ޔާމީންގެ ވެރިކަމުގައި ހެދި އެއްބަސްވުންތަކުގެ މައްޗަށް މި ސަރުކާރުން އިންޑިއާއާ އެކު މަސައްކަތްކުރާ ކަމަށް ބުނާ ވާހަކަ ވެސް ޔާމީން ދޮގުކުރެއްވި
އިދިކޮޅުން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
27 މާޗް 2022 - 06:26
މި ސަރުކާރުން އިންޑިއާއާ ގާތް ގުޅުމެއް އުފެއްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އިންޑިއާގެ ވާދަވެރި ޗައިނާއާ ގުޅުން ބަދަހިކުރެއްވުމުން ކަމަށް ދައްކާ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށާއި އޭރު ވެސް ޗައިނާ އޮތީ އޮތް ތަނުގައި ކަމަށް ޔާމީން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ހުކުރު ދުވަހު ބޭއްވި "ނޭވާ ހޮޅިއަށް" މުޒާހަރާއަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ތުހުމަތުކުރައްވަމުން ޔާމީން ވިދާޅުވީ އިންޑިއާ މިހާރު ފެންނަނީ "ގޭގޭގެ ސިޓިންޓޫމުން" ކަމަށެވެ.
"އެއީ ރަނގަޅު ވާހަކައެއް. އެކަމަކު އަޅުގަނޑު ސަރުކާރު ހިންގިއިރު ޗައިނާ އޮތީ ޗައިނާ އޮތްތަނުގައޭ. އެކަމަކު މި މީހުންނަށްވިއިރު އިންޑިއާ މި އޮތީ އަޅުގަނޑުމެންގެ ސިޓިންރޫމު ތެރޭގައޭ. މިއީ ނޫންތޯ ތަފާތަކީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެއްވެސް ގައުމެއްގެ އަސްކަރިއްޔާއަށް ރާއްޖެއިން އިންޗިއެއް ވެސް އެ މަނިކުފާނު ދޫނުކުރައްވާނެ ކަމަށެވެ. އެ މަނިކުފާނު ވަނީ މި ސަރުކާރުން އިންޑިއާއާ އެކު ހިންގާ ކަންކަމަކީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ނަތީޖާ ކަމަށް ބުނާ ވާހަކައަށް ވެސް ރައްދު ދެއްވައިފަ އެވެ.
"ދެން ހަތިޔާރު ގުދަނާއި، ތިމަންނަމެން މިތިބީ ރައީސް ޔާމީން ހެދި ފައުންޑޭޝަން މަތީގައޭ މި ހުރިހާ ކަމެއް ކުރަނީ. މިއީ ރައްޔިތުން ގަބޫލުކުރާނެ ވާހަކައެއް ނޫން. އިންޑިއާ އަކީ އަޅުގަނޑު ހެދި ފައުންޑޭޝަނެއް ނޫން. ދިވެހިރާއްޖޭގެ އިސްތިގްލާލަށް ގެއްލުމެއް ކަމެއް ނޯންނާނެ. ރާއްޖޭގެ ރިސޯސް ތަރައްގީކުރަން އިންޑިއާއަށް އެކަނި ބާރުވެރިކަމެއް ދީފައެއް ނޯންނާނެ،" ޔާމީން ވިދާޅުވި އެވެ.
އިދިކޮޅުން ރޭ ބޭއްވި ޖަގަހަ ޖަލްސާގައި ކުރީގެ ރައީސް ރައީސް އަބްދުﷲ ޔާމީން ވާހަކަ ދައްކަވަނީ-- ފޮޓޯ: ޕީޕީއެމް
"ދިވެހިރާއްޖޭގެ ސިޔާދަތީ ހައްގުތައް ކެނޑޭ ގޮތަށް އެއްވެސް އެގްރީމެންޓެއް ކުރެވިފައެއް ނޯންނާނެ."
