ހުޅުމާލެ: 700 ޑޮލަރާ އެކު ވޮލެޓް ގެއްލުނީ ދަރިފުޅު ގޮވައިގެން ބޭހަށް ފުރަން ތައްޔާރުވަނިކޮށް-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
09 ފެބުރުއަރީ 2022 - 12:39
ދެ އަހަރުގެ އަންހެން ދަރިފުޅުގެ ކިޑްނީ ބައްޔަކަށް ފަރުވާ ހޯދަން އިންޑިއާއަށް ދާން މީހުން ގާތު އެދިގެން ހޯދި ފައިސާ ގެއްލި އެ ހޯދުމުގައި އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ފައިސާތައް ގެއްލުނު މީހާގެ އާއިލާ އިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ވޮލެޓް ގެއްލުނުއިރު އޭގައި 700 ޑޮލަރު (10،794ރ.) އާއި 300ރ. އަދި ބައެއް ކާޑުތައް ވެސް ހުންނާނެ އެވެ.
ވޮލެޓް ގެއްލުނުކަން އިއްޔެ ރޭ އެނގުނީ ފިހާރައަކަށް ވަދެ، އެއްޗެއް ގަންނަން ފައިސާ ދައްކަން ބެލި އިރު އެވެ.
"ހުޅުމާލޭ ފޭސް އެކެއްގެ އެލްމޯބައިލް ކައިރިއަށް ޓެކްސީއެއްގައި ދިޔައީ. ދެން ގެއްލުނީ ޓެކްސީ ތެރެއަށްކަމެއް ނޫނީ ޓެކްސީން ފޭބި އިރު ވެއްޓުނީ ކަމެއް ނޭނގޭ،" އޭނާ ބުންޏެވެ.
އޭނާ ބުނި ގޮތުގައި ދަތުރުކުރެވުނީ ކޮން ސެންޓަރެއްގެ ޓެކްސީއެއްގައި ކަމެއް ވެސް ޅިޔަނަކަށް ނޭނގެ އެވެ. އެހެންވެ، އެކި ޓެކްސީ ސެންޓަރުތަކަށް ގުޅައިގެން ވޮލެޓެއް ފެނުނުތޯ އަހަމުން އަންނަ ކަމަށް ބުންޏެވެ.
"އަޅުގަނޑުމެން އެކި ސެންޓަރުތަކަށް މިހާރު ވެސް ގުޅައިފިން. އެ މީހުން ބުނަނީ ވޮލެޓެއް ބާއްވާފައި މީހަކަށް ފޭބުނު މައްސަލައެއް އަދި ނުލިބޭ ކަމަށް،" ގެއްލުނު ފައިސާ ހޯދަން ކުރާ މަސައްކަތް ކިޔައިދެމުން އޭނާ ބުންޏެވެ.
ވޮލެޓް ގެއްލުނުއިރު އެ އާއިލާ އިން ތައްޔާރުވަމުން އައީ އަންނަ ހޮނިހިރު ދުވަހު އެ މީހުންގެ ދެ އަހަރުގެ އަންހެން ދަރިފުޅު ގޮވައިގެން އިންޑިއާގެ އަމްރިތާ ހޮސްޕިޓަލަށް ބޭހަށް ދާށެވެ. ނެޕްރޮޓިކް ސިންޑްރަމްއަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ފަރުވާ ހޯދަމުން އަންނަ އެ ކުއްޖާގެ ހާލު ގޯސްވެ، ވީއެންމެ އަވަހަކަށް ބޭރަށް ދާން ޑޮކްޓަރުން ލަފާދެ އެވެ.
"ކިޑްނީ މައްސަަލަ ދިމާވެ މިފަހުން ވަރަށް ސީރިއަސް. އެހެންވެ ޑޮކްޓަރުން މިކޮޅުން އަންގާފައި އޮތީ ބޭރަށް ގޮސްގެން ފަރުވާ ހޯދުމަށް،" ކުއްޖާ ގޮވައިގެން އިންޑިއާއަށް ފުރަތަމަ ފަހަރަށް ފަރުވާއަށް ދާން އުޅޭކަން ފާހަގަކުރަމުން އޭނާ ބުންޏެެވެ.
