"މުޒާހަރާތަކާއި އެ ނޫން ވެސް ކުއްލިއަކަށް ދިމާވާ ހާލަތްތަކުގައި، އަންހެނުން ހައްޔަރުކުރަން ޖެހޭނީ އަންހެން ފުލުހުން ކަމަކަށް އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމެއް ނުކުރޭ"
ޗެނަލް 13ގެ ނޫސްވެރިޔާ މަރިޔަމް އިސްހާދާ ހިފަހައްޓައިގެން: މުޒާހަރާތަކުގައި ފިރިހެން ފުލުހުން ގޮސް އަންހެނުން ހައްޔަރުކުރާ މައްސަލަ ބޮޑު.
09 ޖެނުއަރީ 2022 - 12:53
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯ އާއި ވީޑިއޯ އިން ފެންނަނީ ޗެނަލް 13ގެ ނޫސްވެރިޔާ މަރިޔަމް އިސްއާދާ ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން އުޅުނު ގޮތެވެ؛ އައިޖީއެމްއެޗުގެ ތެރޭގައި އޭނާ ވަށާލައިގެން ފިރިހެން ފުލުހުންތަކެއް ތިބި އިރު ދެއަތް ފުރަގަހަށް ލައި ހިފަހައްޓައިގެން ހުރީ ވެސް ފިރިހެން ފުލުހެކެވެ.
ފުލުހުންގެ ބެލުމުގެ ދަށަށް ނުދާން، ގަދަ ދައްކަނިކޮށް ފިރިހެން ފުލުހުން އޭނާ ހިފެހެއްޓި ގޮތުން ނިވާކަން ކުޑަވާ ގޮތަށް ހެދުން ވެސް އޮތީ ހުޅުވިފަ އެވެ.
"އިންޑިއާ އައުޓް" ގެ ނަމުގައި އިދިކޮޅު ޕީޕީއެމުން ބާއްވާ ސިލްސިލާ މުޒާހަރާތަކުގައި ފުލުހުންގެ އަމަލުތައް ވަރަށް އަނިޔާވެރި ކަމަށް ތުހުމަތުކޮށް ދައްކާ އެއް މަންޒަރަކީ އެ ފޮޓޯ އެވެ. އިސް ސަފަށް އަންހެނުން ނުކުމެ ކުރާ ޕީޕީއެމްގެ މުޒާހަރާތަކުގައި މުޅިން ވެސް އަންހެނުން ހުއްޓުވައި ހައްޔަރުކުރަނީ ފިރިހެން ފުލުހުން ކަމުގެ ހިތްހަމަނުޖެހުން ބޮޑެވެ. ފިރިހެން ފުލުހުން އަމަލުކުރާ ހަރުކަށި ގޮތުން އަންހެނުންނަށް އަނިޔާވަމުން ދިއުން ވެސް ބަލައެއް ނުގަނެ އެވެ.
އައިޖީއެމްއެޗުގެ ތެރޭގައި ފުލުހުން: މުޒާހަރާތައް ހުއްޓުވަނީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ފުލުހުން ބުނޭ.
އެހެންވެ މިހާރު ތުހުމަތުކުރަނީ، މުޒާހަރާގައި ފިރިހެން ފުލުހުން އަންހެނުންނަށް އަނިޔާވާ ގޮތަށް ހައްޔަރުކޮށް، ބައިވެރިންނަށް ހުރަސްއަޅަނީ ސަރުކާރުގެ އޯޑަރަށް ކަމަށެވެ.
Was following the peaceful rally. Ch13 reporter Mary was targeted and threatened by @PoliceMv officers even before the rally was started. Later she was attacked and shoved to the ground while covering the volatile situation. You consider this 'Press Freedom' @ibusolih ?#IndiaOut pic.twitter.com/kMOiyUI2Zx
— Ahmed Shiyam (@Shiyamaldives) January 8, 2022
މުޒާހަރާތަކުގައި ސަލާމަތީ ކަންކަން ބަލަހައްޓަން އާއްމުކޮށް އަންހެން ފުލުހުން ނެރެ އެވެ. ގިނަ މުޒާހަރާތަކުގައި އަންހެނުން ހައްޔަރުކުރުމުގައި މީގެ ކުރިން ފެންނަނީ ވެސް އަންހެން ފުލުހުން އުޅޭ ތަނެވެ. އެކަމަކު، ޕީޕީއެމްގެ މުޒާހަރާގެ ބައިވެރިން މަގުތަކުގައި އަޑުއުފުލުމަށް ފަހު އެތަނުން އަނިޔާވި މީހުންނާ އެކު، ގޮސް އައިޖީއެމްއެޗު ތެރެއަށް ވަދެގަތުން ކޮންޓްރޯލް ކުރަން އުޅުނު އިރު އެ ތަނުގައި އަންހެން ފުލުހަކު އެވަގުތަކު ނެތެވެ.