ޔާމީން ވިދާޅުވީ އިންޑިއާއަކީ ވެސް މައްސަލަތައް ގިނަ ގައުމެއް ކަމަށާއި އެ ގައުމުގައި އެހެން ބަޔަކަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ. އެކަމަކު މޮޅެތި މީހުން ތިބި ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެކަމަކު ވެސް އެ ގައުމަކީ އެހެން ބަޔަކަށް ކަންކަން ކޮށްދެވޭނެ ގައުމެއް ނޫން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ހުކުރު ދުވަހު ބޭއްވި މުޒާހަރާއަށް ހުރަސްއެޅި ކަމަށާއި ފުލުހުންނާއި ސިފައިންގެ މުއައްސަަސާ އޮތީ ވަރަށް ބޮޑަށް ސިޔާސީ ނުފޫޒުން ތާހިރުކުރަން ޖެހިފައި ކަމަށް ޔާމީން ވިދާޅުވި އެވެ. ސިފައިންނާއި ފުލުހުންގެ ވެރިންނަށް ފާޑު ވިދާޅުވިޔަސް ޔާމީން ވިދާޅުވި ގޮތުގައި އެ މުއައްސަސާގައި ގިނައީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ދެކޮޅު ހަދާ މީހުންނެވެ.
"އިންޑިއާ އައުޓް ހަރަކާތް އުނގަދޫ ވަނީ ދިވެހި ސަރުކާރަކަށް ނޫން. އިންޑިއާ އައުޓުން އުނދަގޫވަނީ މޯދީ ކޯލިޝަނަށް. އެމީހުން އެ އަންގަނީ މުޒާހަރާ ކުރިއަށް ގެންދިޔަ ނުދޭށޭ،" އިންޑިއާއާ ދެކޮޅު ހަރަކާތްތައް ހުއްޓުވާތީ އެކަމަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހަމަނުޖެހުން ހިންގަނީ އިންޑިއާ ސިފައިން އަޑީގައި ތިބެގެންނެވެ. އަދި އެ މީހުން މިތަނުގައި ތިބީ މޫހިއްޕާލައިގެން ކަމަށް ޔާމީން ތުހުމަތުކުރެއްވި އެވެ.
ޔާމީން ވިދާޅުވީ އިދިކޮޅު ހަރަކާތަށް ހުރަސް އެޅި ފުލުހުންނާއި ސިފައިންގެ އިތުރުން ސިޔާސީ މީހުންނަށް ވެސް އެމަނިކުފާނުގެ ވެރިކަމުގައި "މާފެއް ނޯންނާނެ" ކަމަށެވެ. އެކަން ތަހުގީގު ކުރައްވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.
"ފުލުހުންނާއި ސިފައިން ނުޖެހޭ ގާނޫނާ ހިލާފު އަމުރު ތަންފީޒުކުރާކަށް،"
އިދިކޮޅުން ބޭއްވި ޖަލްސާގައި އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ޕީޕީއެމް
މުޒާހަރާގައި ފުލުހުންގެ މެޑިކަލް ޓީމާ އެކު ބިދޭސީއަކު އުޅެނިކޮށް ފެނުމުން އެއީ އިންޑިއާ އިން ނުފޫޒު ފޯރުވަން ފޮނުވާފައި ހުރި މީހެއް ކަމަށް ތުހުމަތުކޮށް ދައްކާ ވާހަކަތާ ގުޅޭ ގޮތުން ޔާމީން ވިދާޅުވީ އެއީ "މެޑިކަލް އޮފިސަރެއް" ކަމަށް ފުލުހުން ބުންޏަސް އެކަހަލަ އެތައް ބަޔަކު އެ ދުވަހުގެ ހަރަކާތްތައް ހިނގިއިރު ގޭގޭގެ މަތިން ބަލަން ތިބި ކަމަށެވެ. އަދި އެކި ނަން ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށާއި އެ މީހުންގެ ސީދާ އަދަދު ސަރުކާރަށް ވެސް ބުނެ ނުދެވޭނެ ކަމަށް ވިދާޅުވި އެވެ.
"މާލޭގައި ތޮވާފްކުރާ ތަނެއް ހުރިއްޔާ މިތާ ވަށައިގެން ތޮވާފްކުރާ މީހުން މަދެއް ނުވާނެ. އެއްގޮތަކަށް ވެސް ދީނީ މާނައެއްގައެއް ނޫން. ލަފްޒީ އަރަބި މާނާގައި މި ދެންނެވީ. އެކަމެއްގެ ޝައުގުވެރިކަމުގައި އެންމެ ގިނަ ބަޔަކު އަންނަ ތަނަކީ މިއީ،" ޕީޕީއެމް އޮފީސް ހުރި ސަރަހައްދަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވި އެވެ.
