ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް މަސައްކަތުގައި: އެ އޮތޯރިޓީ އުވާލަން އިއްޔެ ވަނީ ނިންމާފައި. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
24 ނޮވެމްބަރ 2021 - 12:09
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން އިއްޔެ ފާސްކުރުމާއެކު، އެ ތަނުގެ މުވައްޒަފުންނާއި ދެމުން އައި ހިދުމަތްތައް ދެން ބަދަލުވާނީ ޓްރާންސްޕޯޓް މިނިސްޓްރީއަށެވެ.
ހިދުމަތް ލަސްކަމުގެ ކަންބޮޑުވުންތަކާއި ގާނޫނީ ފުށުއެރުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން ސަރުކާރުން ހުށަހަޅައިގެން މަޖިލީހުގެ ކޮމިޓީން އިއްޔެ ވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލަން ނިންމައިފަ އެވެ. މި ނިންމުމާ ގުޅޭ ރިޕޯޓް މަޖިލީހުގެ ތަޅުމުން ފާސްކުރުމާ އެކު ޓްރާންސްޕޯޓު އޮތޯރިޓީ އުވޭނެ އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީ އުވައިލުމުގެ ބިލުގައިވާ ގޮތުން މުވައްޒަފުންނާއި މުދަލާއި ވަސީލަތްތައް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ދަށަށް ބަދަލުވާނެ އެވެ.
އެ މިނިސްޓްރީގެ ޚިދުމަތް ލަސްވުމުގެ ޝަކުވާތަކާއެކު، އެ ތަނުގައި ސިޔާސީ ކޯޅުން ބޮޑުވެ، މުވައްޒަފުންގެ މެދުގައި ބޮޑެތި ހިޔާލު ތަފާތުވުންތައް ވަނީ އުފެދިފަ އެވެ. މި ކަންކަން ހައްލުކުރަން މިނިސްޓްރީގެ އޮޑިޓެއް ވެސް ރައީސް އޮފީހުން ކުރިއަށް ގެންދިޔަ އެވެ.
އެ އޮފީހުން ބުނެފައިވާ ގޮތުގައި މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލުތަކާ އެކު ހިދުމަތްތައް ހަލުވި ވާނެ އެވެ.
ލައިސަންސް ލިބުން ލަސްވުމާއި އުޅަނދުތައް ރަޖިސްޓަރީ ކުރުމާއި ކަނޑުދަތުރުގެ ހިދުމަތްތައް ލަސްވެ، ވިޔަފާރިތަކަށް ބުރޫއަރައި ޓްރާންސްޕޯޓް މިނިސްޓްރީއާ މެދު ރައްޔިތުން ނާއުއްމީދުވެ، މާޔޫސް ވެފައިވާ ކަމުގެ ޝަކުވާތަކާ ގުޅިގެން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މިނިސްޓަރު އައިޝަތު ނަހުލާ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރި އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެ ތަނަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި ހިދުމަތް ކުރިއަށް ވުރެން އަވަސްވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގުލްޒާރު
24 November 2021
ޓުރާންސްޕޯޓުވެސް އުވާލަންވީ.
ކައިމާ
24 November 2021
އޮތޯރިޓި އުވާލިޔަސް އެތަނުގެ ވެރިންނާއި މުވައްޒަފުން ލައްވާ ހަމަ އެޚިދުމަތް ދޭން ވިސްނުމަކީ ހަމަޖެހޭކަމެއްނޫން އޮތޯރިޓީއެއްނޫން މައްސަލައަކި އެނަތުގައި ތިބޭ ވެރިން މައްސަލައަކީ ކޮންމެ ސަރުކާރެއް އަޔަސް އެމީހުން އެތާއެބަތިބޭ
ސަރުދާރުު
24 November 2021
މާލަސްވެއްޖެ ތިތަން އުވާލަން ތި ހިދުމަތްތަށް ކައުންސިލަށް ބަދަލު ކުރުމަށް ގޮވާލަން މިހާރު ރެގިއުލޭޓު ކުރާމީހުން ހިދުމަތް ދިނުމުން ކަމަކު ނުދާނެ
ޑިސްއޮނަރަބަލް ޑީޑީ
24 November 2021
މައުމޫނު ނަންބޯޑު ބަދަލުކުރާތޫ މީމީހުން ކަންބޮޑުވީ. ހަމަ އެއްނެށުމެއްނޫންތަ މިނަށަނީ ތަފާތު މިއުޒިކަކާއެކު.
އ
24 November 2021
ނާގާބިލް މިނިސްޓަރުން ގޮނޑި ގޮނޑިއަށް އަރާ ތިބީމައި ވާނީ ތިހެން. ތަންތަން އުވާލައިގެންވެސް އެބަޖެހޭ އެއްނުން ރައްޔަތުން ނަށް ކަމެއްވާން. ރައްޔަތުން ދުވާލުދާ ހަތަރުދަމުގައި ތިބެންޖެހޭމީ ކިއުއައްއަރާ.
ރަދީފްއޮފިޝިއަލް
24 November 2021
ނަޒީރަށް ވާނީ ކިހިނެއް ބާ؟؟
@ރާދިފް
24 November 2021
އެބައި މީހުން ޖެހޭނީ އެކި އޮފީސްތަކަށް ބައިބައި ކޮށްލަން އެއްތަނަކަށް އެމީހުން ވައްދައިފިތަ އެތަނެއްގެ ހަލާކަށް އައި ބަޔަކަށް ނޫނީ ނުވާނެ އެއްވެސް އިޚްލާބްތެރިކަމެއް ނެތް ޚިދުމަތް ކުރުމުގެ ރޫޙު ނެތތް ބަޔަކު އެއްތަނަކުން އެންމެ ގިނައިން ފެންނާނެ ތަނެއް ތި އުވެނީ
ކީކޭ
24 November 2021
ވަކިކުރާނީ، ތަނުގެ ހަލާކު.