އިދިކޮޅު ޕީޕީއެމް އިން އިންތިޒާމުކޮށްގެން ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ހުއްޓުވުމުން، އެސަރަހައްދުގައި އިދިކޮޅު ސަޕޯޓަރުން މުޒާހަރާ ކުރަނީ --. ފޮޓޯ: ނިޝާން އަލީ/މިހާރު
ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން ތުހުމަތު ކުރައްވާ ގޮތުގައި މުޒާހަރާ ހުއްޓުވުމުގެ ބޭނުމުގައި ފަހަކަށް އައިސް ފުލުހުންގެ އަނިޔާ އަމާޒުކޮށްފައި ވަނީ އަންހެނުންނަށެވެ. މުޒާހަރާގެ ބައިވެރިންނަށް އަނިޔާކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެ ފުލުހުންނާ ދެކޮޅަށް ވަނީ ބަޔާން ވެސް ނެރެފަ އެވެ.
އަންހެނަކު ވެހިކަލަކަށް އަރުވައި ބިޑި އަޅުވާ މަންޒަރުގެ ވީޑީއޯ އާއްމުކުރައްވައި ޕީޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވެސް ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. ފުލުހުންގެ އަމަލުކުރާ ގޮތަކީ "ބޮޑުވަރު" ކަމަށް އޭނާ ސިފަކުރެއްވި އެވެ.
T Shirt liyas mivaruvaakah nujehey noontho @ibusolih @MohamedNasheed @M_Hameedh @ShimranAb @PoliceMv pic.twitter.com/xmSXozyBNE
— Mohamed Saeed (@em_saeed) January 7, 2022
އަންހެނުން ހައްޔަރުކުރުމުގައި ފިރިހެން ފުލުހުން އަނިޔާވެރި ކަމަށް އަމާޒުވާ ތުހުމަތު ދިފާއުކުރާނެ ޖާގަ ފުލުހުންނަށް ލިބެ އެވެ. މުޒާހަރާތަކާއި އެ ނޫން ވެސް ކުއްލިއަކަށް ދިމާވާ ހާލަތްތަކުގައި، އަންހެނުން ހައްޔަރުކުރަން ޖެހޭނީ ނުވަތަ ހުއްޓުވަން ޖެހޭނީ އަންހެން ފުލުހުން ކަމަކަށް އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމެއް ނުކުރެ އެވެ.
އެކަމަކު އެންމެ ރަނގަޅު ގޮތަކީިި އަންހެނުން ހައްޔަރު ކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމެވެ. އެކަން ފުލުހުން ވެސް ގަބޫލުކުރެ އެވެ.
މިހާތަނަށް ފުލުހުން އަމަލުކުރަމުން އަންނަ ގޮތަކީ ވެސް ކުށެއްގެ ތުހުމަތުގައި ކޯޓު އަމުރެއް ހޯދައިގެން ނުވަތަ ދުރާލައި އަންހެނަކު ހައްޔަރު ކުރަން ޖެހޭ ނަމަ އަންހެން ފުލުހުން އެކަމުގައި އިސްވެ އުޅުމެވެ. އެކަމަކު މުޒާހަރާތަކުގައި ކުއްލިއަކަށް މީހަކު ހައްޔަރުކުރަން ޖެހޭ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެކަމުގައި އޭރަކު ވަކި ޖިންސަކަށް ބެލުމެއް ނެތި ފިޔަވަޅު އަޅަން ގާނޫނުން ހުރަހެއް ނެތް ކަން ފުލުހުން ފާހަގަކުރެ އެވެ.
