އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ: ޕާޓީގެ އެތެރޭގެ މުހިއްމު އިންތިހާބުތަކެއްގެ ތާރީހް މިރޭ ކަނޑައަޅާނެ. -- ފޮޓޯ/ މިހާރު
10 ފެބުރުއަރީ 2022 - 18:56
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރާއި މުހިއްމު އެހެން ހަތަރު އިންތިހާބެއް މި މަހު ބާއްވައި، ކޮންގްރެސް އަންނަ މާޗް މަހަށް ތާވަލުކުރަން މިރޭ ބާއްވާ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާ އަށް ހުށަހަޅަން ނިންމައިފި އެވެ.
އިސްކަންދަރު ސްކޫލުގައި ބާއްވާ ގައުމީ މަޖިލީހުގެ ބައްދަލުވުމަށް މާލެ ދާއިރާގެ ރައީސް ސިފާ މުހައްމަދު ހުށަހަޅުއްވައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ތާއީދު ކުރައްވާ ގޮތަށް އޮތް ހުށަހެޅުމުގައި ހަތަރު އިންތިހާބަކާއި ކޮންގްރެސް ބާއްވާނެ ތާރީހުތަކެއް ހިމަނާފައިވެ އެވެ. އެކަމަކު މިރެއަށް އެޖެންޑާ ކޮށްފައިވާ ރިޔާސީ ޕްރައިމަރީގެ ތާރީހެއް އޭގައި ނެތެވެ.
ފެބުރުއަރީ، 28: ޕާލަމެންޓްރީ ގްރޫޕްގެ އިންތިހާބު
މާޗް، 26: ޗެއާޕާސަން، އަންހެނުންގެ ރޫހާއި ޒުވާނުންގެ ހިތްވަރުގެ އިންތިހާބު
މޭ، 26: ކޮންގްރެސް
އިންތިހާބުތަކާ މެދު ގޮތް ނިންމުމުގެ އެޖެންޑާ އިއުލާންކޮށްފައި ވަނިކޮށް، ކޮންގްރެސް ބާއްވަން މިއަދު ކުއްލި ގޮތަކަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދެވެ. އެ މަނިކުފާނު އިސްލާހެއްގެ ގޮތުގައި ހުށަހަޅުއްވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމުގެ ވޯޓު ނަގާނެ ތާރީހެއް ކަނޑައެޅުމަށާއި ގާނޫނުއަސާސީއަށް ގެންނަން ޖެހޭ ބަދަލުތައް ފައިނަލް ކުރުމެވެ.
ނަޝީދުގެ އިސްލާހުގައި ނިޒާމީ ވޯޓެއް ނެގުމާއެކު، ރިޔާސީ އިންތިހާބުގެ ޖުމްލަ ވޯޓުގެ 30 ޕަސެންޓް ކާމިޔާބު ކުރެވޭ ކެންޑިޑޭޓަކު ރައީސަކަށް އިންތިހާބުކުރާ ގޮތަށް ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވި އެވެ.
އޭގައި އޮތީ ގިނަ ޕާޓީތަކާ އިއްތިހާދުވުމެއް ނެތި ވެރިކަމަށް އާދެވޭނެ ގޮތެއް ހޯދުމެވެ.
މިރޭ ފާސްކުރަން މަސައްކަތްކުރާ ހުށަހެޅުމުގައިވާ ގޮތުން، ޗެއާޕާސަންގެ މަގާމާއި ޒުވާނުންގެ ހިތްވަރު އަދި އަންހެނުންގެ ރޫހްގެ އިންތިހާބަށް އަންނަ ހޮނިހިރު ދުވަހު ހުޅުވައިލާނެ އެވެ. އެ ޕާޓީގެ ޗެއާޕާސަންގެ މަގާމުގައި މިއަދާ ހަމައަށް ފަސް އަހަރުގެ ދައުރު ފުރުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފެވެ.
ޕީޖީގެ ލީޑަރު ކަމުގައި ހުންނެވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލައްވަން މިހާތަނަށް ނިންމެވީ ފައްޔާޒާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު އެވެ.