އެހެންވެ، އާސަންދަ ވެސް ހޯދާފައިވާ ކަމަށާއި އެކަމަކު ބޭރަށް ގޮސް ތިބެން ޖެހޭނީ ކިހާ ދުވަހަކު ކަމެއް ނޭނގޭތީ އިތުރު ހަރަދުތަކަށް އެހީ ހޯދީ، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ގާތު އެދިގެންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިޔުންތެރިއެ
10 February 2022
އިންޑިއާ އައުޓެކޭ ނުގޮވޭނެ ދޯ. މިހާރުވެސް ބޭހަށް އިންޑިއާއަށް ދާންވެފަ މިހުރީ، ބިރުވެސް ގަނޭ އެތަނަށް ދާން ރާއްޖެމީހުން އިންޑިއާ އައުޓޭ ގޮވާތީ. އެތައްދުވަހަކުންސުރެ އެއްކުރި ރފ ތައް ހިފައިގެން މިދާންޖެހެނީ.
ބަލަމާ
10 February 2022
ގުޅޭނެ ނަންބަރެއް ނޫނީ އެކައުންޓް ނަންބަރެއް ޖަހާލަދިންނަމަ. މި މައުލޫމާތު ޖަހާފަ އަލުން އާޓިކަލްއެއް ލިޔެދީބަލަ
އަލީ
09 February 2022
ގޭގައި ހުރި ހުރިހައި ފައިސާއެއް ތިބާގެ ވޮލެޓަށް އަޅައިގެން އުޅުމުގެ ބޭނުމަކީ ކޮބާ؟ ތިހާ ފަރުވާކުޑައިރު....
ސިޔާސަ
09 February 2022
ބަލިވެއްޖިއްޔާ ދާން ޖެހެނީ އިންޑިޔާ އަށް އެކަމަކު ހޭވައްޓާލާފަ އިންޑިޔާ އައުޓަށް ގޮވާ އިންޑިޔާ އަށް ފުރައްސާރަ ކުރަނީ! އިންޑިޔާ ގެ ފިލްމާ ލަވަ ބަލާ އެތަށް ޖީލެއް މުސްކުޅިވެއްޖެ އެކަމަކު މހާރު އިންޑިޔާ ބީރައްޓެހިވީ އެކަމަކު ވެސް ހަމަ އިންޑިޔާ އަށް ބޭހަށް ދާން މިޖެހެނީ! ޝުކުރު ވެރި ވުން މި ގައުމުން ނެތި ދިޔައީ ސިޔާސީ ވެގެން ގޮސް!
އަބްޑޫޅް
10 February 2022
މަ ނުބަލަން ދުވަހަކުވެސް ހިންދީ ފިލުމެއް، އެއްފަހަރު ބަޔަކުމީހުންނާ އެކު އޮޅިގެން ދެވުނު ފިލުމެއް ފިޔަވާ. ތިޔަ ބޮލީވުޑުގެ ލަވައެއްވެސް އަޑެއް ނުމެ އަހަން. ދުވަހަކުވެސް އިންޑިޔާއަށް ބޭހަކަށް ވެސް ނުދަން. ޓުވަރިސްޓެއްގެ ގޮތުގަ އެއްފަހަރު ދިޔައިން. ބެންގަލޯރުން ބުންބާ އަށް ބަހުގަ ދިޔުމަށް 10 ދުވަސް ކުރިން ބުކު ކޮށްގެން، ބަސް ޓާމިނަލަށް ދިޔައިމަ އެހީ، ހީކުރީހޭ 10 ދުވަސް ކުރިން ހެދި ބުކިންގެއް މިހާރުވެސް އޮންނާނެ ކަމުގަ. ރިޝްވަތު ދިނީމަ އެ ވެސް އޮތް.
