މަޖިލީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި، މަޖިލީހުގެ ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އަހުމަދު އަވްޝަން/ މިހާރު
13 ޖުލައި 2021 - 11:53
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ސިޔާސީ ގޮތުން އޮތް ގުޅުން ކަނޑައިލެއްވުމަށް ފަހު، ދެން އެމްޑީޕީ ކުރިއަށް ދާން ގުޅޭނެ އިއްތިހާދެއްގެ ޝަރުތުތައް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހާމަކުރައްވައިފި އެވެ.
ބޮމުގެ ހަމަލައިން ލިބުނު ގެއްލުންތަކަށް އިތުރު ފަރުވާ ހޯއްދެވުމަށް އިނގިރޭސި ވިލާތުގައި ހުންނެވި ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމްޑީޕީއާއެކު މަސައްކަތް ކުރާނެ އިންތިހާދެއް ބޭނުންވާ ކަމަށެވެ.
އެ އިއްތިހާދުގައި ހިމެނޭ ޝަރުތުތަކަކީ އެ މަނިކުފާނު ވިދާޅުވި ގޮތުގައި، "އިންޑިއާ އައުޓް" ނުގޮވާ، ނަފްރަތުގެ ބިލަށް ތާއީދުކުރާ، މިއުޒިކް ހަރާމް ނުކުރާ، ކީރިތި ރަސޫލާ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ނުކުރުމެވެ.
"އަޅުގަނޑު ދެކޭގޮތުގައި އެމްޑީޕީ އާއި ޕީޕީއެމްގެ ގިނަ މީހުން ތިބޭނީ އެ ގޮތަށް. ރާއްޖެ އަފްޣާނިސްތާނުގެ ހާލަތަށް ދާން ގިނަ ދިވެހިން ބޭނުމެއް ނުވާނެ،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރާއެކު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ބައެއް ކަންކަމަށް ފާޑުވިދާޅުވާން ފައްޓަވާފައިވާ ނަޝީދު ވިދާޅުވި ގޮތުގައި، އެ މަނިކުފާނުގެ ހަމައެކަނި ވިސްނުންފުޅަކީ ރާއްޖެ ސަލާމަތް ކުރުމެވެ.
ޒަމާންވީ ގާތް ރަހުމަތްތެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އޮތް ސިޔާސީ ގުޅުމުން އެއްކައިރި އަށް ވަޑައިގަތުމަށް ފަހު، ނަޝީދު މަސައްކަތްޕުޅު ކުރައްވަނީ އެމްޑީޕީ އާއި ޕީޕީއެމްގެ އިއްތިހާދެއް އެކުލަވައިލައްވަންކަން މިދިޔަ 24 ގަޑިއިރުގެ އަމަލުތަކުން ސާފުވެ އެވެ.
އެމްޑީޕީގެ އިސް ބޭފުޅުން ތިއްބަވާ ވަޓްސްއެޕް ގުރޫޕްތަކަށް ނަޝީދު އިއްޔެ ފޮނުއްވި މެސެޖުތަކެއްގައި ވެސް މައިގަނޑު ގޮތެއްގައި ދެއްކެވި އެއް ވާހަކަފުޅަކީ އެއީ އެވެ.