މުޒާހަރާތަކުގައި އަމަލުކުރަމުންދާ ގޮތާ ގުޅޭ ކަންބޮޑުވުންތަކަށް އެ މުއައްސަސާ އިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މީހުން ހައްޔަރުކުރުމުގައި ފުލުހުން އަމަލުކުރަނީ ގާނޫނުތަކުގައި ކަނޑައަޅާފައިވާ އުސޫލްތަކުގެ މަތިންނެވެ. އަންހެނުން ހައްޔަރުކުރުމުގައި އަންހެނުން ހަރަކާތްތެރިވުމަކީ އެ ހިދުމަތުން އިސްކަންދޭ ކަމެއް ކަމަށް ފުލުހުން ބުންޏެވެ.
އައިޖީއެމްއެޗު ތެރޭގައި މަރީ ވެއްޓިފައި: މުޒާހަރާތައް ހުއްޓުވާ ގޮތުން ފުލުހުންނަށް ވަނީ ފާޑުކިއުން އަމާޒުވެފައި.
ގާނޫނު ތަންފީޒުކޮށް ނެގެހެއްޓުމާއި އާއްމު ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ގާނޫނާއި ގަވާއިދުތަކުގެ ތެރެއިން އެ ވަގުތަކު އަޅަން ޖެހޭ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން ދެމުން ފުލުހުން ބުނެފައި ވަނީ ޕީޕީއެމްގެ މުޒާހަރާތައް ބާއްވަމުން އަންނަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
މުޒާހަރާތަކާއި އެއްވުންތަކުގައި ގިނަ އަދަދެއްގެ އަންހެނުން ސަލާމަތީ ކަންކަން ބަލަހައްޓަން ތިބުމުގެ ގާބިލްކަމެއް އެ މުއައްސަސާއަކު ނެތެވެ. ފުލުހުންގެ ތެރޭގައި އަންހެން ފުލުހުންގެ ނިސްބަތަކީ 14 ޕަސެންޓެވެ. ގާތްގަނޑަކަށް މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ދެމުން އަންނަ އިރު އޭގެ ތެރެއިން 55 ރަށެއްގައި އަންހެން ފުލުހުން ނެތެވެ.
ގާނޫނުން ފުލުހުންނަށް ބާރާއި އިހްތިޔާރު ލިބިފައި އޮތަސް މުޒަހަރާތަކުގައި އަންހެނުންގެ ގައިގައި އޮޅުލައި ބައްދައި ހުއްޓުވަން ފިރިހެން ފުލުހުން އުޅޭ ގޮތް ފެންނަ މަންޒަރުތަކުން ހުތުރެވެ؛ ދުނިޔޭގެ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މިކަމުގައި ވެސް ދިވެހި ފުލުހުން އަމަލުކުރަން ޖެހެ އެވެ. އެއީ އަންހެނުން ހައްޔަރުކުރުމުގައި އަންހެން ފުލުހުން ހަރަކާތްތެރިވުމެވެ.
އިސްލާހަށް އަމާޒު ހިފައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ މުއައްސަސާގެ އިތުބާރު ނަގަހައްޓާ ނަމަ މިއީ، ވެސް ކުޑަ ކަމެއްގެ ގޮތަށް ދޫކޮށްލެވޭކަށް ނެތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމަރޭ
13 April 2023
ކުއްކުރުން ހުއްޓުވުމަށް ފިރިހެން ފުލުހެއް އަންހެން ފުލުހެއް ބޭނުމެއް ނުވާނެ!!!! ކުއްކުރާމީހާއަށް އެޑްވާންޓޭޖް ނެގޭނަމަ އެއީ މުޖުތަމައަށް ދެވޭ ގެއްލުމެއް! މުޒާހަރާތައް ރާވާއިރު ނޫސްވެރިން ޖަހަލާނެ ބޮޑު ހެޑްލައިނެއް އުފެއްދުމަށް މަސައްކަތް ކުރޭ!! މީ މުޅިދިވެހިރައްޔިތުންނާއި ސިދާ ގުޅުންހުރި މައްސަލެއް!!!!
