުރޭ ހުންނަނީ ގިނަވަގުތު ހިޖުރަ އޮޅިފަ، އެހެންވީމާ ފަޅޮލެއް ކަށިކޭލެއް ވަކި ނުވެގެން އެއުޅެނީ. އެކަމަކު ޓިނު ވަކިކުރަން އެނގޭނެ.
ސިކުނޑި
13 July 2021
ނަޝީދާއި އިދިކޮޅު ކޮންމެ މީހަކީ ހަރުކަށި ފިކުރުކަމަށް ކަމަށް ލޭބަލްކޮށް ވާހަކަ ދެއްކުމުގެ ނަތީޖާއަކަށްވާނީ އަމިއްލައަށް އެކަހެރިވެވި ނަޝީދުގެ ފިކުރަކީ ސެކިއުލަރ ލާދީނީ ފިކުރުކަމަށް ބެލެވެންފެށުން! ސިޔާސީގޮތުން ރައީސާއެއްކޮށް ކުރިޔަށް ނުދެވޭކަމަށްވާނަމަ ނަޝީދަށްޖެހޭނީ އެހެން ޕާޓީއެއް ހަދަން! އެމްޑީޕީގެ ވެރިކަމެއް ދެމިއޮތުމަކީ އާންމު މެންބަރުން ނުހަނު ބޭނުންވާކަމެއް! ނަޝީދު ހިކުމަތްތެރިކަމާއެކު ޢަމަލު ކުރެއްވުމަކީ ޕާޓީ މެންބަރުންގެ އެދުމެއް!
ވިސްނާލުމަށް އެދެމޭ
13 July 2021
ނަޝީދު ބުނާ ކޮއްމެ ވާހަކައެއް ތެދުކުރާމީހުން ފުރަތަމަ ބަލަންވީ ރޔާމީންގެފަރާތުން އެބައޮތްތޯ ރނަޝީދާއެކު މަސައްކަތްކުރުމުގެ އެއްވެސް ވިސްނުމެއް.އޮތްނަމަ އެމަނިކުފާނު ޖަލުގަ 2އަހަރަށްވުރެގިނަ ދުވަހުމިހާރު ހޭދަކުރަންޖެހުނީކީއްވެ.ރއިބޫ އަމިއއލަޔަށްވެސް ބުނެފަވީ ރޔާމީނަށް ޖަލުންސަލާމަތްވާން ފުރުސަތުދިނީމޭ އިމުރާނުވެސް ބުނި.އެކަމެ ރޔާމީން ބަލައިނުގަނެ ޖަލުގައެއޮތީ.ގޭބަންދުގަހުއްޓަސް.ވީއިރު ރނަޝީދުގެ ނަފްރަތުގެބިލާ ބަރުލަމާނީގެތެރެއަށް ރޔާމީންނުވަންނާނެ
އާންތު
13 July 2021
ކުރިން ތިޔަ ވާހަކަދައްކާ އަދުރޭމެން އެއްބަސްވެފައި އޮތީމާ އެހާ ސާފުކޮށް ނަޝީދު އެކަން އެ ހާމަކުރެއްވީ އެންމެ ފުރަތަމަ ނޫނޭ ބުނިހެން އެންމެ އަވަހަށް އާއެކޭ ބުނާނީވެސް މީނާ
އަދުރެމެޓިކް
13 July 2021
ބްރޯ! އެގެއިން ޔޫ މިސްކަލްކިއުލޭޓެޑް! އިޓް ނޮޓް ޕީޕީއެމް ބިހައިންޑް ނަޝީދް، އިޓް މީންސް ނަޝީދް ބިހައިންޑް ޕީޕީއެމް! މެތެމެތިކަލީ ރެސީޕްރޯކަލް ޔޫނޯ! ލޮލް