ރައްޔިތުންގެ
10 February 2022
އިންޑިއާ ސިފައިން ފައިބަން ދޯ ގޮވަނީ، ތިހާ ގަމާރު ނުވިޔަސް ވެދާނެ،
އިންޑިޔާ އައުޓް
10 February 2022
ބަލަ ރާއްޖެއިން ބޭސް ނުކުރެވޭތީދޯ އިންޑިޔާއައް ވެސް ދާންޖެހެނީ. އެހެން ނޫނަސް އިންޑިޔާއަކަށް އެކަންޏެއް ނޫނޭ ދިވެހިން ބޭހަށް ދަނީ
ސީއެމްއީސީ
09 February 2022
ގުޅޭނެ ނަންބަރެއް ބޭނުން
އެވައްތަރުމީހާ
09 February 2022
ހޭބުއްދި ހުންނަ ދިވެއްސަކަށް ތިވޮލެޓް ފެނިއްޖެއްޔާ އަނބުރައި ހަވާލުކުރުމުގެ ފުރުސަތު އެބައޮތް. އެކަމަކު ގައުމީ ޒުވާނަކަށް ފެނިއްޖެއްޔާ ފައިސާކޮޅު އެދިޔައީ. މިރާއްޖޭގައި ބޭރުމީހުން އެންމެ ގިނަ ގައުމުގެ ބޭފުޅަކަށް ފެނިއްޖެއްޔާ ވޮލެޓްވެސް ނުފެންނާނެ. މީގެ ވަރަށް މަދު ބޭފުޅަކުނޫނީ މިހެން ފެންނަ އެއްޗެއް ވެެރިފަރާތާ ހަވާލުނުކުރާނެ. 700 ޑޮލަރާއެކު ވޮލެޓް ކާރީގައި ބާއްވައިގެން އުޅެނިކޮށް ގެއްލުނީ. މީގެ ބޭފުޅުން ކާރީގައި ތިބީ. އަދިއަދަށްދާންވެސް ނުފެނޭ
ޙަބީބު
09 February 2022
ބަލަވޮލެޓު ގެއްލުނަސް ދެރަނުވޭ އިބުރަހިންފުޅު ބުންޏެނު ބޭސްސިޓީޔައް ސަލާން ޖަހާކައް ނުޖެހޭނޭ ދެންކީއްވެ ޅިޔަނު ވޮލެޓު ބޭއްވުންތަނެއް ނުފެނިގެން ތެޅިފޮޅެންވީ ގޮސްއަންނި ކައިރީ ބުނެބަލަ އެއް މަހުގެ މުސާރަޔާ އިނާއަތްދޭށޭ
ޢަރުތަ
09 February 2022
ޙަބީބު އަށް ތިހުރީ ވަރަށް ބޮޑަށް ސިޔާސީ ސިންޑްރޯމް ޖެހިފަ، ބަލަގަ ކުއްޖާގެ ބޭސްފަރުވާއަށް އާސަންދަ ހަމަޖެހިފަ އޮތްވާހަކަ އެބައޮތެއްނު، ދެން އެމީހުން އެތަނުގަ ގޮސް ތިބޭއިރު ހިނގާނެ ޚަރަދުތަކަށް ހޯދި ފައިސާކޮޅު ގެއްލިގެން އުޅެނީ، ބޭސްފަރުވާގެ ޚަރަދު ސަރުކާރުން އޮތީ ހަމަޖައްސާފަ، ވަރެއް ވެފައޭ ތިހުންނަނީދޯ.
