15 ޖުލައި 2021 - 13:37
ރާއްޖެ އާއި އެމްޑީޕީ އަށް ވެސް އެންމެ ރަނގަޅު ގޮތަކީ އިދިކޮޅު ޕީޕީއެމާއެކު ކޯލިޝަނެއް ހަދައި، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެހީތެރިކަމަށް އެދުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުން ކަނޑައިލިކަން އިއުލާން ކުރެއްވުމަށް ފަހު، ނަޝީދު މި ހަފުތާގައި ވެސް ކުރިން ވިދާޅުވެފައި ވަނީ އެމްޑީޕީ އަށް އާ ކޯލިޝަނެއް ބޭނުންވާ ކަމަށާއި އެއީ "އިންޑިއާ އައުޓް" ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދު ކުރާ، މިއުޒިކް ހަރާމް ނުކުރާ އަދި އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަ ނުކުރާ އިއްތިހާދެއް ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން އެމްޑީޕީގެ ވަޓްސްއެޕް ގްރޫޕެއްގައި ނަޝީދު މިއަދު ވިދާޅުވީ، "އިންޑިއާ އައުޓް" ފަލްސަފާއާ ދުރު، ނަފްރަތުގެ ބިލަށް ތާއީދު ކުރާ އަދި މިއުޒިކަށް އެއްބަސްވެވޭ ބަދަލުތަކެއް ޕީޕީއެމަށް ގެނެސް އެ ހަމަތަކުގައި ސަރުކާރު ހިންގުމަށް ޕީޕީއެމް/އެމްޑީޕީގެ ކޯލިޝަނެއް އުފައްދަން ޖެހޭ ކަމަށެވެ. ޕީޕީއެމާއި އެމްޑީޕީގެ ކޯލިޝަނެއް އުފެއްދުމަށް ޔާމީންގެ އެހީތެރިކަމަށް އެދުމަކީ ރާއްޖެއަށާއި އެމްޑީޕީ އަށް ވެސް އެންމެ ރަނގަޅު ގޮތް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީ އާއި ޕީޕީއެމް ގުޅުމަށް ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅަށް މިހާތަނަށް އެމްޑީޕީގެ ތެރެއިން ފާޅުގައި ތާއީދު ކުރެއްވީ އެ މަނިކުފާނާ އެންމެ އަރިސް ބޭފުޅުންގެ ލިސްޓުގައި ހިމެނޭ، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފެވެ.
ޕީޕީއެމާ ގުޅިގެން އިއްތިހާދެއް ހަދަން ބޭނުންފުޅުވާ ކަމަށް ނަޝީދު ތަކުރާރުކޮށް އެކި ގޮތްގޮތަށް ވިދާޅުވިޔަސް ޕީޕީއެމުން ބުނަނީ އެ ކަމެއް ނުވާނެ ކަމަށާއި އެ ދެ ފިކުރެއް ދުވަހަކު ވެސް އެއް ނުވާނެ ކަމަށެވެ.
ނަޝީދާ އެކު މަސައްކަތް ނުކުރާނެ ކަމަށާއި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމުގެ މަސައްކަތުގައި ވެސް ޕީޕީއެމް/ޕީއެންސީ ބައިވެރި ނުވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންޏެވެ.
އިދިކޮޅު ފަރާތްތަކާ ދިމާލަށް މިސްރާބު ޖަހަން ނަޝީދު ނިންމެވި ސަބަބެއް ކަމުގައި އެ މަނިކުފާނު ވިދާޅުވީ، ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެފައިވާތީ ކަމަށެވެ.
ރާއްޖޭގައި ދެން އޮންނަން ޖެހޭނީ ބަރުލަމާނީ ނިޒާމެއް ކަމަށާއި 2023 ގައި އެ ނިޒާމަށް ބަދަލު ކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަމުގައި އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު އުންމީދު ކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަނގަޅު ބޮންދު
16 July 2021
ރައީިސް ނަޝީދު މިހެން ވިދާޅުވީ؟ ޤަބޫލުކުރެވޭތަ؟
މމ
16 July 2021
މީ ބޭރުގެ އެހީއަށް އެދުންފަދަ ކަމެއް. އަމިއްލަ ގައުމުގައި އަމިއްލައަށް ސަލާމަތް ނުވެވޭ މީހުން ކުރާ ދަށުދަރަޖައިގެ ކަމެއް. ޔާމީން ސަލާމަތްވެދާނެ އަދި ހުދު ކާފޫރުކޮޅަކަށް ވވިދާނެ. ނަމަވެސް ތިޔަހީހުރާގޮތަކަށް އެމްޑީޕީއަކަށް ވެރިކަމެއް ނުކުރެވޭނެ.
