ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ: އެ ބެނާ ނެގުމަކީ ގާނޫނާ ޚިލާފް ކަމެއް ކަމަށް އެމަނިކުފާނުގެ ވަކީލުން ވިދާޅުވޭ .-- ފޮޓޯ/މިހާރު
22 މެއި 2022 - 13:19
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅުގައި ހަރުކުރި "އިންޑިއާ އައުޓް" ބެނާ ނެގުމަކީ މުދަލުގެ މިނިވަންކަމުގެ ހައްގަށް އަރައިގަތުން ކަމަށް އެ މަނިކުފާނުގެ ވަކީލުން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފައިބައިގެން ދިއުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އިސްވެ ތިބެ ހިންގާ "އިންޑިއާ އައުޓް" ކެމްޕެއިންގެ ދަށުން ޔާމީންގެ ގެކޮޅު ހ. ދޫވެހީގައި ހަރުކުރި ބެނާ މިދިޔަ މަހު ފުލުހުން ނެގީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުންނެވެ.
އެ އަމުރު ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީންގެ ވަކީލް އަބްދުﷲ ޝިޔާޒް ވިދާޅުވީ، އެ ބެނާ ހަރުކޮށްފައި ހުރީ ޔާމީންގެ އަމިއްލަ ގެކޮޅުގައި ކަމަށެވެ. އަދި އެއީ ގާނޫނާ ހިލާފު އެއްޗަކަށް ނުވާއިރު، ބެނާ އަތުލުމަކީ ގާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ލިބިދޭ އަމިއްލަ އަށް މުދާ ބޭނުން ކުރުމާއި މިލްކު ކުރުމުގެ ހައްގާ ހިލާފު ކަމެއް ކަމަށް ޝިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާންމު މަސްލަހަތަށް ގެއްލުންވާ ކަމުގެ ތުހުމަތު ފުލުހުން ކުރިޔަސް، އެހެން މީހުންނަށް އުނދަގޫ ނުވާ ގޮތަށް ތަނެއްގައި ބެނާއެއް ހަރުކުރުމަކީ މަސްލަހަތަށް ގެއްލުން ވާނެ ކަމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ވަކި ކަމަކަށް ތާއީދު ހޯދަން ނުވަތަ ވަކި ކަމަކާ ދެކޮޅު ހެދުމުގެ ގޮތުން ހިންގާ ސުލްހަވެރި ހަރަކާތްތަކަކީ އާންމު މަސްލަހަތަށް ގެއްލުން ދިނުން ކަމަށް ނުބެލެވޭނެ ކަމަށް ގާނޫނުލްއުގޫބާތުގައި އޮންނަ ކަން ފާހަގަ ކުރެއްވި އެވެ.
ޝިޔާޒް ވިދާޅުވިގޮތުގައި، ގޭގައި ހުރެގެން ހިޔާލު ފާޅުކުރުމަކީ އާންމު މަސްލަހަތަށް ގެއްލުން ވާނެ ކަމެއް ކަމަށް ނުބުނެވޭނެ އެވެ. އާންމު ތަންތަނުގައި ކުރާ ކަންކަމާއި މީހުން އަމިއްލަ ގޭގައި ތިބެގެން ހިޔާލުފާޅުކުރުމަކީ ތަފާތު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ވެސް ބައިވެރިވެ ވަޑައިގަތް މިއަދުގެ އަޑުއެހުމުގެ ވަގުތު ހަމަވުމުން އިތުރު އަޑުއެހުމެއް ބާއްވާނެ ކަން ބެންޗުން އިއުލާން ކުރެއްވި އެވެ. އިދިކޮޅު ލީޑަރު ޔާމީން މިއަދު އެއްވެސް ވާހަކަފުޅެއް ނުދައްކަވަ އެވެ.
