"އެމްޑީޕީގެ މެނިފެސްޓޯ ފުރަތަމަ ވެސް ބުނީ ބޮންޑް މާކެޓަށް ނުދާން. ދަރަނި ރީސްޓްރަކްޗާ ކުރަން. އަނެއްކާވެސް އަޅުގަނޑަށް ދެންނެވޭނީ ދަރަނި ރީސްޓްރަކްޗާ ކުރާށޭ،"
އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނާ އެކު 19 މެމްބަރަކު ވަނީ އެމްޑީޕީގެ ވިޕްލައިނަށް ވޯޓު ނުދޭން ނިންމާފައި. -- ފޮޓޯ | މިހާރު
15 ޖޫން 2022 - 09:45
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިންތަކަށް ވޯޓު ނުދެއްވަން ނިންމެވީ، ރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާ ހާލަތާ މެދު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވި، ބޮޑު ގެއްލުމެއް ލިބިދާނެތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދު ވިދާޅުވީ މިވަގުތު ސަރުކާރު ޖަވާބުދާރީ ނުކުރެވިއްޖެ ނަމަ ރާއްޖެ އަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. ރާއްޖެ ފަދަ ގައުމުތަކުގައި ގާނޫނު ހަދާ މަޖިލިސްތަކުގައި ސަރުކާރުގެ މެމްބަރުން، ސަރުކާރަށް މާބޮޑަށް ތާއީދުކޮށްގެން ތިބުމުގެ ސަބަބުން، ގައުމުތައް އެކީ އެކަށް ބަނގުރޫޓުވަމުންދާ ކަމަށް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި 2012 އިން 2018 އާ ދެމެދު ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ނަގާފައިވާ ވަރަށް ގިނަ ލޯނުތަކަކީ ކޮމާޝަލް ލޯނާއި ބޮންޑް މާކެޓް އިން ނަގާފައިވާ ދަރަންޏެވެ. އޭގެ ބޮޑު ބައި ދައްކަން ޖެހެނީ މި އަހަރާއި އަންނަ އަހަރުގައި ކަން ނަޝީދު ފާހަގަކުރެއްވި އެވެ.
"މި ދަރަނި ދައްކަން ސަރުކާރުން އިތުރު ދަރަނި ނެގީ. އެމްޑީޕީގެ މެނިފެސްޓޯގައި އޮތީ އިތުރު ދަރަނި ނަގާކަށް ނޫން. ދަރަނި ފަހަތަށް ޖެއްސުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ދަރަނި ރީސްޓްރަކްޗާ ކުރާ ވާހަކަ ދެއްކެވުމުން، އެހެން ހަދައިފި ނަމަ ބޮންޑް މާކެޓުގައި ރާއްޖޭގެ ބޮންޑް ނުވިއްކޭނެ ކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހު ނަޝީދާއި އަސްލަމާއި އީވާ އަދި ބައެއް މެމްބަރުން ވާހަކަ ދައްކަވަނީ. -- ފޮޓޯ | އެމްޑީޕީ
"އެމްޑީޕީގެ މެނިފެސްޓޯ ފުރަތަމަ ވެސް ބުނީ ބޮންޑް މާކެޓަށް ނުދާން. ދަރަނި ރީސްޓްރަކްޗާ ކުރަން. އަނެއްކާވެސް އަޅުގަނޑަށް ދެންނެވޭނީ ދަރަނި ރީސްޓްރަކްޗާ ކުރާށޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި އެމްޑީޕީގެ ޕީޖީގެ ބައްދަލުވުމުގައި، ދަރަނި ރީސްޓްރަކްޗާ ކުރުމާ ގުޅޭގޮތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ހުށަހެޅުއްވި ގަރާރު މެމްބަރުންގެ ހިޔާލަށް ހުޅުވާލުމުން ގިނަ މެމްބަރުން ވޯޓު ދެއްވީ ބަލައިގަތުމަށް ނުފެންނަ ކަމަށެވެ. ނަޝީދާއި އެ މަނިކުފާނާ އެކުގައި ތިއްބެވި މެމްބަރުން ހިތްހަމަޖެހިވަޑައިނުގަތީ އެ މައްސަލައިގަ އެވެ.
އެފަދަ ކަންކަމުގައި ޕީޖީ ގްރޫޕް ތެރޭގައި ބަހުސް ކުރުމެއް ނެތި، ބަލައިނުގަތުމަށް ނިންމުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ ނަޝީދާ އެކު 19 މެމްބަރަކު ވަނީ އެމްޑީޕީން ނެރޭ ވިޕްލައިނަށް ވޯޓު ނުދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަކު އެއީ މެމްބަރުންނަށް އަމަލުކުރެއްވޭނެ ގޮތެއް ނޫން ކަމަށް ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ ވިދާޅުވެފަ އެވެ.
