06 ޖޫން 2022 - 12:27
އިންޑިއާގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ އިސް ދެ ވެރިއަކު، ކީރިތި ޤުރްއާނަށާއި އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަކުރި މައްސަލައިގައި، އިސްލާމީ ގައުމުތަކުން ނުރުހުން ފާޅުކޮށް، އިންޑިއާގެ ޑިޕްލޮމޭޓުން މެދުވެރިކޮށް އެކަމާ އިހުތިޖާޖް ކޮށްފި އެވެ.
ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރި މައްސަލައިގައި ބީޖޭޕީގެ ދެ ވެރިންގެ ތެރެއިން އެކަކު އިއްޔެ ޕާޓީން ވަކިކޮށް އަނެކަކު މިހާރު ހުރީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ އެވެ. ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ.
މި މައްސަލައިގައި ގަލްފުގެ އަރަބި-އިސްލާމީ ގައުމުތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް އެކަން ކުށްވެރިކޮށްފަ އެވެ. ސައޫދީ އަރަބިއްޔާގެ ޚާރިޖިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ނުޕުރް ޝަރުމާގެ ވާހަކަތަކަކީ، އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ އަމަލުތަކެކެވެ.
Spokesperson for Ministry of Foreign Affairs @majedalansari : Qatar Demands Public Apology from Indian Government for Remarks of Official in Ruling Party Against Prophet Mohammed#MOFAQatar pic.twitter.com/NnN1khKw6X
— Ministry of Foreign Affairs - Qatar (@MofaQatar_EN) June 5, 2022
ގަތަރުގެ ޚާރިޖިއްޔާގެ ޓުވީޓް
އޭގެ އިތުރުން ކުވައިތާއި ގަތަރާއި އީރާނުން ވަނީ އެ ގައުމުތަކުގައި ތިއްބަވާ އިންޑިއާގެ އެންމެ އިސް ޑިޕްލޮމޭޓުން ޚާރިޖިއްޔާ އަށް ހާޒިރުކޮށް، ރަސްމީ ގޮތުން އެކަމާ ދެކޮޅު ހަދައިފަ އެވެ. ގަތަރުގެ ވެރިރަށް ދޯހާގައި ހުންނަވާ އިންޑިއާގެ ސަފީރު އިއްޔެ ގަތަރުގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށް، އޭނާއާ ހަވާލުކުރި އިހުތިޖާޖުގެ ސިޓީގައި، ބީޖޭޕީގެ އިސް ވެރިންތަކެއް ދެއްކެވި ވާހަކަތަކަށް އިންޑިއާ ސަރުކާރުން ރަސްމީކޮށް މައާފަށް އެދުމަށް ގޮވާލާފައިވެ އެވެ.
އިންޑިއާގެ ސަފީރު ގަތަރުގެ ޚާރިޖިއްޔާ އަށް މި ހާޒިރުކުރީ، އިންޑިއާގެ މަތީ ފެންވަރުގެ ވިޔަފާރިވެރިންގެ ވަފުދަކާއެކު އިންޑިއާގެ ނައިބު ރައީސް ވެންކައިއާ ނައިޑޫ، ރަސްމީ ދަތުރެއްގައި ގަތަށް ވަޑައިގެން އުޅުއްވަނިކޮށެވެ.
ގަތަރާއި ކުވައިތުން ވެސް އިއްޔެ ވަނީ އެ ދެ ގައުމުގައި ތިއްބަވާ އިންޑިއާގެ ސަފީރުން، އެ ދެ ގައުމުގެ ޚާރިޖިއްޔާ އަށް ހާޒިރުކޮށް، އެ މައްސަލައިގައި ރަސްމީކޮށް މައާފަށް އެދުމަށް އިންޑިއާ ސަރުކާރަށް އަންގައިފަ އެވެ.
I condemn in strongest possible words hurtful comments of India's BJP leader about our beloved Prophet (PBUH). Have said it repeatedly India under Modi is trampling religious freedoms & persecuting Muslims. World should take note & severely reprimand India. Our love for the >
— Shehbaz Sharif (@CMShehbaz) June 5, 2022
ޕާކިސްތާނުގެ ބޮޑުވަޒީރު ޝާހްބާޒް ޝަރީފްގެ ޓުވީޓް
އޭގެ އިތުރުން އީރާން ސަރުކާރުންނާއި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަނުން ވެސް މިހާރު ވަނީ، ބީޖޭޕީގެ އިސް ދެ ވެރިއަކު، ކީރިތި ޤުރްއާނަށާއި ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލަ ކުށްވެރިކޮށްފަ އެވެ. އަދި ސައޫދީ އަރަބިއްޔާ އާއި ބަހްރައިންގެ އިތުރުން ގަލްފުގެ ބައެއް ގައުމުތަކުގައި ހިންގާ ބޮޑެތި ސުޕަމާކެޓްތަކުން މިހާރު ވަނީ އިންޑިއާގެ އުފެއްދުންތައް ވިއްކުން ހުއްޓާލައިފަ އެވެ.
