17 ޖެނުއަރީ 2022 - 18:08
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަނިޔާވެރިވުމަށް ގޮވާލައި، އިދިކޮޅު ޕީޕީއެމްގެ ކައުންސިލްގެ މެންބަރަކު ކުރެއްވި ޓުވީޓެއްގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ރައީސަށް އަނިޔާވެރިވުމަށް ގޮވައިލި ޓުވީޓަކާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓެއްގެ ގޮތުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ގެންދަވާ ޒާހިދު ރަމީޒުގެ ޓުވީޓުގައި ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުގައި ޣައްދާރުވުމުން މަރުގެ ހުކުމްކުރާ ކަމަށާއި ރާއްޖޭގައި ވެސް އިސްލާމީ ޝަރީއަތާ އެއްގޮތަށް މަރުގެ ހުކުމް ތަންފީޒު ކުރާ ތަން ދެކެން ބޭނުންވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ބޭނުން ވަނީ ރައީސް "ދަންޖައްސަން" ކަމަށް އޭނާގެ ޓުވީޓުގައި ވެ އެވެ.
މާލޭގައި ކުރިން ހިންގި ނިއުޕޯޓް ރެސްޓޯރަންޓުގެ ވެރިޔާ ޒާހިދު ކުރިން ވެސް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަމާޒު ކުރައްވައި މިފަދަ ޓުވީޓުތައް ކުރައްވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްތާ
18 January 2022
މީ ރާއްޖޭގެ ޕޮލިހުންގެ މައްސަލަޔަކީ، މިއޮއްހާދުވަހު ތި މީހާ ކުރިއޭޓަރ ވެގެން އައުގުރާނަ ގޮވާ މީހުން މެރުމަށް ނައްތާލުމަށް ގޮވާ ޓްވީތުތައް ކުރަމުން ދިޔައިރު ކުރިކަމެއް، ބެލިބެލުމެއް ނެއް… ކުރިންބެލިނަމަ މިދުވަސް ނައީސް. ވަގުން ގޭންގުތައް ކުށް ތަކުރާރު ކުރިޔަނުދީބަލަ.
އުދުހޭ
18 January 2022
ޔާމީނު ހައްޔަރުކުރަން ގޮވާލި ހަސަނުވެސް ހައްޔަރުކޮށްބަލަ. އަދުލުއިންސާފުގެ ބޭރުން މީހުން ހައްޔަރުކުރަން ކޮށްއިރަކުތަ ހުއްދަވީ؟
ވަގު ޑޮލަރ
18 January 2022
އޭނާ ގެ ޓުވިޓު ތަންފީޒު ކުރަން ހުރަސް އެޅިގެން އުޅެނީ އިދިކޮޅު ހުސްވެދާނެތީ
ފާރިސް
18 January 2022
އިސްލާމްދީނު ކަނޑައަލާފައިވާ ހައްދެއް ނުވަތަ ހުކުމެއް ސާރީެަތުން ކޮއްފިއްޔާ އެތަނަފީޒުކުރާތަންދެކެން ބޭނުންވާވާހަކަ ބުނުމުން ދެން ޕޮލިހުން ކުރަންޖެހޭ ތަހުޤީގެއް އޮވޭތަ؟
އާރީ
18 January 2022
ކިތައްފަހަރު ތި ބުނާމީހެއްގެ މަންސަލަ ބަލާފިން ވީކަމެއް ހަރާން.
އަފްރާސިޔާބު
18 January 2022
އޭނާގެ ހިތުގައި އޮތީ ރައީސަށް އަނިޔާވެރިވާންކަން ދައުލަތުން ސާބިތު ކޮށްދޭން ޖެހޭނެ. ބުނާ އެއްޗަކާއި ހިތުގައިވާ އެއްޗެއް ތަފާތުވެދާނެ. މަސްތުވާ އެއްޗެހި އަތުގައި ހުރީމާ އެއީ މަސްތުވާ އެއްޗެހި ފޮރުވައިގެން އެތެރެކުރާ މީހާއަށް އެއީ އެފަދަ އެއްޗެއްކަން އެ މީހާއަށް ނޭނގޭ ފަދައިން.
އިސްމާޢީލްދީދީ
17 January 2022
ޒާހިދު ބުނެފައޮތީ އަމިއްލަޔަށް މަރުހިފާވާހަކައެއްނޫނޭ ތިމާއްނާމެން ޕީޕީއަށް ވެރިކަންލިބިއްޖެއްޔާ އިސްލާމީޝަރީޢާ ގާއިމްކޮށް އޭގެދަޝުން ދަންޖައްސާނަމޭ ލިޔެފަ އޮތްއެތި ނޭގުނަސް ފާޑުކިޔަންވާނެ
ސަރުދާ
18 January 2022
އަނެއްކާ އެއީ އޭނަ އެހެން ބުނިއިރު އެމްޑީޕީ މީހެއް ނޫންތަ؟ އިންޑިޔާ އައުޓު ފާރުތަގައި ލިޔާށޭ ޔާމީނު ވިދާޅު ވުމުން އެހެން ލިޔެގެން ބެލެނިވެރިން ކަންބޮވީމާ، އެކަން ކުރިކަމަށް ވަނީ އެމްޑީޕީން. ދުވަހަވެސް ޕީޕީ އެމް މީހަކު ކުރާ ގޯސް ކަމެއް ނޯވޭ.