ގާނޫނުއަސާސީއަށް ބަދަލު ގެނައުމާ ގުޅޭ ކޮންގްރެސްއެއް ބާއްވަން ނަޝީދު ހުށަހެޅުއްވިއިރު، އެ މަނިކުފާނު ގެންދަވަނީ ބަރުލަމާނީ ނިޒާމަކަށް ވެރިކަން ބަދަލުކުރަން ވެފައިވާ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެމްޑީޕީއަށް އެކަނި 2023 ގައި ވެރިކަން ކަށަވަރު ކުރެއްވެން އޮތް މަގަކީ ވެސް ބަރުލަމާނީ ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ރިޔާސީ އިންތިހާބު 2023 ގައި ނުބާއްވައި ބަރުލަމާނީ ނިޒާމަށް ބަދަލުވުމަށް ވެސް އެ މަނިކުފާނު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހެޅުއްވި އެވެ.
ނަޝީދު ކުރިން ވިދާޅުވެފައި ވަނީ 2023 ގައި ބަރުލަމާނީ ނިޒާމުގެ މަސައްކަތް ފަށަން ބޭނުންފުޅުވާ އެއް ސަބަބަކީ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ވާދަކުރައްވަން ބޭނުންފުޅު ނުވުމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދު މަލިކު
12 February 2022
އަހަރެން ރައީސް ނަޝީދު ގައުމީ މަޖިލީހުގައި ދެއްކެވި ވާހަކަ އަޑުއެހިން. އެމަނިކުފާނު ހުށަހެއްވީ %30 ލިބޭ މީހަކު ވެރިކަމަށް އާދެވޭ ގޮތަކަށްނޫން. އެމަނިކުފާނު ހުށަހެޅުއްވީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓް ލިބޭ މީހަކަށް ވެރިކަމަށް އާދެވޭގޮތަށް. ނަމަވެސް ފުރަތަމަ ބުރުގައި އެއްވެސް މީހަކަށް %30 ވޯޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓް ލިބޭ ދެ ކެނޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުން. ރާއްޖޭގެ މީޑިއާތަކުން މިވާހަކަ ރައްޔިތުންނަށް އޮޅޭގޮތަށް ގެނެސްދެނީ
ޝަފީރު
11 February 2022
ރިޔާސީ އިންތިހާބުގެ ޖުމްލަ ވޯޓުގެ 30 ޕަސެންޓް ކާމިޔާބު ކުރެވޭ ކެންޑިޑޭޓަކު ރައީސަކަށް އިންތިހާބުކުރާ ގޮތަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވިއެވެ. އޭގައިއޮތީ ގިނަޕާޓީތަކާ އިއްތިހާދުވުމެއްނެތި ވެރިކަމަށްއާދެވޭނެ ގޮތެއް ހޯދުމެވެ.*** ދެލޯކޮޅެކޭ؟؟؟ ޥެރިކަމަކާހެދި ލޮލަށް ހަމަނިދި ލިބޭތޯ ހަމަ އަހާލާހިތްވީއޭ. މަށެއް ވެރިކަމެއް ބޭނުމެއްނޫން. އިންޑިޔާ މިލިޓަރީ ހަމަ އައުޓް
މުހައްމަދު.
11 February 2022
ނަޝީދު ނޫންމީހަކަށް ދުވަހަކުވެސް ވެރިކަން ނުކުރެވޭގޮތަށް ހަދަން ގާނޫނުއަސާސީ ބަދަލުކުރިއްޔާ ރަގަޅެއްނުވާނެބާ.! މިކަހަލަ ގޮތްކުޑަ މީހުން ފަހަތުގައި ނަށަން ދިވެހީންގެ ބަޔަކު އުޅޭތީ ހައިރާންވަން.