ގަޑިއެއްހާއިރު ދެއްކެވި ވާހަކާގައި ޔާމީން ވިދާޅުވީ އަބަދު ސަރުކާރަށް ވައްކަން ނުކުރެވޭނެ ކަމަށާއި އަބަދު މަގާމުތަކުގައި މިހާރު ތިއްބެވި ބޭފުޅުންނަށް ވެސް ނުތިބެވޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް އިންތިހާބަކީ އިދިކޮޅުން ކާމިޔާބުކުރާނެ އިންތިހާބެއް ކަމަށާއި އެ ދުވަހަކުން އެ މައްސަލަތައް ބަލައި އިންސާފުގެ ކުރިމައްޗަށް އެންމެން ގެންނާނެ ކަމަށް އިންޒާރު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
27 March 2022
ސިޓިންގރޫމަކަށްވެސް ނޫން އެތެރިގޭތެރެއަށް ވަދެ އޮތީ.
އެތަފާތު
27 March 2022
ޗައިނާ ކަހަލަ ބައެއް ނޫން އިންޑިއާއަކީ. އިންޑިއާ މީހުން ޖާސޫސު ކުރަން އެބަ ބޭނުންވޭ މިތާ ތިބެން. ޗައިނާއަކީ އަމިއްލަ ނަފްސަށް މާ އިތުބާރު އޮންނަ ބައެއް. އެމީހުން އެއަށްވުރެ މޮޅެތި އުކުޅުތައް ބޭނުން ކުރާނީ. އިންޑިއާއިން މިގައުމު ބަނޑުދަށުލައިގެން އެއުޅޭ ގޮތުން ޗައިނާ ހަމަ އެއްޗެކޭވެސް ހިތަށް ނާރާނެ. މިހާރު އިންޑިއާ ވަދެފައިވަނީ ސިޓިންގ ރޫމާ ހަމަައަށް އެކަންޏެއް ނޫން. ކޮންމެވެސް ބައެއްގެ ބެޑްރޫމްތެރޭ ހުރި ޓޮއިލެޓާ ހިސާބަށްވެސް ވަދެގެން އެއުޅެނީ.
މިތަފާތު
27 March 2022
ތިގޭގަ އެބައުޅޭދޯ
ބޮގޭ
27 March 2022
ލ.ގަމުގައި 2017 ވަނަ އަހަރު ޕުރޮޖެކްޓެއްގައި ހުރިން. އަޅުގަނޑުގެ ޕުރޮޖެކްޓް ނިމެން ގާތް ވެފައި ވަނިކިށް ގޭ ވެރިފަރާތުން އެދުނީ ގެ ހުސްކޮށްދިނުމަށް ، އެހެން ތަނެއްވެސް ހޯދައިދިން. އެގެޔަށް ދެން އައިސް ވަންތަން ފެނުނީ ޔުނީފޯރމް ލައިގެން ހުރި އިންޑިޔާ ސިފައިންގެ މީހުން. އޭރު ވެރިކަމުގަ ހުރީ ޔާމިން.
ގޮގޭ
27 March 2022
ކަލޭ އަޑެއްނާހަމު ދޯ ޔާމިނު ވެރިކަމުގަ އެމީހުން ނުފައިބައިގެން އުޅުނު ވާހަކައެއް؟ އެމީހުންގެ މީހުން އަރުވައިގެން ތިބީ އެމީހުންނަށް ޔަގީންވީމަ ކޮން ބައެއްކަން ދެން ވެރިކަމަށް އަރަން އޮތީ.
ވިސްނާލުމަށް އެދެމޭ
27 March 2022
ލަފްޒީ މާނަ ނަގައި ހެޑްލައިން އެޅުމުން ހަމައެކަނި ހެޑްލައިން ކިޔާމީހުންނަ އޮޅިދެޔޭއިންޑިޔާއާ ގާތްވި ވަރުން މިއަދު އަހަރެމެންގެކޮއްމެގެެއްގެ ކޮޓަރިން ފެންނަނީ އިންޑިޔާމީހަކު މިއީ ލަފްޒީމާނައިގަ ބުނިބުނުމެއް.އަސްލީ މާނައިގަ މިއަދުއިންޑިޔާއާ ރާއްޖެއާދެމެދު ގާއިމުކުރެވިފަ މިއޮތް އެއްވެސްބިރުވެރި އެއްބަސްވުމެ ޗައިނާއާ ރާއްޖެއާނެތްކަން.އޭގެސަބަބުން ސަރުކާރުބަދަލުވިޔަސް ދިވެހިގައުމު އުފުލަންޖެހޭ ބިރެއްނެތްމިނިވަން ގައުމެއްގެގޮތުގަ މިގައުމުދެމިއެބައޮވެވޭ
ރުފިޔާ ކިންގް ޚާން
27 March 2022
ތިޖޫރީވެސް ހުރީ އޮތީ އޮތް ތަނުގައި.. އަތް ބޭނީ ސިޓިންގ ރޫމުން، ބަދިގޭން ކަމެއް ނޭގިގެން މިއުޅެނީ.