ޜީކޯ
10 February 2022
ވަރައްވެ ސް ބޮޑުތެދެއް ބޭ ސް ސިޓީ ލިބޭ ހިލޭ ބޭ ސް ނުލިބެނީ މިވެ ސް ވެރިކަމެކޯ ބީޖޭޕީ ހިންގާ
ކެރަފާސ
11 February 2022
އަރުތަ މަބޮޑައް ތި ޔަބުނާ އެއްޗެއް ޖެހިފަހުރިކަން ފަހަގަވޭ އިންޑި ޔާ ސިފައިން މިތާ ދިވެހިދައުލަތުގެ ހަރަދުގަ ތިބޭއިރު ބޭހައްދާ ދިވެހިން ހިލޭތިބޭނެ ތަނެއް ހަމަނުޖެހުންތިޔައީ އަޖައިބެއް
ޖަމަލު
09 February 2022
ގާސިމް ވަނީ ދައުލަތުގެ ހަރަދުގައި އެތައް ފައިސާއެއް ބޭހަށް ހަރަދުކޮށްފާ. އެކަމު ރައްޔިތު ނިކަމެތި މިޖެހެނީ ގަނެ ތެޅެން. އެކަމުވެސް އަހަރުމެން ދިވެހިން ވޯޓު ދޭނަން
ކާސިމުބެ
09 February 2022
ބަލަ އެއީ މެމްބަރުންގެ އާއިލާއަށްދޭ އިންސުއަރެންސް ޕްރީމިއަމްއޭ .. އާއިލާގއި ގިނަ މީހުން ތިބިއްޔާ ދައުލަތުން ކުރާ ހޭދަ ބޮޑުވާނެތާ .ގަނަތެޅޭމީހާއަށްވެސް ލާރިއެއް މި ދިއްކޮށްލަނީ ގާސިމް ވިއްޔާ.. ދެން ދައުލަތުގެ ޚަރަދުގައި ދުވާލަކަށް މިލިޔަނުން ޚަރަދުކޮށްގެން ހޮޓާ ތަކާއި ރާއްޖެއިން ބޭރުގައި އުޅޭ މީހުންނަށް އެވަރުވެސް ކޮށްލާކަށް ނުކެރޭވިއްޔާ.. މުޅި ދައުލަތުގެ ބަޖެޓު އެމީހުންނަށް ހުސްކުރާ މީހުންވެސް އަދިވެސް ބޭސް ކުރަނީ ދައުލަތުގެ ޚަރަދުގައި ވިއްޔާ..
މޮހިތު
09 February 2022
ނެތްތޯ ޕޮލިޓީޝަނެއް ނަން ނޫހުގަ ޖަހާގޮތައް 700 ޑޮލަރު ދޭނެ؟
ޏަމުނަ
09 February 2022
ޙެޔޮ ނުވާނެ މިހާރު އަމްރިތާއަށް ދާން، ދިވެހިން ފެލަނީ އާސަންދަ ހޯދައިގެން ދިޔަސް. ރާއްޖެގިރި. ޢެސްޓަރ މެޑިސިޓީ ކަހަލަ ރަނގަޅުހޮސްޕިޓަލްތައް ތކޮޗިންގަ އެބަހުރި
ކުރިން ކޮޗިނަށް ދިޔަ މީހާ
09 February 2022
ރާޖަގިރި އާއި އަސްޓާރމެޑިސިޓީ އިން ދިވެހިންގެ އާސަންދަ ފައިސާ ކޮޅު ބޭކާރު ނުކުރާނެ ކަމުގެ ވަކި ކޮން ޔަގީން ކަމެއް ތޯ އޮންނާނީ؟ އަމްރީތާ އަކީ ހަމަ ޔަގީނުން ވެސް ބޮޑު ތަނެއް ރިސާރޗް ވެސް ހެދޭނެ ތަނެއް. ވީމާ ރާއްޖެ އާއި ދަތުރުފަތުރު ފަސޭހަ ކައިރި ތަނަކުން އަގުހެޔޮކޮށް ފަރުވާ ހޯދައިދިނުމަށް އަމްރީތާ އިޚްތިޔާރު ކުރަނީ ކަންނޭނގެ.
ޢަރުތަ
09 February 2022
ކީއްކުރަން އިންޑިއާއަށްދަނީ، އިންޑިއާ އައުޓް އެއް ނޫންތަ.