"ރައީސް ޔާމީނާއި ޕީޕީއެމް އިން މެދުމިނުގެ ދީނީ ސިޔާސަތަށް ތާއީދު ކުރާ ނަމަ އަޅުގަނޑު އެ ބޭފުޅުންގެ އެހީއަށް އެދޭނަން،" ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް އެ މަނިކުފާނުގެ އެ މެސެޖުތައް އާންމުވުމާއެކު، ޕީޕީއެމުން ނުކުމެ ބުނީ ނަޝީދުގެ ފަހަތަށް ޕީޕީއެމް ނާރާނެ ކަމަށެވެ. އަދި "އަޑި ނޭނގޭ ޑީލްތަކެއް" ނަޝީދާއި އެމްޑީޕީއާ އެކު ނުހަދާނެ ކަމަށް ބުނެ ޕީޕީއެމުން ރޭ ވަނީ ރައްދު ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
15 July 2021
މައުމޫނައް ޕީޕީއެމް އަތުނުވީމަ ޑޮންޑޮނުގެ އަމަލުގަ ދެއްކުނު ވާހަކަ އަކައްވާނީ އިބޫއައް އެކަންއެނގޭތީ ހަނުހުންނަނީ
ހަސަނު1
14 July 2021
ވެރިކަމާއި ހެދި ބޫތި ކައިފައި ހުރިވަރުން އަނބިމީހާ ގެއްލި، ގާތް ރަހުމަތްތެރިން ގެއްލި، ޕާޓީ ސަޕޯޓަރުން ގެއްލިގެން ތިޔަދަނީ...
ސޯކާބެ
14 July 2021
ސަރުތު ޖީއެމް އާރ އައް އެއަރޕޯޓްދިނުން ފެންކުންފުންޏާއި ދިރާގުގެ ހިއްސާ ވިއްކާލުން ޔުޓިލިޓީގެ ނަކުގައި ރައްޔިތުންގެ އިންޖީނުގެތައް އަތުލުން ޖީއެސްޓީގެ ނަމުގައި ޖިޒީނެގުން އިންކަމްޓެކްސް ނެގުން ފާޑުފާޑުގެ ނަންނަމުގައި ޓެކްނަގާ ރައްޔިތުމީހާޔައް ދަތިކުރުން ބޯހިޔާވަހިކަމުގެ ނަމުގަ ފުލެޓްވިޔަފާރި ފުޅާކުރުން ގައުމުގެ ރައްޔިތުން ބޭކާރކޮއް ބޭރުމީހުންނައް ބޮޑުމުސާރަޔާއެކު ވަޒީފާދިނުން މިޔަރު ހިމާޔައްކުރުމުގެ ނަމުގަ މަސްވެރިންްގެ އާމްދަނީ ދަތިކުރުން މިހނކ
ގައުމަކީ ދެކުނު އޭޝިއާގެ ގައުމެއް. މއ ނޫން.
14 July 2021
ރާއްޖޭގައި ގިނައީ ދުނިޔޭގައި ކުރިއަރާފައި އޮތް ގައުމުތަކުގެ މީހުން އުޅޭގޮތް ނޭގޭ ނޫނީ ބޭނުން ނުވާ މީހުން. ސިޔާސީ މީހުންގެ މެދުގައި ގިނައީ އަވަސް-ލާރި ބޭނުމުގައި ކޮންމެ ކަމެއް ކުރާނެ މީހުން. ވަށައިގެން 3 ވަނަ ދުނިޔޭގަ ގައުމު ތައް. އެކަހެރި ވުން، އަދި ކުޑަ ގައުމަކައްވުން، މިފަހަރު މިވަނީ އަހަރުމެންނައް ދުނިޔެއައް ކަނު ވުމަކައް. ބޯދާ ހިޔާލުތައް ދޫކޮއް، މި ގަރުނައް މިގައުމު އައުމަކީ ވަރައް އުނދަގޫ ކަމެއް! ނަގިލި ނެގޭތޯ އެންމެން މަސައްކަތް ކުރަންޖެހޭ!
ހައިރާން
13 July 2021
މިފެންނަނީވެސް މަންޒަރެކެވެ! ބޮޑު މަންޒަރެކެވެ! އެކަމަކު މިއީ ފެނިދާނެ މަންޒަރެއްކަން ކުރީގައި ޤަބޫލެއް ނުކުރެވެއެވެ. އެކަމަކު މިހިރަފެންނަނީތާއެވެ!