ކަރުދާ
18 January 2022
ސަރުދާ..ޕީޕީއެމާ އެމްޑީޕީގަ ތިބޭނީ މުޅިން އެއްކަހަލަ އެކްޓިވިސްޓުން. ކޮންމެހެން އެއްބަޔަކު ނުބައިކޮށްފަ އަނެއް ބަޔަކު ރަގަޅުކުރަން އުޅޭނެ ކަމެއް ނެތް. ހައްދުންނައްޓާފަ އޭގެ މީހުން ތިބޭނީ އެ ދެކުލައިންކުރެ ކޮންމެ ކުލައެއް ހުއްޓަސް.
މީނަ ދޯ
17 January 2022
ޚާއިނަކަށް ނުވޭތޯ ދައުލަތަށް ލިބުނު ފައިސާއިން ރައްޔިތުންނަށް ޚިޔާނާތް ވީމާ.
އޮނަރަބްލް އަފީފު ދީދީ.
17 January 2022
ތިގޮތަށް މިވެނިމީހަކު "ދަންޖެއްސުމަށް" ގޮވާލުމަކީ ޓެރަރިޒަމްގެ އަމަލެއްކަމާއި އިސްލާމީ ޝަރީއަތުން ޝައްކެއްނެތް މިންވަރަށް އެމީހެއްގެ މައްޗަށް ކުށް ސާބިތުވެ އަދި ހުރިހާ ވާރިސުންވެސް އޭނާގެ މައްޗަށް މައާފުނުކޮށް މަރުގެ ހުކުމަށް އެދިގެން ނޫނީ އިސްލާމީ ޝަރީއަތުގައި "މަރު ނުހިފޭނެ" ކަމާއި އިސްލާމް ދީނުގައި ދަންޖެއްސުން އޮންނަގޮތް ޒާހިދު ފަދަ އައްޑޫ ކުއްޖަކަށް ނޭގުމަކީ ވަރަށް ދެރަކަމެއް. ހީވަނީ ތިއޮތީ އަމިއްލައަށް "މަޅި ކަރަށް މަހާލެވިފައި" ހެން.
ބޯގޯސް ގަނޑު
18 January 2022
ކަލޭ އޭތި ކިޔާލިންތަ؟ އޭގައި އޮތީ އޭނަ ދެކެން ބޭނުން ކަމެއްގެ ވާހަކަ. އަނެއްކާ އެއީ ކޮން ރައީސެއްގެ ވާހަކަތަ؟ ރައީސް މިބަހަކީ އާންމު ބަހެއް. ކޮންޑޮލީޒާ ރައިސް ކިޔާ މީހަކުވެސް ދުނިޔޭގައި އުޅޭ.
ރަދީފްއޮފިޝިއަލް
18 January 2022
@ބޯގޯސްގަނޑު އަށް. ފުލުހުން އެ އިޝާރާތްކުރާ ޓްވީޓްގަ ރާއްޖޭގެ އިއްޒަތްތެރި ރައީސުލް ޖުމްހުރިއްޔާ އަލްފާޞިލް އިބްރާހިމް މުހައްމަދު ސޯލިހްގެ ޕާސަނަލް ޓްވިޓާ ހެންޑުލްނަން ޓެގް ކޮށްފަ އޮތްތަން އަހަރެން ދެކުނިން.އެހެންވީމަ ކޮންޑޮލީޒާ ރައިސޭ ފްރައިޑް ރައިސޭ ކިޔައިގެން އެހެންމީހުން އެއީ ކޮހުންގެ ގޮތުގަ ދައްކަން މަސައްކަތްކުރާކުރުން ވަގުތުން ހުއްޓާލުމަށް @ބޯގޯސްގަނޑު އަށް ނަސޭހަތްތެރިވަން.ވ.ވެދުން
އެއްކަލައިރު
18 January 2022
ވަހީދު ދަންޖައްސަން މަގުމަތީ މުޒާހަރާގަ ގޮވުން އޯކޭވީ އެކަމު.
ފައިވާން
17 January 2022
ޚާއިނުންނަށް ދޭންޖެހޭ އަދަބު ދެން އަންނަ ވެރިކަމެއްގަ ދޭނެ
ސަދަން
17 January 2022
ޔާމީންގެ އަދަބުގެ ވާހަކަތަ ތި ދައްކަނީ؟