އެލްޖީއޭގެ އިސް ބޭފުޅުން ބައްދަލުވުމެއްގައި: ސިޓީ ކައުންސިލްގެ ނިންމުން މަޑުޖައްސާލަން އެލްޖީއޭ އިން ވަނީ ފާސްކޮށްފައި.
13 ޑިސެމްބަރ 2021 - 12:43
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ރަޖިސްޓަރީ ކޮށްދީފައިވާ ހުޅުމާލޭގެ ބިމުގެ ރަޖިސްޓަރީ މާލޭ ސިޓީ ކައުންސިލުން ބާތިލްކުރި ނިންމުމަށް އަމަލުކުރުން މަޑުޖައްސައިލަން އަންގަން ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ފާސްކޮށްފި އެވެ.
ކައުންސިލްތައް ޒިންމާދާރުކުރުވާ އެލްޖީއޭގެ ކުއްލި ޖަލްސާއެއްގައި ނިންމީ މާލޭ ސިޓީ ކައުންސިލުން ފާސްކުރި ގޮތަށް އަމަލުކުރުން ހުއްޓުވުމުގެ އިތުރަށް އެކަން ހިނގައިދިޔަ ގޮތުގެ އިންކުއަރީއެއް ކުރިއަށް ގެންދާށެވެ.
އިދިކޮޅު ޕީޕީއެމްގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ފާސްކުރީ ހުޅުމާލޭގެ ރަޖިސްޓަރީ ބާތިލުކޮށް، ކައުންސިލުގެ ދަށަށް މުޅި ހުޅުމާލެ ބަދަލުކުރާށެވެ. މިގޮތަށް ނިންމީ މާލެ ސިޓީ ކައުންސިލްގެ އިހްތިސޯސްގެ ތެރޭގައި ހުޅުމާލެ އޮތަސް ހިދުމަތް ދިނުމަށް ހުރަސްތައް ކުރިމަތިކުރާތީ ކަމަށް ކައުންސިލުން ބުނެފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލާއި އެޗްޑީސީގެ ކޯޅުން ބޮޑުވެ، ރަޖިސްޓަރީ ބާތިލްކުރުމާ ހަމައަށް ދިޔައީ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ނުދިނުމާއި މުނިސިޕަލް ހިދުމަތް ކައުންސިލާ ހަވާލުނުކޮށްގެން ކަންބޮޑުވުން ފާޅުކުރުމަށް ފަހު އެވެ.
ސިޓީ ކައުންސިލްގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ބުނެ އެކަމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ހޯދަން އެޗްޑީސީން ވަނީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އަދި އެ މައްސަލައިގައި ޑިސްޕިއުޓް މަރުހަލާ އިން ހައްލެއް ނުލިބުމުން ޝަރީއަތަށް ކުރިއަށް ގެންދަން ވަނީ ނިންމައިފަ އެވެ.
ހުޅުމާލެ ބަލަހައްޓަމުން އަންނަ އެޗްޑީސީން ބުނެފައި ވަނީ ހުޅުމާލޭގެ ބިމަކީ އެ ކުންފުނީގެ އަމިއްލަ ހަރަދުގައި ހިއްކާފައިވާ، އަމިއްލަ ބިމެއް ކަމަށެވެ. އެއީ ގާނޫނީ ގޮތުން މުދާ މިލްކު ކުރުމުގެ ހައްގު ލިބިފައިވާ ވަކި ޝަހުސަކަށްވީ ހިނދު، އެ ކުންފުންޏަށް ލިބިފައިވާ ހުޅުމާލޭ ބިމުގެ ރަޖިސްޓަރީ ބާތިލުކުރަން ސިޓީ ކައުންސިލުން ނިންމީ ގާނޫނުއަސާސީއާ ވެސް ހިލާފަށް ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުދުހޭ
14 December 2021
ދިވެހިރާއްޖެއަކީ އަޅުގަނޑުގެ ބިން. އެންމެން ފައިބާ.
ހުސެންް
14 December 2021
ހުޅުމާލެއަކީ މާލޭ މީހުންގެ ތަނެއްނޫން. ތިއީ ވަކި ސިޓީއަކަށް ހަދަންހެހޭތަނެއް.
ސަލިމާ
14 December 2021
ކުޑަކުދިން ދައްކާ ކަހަލަ ވާހަލަ
ގުދުގުދާބެއްޔާ
15 December 2021
ހުސެން އެހެން ވިއްޔާ ކަލޭގެ ރަށަކީ އަހަރުމެންގެ ވެސް ރަށް! އެރަށުން ކަލެއަށް ހިލޭ ގޯތިދޭ އުސޫލުން އަހަރުމެންނަށްވެސް ލިބެންޖެހޭނެ! ޤާނޫނަކީ ކަލެއަށް ހެޔޮވަރަށް ފަހާ ފައިވާ ކޯޓެއްނޫން! އެކަމަކު އެހެން ނުވޭދޯ؟ އެހެންވީމާ ހުޅުމާލެއަކީވެސް މާލޭ މީހުންގެ ތަނެއް!
