މުނިފޫހިފިލުވުން / ބޮލީވުޑް

ޕްރޮޑިއުސަރު ބޯނީގެ ބައިވެރިވުމެއް ނެތި "ނޯ އެންޓްރީ" ގެ ސީކްއެލް ހަދަނީ

"ނޯ އެންޓްރީ" އަކީ ސަލްމާނާއި އަނިލް އާއި ފަރުދީން ބަތަލުންގެ ރޯލު ކުލުނު ފިލްމެއް

ފަރުދީން، އަނިލް އަދި ސަލްމާން.

28 ނޮވެމްބަރ 2021 - 05:40

ޑައިރެކްޓަރު އަނީސް ބަޒްނީ މީގެ 16 އަހަރު ކުރިން ގެނެސްދިން ކާމިޔާބު ކޮމެޑީ ފިލްމު "ނޯ އެންޓްރީ" ގެ ސީކްއެލްގެ ވާހަކަ މަޑުޖެހިފައި ވަނިކޮށް އަނެއްކާވެސް އޭގެ ވާހަކަ ދެކެވެން ފަށައިފި އެވެ.

މީޑިއާތަކުން ކުރިން ރިޕޯޓްކޮށްފައިވާ ގޮތުގައި "ނޯ އެންޓްރީ މޭ އެންޓްރީ" ގެ ނަމުގައި ހަދަން ނިންމާފައި އޮތް ފިލްމުގެ މަސައްކަތް މިހާތަނަށް ނުފެށި އޮތީ އޭގެ ޕްރޮޑިއުސަރު ބޯނީ ކަޕޫރާއި އެކްޓަރު ސަލްމާން ޚާނާ ދެމެދު އޮތް ގުޅުން ކެނޑި، ބޯނީގެ ފިލްމެއްގައި ސަލްމާން މަސައްކަތް ކުރަން ބޭނުން ނުވުމުންނެވެ. އެހެންވެ ސަލްމާނާ ނުލައި ސީކްއެލް ހަދައިފާނެކަމުގެ ވާހަކަތަކެއް ވެސް މީގެ ދެ އަހަރު ކުރިން ދެކެވިފައިވެ އެވެ. ސަލްމާންގެ 2009 ގެ "ވޯންޓެޑް" އަކީ ވެސް ބޯނީ ޕްރޮޑިއުސްކުރި އެއްޗެކެވެ.

ފާހަގަ ކޮށްލެވޭ ކަމަކީ 2005 ގައި ރިލީޒްކުރި "ނޯ އެންޓްރީ" ގެ ކާސްޓްގައި ބޯނީގެ ކޮއްކޮ އަނިލް ކަޕޫރް ވެސް ހިމެނޭ ކަމެވެ.

މީގެ ކުރިން ބައެއް މީޑިއާތަކުން ބުނެފައި ވަނީ ބޯނީގެ ފިލްމެއްގައި ސަލްމާން ދެން މަސައްކަތް ނުކުރަން ނިންމީ އޭނަގެ ކުރީގެ ފަހަރި މަލައިކާ އަރޯރާއާ، ބޯނީގެ ދަރިފުޅު، އެކްޓަރު އަރުޖުން ކަޕޫރް ރައްޓެހިވެގެން އުޅޭތީ އެކަމާ ހިތްހަމަނުޖެހިގެންނެވެ. މަލައިކާ އަކީ ސަލްމާންގެ ކޮއްކޮ، އަރުބާޒް ޚާންގެ ކުރީގެ އަންހެނުންނެވެ. އެ ދެ މީހުންގެ ކައިވެނި 2018 ގައި ރޫޅާލިއިރު، އަރުހާން ޚާން، 19، ކިޔާ ފިރިހެން ދަރިޔަކު ވެސް އެބަހުއްޓެވެ.

ބޮލީވުޑް ހަންގާމާ އިން ބުނި ގޮތުގައި އަނީސް "ނޯ އެންޓްރީ މޭ އެންޓްރީ" ހަދަން ނިންމާފައި ވަނީ ޕްރޮޑިއުސަރެއްގެ ގޮތުގައި ބޯނީ ބައިވެރިނުވާ ގޮތަށް، ކުރީގެ ފިލްމާ އެއްގޮތަށް ސަލްމާންގެ ފިލްމު ކުންފުނި އެސްކޭ ފިލްމު އެންޓަޓައިންމަންޓްގެ ދަށުން ހަދާ ގޮތަށެވެ. އެކަމަކު ސީކްއެލް ހަދަން ބޯނީގެ ރުހުން ބޭނުންވާތީ، ފިލްމު ހަދައިގެން ލިބޭ ފައިދާ އިން އޭނާ އަށް ބައެއް ދޭނެ އެވެ.

ހަންގާމާ އިން ބުނީ އާ ފިލްމު ހަދާނީ ސަލްމާނާއި އަނިލްގެ އިތުރުން މީގެ އަނެއް ބަތަލު ފަރުދީން ޚާންގެ ޓްރިޕްލް ރޯލުތަކެއް އެކުލެވޭ ގޮތަށެވެ. އެހެންވެ ކޮންމެ އެކްޓަރެއްގެ ވެސް ތިން ކެރެކްޓާ "ނޯ އެންޓްރީ މޭ އެންޓްރީ" ގައި ހިމެނޭނެ އެވެ.

އެކްޓިންއާ ދުރުގައި ހުންނަތާ ވަރަށް ގިނަ ދުވަސް ފަހުން ފަރުދީން މިހާރު އަންނަނީ "ވިސްފޮޓް" ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

"ނޯ އެންޓްރީ" ގެ ބަތަލާއިންނަކީ ލާރާ ދައްތާ އާއި އީޝާ ޑިއޯލް އާއި ބިޕާޝާ ބާސޫގެ އިތުރުން ސެލީނާ ޖެއިޓްލީ އެވެ. އެކަމަކު "ނޯ އެންޓްރީ މޭ އެންޓްރީ" ގައި އެ ތަރިން ހިމެނޭނެ ކަމެއް އަދި ނޭނގެ އެވެ.

އަނީސް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަނިލް މުހިއްމު ރޯލެއް ކުޅުނު 2019 ގެ "ޕާގަލްޕަންތީ" އެވެ. އޭނަގެ ކުރިއަށް އޮތް ފިލްމަކީ އަންނަ އަހަރުގެ މާޗް 25 ގައި ކާތިކް އާރިޔަނާއި ކިއާރާ އަދުވާނީއާ އެކު ގެނެސްދޭން ހަމަޖެހިފައިވާ ހޮރޯ-ކޮމެޑީ "ބޫލް ބުލައްޔާ 2" އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 100%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454