ފަނޑިޔާރު ހަސަން ޝަފީއު ރިޔާސަތު ބަލަހައްޓަވާ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނިމާލު
23 May 2022
އާ ތިޔަ ކިޔާ މުދަލަކީ ވެސް ވަގު ވަގަށް ނަގައިގެން ހަދާފަ ހުރި ތަނެކޭ. މިކަން މި ދުނިޔޭގަ ނުފެނުނަސް އިރާދަ ކުރެއްވިއްޔާ ގިޔާމަތް ދުވަހުން އެނގޭނެ. އިންސާފް އެދުވަހު އަރާ ހަމަކުރާނެ ފައިސާ 100 މިލިއަނަށްވުރެން ގިނައިން ހުއްޓަސް
ހުސްމުދައު
23 May 2022
ތިހެންވީއިރު ޑްރަގު އަތުލައިގަތުމަކީވެސް މުދަލުގެ ހައްގަތް އަރައިގަތުން.
ސާކަރސަމް
23 May 2022
ކަލޭ ތިޔަކުރީ އެންމެ މޮޅު ކޮމެންޓު
ބޯގޯސަމް
23 May 2022
ކަލޭ ބޭނުންގޮތަށް އަހަރެން ކޮންމެހެން ކޮމެންޓުކުރާކަށް ނުޖެހޭ. އަހަރެން ކޮމެންޓުކުރަނީ އަހަރެންގެ ޚިޔާލާއި ވިސްނުމާއި އެއްގޮތަށް.
ޑުރަގު
24 May 2022
ޑުރަގު އެއީ ގާނޫނީ ގޮތުން ގެންގުޅުން މަނާ އެއްޗެއް، ބެނާ އަކާއި ޑުރަގާ ކިހިނެއް އަޅާ ކިޔޭނީ؟
ކަދުރު ފައުންޑޭޝަން
22 May 2022
ބެނާ ކީއްކުރަން ރައްޔިތުންގެ ފައިސާއި ވަގަށް ނަގައިގެން އަޅާފަ އެހެރަ ގެވެސް ނަގަންވީ. މިހާރު މަސައްކަތް ހުއްޓާލާފަ އެ ހުންނަނީ މީނައަށްވެސް އިނގޭ މިތަން ސަރުކާރަށް ނެގިދާނެކަން. މީނަ އަށް ބާރެއް ލިބޭއިރަށް ބަލަންތިބޭތި އެތަނުގެ މަސައްކަތް ދާނެ ސްޕީޑް
އ
22 May 2022
މި ވަކީލުން ގެ އަޚުލާގުގަވެސް އެއްވެސް ކަންފުޅެއް ނެތް. ހަމަ ހިތައް އެރުން އެނިމުނީ... ހަމަ ދިއްކޮއްލުން އޮތީ އެހިފީ... މަގޭ ހިތައްއަރާ ކޮންފޮތަކުންބާ ކިޔެވީ...
ޢަލީބެ
22 May 2022
އަންގަ އޮތީމާ ކިޔިދާނެއެވެ. ޢިނގިލި ހުރީމާ ޓައިޕް ކުރެވިދާނެއެވެ. ޢެ ވަކީލުން އެ ދައްކަނީ ހަނަ ރަނގަޅު ވާހަކައެވެ.
މހލދބ
22 May 2022
… މި ވަކީލުން މިކިޔަނީ ކޮން ބަރޮބޯލެކޭތަ!!! ?
މެގެންޓާ ކަލޯ
24 May 2022
ވަކީލުން ކީ އެއްޗެއް އެނގިއްޖެ ތަ؟
ކަތްދައްތަ
22 May 2022
ފުރަތަމަ ތިޔަތަނުގެ މިލްކުވެރިކަމާމެދު ދަޢުވާ ކުރާ ފަރާތެއް ވޭތޯ ނޫންތަ ބަލަންވީ. އެގޯއްޗާއި މިގޯއްޗާއި ދެގޯތި ލާޖެއްސި އިރު ކުރަދު މަދުވެގެން ލާކޮޅު މާބޮޑަށް ހަރުވެގެން ގޮސް ހަގީގީ ލާޖެއްސުމަކުން ލާނުޖެހި އޮތްކަމަށްވަނީ. ދައިތައަށް ވީ ތަންކޮޅުގަ ޔާމީނު އަދިވެސް ހިފައިގެން ހުރުމުން މިލްކުވެރިކަމަށް ދައުވާ ކޮށްފާނެކަމަށް ވަނީ.