މި މައްސަލަ ފެންމަތިވީ މިދިޔަ ހަފުތާގައި އިންޑިއާގެ ޓީވީ ޗެނަލެއްގައި ކުރި ބަހުސެއްގެ ތެރޭގައި ދެއްކި ވާހަކަތަކެއްގެ ސަބަބުންނެވެ. ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި މައްސަލައިގައި، އިންޑިއާގެ މުސްލިމުންނާއި ހިންދޫންނާ ދެމެދު މިހާރު ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފަ އެވެ.
ބީޖޭޕީގެ ސަރަހައްދީ ވެރިކަމެއް އޮތް އުއްތަރު ޕްރަދޭޝްގައި މިދިޔަ ހުކުރު ދުވަހުގެ ހުކުރު ނަމާދަށް ފަހު، މުސްލިމުންނާއި ހިންދޫންގެ ބަޔަކާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައި މަދުވެގެން 40 މީހަކަށް އެކި ވަރުގެ އަނިޔާތައް ލިބުނެވެ.
ބީޖޭޕީން ބުނި ގޮތުގައި ނުޕުރް ޝަރުމާ ސަސްޕެންޑްކުރީ އޭނާއާ މެދު ކުރެވޭ ތުހުމަތުތަކުގެ ހަގީގަތް ބެލުމުގެ މަސައްކަތް އެ ޕާޓީގެ ފަރާތުން ކުރަމުން ދާތީ އެވެ. އެ ޕާޓީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނުޕުރް ދެއްކި ވާހަކަތަކަކީ އެ ޕާޓީގެ ވިސްނުން ނޫން ކަމަށާއި، އެ ޕާޓީއަކީ ހުރިހާ ދީންތަކަށް ފުރިހަމަ އަށް އިހްތިރާމްކުރާ ޕާޓީއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަައަހުމަދު
07 June 2022
އެއްބަޔަކު ޗައިނާޔާ އޮޅުނުލެވިގެން އަނެއް ބަޔަކު އިންޑިޔާ ޔާ އޮޅުނުލެވިގެން ހޭ ކެނޑެނީ މީ ދެން ދެރަކަމެއް. ބަންގާޅީން މިގައުމައް ވެރިވެގެންފި އަހަރުމެން އަހަރުމެނައް ތޮޅި ތޮޅި ތިއްބާ...
ހޯރަބޭ
07 June 2022
ފީފީއެމްން އުޅެނި 6އެއްކަ ކެނަލައިގެން ޑްރާމާ ކުޅެށް އެފުރުސަތު ނުދިނީ. ސޯލިހު ސަރުކާރުންވެސް އެމްޑީފީން ވެސް އެއޮތީ ކުށްވެރި ކޮށްފަ.
ރަދީފްއޮފިޝަލް
06 June 2022
بسم الله. އިންޑިޔާގެ އަމަލުތައް މިދަނީ މާމައްޗަށް.މިމީހުންގެ ނޭއްގާނީ އަމަލުތަކުގެ ވާހަކަ ދައްކަނީ ހަމައެކަނި މުސްލިމުންނެއް ވެސް ނޫން.އިންޑިޔާގެ ޕްރޮފެސަރެއް ކަމުގައިވާ Ashok Swain ގެ ޓްވީޓްތައް ތިބޭފުޅުން ބައްލަވާ.ގައިމު އޭނަ އެއީ މުސްލިމެއް ވެސް ނޫން.މީގަ ދެރައީ މި ގައުމުގެ މަތީ ފަޑިިއަށް ވެރިވެގަނެގެން ތިބި މީހުން މިވަރުވެސް ނުވާތީވެ. ވ.ވެދުން
ރަދީފްއޮފިޝަލް
06 June 2022
ސާބަހެ ސާބަހޭ ބްރަދާ. އެކަމަކު އަހަރެންގެ ނަންނޫން އެހެން ނަމެއް ނޭގުނީތަ ލިޔަން.
ޓާޒަން / ބ.ހިތާދޫ
06 June 2022
އިބުރާހިން މުހުންމަދު ސޯލިހުގެ ސަރުކާރަށް މިކަން ކުއްވެރިކުރަންނުކެރުނަކަސް ހިތާދޫރައްޔަތުން މިކަން ވަރަށް ހަރުކަށިއިބާރާތުން ކުއްވެރިކުރާވާހަކަ ކިޔުންތެރިންނަށް ބުނެލަން.
ސަސ
06 June 2022
ހާދަ ވަރަކަށް ދަށުވެފަ އޮތީމައޭ ދިވެހި ދައުލަތުން މިކަމަށް ބަޔާނެއް ނެރެން ނުކެރޭނީ
ށަވިޔަނި
06 June 2022
ދައްކަން ނަމަވެސް އެ ޕާޓިން ވެސް އެކަންކުށްވެރިކޮށް ބަޔާނެއް ނެރެފި.
