ހުޅުމާލެ ހޮސްޕިޓަލް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު
11 ޖޫން 2022 - 18:51
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ފްލެޓަކުން މިއަދު އަންހެނަކު ވެއްޓިގެން ފަރުވާ ދޭން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފްލެޓެއްގެ ތިން ވަނަ ފްލޯއިން އުމުރުން 22 އަހަރުގެ ދިވެހި އަންހެނަކު ވެއްޓުނު ކަމުގެ ރިޕޯޓެއް ހަވީރު 5:30 ހާއިރު ލިބިފައިވާ ކަމަށެވެ.
އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ވިދާޅުވިއަސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ނުދެ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ބުނީ އިމަޖެންސީ ރޫމުގައި އަންހެން މީހާ އަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެހެންވެ، އޭނާ އަށް ލިބުނު ޒަހަމްތަކުގެ މައުލޫމާތެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ށަވިޔަނި
11 June 2022
شفاها الله عاجلا
ވަހީދު
11 June 2022
ނަސީބެއް ފޭސް ޓޫ އިން ނޫންކަން.
ހމމމ
11 June 2022
ފިރިހެނަކު ވެއްޓުނު ނަމަ ފަރުވާ ދޭން ޖެހޭނެބާ؟...
ފޮރިއަލް
11 June 2022
ވަގުތުން ގެންގޮސް ސަހަރާގައި ވާޅުލަނީ އެވެރިން ވަރަށް ބޮޑު ޖިންސީ ތަފާތުކުރުމެއް މީ މިކަމާ އަޑުއުފުލަން ޖެހޭ.