އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ (ވ) އާއި އަބޫ ދާބީގެ ވަލީ އަހުދު ޝައިޚް މުހައްމަދު ބިން ޒާޔިދު އިއްޔެ އަބޫ ދާބީގައި ބައްދަލުކުރައްވަނީ. --އޭއެފްޕީ
14 ޑިސެމްބަރ 2021 - 14:01
މެދުއިރުމަތީގައި އިޒްރޭލުގެ މަގާމު ވަރުގަދަ ކުރަމުންދާ ވަރަކަށް، މުޅި ސަރަހައްދުގެ އަމަންއަމާން ކަމަށް ކުރިމަތިވަނީ ނުރައްކާތައް ކަމަށް، އީރާނުން މިއަދު ބުނެފި އެވެ.
އީރާނުން މި މޭރުމުން އިޒްރޭލަށް ފާޑު ކިޔާފައި މިވަނީ، އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް އެމިރޭޓްސް އަށް ކުރެއްވި ދަތުރާ ގުޅިގެންނެވެ. އެ ދަތުރުގައި ނަފްތާލީ ވަނީ އަބޫ ދާބީގެ ވަލީ އަހުދު އައްޝައިޚް މުހައްމަދު ބިން ޒާޔިދު އާލް ނަހްޔާންއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
ދެ ބޭފުޅުންގެ މަޝްވަރާތަކުގައި އަސްކަރީ ގޮތުންނާއި ވިޔަފާރީގެ ގޮތުން ދެ ގައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި އެވެ.
މި ބައްދަލުކުރެއްވުމަށް ފަހު އިޒްރޭލުގެ ބޮޑުވަޒީރު ނަފްތާލީ ވިދާޅުވި ގޮތުގައި އެ ބައްދަލުވުމަކީ ދެ ގައުމުގެ ރައްޔިތުންގެ މަސްލަހަތަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އުންމީދު ކުރައްވަ އެވެ. އަދި އެ ބައްދަލުކުރެއްވުމުގެ ސަބަބުން މުޅި ސަރަހައްދަށް އޭގެ މަންފާ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އީރާނުން ދެކޭ ގޮތުގައި އިޒްރޭލާ އެކު އަރަބި ގައުމުތަކުން ގުޅުން ބަދަހި ކުރުމަކީ، މުޅި ސަރަހައްދުގެ ހަމަނުޖެހުމަށް މަގުފަހިކުރާ ކަމެކެވެ. އީރާންގެ ހާރިޖިއްޔާ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިޒްރޭލުން އަރަބި ގައުމުތަކުގައި ފައި ހަރުކުރަމުން ދިޔުމަކީ މުޅި ސަރަހައްދަށް ހަމަނުޖެހުން ގެނުވާނެ ކަމެއް ކަމަށެވެ. އަދި އިޒްރޭލަކީ ތަންތަން ފަސާދަކުރާ ބައެއް ކަމަށާއި މުޅި ސަރަހައްދުގައި ފިތުނަ އުފައްދަން މަސައްކަތްކުރާ ބައެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އީރާނުން ބުނި ގޮތުގައި މެދުއިރުމަތީގައި އިޒްރޭލު ދެމި އޮތުމަކީ، އިސްލާމީ އުންމަތުގެ މަސްލަހަތާއި އަރަބި ގައުމުތަކާއި މެދުއިރުމަތީގެ ރައްޔިތުންގެ މަސްލަހަތާ ވެސް ފުށުއަރާ ކަމެކެވެ. އަދި އިޒްރޭލާ އެކުގައި މެދުއިރުމަތީގެ ބައެއް ގައުމުތަކުން ސުލްހަވެރިކަން ގާއިމުކުރުމަކީ، ފަލަސްތީނު ރައްޔިތުންގެ އުންމީދުތައް ހާސިލްވާނެ ކަމެއް ނޫން ކަމަށް ވެސް އީރާންގެ ހާރިޖިއްޔާގެ ބަޔާނުގައިވެ އެވެ.
އިޒްރޭލަކީ އިސްލާމީ ދުނިޔެ އާއި އަރަބި ދުނިޔޭގެ އެއް ނަންބަރު އަދުއްވު ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. މީގެ އިތުރުން އެ ބަޔާނުގައި ބުނެފައިވާ ގޮތުން މެދުއިރުމަތީގައި އުފެދޭ ހުރިހާ ހަމަނުޖެހުމަކާއި ހުރިހާ މައްސަލަތަކެއްގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އިޒްރޭލެވެ.
އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނި ގޮތުގައި ބޮޑުވަޒީރު ނަފްތާލީ އެމިރޭޓްސް އަށް ކުރެއްވި ދަތުރުފުޅުގައި، އަބޫ ދާބީގެ ވަލީ އަހުދު ޝައިޚް މުހައްމަދު އިޒްރޭލަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ދެއްވި ދައުވަތު ވަލީ އަހުދު ވަނީ ގަބޫލުކުރައްވައިފަ އެވެ. ނަމަވެސް އެމިރޭޓްސް ސަރުކާރުން މިހާތަނަށް އެކަން ކަށަވަރެއް ނުކޮށްދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
15 December 2021
އިސްލާމީ ދައުލަތެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރާ ގައުމަކަށް ޔޫއޭއީ ވެދާނެކަމުގެ ހުރިހާ ކޮޅުމައްޗެއް އެބަފެނޭ. މުއްސަދިވުމުން އެތިބީ އާޚިރަތް ހަނދާންނެތިފަ.
Coronavirus
15 December 2021
އިޒުރޭލާކާ ނުކުޅެވޭނެ، މޮޔަ ނުގޮވާ އީރާން. އީރާން އެއުޅެނީ އަމިއްލަ ރައްޔަތުންނަ ކާން ނުދެވިގެން.
ކެކެކެ
15 December 2021
ހެހެހެ..ތިދައްކަނީ ފަލަސްތީނުގެ އޮއްގާ އުކާ ކުދިވެރިންނާ ކުރިމަތިލާން ބިރުން ބޮޑު ފާރު ރާނައިގެން ތިބި ފިނޑި ބައެއްގެ ވާހަކަ ދޯ..ބަޔަކު ބާރު ގަދަ ވާނީ މިހާވަރަށް..އީރާން ނޫޅޭ ޔަހޫދީންތައް ރީއްޗަށް ތިއްބަ އެމީހުންނާ ބެހޭކަށް..މިހާރުވެސް ތިބުނާ ޔަހޫދީންނޭ ބިރުން ތެޅިފޮޅެނީ އީރާން ނިއުކުލިއަ ހަތިޔާރު އުފައްދާ ބާރުގަދަވެދާނެތީ..އެވެސް ހުރިހާ ގޮތަކުން ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އޮއްވާ...
އަހުމަދު ލުޣަވީ
14 December 2021
ޔަހޫދީ ޕޮޕިއުލޭޝަނަކީ ވަރަށް ވަރަށް ކުޑައެއްޗެއް ދުނިޔޭގެ ނިސްބަތުން. 0.5% ވެސް ހަމަނުވޭ. ހަނގުރާމަކޮށްގެން ޔަހޫދިން ބަލިކުރާނެހް ބާރެއް މުސްލިމުންގެއެއް ނެތް ކިތަންމެ މިހުން އެމިހުންގެ މަދަސް. މީގައި ޔަހޫދީން ބަލިކުރަން އޮތް އެންމެ ރަނގަޅު ގޮތަކީ ފަލަސްތީނުގެ ރައްޔިތުންވެސް އިޒްރޭލުގެ ރައްޔިތުންނާއެއްކޮށް މަސްހުނިކޮށް އުޅެ މުސްލިމު ފިރިހެނުން ޔަހުދީ އަންހެނުނަނާއި ކައިވެނިކޮށް އެމީހުންވެސް އެނބުރުން. އޭރަށް ޔަހޫދިންކޮޅުމަދުވެ ހުސްވެދާނެ.
ފަޓާސް.
14 December 2021
އަހްމަދު ލުއަވީ އަށް އެގި ނުލައްވާތޯ ޔަހޫދީ އަންހެނަކު ޔަހޫދީ ފިރިހެނުންނާ ނޫނީ ކައިވެނި ނުކުރާކަން. ހާއްސަކޮށް މުސްލިމުންނާ ކައިވެނި ކުރަން އެމީހުން ދެކޮޅު. އިޒްރޭލް ހުރިހާ އެންމެން އެއީ ޔަހޫދީންނެއް ނޫން. ވަރަށް ރަގަޅު މަޒުހަބު ތައްވެސް އެމީހުންގެ އޮވޭ.
ރަދީފްއޮފިޝިއަލް
14 December 2021
ސާބަހޭ އިރާން.ވާންކޮށްފަ ބަހައްޓާތި.އަރަބި ގިނަ ވެރިން ތިބީ ޔަހޫދީންގެ ޖީބަށް ވެއްޓިފަ.އެހެންވީމަ ބެނެޓް ވެސް ތިގޮތަށް އެގައުމުތަކަށް އެދަނީ.
އަބްޑޫޅް
14 December 2021
އިޒުރޭލަށް އައްސަރިބަސް.
އަބްޑޫޅް
14 December 2021
ވަރަށް އުފާވެރި ޚަބަރެއް.