1206
18 January 2023
ދިވެހި ފުލުންނަށް އަބަދު ވެސް މި ތިބެވެނީ އިމުން ބޭރުވެވިފައި. ޗާޓުން ބޭރުގައި. ސިޔާސީ ނުފޫޒާ ޖެހުނީމާ ޕްރޮފެޝަނަލިޒަމް ވަންނަނުވަންނަ ވަލެެއް ނޭނގެ. ނޫސްވެރިން އެ ވާހަކަ މި ލިޔެލަނީ އެއުރެންގެ މީހަކު ނުގޮތަކަށް ހައްޔަރު ކުރީމާ. އެހެން މީހަކަށް ދިމާވި ދައްޗެއް ނަމަ ކަހާތަން ހިރުވައިވެސް ނުލީސް. ހަމަ ދެ ދެފުއްކެހިރިކަން. އެ ނޫން ކަމެއް ނެތް.
ޕީޕީއެމް މެމްބަރ
11 January 2022
ދެންވެރިކަމަށް އަނެއްކާވެސް އަރާނީ އަރެމެން ކުރިއެކޭވެސް އެއްގޮތަށް ކުޅަދަނައެއްނޫން މުޒަހަރާކުރަން އެމްޑީޕީ މަގުމައްޗަށް ނުކުންނަން.. ހަމަ ބިންތިރި..
މިތްއޮފްޑިމޮކްރަސީ
11 January 2022
"މުޒާހަރާތަކާއި އެ ނޫން ވެސް ކުއްލިއަކަށް ދިމާވާ ހާލަތްތަކުގައި، އަންހެނުން ހައްޔަރުކުރަން ޖެހޭނީ އަންހެން ފުލުހުން ކަމަކަށް އެއްވެސް ގާނޫނަކުން ނުވަތަ ގަވާއިދަކުން ލާޒިމެއް ނުކުރޭ" ޑިމޮކްރަސީ އަކީ ދޯހަޅިއެއްޗެއް. ބާރު އޮތް ބަޔަކު ބޭނުންގޮތަކަށް ބޭނުންވާ ކަންތައް އެކަނި ބަދަލުކުރާ ސިސްޓަމެއް.
އިހްސާސް
10 January 2022
ނޫސްވެރިންވެސް އަމަލު ކުރަން ޖެހޭ އުސޫލުތަކެއް ހުންނާނެ. ފުލުހުން މީހަކު ހައްޔަރު ކުރަން ޖެހިއްޖެ ހާލަތެއްގައި އެއި ނޫސްވެރިއެއްތޯ ކޮންމެހެން ބަލާކަށް ނުޖެހޭ. ޕުރޮފެޝަނަލް ނޫސްވެރިން ގޮތުގައި އޭނާވެސް އުޅުނު ނަމަ ހައްޔަރު ވާކަށް ނުޖެހޭނެ. ޕޕއމ ގެ އިސްވެރިން މިވާހަކަ ދައްކަން ލަދުގަންނަން ޖެހޭނޭ. އެހެނީ ޕޕއމ ވެރިކަމުގައި ކިތައް ނޫސްވެރިންނަށް އިހާނެތިކޮށް ހިތި. އަންހެން ފުލުހަކު ހައްޔަރު ކުރަން އެންމެ ރަގަޅުވާނީ ހަމަ އަންހެން ފުލުހުން.