ޔާމީންގެ ވެރިކަމުގައި
22 May 2022
ތިއީ އަދި ބޭރަށް ފެންނަގޮތަށް ދަމާފައިއޮތް ފޮތިގަނޑެއް ނޫންހެއްޔެވެ! ރައީސް ޔާމީންގެ ވެރިކަމުގައި މީހުންގެ ގޯތިގެދޮރަށް ހަމަ ސިފައިން ފޮނުވައިގެން ވަދެ މީހާ އުފުރާލައިގެން ގެންގޮސް ޝަރީޢަތަކާއި ނުލައި ބޭއްވީ ޖަލުގައެވެ.
ް1828
23 May 2022
މިހާރު ޖަލުތަކުގައި ތިބި ހުރިހާ މީހުންތިބީ ޝަރިއަތަށްކުށް ސާބިތުވެގެން ޖަލުހުކުމް ތަންފީޒް ކުރުމުގައި ތޯ؟
މެގެންޓާ ކަލޯ
24 May 2022
ފޮތިގަނޑު ބަލައި އައިމަ ފޮތިގަނޑުވެސް ދީފަ ކޯޓުން ވިންކުރުމީ ހާދަ ސަޅި ކުޅިއެކޭ
ޙަބީބު.
22 May 2022
ހިޔާލުފާޅުކުރުމާ ނޫސްވެރިކަމުގެ މިނިވަންކަމުގެ އެތައްދަރަޖައެއް މިހާރު ވަނީ ފަހަތައް ވެއްޓިފަ ވީމާ ސަރުކާރު އެބަޖެހޭ އިސްތިޔުފާދޭން އަދި އިންޑިޔާ މިލިޓަރީ އައުޓް ގޮވުންނުހުއްޓުވޭނެ
އަފްރާސިޔާބު
22 May 2022
އަނެއްކާ މި ވަކީލުންނަށް އާންމު މަސްލަހަތު އެނގޭބާ؟ ގޭގައިހުރެގެން އާންމު މަސްލަހަތު ނަގާލަން ކުރެވޭނެ ކަމެއް ނުވަތަ ގޭގައި ހަރުކުރާ ލިއުމަކުން ނުވަތަ ކުރަހާ ކުރެހުމަކުން އާންމު މަސްލަހަތު ނުގެއްލޭނެ ކަމަށް ވަކީލުން ވިދާޅުވާނަމަ ޝަރުޠު ފުރިހަމަ ބައެއްވެސް ނޫން ނުކުމެ ވަކީލުންގެ ގޮތުގައި ތިއުޅެނީ.
މެގެންޓާ ކަލޯ
24 May 2022
އާންމު މަސްލަޙަތު ނޭނގެނީ ފުލުހުންނަށް. ހަމަ ރަނގަޅަށްވެސް ބެދިއްޖެ.
ބަތޭލި
22 May 2022
މިގައުމުގައި އޮންނަ ސަރުކާރަކާ ދެކޮޅަށް ކޯޓަށް ދިޔުމަކީ ބޭނުން ކަމެއްނޫން. ސަރުކާރާ ދެކޮޅަށް މައްސަލަ ނުނިނޭނެ. މިކިޔަނީ ވަކި ސަރުކާރެއްގެ ވާހަކައެއްނޫން. ކުރިންވެސް މިހާރުވެސް އެއްގޮތެއް. ކޯޓުތައް އިންސާފުވެރިނަމަ ގާނޫނުތަކާއި ގަވައިދުތައް ބަންނަ ރަބަރަށް ނުވީސް.