ބާ ކައުންސިލްގެ ރައީސް މައުމޫން: ފަނޑިޔާރުކަމުން ވަކިކުރާ ބޭފުޅުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްވާ ބިލާ މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައި -- ފޮޓޯ/މިހާރު
08 ޖޫން 2022 - 12:47
ފަނޑިޔާރުކަމުން ވަކިކުރާ ބޭފުޅުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްވާ ގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ މެދު ބާ ކައުންސިލްގެ ރައީސް މައުމޫން ހަމީދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ގާނޫނީ ފަންނުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމައިފި ނަމަ، އެ މީހެއްގެ ވަކީލުކަމުގެ ހުއްދަ އޮޓަމެޓިކުން ބާތިލްވާ ގޮތަށެވެ. އަދި އެ ހިސާބުން އިސްތިއުފާ ދިނަސް، ހުއްދަ ބާތިލްވާ ގޮތަށެވެ.
ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރުމުގެ ބާރު އޮންނަ ބާ ކައުންސިލުން އެ ބިލާ ގުޅިގެން ރަސްމީކޮށް ވަކި ސްޓޭންޑެއް ނުނަގަ އެވެ.
އެކަމަކު އެ ކައުންސިލްގެ ރައީސް މައުމޫން ހަމީދު މިއަދު ވަނީ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައިވަނީ އެ އިސްލާހު ފާސްވެއްޖެ ނަމަ ބާ ކައުންސިލާއި ޝަރުއީ ދާއިރާގެ މިނިވަންކަމަށް އަސަރު ކުރާނެ ކަމަށެވެ. އެގޮތުން ވަކީލުން ރެގިއުލޭޓް ކުރުމަށް ބާ ކައުންސިލަށް އޮތް ބާރަށް އަސަރުކޮށް، ސިޔާސީ ނުފޫޒު ބާ ކައުންސިލަށް ވަންނަން ޖާގަ ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
The Bill has major implications for the independence of both the @judiciarymv & @MvBarCouncil.
— Maumoon Hameed, BCM President 2019 - 2022 (@PresidentBCMv) June 7, 2022
If enacted, it would undermine the Bar Council's authority to regulate the legal profession by effectively transferring to @MaldivesJSC power to revoke some licences to practice law.
މައުމޫންގެ ޓްވީޓް
މައުމޫންގެ ޓްވީޓްގައިވާ ގޮތުން އެ އިސްލާހުގެ ސަބަބުން ފަނޑިޔާރުކަމަށް ހަވާލުވާން ވެސް ބައެއް މީހުން ދެން ޖެހިލުންވާނެ އެވެ. އޭގެ ހުރިހާ ގެއްލުމެއް ލިބޭނީ ޝަރުއީ ދާއިރާއަށް ކަމަށް ވެސް އޭނާގެ ވިދާޅުވެފައިވެ އެވެ. އަދި
"މި ބިލް ގާނޫނަކަށް ވެދާނެ. އެކަމަކު މިއީ އިންސާފުވެރި ގާނޫނަކަށް ނުވާނެ." މައުމޫންގެ ޓްވީޓްގައިވެ އެވެ.
As I said, the Bar Council has yet to take a stance on this Bill, but I cannot see my colleagues in the legal profession supporting such a blatant stripping away of the independence of both the judiciary and the Bar.
— Maumoon Hameed, BCM President 2019 - 2022 (@PresidentBCMv) June 7, 2022
The Bill might still become law but it will not be a just law.
މައުމޫންގެ ޓްވީޓް
މައުމޫން ވިދާޅުވި ގޮތުގައި ސަރުކާރުން އެ ބިލް ހުށަހެޅީ ބާ ކައުންސިލާ މަޝްވަރާ ކުރުމެއް ނެތި އެވެ. އެކަމަކު ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ހުންނަވަ އެވެ.
ސަރުކާރުން ހުށަހެޅި ބިލުގައިވާ ގޮތުން އާދައިގެ ކަންކަމުގައި މަގާމުން ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ވަކީލުކަމުގެ ހުއްދަ ލިބޭނީ ވަކިކުރާތާ ފަސް އަހަރުވުމަށްފަހު އެވެ. އެކަމަކު ބޮޑެތި މައްސަލަތަކުގައި ވަކިކުރަން ނިންމާ ފަނޑިޔާރުންނަށް ދުވަހަކު ވެސް ވަކީލުކަމުގެ ހުއްދަ ނުލިބޭނެ އެވެ.
