މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޑިޝާ.

19 ޑިސެމްބަރ 2021 - 06:14

އަޖޭ ދޭވްގަން ޑައިރެކްޓްކޮށް، ކުޅޭ ތިން ވަނަ ފިލްމު "ރަންވޭ 34" ގެ ޝޫޓިން ނިންމާލައިފި އެވެ.

އޭގެ ޝޫޓިން ނިންމާލައިން ކާސްޓާއި ކްރޫ އެކަން ފާހަގަކުރާ ވީޑިއޯތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވެ އެވެ. މި އަހަރުގެ ކުރީކޮޅު ޝޫޓިން ފެށި "ރަންވޭ 34" އަކީ އިންޑިއާގެ އޭވިއޭޝަން ދާއިރާގައި ހިނގާފައިވާ ހަގީގީ ހާދިސާތަކަކަށް ބިނާކޮށް ގެނެސްދޭ އެެއްޗެކެވެ. އަޖޭ އާއި ރަކުލް ޕްރީތު ސިންގް ޕައިލެޓުންގެ ރޯލު ކުޅެފައިވާ ފިލްމުގެ ކާސްޓްގައި އަމީތާބް ބައްޗަނާއި ބޮމަން އިރާނީ އާއި އަންގިރާ ދާރް އަދި އަކަންކްޝާ ސިންގް ވެސް ހިމެނެ އެވެ.

ދެހާސް ސޯޅައިގެ "ޝިވާއޭ" އަށް ފަހު އަޖޭ ޑައިރެކްޓްކުރި "ރަންވޭ 34" ސިނަމާތަކަށް ގެންނާނީ އަންނަ އަހަރުގެ އެޕްރީލް 29 ގަ އެވެ.

"އިޝާން" ގެ ޕިއްޕާ އަށް ތާރީހެއް

ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާން ހައްތަރް މިހާރު ކުޅެމުން އަންނަ ވަތަނީ ފިލްމު "ޕިއްޕާ" ރިލީޒްކުރާ ތާރީހަކަށް އަންނަ އަހަރުގެ ޑިސެމްބަރު 9 ހަމަޖައްސައިފި އެވެ.

އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި ސައިފް އަލީ ޚާންގެ "ޝެފް" ގެނެސްދިން ޑައިރެކްޓަރު ރާޖާ ކްރިޝްނާ މެނަން ޑައިރެޓްކުރާ "ޕިއްޕާ" މަންޒަރުތައް ނަގާ ތަންތަނުގެ ތެރޭގައި މުމްބާއީ، އަމްރިތުސާ، ވެސްޓް ބެންގާލް އަދި އަހުމަދުނަގަރް ހިމެނެ އެވެ.

މި ފިލްމުގެ ބަތަލާ އަކީ މި މަހުގެ 31 ގައި ރިލީޒްކުރާ ޝާހިދުގެ "ޖާޒީ" ގެ ބަތަލާ މުރްނާލް ތާކޫރެވެ.

"ޔޯދާ" އަށް ޑިޝާ އާއި ރާޝީ ސޮއިކޮށްފި

ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން މިދިޔަ މަހު އިއުލާންކޮށް މިހާރު ޝޫޓިން ފަށާފައިވާ ސިދާތު މަލްއުތުރާގެ ފިލްމު "ޔޯދާ" ގެ ބަތަލާއިންނަށް ޑިޝާ ޕަޓާނީ އާއި ދެކުނުގެ ބަތަލާ ރާޝީ ކަންނާ ސޮއިކޮށްފި އެވެ.

ވަރުގަދަ އެކްޝަން ފިލްމެއްގެ ގޮތުގައި ހަދާ ފިލްމަށް ދެ ބަތަލާއިން ސޮއިކުރިކަން ކަށަވަރުކޮށް ދީފައި މި ވަނީ އޭގެ ބަތަލާއިންނަކީ ޑިޝާ އާއި ރާޝީ ކަމަށް މީޑިއާތަކުން ކުރިން ވެސް ބުނެފައި ވަނިކޮށެވެ. "ޔޯދާ" އަކީ ސިދާތާ އެކު ޓައިގާ ޝްރޮފްގެ ލޯބިވެރިޔާ ޑިޝާ ކުޅޭ ފުރަތަމަ ފިލްމެވެ. ރާޝީ އަކީ ޝާހިދު ކަޕޫރްގެ ފުރަތަމަ ވެބް ސީރީޒް "ފޭކްސް" ގެ ބަތަލާ އެވެ.

އަންނަ އަހަރުގެ ފަހުކޮޅު ރިލީޒްކުރާ "ޔޯދާ" އަކީ ސާގަރް އަމްބްރޭ ޑައިރެކްޓްކުރާ އެއްޗެކެވެ.

"ސަތިއަމޭވް ޖަޔަތޭ 2" އެމެޒޯން ޕްރައިމަށް

މިދިޔަ މަހުގެ 25 ގައި ރިލީޒްކުރި ޖޯން އަބްރަހަމްގެ "ސަތިއަމޭވް ޖަޔަތޭ 2" މި މަހުގެ 24 ގައި އެމެޒޯން ޕްރައިމް ވީޑިއޯ އިން ސްޓްރީމްކުރަން ނިންމައިފި އެވެ.

ޖޯން ތިން ކެރެކްޓާއެއް ކުޅުނު މި ފިލްމަކީ އޭނާގެ 2018 ގެ "ސަތިއަމޭވް ޖަޔަތޭ" ގެ ސީކްއެލް އެވެ. އެކަމަކު އެ ފިލްމަށް ލިބުނު ވަރުގެ ތަރުހީބެއް އާ ފިލްމަކަށް ނުލިބެ އެވެ. ދެ ފިލްމު ވެސް ލިޔެ، ޑައިރެކްޓްކުރީ މިލަޕް މިލަން ޒަވޭރީ އެވެ.

ބުޝަން ކުމާރުގެ ޓީ ސީރީޒުން ޕްރޮޑިއުސްކުރި "ސަތިއަމޭވް ޖަޔަތޭ 2" ގެ ބަތަލާ އަކީ ބުޝަންގެ އަންހެނުން ދިވްޔާ ކޯސްލާ ކުމާރެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454