ޚާނޫ
27 March 2022
ތިޖޫރީއާ އެންމެ ބޮޑަށް ބެހުނު މީހާ އަދީބު ހުރީ ތިކޮޅުގައޭ. އަދިވެސް ޔާމީނޭ ކިޔޭތޯ ތި ބަލަނީ. އަދީބު އަތުން އެންމެ ލޯލާރިއެއްވެސް އަތުނުލަން އެއްބަސްވެ ސޮއިކޮށްގެން އޮތް ސަރުކާރެއް މިހާރު މިއޮތީ. އެވަރު ބަޔަކަށް ތާއީދުކުރާ މީހުންނަކަށް ނޭނގޭނެ އަމިއްލަ ބަދިގޭގަ ކައްކާފަ ހުންނަނީ ކޮން އެއްޗެއްކަމެއް.
ނަސީމް
27 March 2022
މި ޔާމިން ދެން ކިޔާނެ އެހއން އެއްޗެއް ނޭންގުނީތަ ޗައިނާވެސް އިންޑިޔާވެސް އޮތީ ޗާޓުން ބަލާއިރު ހަމަ އޮތްތަނުގަ އެކުވެރިކަން ބަދަހަ ވުމަކީ ޤައުމެއް ޤާތްވުމެއްނޫން. އެއޮތީ ހަމަ އޮތް ހިސާބުގަ. ދިވެހިންގެ ބޯ ކައިގެން ކިހާދުވަހަކު އުޅެން ޔާމިން ތި ވިސްނަނީ. ؟
ނަސީމޫ
27 March 2022
އިންޑިއާ ވަކިހިތްޕާފަ އޮތްވަރު ނޭނގޭ މީހުންނަކަށް ގެޓެއްނުވާނެ ޔާމީނު އެ ކިޔާ އެއްޗެއް.
ހަސަންކާރި
27 March 2022
އިންޑިއޭ ކިޔައިގެން އޮޅުވާލަން އުޅުނަސް ބިލިއަނުން ވައްކަން ކުރިކަން ހަނދާނެއް ނުނެތޭ
ކޮލަމާހުއްޓާ
27 March 2022
ހުރިހާ ހަޑިއެއް ހާވާފަ މިހާރު ތިވާހަކަ ދައްކާނެ ކަމެއް ނެތް...އެހެންކަމަކާގެން އުޅޭ
އަހުމަދުބޭ
27 March 2022
ރުޅިވެރިކަމާ ހަސަދަވެރިކަމުން ހޯދޭނެ މަންފާއެއްނޯންނާނެ، ޔަގީނާގާތަށް ބުނެފައިނަން ކޮންމެ މީހަކު ވެރިކަމަށްއަޔަސް އިންޑިއާ ޗައިނާ މިވެރިންނާ މޫނުހަދައިފައި މިގައުމުގައި ކުރެވޭނެ ވެރިކަމެއްނޯންނާނެ. އަދިވެސް ޔާމީން މިދައްކަނީ ހަރުކަށިކަމަ ނޭއްގައިނީކަން، ހީފުޅުނުކުރައްވައްޗޭ ރައްޔިތުއެންމެން ތިބީ މުނާފިގުކަންމަތީގައިކަން
އ
27 March 2022
މީނަޔައް ކޯއްޗެއް އެގެނީ. ވެރިކަމުން ވެއްޓުނީމައި އިންޑިޔާދެކެ ތިހާ ރުޅި ތިއަންނަނީ. އަބަދު ރުޅިއައިސްގެން މީހާ ސްޓްރެސް މަތިވެދާނީ.. ދެން އެނިމުނީޔޭ. ސިޓިންގްރޫމްގައި ދެން މަޑުކޮށްލާ..