އިއްސެ
16 July 2021
އެމްޑީޕީ އަށްވޯޓްދިނީ ޔާމީނު ފައިބުޑަށް ވެއްޓޭކަށްނޫން ވެރިކަން ބޭނުންވެގެންވެސްތީބޮޑުވަރު
ޝަފީރު
16 July 2021
މަނިކުފާނު ބޮލަށް ހިނިއަރައްގެން ރައްޔިތުންނަށް މާމޮޅު އެއްޗެސްކަމަށް ދެއްކި ޕާޓީ ނިޒާމު އުވާލަން ވެއްޖެކަމަކަށް ނުބުނާނަންތަ. ހުރިހާ ބުއްދިއެއްކޮށް ކޮޅުންލީމާ ޔާމީނު ބޮލަށް ޗިޕެއްޖަހާފައި ބަރުލަމާނީ އަކަށް ދެވޭނެ އެންމެ ފަސޭހަ ގޮތެއް ޚިޔާރު ކުރެއްވީތޯ. ނަޝީދު ނޫން އެހެންމީހަކު ތިޔަވާހަކަދެއްކިނަމަ. ނަޝީދަށްވެސް ބޮލަށް ފަސޭހަވާނެ. ބަރުލަމާނު ބަރުލަމާނު. ބަރުލަމާނޫ
އައިމިނާ
16 July 2021
އަމިއްލަ އެދުމުން ފޯވެފަ ތިބޭ ބައެއް. ޑރ. އަފްރަޝީމް ފުރާނަ ގެއްލުވާލި. ކީއްވެބާ އެ މައްސަލަ ބަލަން ތިވަރު ނުވީ. ރިލުވާނުގެ ފުރާނަ ގެއްލުވާލި ކީއްވެބާ ތިވަރު ނުވީ.
އައްސި
16 July 2021
އެމް.ޑީ.ޕީގައި ތިބި ލދނނނނަށް.އެހެންނު.. ކުރިންވެސް ވެރިކަން ވެއްޓުނީ މެދުމިނަކާ އަޅައިގަނެގެން އުޅެނިކޮށް. މިފަހަރު ނަސީބަކުން އިބޫ ހިކްމަތްތެރިކަމާއެކު ކަންކަން ކުރައްވާތީ ކިރިޔާވެސް ހިފަހައްޓާލެވެނީ.
އެޑަމް
16 July 2021
އަންނި ކަލޭތިހިރަ ވެރިކަމާހެދި ހަޅާކުވަނީއެކަމަކު ކަލެއަކައް ދެނެއް މިޤައުމުގެ ވެރިކަމެއްނުލިބޭނެ ކަލެއަކީ ޤައުމުދެކެވެސް ރައްޔިތުން ދެކެވެސް ލޯބިވާމީހެއްނޫން އަމިއްލަ ޖީބުފުރަން އުޅޭމީހެއް!މީހާރުވެސްރައްޔިތުންގެ ފައިސާގާ ބޭސްކުރާނަމުގަ ތިތާހުރެކެމްޕޕެއިންކުރަނީ!!
ޕާޓީއަހައްމަދު
15 July 2021
މަ ހިތްނުތަނަވަސްވެގެން މިއުޅެނީ ބަރުމާނީއަށް އާބަސް ބުނާނެ މީހަކު ނުވެގެންނެވެ. އަޅެ ނިކަން ކުޑައިއިރުގެ ރައްޓެއްސަކަށް ވީތީވެސް މިކަމާ މިހާރު ބަސްފުޅެއް ވިދާޅުވަން ވެއްޖެދޯއެވެ. މަށަށް މިހާރު ހަމަ ލޮލުފިޔަ ޖެހޭއިރަށް ހުވަފެނުން ފެންނަނީ ބޮޑު ވަޒީރުކަން މަށަށް ލިބިގެން އުޅޭތަނެވެ. ކުޑަ ޕާޓީއަކުން ވިޔަސް "މަށާއެކު" ކޯލިޝަން ހަދާނެބަޔަކު ވެއްޖެނަމަ ކިހާ ރަގަޅު ހެއްޔެވެ.
ބޯމީ
15 July 2021
މިބޭފުޅާ ޔޫކޭއިން ރަނގަޅު ސައިކޭޓްރިސްޓްއަކަށް ރައްޔިތުންގެ ބައިތުލްމާލުން ހަރަދުކޮށްގެން ދައްކަން ޕެޓިޝަނެއްގައި ރައްޔިތުން ސޮއިކުރަންވެއްޖެ! ޔޫކޭއަށް ދިޔަ ފަހުން އެމްޑީޕީގެ ސިސްޓަރ ޕާޓީއިން މާ ޕްރެޝަރު ކުރާތީ ވާ ގޮތެއް ކަމަކަށް ވެސް ވެދާނެ
ޙަޤީޤީ
15 July 2021
ޙަޤީޤީ ސިޔާސީ ލީޑަރުން ހަސަދަވެރިކަމެއް ނުގެންގުޅުއްވަވާނެ، ރައީސް ނަޝީދުގެ ފަރާތްޕުޅުން ފެނިވަޑައިގަންނަވަނީ އެރީތި ސިފައެވެ.