މިވަރެއްނެތް
13 July 2021
ނަޝީދު ދޯކާނުދޭ އަދި އެމީހަކަށް ހެއްދެވި ނެހެއްދެވިއަށް ގޮވާ އަދި އެމީހެއްގެ ސަޕޯޓުބޭނުންވުމުން އެމީހަކަށް އިންތިހާއަށް ތައުރީފުނުކުރާ ސިޔާސީ އެންމެ އިސްވެރިއެއްވެސް މި ގައުމުގަ ނުހުންނާނެ. ސީސީގޮތުން މީހުންނަށް ދޯކާދިނުމަކީ ނަޝީދުގެ ކަށީގައި ހިފާފައިވާ ކަމެއް.
ސިޔާސީ ކަންކަމުން ވައްކަން ނުކުރޭ
14 July 2021
ސިޔާސީ ކަންކަމާ ދީނުގެ ‘އީމާން’ ކަމާ ވަކި ކުރެވޭނެ. ސިޔާސަތު ބިނާވާން ޖެހޭނީ މިދުނިޔެ މަތީގައި އެންމެން އެކުގައި މަސްލަހަތު ރަގަޅުވާ ގޮތައް އުޅެވޭނެހެން ގައުމު ބައްޓަން ކުރުން. ބަޔަކު ދަށުނުވެ، ދުނިޔޭގެ +180 އަހަރުމެނައްވުރެ ބޮޑެތި ގައުމުތަކުގެ ރަގަޅު ގޮތްތައް ދަސްކޮއް އެކުގައި އުޅުން. ހަމަ ބަޔަކު ކަނޑު އަޑީގަ ނުފެންނަ ފުރޭތަ ތަކެއް އުޅެޔޭ ބުންޏަސް ގަބޫލު ކުރާކައް ނުޖެހޭނެ! ސުވާލު ކުރަންވީ އެހެން އެބުނާބަޔަކައް ކޮންކޮންފައިދާތަކެއްތޯ އޮތީ!
ޞވވވޗ
13 July 2021
ނަޝީދުގެ ޕްރިއޯރިޓީ ލިސްޓްގެ އެންނެފަހަތަށް އަބަދުވެސް ރަސޫލާއާއި ދީނަށް ފުރައްސަރަނުކުރުން އަންނަނީކީއްވެ؟ ތިމަން ދީންނަށްއުޅެމޭބުނަން ހަމައެކަނި ބުނެލާއެއްޗެއްހެން ހީވަނީ. ނަޝީދުބޭނުންވީމަ ބޭނުންކަމެއްހަލާލު ކުރަންއޮތް އެއްޗެއްނުން ދީނަކީ. ދީނާސިޔާސަތު ވަކިނުކުރެވޭނެ. ދީންއުނގެނި ގުރުއާންގެ ނުއުޖިޒާތުވަންތަކަން ފުރަތަމަ ދަސްކޮށް ދީންދެކެ ލޯބިވާމީހަކަށް ނަޝީދުވެބަލަ
ކާސިމަޖާ
13 July 2021
އަފުރާސިޔާބަށް ތި ތާއީދު ކުރެވެނީ ބޮންގޮށްވުމަށް އިގްތިސާދު ފުނޑުޖެހުމަށް
ނެކްސްޓް ބެސްޓް
13 July 2021
ނުވާނެ ތިކަމެއް. މިގައުމުގެ ބޮޑުބައި އޮތީ 10 ގަރުނު ފަހަރުގަ. ކުރިއަރުވަން ނޫޅުނިއްޔާ ރަގަޅުވާނީ.
ނެކްސްޓް
13 July 2021
ތިޔަފިކުރާ ގުޅެ ޕާޓީއެއް އިންގިރޭސި ވިލާތުން އެންމެ ފަސޭހައިލިބޭނީ. ޢެހެންނޫނަސް ތިޔައީ ކޯލިޝަން ހަދާވަރު ބެއެއްނޫން. ޥެރިކަން ލިބޭއިރަށް ލޮަޓިއެއް ދޭނެ