މިހާރު އޮތް ޖޭއެސްސީ އައުމަށްފަހު ފަނޑިޔާރު ކަމުން ވަކިކުރެއްވި ބޭފުޅުންނާއި ވަކިކުރަން ނިންމާފައި ވަނިކޮށް އިސްތިއުފާ ދެއްވި ގިނަ ބޭފުޅުން މިހާރު ގެންދަވަނީ ކޯޓުތަކުގައި ވަކާލާތު ކުރައްވަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯ ސްޓޫޑެންޓް
08 June 2022
މައުމޫން ހަމީދު ބޭނުންވަނީ އެބޭފުޅާގެ ޖީބަށް ބަރުވެ، މުޅި މި ދާއިރާ ތަޣައްޔަރުކޮށް ފަހުން ކިޔަވައިގެން އަންނަ ފަހުގެ ޤާނޫނު ތަކަށް ހޭލުންތެރި ކުދިންނަށް ޖެއްސުންކޮށް އަންޒަމާނު ކަރައަށް ވައި އެރީރުގެ މުސްކުޅި ވަކީލުންނަށް ރަނގަޅުގޮތް ހަދާދެން.
މަގޭބުނީ
08 June 2022
ތިޔަ މަޖިލީހުގެ މެމްބަރުކަމަށް،ކުރިމަތިލުމުގެ ޝަރުތު ހަދަން މާބޮޑަށްވެސް ލަސްވެއްޖެ، ގައުމުގަ ތިބި ޤަމާރުން ޤާނޫނު ހަދާ މަޖިލީހަށް ހޮވީމަ ދެންހެދީ ހުސް ގޯސް، މިހާރު މިދަނީ އެމަންޒަރުފެންނަމުން....، ދުވަސްކޮޅަކުން..............
އިންސާފުގެ ރޯޔަލް ތިލަފަތް
08 June 2022
ފަނޑިޔާރުގެ މިނިވަން ކުރަންނޭ ކިޔާފަ ވެރިކަމަށް އައި މީހުންގެ އަސްލު ސިފަ މި ފާޅުވަނީ. ފަނޑިޔާރުން ކޮންޓްރޯލް ކުރަން ނިޔަތް ނެތް ނަމަ ކޮން ބޭނުމެއްގަ ޖޭއެސްސީ އިސްލާހު ނުކޮށް ފަސް އަހަރު ސުޕް މެޖޯރިޓީ އިތް އިރުވެސް މި ތިބެނީ. މިއީ މި މީހުންގެ ފެންވަރަކީ. ވެރިކަމަށް އާދެވުނީމަ ހަމަ ނުފައިބަން. ޔޫސޭ ބުނާހެން މިހާރު އަރާ މިހުރީ ދެން ނުއެއް ފައިބާނަނަ ދެން ބާލަން ޖެހޭނީ.
ކަނބިލި
08 June 2022
ފަންޑިޔާރުކަން ކުރަންޖެހޭނީ ސިޔާސީ މީހުން ބުނާގޮތައް. ނުކޮށްފިނަމަ ވަކިކުރެވޭނެ. ވަކިކުރުވުނީމާ އެމީހަކަށް އަމިއްލަ ދރިއުޅުމަށް ކިޔަވައިގެން ހުރި ރޮނގުން މަސައްކަތްކުރުމުގެ މަގުވެސް ބަންދުވީ. މަތިމައްޗަށް އަދަބު. އަނިޔާވެރިވެވޭނީ މިފަދަ މިންވަރަކަށް. ބޭނުމަކީ ސިޔާސީ މީހުންނާ ޚިލާފުވާ ފަންޑިޔާރުން އިނދަޖައްސާލައި އެމީހުންގެ ކިބައިން ބަދަލު ހިފުން. ނަތީޖާއަކަށް ވާނީ ފަނޑިޔާރުކަމަށް ކުރިމަތިލާނެ މީހުންނުވުން
އުމޭއްތަ
08 June 2022
މީނަ ތެދުވާނެތާ މީނައާ އެއްފިކުރުގެ މީހުންގެ ހިމާޔަތުގަ