ށަވިޔަނި
06 June 2022
ތިއީ މިދުވަސްވަރު އާންމުކޮށް ކުރާކަމެއް. ވަރަށް ބޮޑަށް ސޮރީ ބުނީމަ އެ ނިމުނީ. މިހާތަނުން ނިންމައިގެންނުވާނެ. ހުރިހާ ސަފީރުން ފޮނުވާ ދިއްލީގަތިބި އެންމެން އަނބުރާގެނަސް، ތިބީޖޭޕީ މުސްލިމުންނާ ދެކޮޅަށް ހިންގާ ހުރިހާކަމެއް ނުހުއްޓަނީސް ނުފޮނުވާގޮތަށް ނިންމީމަ އިންޑިއާގަތިބި ތިބައިގަޑަށް ރަނގަޅު ފިލާވަޅެއްލިބޭނެ. ދުނިޔޭގެ ކުރީސަފުގައިއޮތް އިގްތިސާދު ލަންކާގެ ހާލަތަށްވުރެ ދަށަށްދާނެ.
ޙަޤީޤަތު
06 June 2022
އިންޑިޔާއާއި ޗައިނާއަކީ ދިވެހިރާއްޖޭގެ ކްލޯސް ސްޓްރެޓީޖިކް ޕަރޓްނަރުން. އެ ދެ ޤައުމުގެ ދާޚިލީ ކަންކަމާ ދިވެހިން ނުބެހުން ބުއްދިވެރި.
ޖުހާނާ
06 June 2022
ކަލޭގެ ވާހަކައިން އެނގެނީ ކަލެއަކީ ރަސޫލާއަށް ފުރައްސާރަކުރާ މީހުންނަށް ތާއީދުކުރާ އަދި އެމީހުންގެ ބައިވެރިއެއްކަން.
ޖަވާބުދާރާ
06 June 2022
ޖުހާނާ. އިސްލާމް ދީނަކީ ރައްދުދިނުމާ ޒުވާބުކުރުމަށްވުރެ މަތިވެރި ހަމަޖެހޭ އުސޫލުތަކުގެ ދީނެއް ނޫންތޯ؟ ފީލް ބާގާގައި ހިނގާ ދިޔަ ހާދިޝާއިން އިބްރަތް ހާސިލްކުރުން ކީއްތޯ؟ މާތް ﷲ އިސްލާމްދީން ހިމާޔަތްކުރާނެ.
ޙަޤީޤަތު
06 June 2022
ޖުހާނާއަށް، ރަސޫލާގެ ހަޔާތަށް ބެލިއިރު ޑިޕްލޮމެޓިކް ރިލޭޝަންސް ހިފެހެއްޓެވިކަން އެނގޭ. ރަސޫލާ ގައިފުޅުގައި ގޮހޮރު އެޅުވިއިރު ސަހާބީން ކަމެއް ނުކުރޭ، ރަސޫލާވެސް އެއަށް ރައްދުގައި ކަމެއް ނުކުރޭ. އެހެންވީމާ އަހަރުމެން ޖަޒުބާތިީ ނުވެ އިމޯޝަންސްތައް ކޮންޓްރޯލްކުރަން ދަސްކުރަންޖެހޭ. އެއީ އިސްލާމް ދީނުން އަންގާފައިވާ ރިވެތި އުސޫލުތަކަކީ.
ދިއްދޫމީހާ
06 June 2022
ކަލޭ ކްލޯސް ސްޓްރެޓީޖިކް ހިފާގެން އޮވޭ، އަހަރެމެންނަ ވަރިހަމައެ ނޫން މާތްނަބިޔާ އަދި އިސްލާމްދީނަށް ފުރައްސާރަ ކުރަންޔާ..
ށަވިޔަނި
06 June 2022
ދާޚިލީކަމެއްނޫން. ދުނިޔޭގެ ކޮންމެ ތަނެއްގައިހުރި މީހަކު ކުރިއަސް އެކަން ކުށްވެރިކުރަންޖެހޭ.
ސުފުރާ
06 June 2022
ފަހަކަށްއައިސް އިންޑިޔާއަށް ވެގެން މިއުޅެނީ ކޮންކަމެއް. މީގެކުރިން އިންޑިޔާއަކީ މުސްލިމުންނާ ބެހިގަންނަ ގައުމެއްނޫން. ގިނަބަޔަކު ދެކެނީ ޑިމޮކްރަސީގެ ބަފާކަމަށް. އެކަމަކު މިހާރު މިވަނީ ދޮންބަފަޔަށް.
ސަސ
06 June 2022
ހާދަ ވަރަކަށް ދަށުވެފަ އޮތީމައޭ ދިވެހި ދައުލަތުން މިކަމަށް ބަޔާނެއް ނެރެން ނުކެރޭނީ