ކެނެރީމީހާ ވެރިކަމަށް ގެންނަންޖެހޭތަ
11 February 2022
ކޮން 30 ޕަސެންޓެއް. އެންމެ ގިނަ ވޯޓުލިބޭ މީހަކު ވެރިކަމަށް އަންނަ ގޮތަށް ބަދަލުކުރަންވީނުން. މައުމޫނު ވެރިކަމަށް ނާދެވޭނެ ގޮތްހަދަންވެގެން ކަލޭމެން ކުރިކަމެއް މިހާރު ތިއޮތީ. އެންމެ ފަހުން ތިލަނޑުވެސް ތިލިބުނީ ކަލޭމެންނަށް. ތިހާވަރުންވެސް މައުމޫނު ކަޓުވާލެވުުނީ ޝާބެ މެންލައްވައި މަކަރު ހަދައިގެން. ކޮންމެހެންވެސް ކެނެރީ ނަޝީދު ވެރިކަމަށް އަންނަން ޖެހޭތަ. އޭނަ ނޫނީ ވެރިކަން ކުރެވޭ މީހަކު ނެތީތަ؟
ފަހުދު
10 February 2022
ތިޕާޓީ އުވާލާނެ ތާރީޚެއް ދީބަލަ
ނަށީދު
11 February 2022
ޕާޓީ އުވާލެވިދާނެ ؛ އެކަމަކު ދެނެއް މިގައުމަކުން މިފިކުރެއް ނުފޮހެވޭނެ އިގޭތޯ.
ފަހުދު
11 February 2022
ތިޔައީ ފިކުރެއް ނޫން. ފަކުރެއް
ސަމްސުންނިސާ
10 February 2022
ފޮށިތަންމަތި ބަނދެގެން ހިންދަށް ދާންތައްޔާރުވޭ އަހަންމަދުބޭ!
ޢަރުތަ
10 February 2022
30% ރަނގަޅު ހުށަހެޅުމެއް، އޭރުން ކޯލިޝަން ހަދައިގެން ބައިއަޅައިގެން މަސްހުނި ސަރުކާރެއް ނެތި އޮންނާނެ، އަނެއްކާ ތިންހަތަރު ބުރަށް ވޯޓުނާޅާ އެއްފަހަރުން ނިމުނީނު، ދައުލަތަށްވެސް ހާދަބޮޑު ޚަރަދެއް ކުޑަވާނޭ. ތިރީސް ޕަސެންޓް ހޯދުމުގެ ފުރުސަތު ކޮންމެ މީހަކަށްވެސް އޮންނާނެ.
އަރަތެއްނު
10 February 2022
މަށަށް ފެންނަނީ ހަމައެކަނި މައްޗަންގޮޅި މެދު ދާއިރާގެ 1 ޕަސެންޓުން ހޮވޭ ގޮތަށް ހެދިޔަސް ތިބުނި ކަންކަން ހާސިލުވާނެހެން.
ކަރުތަ
11 February 2022
އެއްކަލަ 30%ން ހޮވެނީ ޔާމީނު ނޫނީ މައުމޫނު ކަމަށްވާނަމަ އަރުތަމެންނަކަށް ކަމަކުނުދާނެ. މޮޅު ޕްލޭން ހަދާއިރަކު ނުބުނާނެ ތިމަންނާ ހޮވަން ކުރާހާ މަސައްކަތޭ މިއީކީ. ނުހޮވުނީމަ ކަންތައް ހުންނާނީ.
ޑިސްއޮނަރަބަލް ޑީޑީ
10 February 2022
ތިކަންވެގެންދާނީ ދެފެކްޝަންގެ ގަދަހިފުމަކަށް.
ޙަބީބު
10 February 2022
ރަނގަޅު ބޮނޑިޔެ އްބޯން އަންނި އެއއއ އުޅެނީ އަނެ އްކާ އެންމެ ގިނަވޯޓު ލިބިގެން ވެރިކަމަ އް އާދެވޭނެ ކަމަ އްހިތާ
އަހުމިއްޓޭ
10 February 2022
އަޅޭ، ހުށަހެޅިނަމަ “ކެނެރީގެ ނަޝީދުއަށޭ 2023ގަ ވެރިކަމަށް އާދެވެން ޖެހޭނީ “
ޢަރުތަ
10 February 2022
ވަކި މީހަކަށް %30 ލިބުނީމަ ވެރިކަމަށް އާދެވޭނެ ވާހަކައެއް ނެތެއްނު، ކޮންމެ މީހަކަށްވެސް އެފުރުސަތު ހުޅުވުނީނު،