876432
14 December 2021
ލާމަރުކަޒީ ގެ ސަބަބުން މުޅިގަުމު ހަލާކު.ކާކު ބޯގޯސްވެގެންތަ ލާމަރުކަޒީ ގެނައީ.
987653
14 December 2021
ފޮލެޓްތަކުގަ ފަތްބޯގުރޫޕްތައް.މަގުމަތީ މީހުނާ ފޮށުން.މުޅި ތަނުގަ ކުނި.އެޗް ޑީ ސީ އަށް ކީއްކުރެވެނީ.ބޫކާރު ބައެއް.
ޭއެޗްޑީސީފެއިލް
13 December 2021
ޢެޗްޑީސީ އަތުން ހުޅުމާލެ އަތުލަންޖެހޭ. ޙުޅުމާލެ އޮތީ ބޮއްސުންލާފަ. ޙުޅުމާލެގައި ސެކިއުރިޓީ އެއްނެތް. ކެމެޜާ އެއް ހަރުނުކުރެވުނު. މަގުތައް އެހާ އަނދިރި. ޙުއްދަ އެެެއް ހޯދަން ފޯމުލައިގެން 3 މަސް ވާއިރު ޖަވާބެއް ނުލިބޭ.
ހަޑިގިއްލާ
13 December 2021
މާލެ އޮތީ ސިޓީކައުންސިލްދަށު ނޫންތޯ؟ ކޮންކަމެއްތޯވީ1 ވަރަށް ޕީސްފުލެއްނު
ޢެލެކްސް
13 December 2021
އަދިވެސް ކައުންސިލްތައް އުވާލާކަށް ނުވޭތަ؟ ކޮން ލާމަރުކަޒީއެއްތަ؟
މުޢިއްޒޫ
13 December 2021
ނުފޯރާ ފޮތިން ފޫގަޅަން އުޅެންޏާ، ވާނީ ބަރަހަނާ އިނގޭ!
ށަވިޔަނި
13 December 2021
މިތާ ކޮމެންޓް ކުރަނީ ތަންދޮރު ދަންނަ ބައެއްތަ؟ ހުޅުމާލޭގެ ބިމަކީ އެޗްޑީސީގެ މިލްކުމުދާ. ދައުލަތުގެ މާލީ ގާނޫނުތައް ހަރުކަށިކަމުން ވިޔަފާރި އުސޫލުން އަމިއްލަ ކުންފުންޏަކާ އެއްގޮތަށް ހިންގަން ކުންފުނި އުފެއްދީ. ބިމަކީ ކުންފުނީގެ މުދާ. މުއިއްޒު ހިތަށްއެރި ގޮތަކަށް އެތަން ނެހެދޭނެ. ސްޓެލްކޯ އާއި އެމްޑަބްލިއޫއެސްސީ ވެސް އިޚްތިޞާސޭ ކިޔާފަ ސިޓީކައުންސިލްގެ ދަށަށް ގެންދަންވީނުން. މިވަރު ޖާހިލުން ތިބިތަނެއް ދުނިޔޭގައި މަދުވާނެ.
ގައިސް
13 December 2021
ކަން ހުއްޓުވުމުގެ ބާރު އެލްޖީއޭ ހޯދީ ކޮންތާކުންތޯ
އަސްލު
13 December 2021
މިވެރިން ބޭނުންވަނީ, ހުޅުމާލެއިން މާލޭ މީހުންނަށް ގޯތި ދޭނަމޭ ބުނެ, ދޮގު ވަޢުދުވެގެން ވެރިކަން ހޯދަން. ވޯޓުކޮޅު ހޯދައިގެން ވެރިކަމަށް އާދެވުނީމަ, މާލޭ މީހުންނަށްވީ ވަޢުދާ ޚިލާފުވެ. ގޯތިދޭކަށް ބޭނުމެއްނުވޭ. މަހުޖަނުންނަށް ބިންތައް ވިއްކަން ބޭނުންވަނީ. މަކަރާހީލަތުން ވަޢުދު ނުފުއްދައި މިއަދު ތިބެވިދާނެ. އެކަމަކު އާޚިރުގައި ސަލާމަތްވެވޭނެ ކަމަށް ހީކުރުމަކީ ކުށެއް.