ޕީއެންސީގެ ރައީސް އަދުރޭ ވާހަކަ ދައްކަވަނީ: ރައީސްގެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް ވިދާޅުވި -- ފޮޓޯ/މިހާރު
21 އެޕްރީލް 2022 - 15:55
"އިންޑިއާ އައުޓް" ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް ސޯލިހް މިއަދު ނެރުއްވި ގަރާރަށް އަމަލު ނުކުރާނެ ކަމަށާއި އަދި އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕީޕީއެމުން އިސްވެ އޮވެ ހިންގާ އިންޑިއާ އައުޓް ހަރަކާތް ހުއްޓުވުމަށް ރައީސް ނެރުއްވި ގަރާރާ އެކު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި އިއްޔެ ނެގި "އިންޑިއާ އައުޓް" ބެނާ ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން މިއަދު ނަގައިފަ އެވެ. އަދި އެހެން ތަންތަނުގައި ހުރި އިންޑިއާ އައުޓް ބެނާތައް ނަގަން ފުލުހުން ވަނީ އެދިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ނެރުއްވި ގަރާރަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް ނެރުއްވި ގަރާރެެއް ކަމަށް ވާތީ އެ ގަރާރު ބާތިލްކުރަން ކޯޓަށް ހުށަހަޅާނެ ކަމަށެވެ. އަދި އެ ގަރާރު ނެރުނަސް، "އިންޑިއާ އައުޓް" ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ހިލާފު ގަރާރެއް. އަޅުގަނޑުމެން މިހާރު މި މަސައްކަތް ކުރަނީ އެ ގަރާރު ހިފައިގެން ކޯޓަށް ދާން،" އަދުރޭ ވިދާޅުވި އެވެ.
ރައީސް ނެރުއްވި ގަރާރަށް ރައްދު ދެއްވައި، އަދުރޭ ވިދާޅުވީ ނަސްލީ ތަފާތު ކުރުން ހުއްޓުވަނީ ކަމަށް އެ ގަރާރުގައި ބުނެފައި އޮތަސް، ނަސްލީ ތަފާތު ކުރުން ފެތުރެމުން ދަނީ އިންޑިއާގެ ސަބަބުން ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ހުރިހާ ކަމެއް ކުރަނީ އިންޑިއާއާ ގުޅިގެން މި ސަރުކާރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ކަނޑައެޅިގެން ދިވެހި ރައްޔިތުންނާ ދެކޮޅަށް ނެރުނު ގަރާރެއް،" އަދުރޭ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމަކާ ދެކޮޅަށް ބެނާއެއް ދަމާލުމުން ސަރުކާރުން ބިރުން އުޅެން ފެށުމުން ގައުމު އޮތް ހާލަތު އެނގޭނެ ކަމަށެވެ. އަދި މި ސަރުކާރު ނިމުމަކަށް ގެނައުމަަށް ރައްޔިތުން ނުކުންނަން ވެސް އޭނާ ގޮވާލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިސޯރު
22 April 2022
އަދުރޭގެ މުދާ ދައުލަތަށް
1234
21 April 2022
ޓިނު ގުދަނަށް ހުށަހަޅަ؟
ހަލީމާފުޅު
21 April 2022
އެހެންވީމަ އިންޑިއާ އައުޓް އެއް ނުކިޔޭނެ އެކަމަކު އިންޑިއާ މަސްޓް އައުޓް ކިޔޭނޫންތޯ އެއީ އެގަރާރަކުނެއް އިންޑިއާމަސްޓް އައުޓް އެއް ނުކިޔޭނޭ ދެންކޮބާތޯ އެކިޔާ ޑިމޮކްރަސީ ވާހަކަދެއްކުމުގެ މިނިވަންކަން ނަންވާނީ މައުމޫން ދިގުރާސްތާ 30 އަހަރު ހުދުމުހުތާރު މިހާރުމިހިރީ ކަޅުމުހުތާރު
ދަންތުރަބެ
21 April 2022
ހުއްޓުމާއި ނުހުއްޓުން އެހެން ކަމެއް. އެކަމަކު މިރާއްޖޭގެ ކޯޓަކުން ތިކަމަށް ގާނޫނުގައި އޮތަސް ނެތަސް އާނ ބަހެއް ނުބުނާނެ. މިއީ މޯލްޑީސް.
ސީޒަން ޖެކްޝަން
21 April 2022
މިހާރު ކޯޓުތައްހުރީކީ އަދުރޭމެންގެ އަޅުވެތިކަމުގެދަށަކުނޫން.
އުދުހޭ
21 April 2022
އެ ނެރުއްވީ ބޭގަރާރު.
މުހަންމަދު
21 April 2022
ވަރަށް ހަޔާތްކުޑަ މީހެއް މި އަދުރޭ އަކީ. މިފެންވަރު މީހުން އިސްސަފަށް ލައިގެން ފާޓީ މި ހިންގަނި
ޑަތުރުބެ
21 April 2022
ތިހަޔާތް ހުރިމީހަކީ ތަޅާނެ ކުދިންކޮޅު ހޯދައިގެން ފުލުހުންނާ ތަޅަން ބުނި މީހުންތަ؟
ދިއްދޫމީހާ
21 April 2022
ވަރަށް ރަނގަޅު ވާހަކައެ އަހަރެމެންގެ ހިސާބް އުސްތާޒް އެކަނިއެ ނޫން ކޮންމެ އިންސާނެއްގެ ހަޔާތަކަީ ވަރަށް ކުޑަ އެއްޗެއް، އިންސާނާގެ ހަޔާތް ވަރަށް ކުޑަ ވާނެ..
އަލީރާޖާ
21 April 2022
ޖެހިގެން އޮންނަ އެންމެ ބޮޑު ގައުމާ ދިމާކުރީމަ ވާގޮތް އެއޮތީ ޔޫކްރެއިންއަށް ވެފަ.
ބޯލަނީ
21 April 2022
މަބުނީ މިއަދު ދެއްވި ދީނީ ނަސޭހަތް ހާދަ ރީއްޗޭ.
ކަދުރޭބެ
21 April 2022
ޢިންޑިއާ އާ ދެކޮޅު ހަރަކާތްތައް ސަރުކާރަށް ނުހުއްޓުވިއްޖެނަމަ އެކަން ހުއްޓުވަން ސީދާ އިންޑިއާގެ ރައްޔިތުން ތެދުވުމަކީ ވަރަށް ގާތްކަމެއް. އެފަދަ ދުވަހެއް އަތުވެއްޖެނަމަ ރަނގަޅަށް ރާކަނިމަސްކެވިފަ ހުންނާނީ.