ޢަޒްރާ ޢަލީ
10 January 2022
ކުރީ ސަރުކާރުގަ ކަންތައް ކުރިގޮތް ކަމުނުގޮސްގެން ހަޅޭއްފަޅެއް ޖަހަމުން ރިޔާސީ އިންތިޚާބް ވަގައްނަގައިގެން ކުރީސަރުކާރަށްވުރެ އެތަށް ކަމެއް ގޯހުން ގޯހަށް މިދަނީ ގޮތްނޭނގޭ ކިތަށްމަެުރު ކިތަށް މާރާމާރީ ކިތަށް ވައްކަން ކިތަށް ރޭޕް ކިތަށް ލާދީނީ ކިތަށް ކޮރަޕްޝަން ބައިތުލްމާލު އެއްކޮށް ހުސްކޮއްލީ މޮޔައެއްގެ އަތަށް ކަނޑި ދިނީމަ ވާނެ 6 އެތި މިވަނީ
120687
10 January 2022
ކޮބާ ނޫސްވެރިންގެ މިނިވަންކަން. ފުލުހުންނަކީ ދުވަހަކު ޕްރޮފެޝަނަލް ވާން ނޭނގުނު ބަޔެއް. ސަރުކާރުގެ ދިގު އަތް ފުލުސް މުގުރު ހިންގާތީ މި ފެންނަނީ. އަތިރީގެ އާގެ އިން ލިބޭ ސިޓީ އުރައިގެ ދަހިވެތިކަމުގައި އުޅޭ މީހުން ކަލޭމެންތެރޭގައި ތިބުން އެންމެ ބޮޑު މައްސަލައަކީ. ބުންބާ މީހުންގެ ޒަމާން ނިމި، މި އޮތީ ދިއްލީންގެ ޒަމާނަށް އައިސްފައި. ބާވެ ހަންޓޯޓޯވެފައި އޮތް 2 ހެލިކޮތަޅު ބަލަހައްޓަން 70 ހަތިޔާރީން ތިބީމާ އެބަ އެނގޭ މިކަން މިދަނީ ގޯހަށްކަން.
ފުންވަޅު
10 January 2022
އެއްވެއުޅުމުގެ ހައްޤު އޮތަސް އަދި ގާނޫނީ ހުރަހެއް ނެތަސް ޒަމާންވީ އެކުވެރި ދައުލަތަކަށް ނިސްބަތްކޮށް އިންޑިއާ އައުޓުް ޖަހައިގެން މަގުތަކަށް ނުކުތުމަކީ ވަރަށް ހުތުރު މަންޒަރެއް. މިއަދުވެސް ބޭސްފަރުވާކުރަނީ އެތަނުން. ކާއެތިކޮޅު ގެންނަނީ އެތަނުން. އިންޑިއާ ސިފައިން މިގައުމުގަ ތިބެން ހުރިހާ އެއްބަސްވުންތަކެއްގައި ސޮއިކުރި ޕާޓީން މިހާރު ނުކުމެ އެކަމާ ދެކޮޅަށް މުޒާހަރާކުރަނީ ޒާތީވެގެން. މީ ވަރަށް ހުތުރު މަންޒަރެއް.
ޢަހު
10 January 2022
އަހަރެމެން އިންޑިއާއަށް ދަނީ ހިލޭ ބޭސް ކުރާކަށްނޫން އަހަރެމެން ދިޔައިމަ އެމީހުންނަށް ފައިދާ ވާނީ ނުޖެހޭ މިގައުމުގަ އިންޑިއާ ސިފައިން ވަކިހިއްޕާކަށް އަހަރެމެންނަށް ކާންދެޔޭ ކިޔާފަ އިންޑިއާއަށް މިގައުމު ދޭކަށް ނުޖެހޭ ތިމާގެ އިސްލާމްދީނާއި އެދީނުގެ ސިޔާދަތު ދަމަހައްޓަން މަސައްކަތް ނުކުރަނީ ތީ ހަމަ މުސްލިމުންތޯ؟
ޖަލީލީ
10 January 2022
އަންހެނުންގެ ހައްގުތަކަށް ވަކާލާތުކުރާ މި ސަރުކާރުން އަންހެނުންގެ ކަރާމާތް ނަގަހައްޓަނީ ތިޔަ
އިންޑިޔާގެ ސްޓޭޓް މަރުކަޒީ ގާނޫނާ ޚިލާފު
10 January 2022
އިންޑިޔާގައި ފިރިހެން ފުލުހުންނަށް ހުއްދައެއްނޫން އަންހެނުން ހައްޔަރުކުރާކަށް. ދެން މިސްޓޭޓްގައި ކީއްވެ އެގާނޫނު ނުހިގަނީ. #އިންޑިޔާއައުޓް
އޯކޭ
10 January 2022
ނޫސްވެރިންނާއި މުޒާހަރާކުރާމީހުންނަކީ އެއްބައެއްކަމަށް ވަންޏާ ވާނެ ހައެތި މިވަނީ. ފުލުހުން ކަންތައްކުރިގޮތް ހަމަރަނގަޅު.