އަސްލަމް ވިދާޅުވީ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ދެކެވަޑައިގަންނަވާ ގޮތަކަށް އެ ގަރާރު ހުށަހެޅުމުން އެއްކޮޅަށް ވޯޓު ދެއްވީ ހާޒިރުވެވަޑައިގަތް މެމްބަރުންގެ ތެރެއިން އަށް ބޭފުޅެއް ކަމަށެވެ. އެ ބަލައިނުގަތުމަށް 17 ބޭފުޅަކު ވޯޓު ދެއްވި ކަމަށް ވިދާޅުވި އެވެ.
އިލްޔާސް ލަބީބު، ހުށަހެޅުއްވި ގަރާރުގައި ވެސް ވިދާޅުވެފައި ވަނީ ސަރުކާރުން ދީފައިވާ ސޮވަރިން ގެރެންޓީ އާއި ވިއްކާފައިވާ ބޮންޑު އަދި ނަގާފައިވާ ލޯނުތަކުގެ ބޮޑު ބައެއް މި އަހަރާއި އަންނަ އަހަރު ދައްކަން ޖެހޭ ކަމަށެވެ.
މި އަހަރު ފާސްކުރި ބަޖެޓުގައި ޖުމުލަ ދަރަނި ހުންނާނެ ކަމަށް ބެލެވެނީ 91.8 މިލިއަން ރުފިޔާގައި ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 104.4 ޕަސަންޓު ކަމަށް އެ ގަރާރުގައި ވެ އެވެ. އަދި ގެރެންޓީ ހިމަނައިގެން އެ އަދަދު 102.9 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށް އަންދާޒާކުރެވޭ ކަމަށާއި އެއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117.7 ޕަސެންޓު ކަމަށެވެ.
އެ މިންގަނޑުތަކުގެ ތެރޭގައި ހިފެހެއްޓުމަށް އުނދަގޫވާނެ ކަމަށާއި ދައުލަތަށް ލިބޭ އާމްދަނީން ކުރަން ޖެހޭ ހަރަދުތައް ފޫނުބެއްދޭނެ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ. އަދި އެ ހަރަދުތައް ދެކޮޅު ޖެއްސުމަށާއި ލޯނު އަނބުރާ ދެއްކުމަށް އިތުރު ލޯނުތައް ނަގަން ޖެހިފައިވާ ކަމަށާއި ދަރަނި ރީސްޓްރަކްޗާ ކުރުން މުހިންމު ކަމަށް އެ ގަރާރުގައިވެ އެވެ.
މި ކަންބޮޑުވުން އެމްޑީޕީގެ ބައެއް މެމްބަރުން ފާޅުކުރެއްވިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވަމުން ގެންދަވަނީ ދައުލަތުގެ ރިޒާވް ހުސްވެ، ދަރަނި ނުދެއްކި، އިގްތިސާދު ބަނގުރޫޓުވާނެ ހާލަތު ރާއްޖެއަށް ކުރިމަތިވެދާނެ ކަމުގެ ބިރުވެރިކަމެއް ނެތް ކަމަށެވެ. ބަޖެޓުގައި ޑެފިސިޓަށް 9.9 ބިލިއަން ރުފިޔާ ބޭނުންވާ އިރު އޭގެ ތެރެއިން 7.9 ބިލިއަން ރުފިޔާ ހަމަޖެހިފައިވާ ކަމަށާއި ބާކީ އޮތް ދެ ބިލިއަން ރުފިޔާ ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިކިލީކްސް
16 June 2022
ބައެއްފަހަރު ބުއްދި ސަލާމަތުންތިބޭ މީހުންވެސް މޮޔައިންނަށް ވެއެވެ. ތިމާގެ ޖާހަތު ބޮޑުކުރަންވެގެން އެހެން ގައުމުތަކުގެ މަސްލަހަތު މިހުއްމުކަމަށް ދެކި ރާއްޖޭގެ އަމްނާ އަމަން ގެއްލުވާލައި ދައުލަތުގެ އިމާރާތްތަކުގައި ހުޅުޖަހައި ތްރެފިކު ލައިޓުތަކާ ވެހިކަލްތައް ތަޅައި ސުންނާފަތިކުރީ ގައުމަށް ކޮން ހެވެއް އެދިގެންތޯ؟
ޝޮކްތެރަޕީ
16 June 2022
އިންޑިޔާގެ ނުފޫޒުން ސަލާމައްކޮއްގެން ނޫނީ ރާއްޖެ ތަރައްގީވާކައްނެއް. ދިވެހިންނަ ވަޒީފާނުދީ އިންޑިޔާމީހުން ރައްޖޭގެ މުހިމްމުތަންތަނުގަ އިސްމަގާމުތަކުގަ.
ވަހީދު
15 June 2022
އިންޑިއާ ކަނޑުގެ މަސްލަހަތަށް ވިސްނާފައި އިސްތިއުފާދިން މީހާ ދައްކާ ވާހަކަ ހުންނާނީ މުޅިން ވެސް އަމިއްލަ އެދުމުގައި.
ޝަފީރު
15 June 2022
ތިމާމީހާގެ ބާރު އޮތްއިރު ވިޕާ ޚިލާފުވެގެން ކިތައް މީހުން ޕާޓީއާއި ދުރަށް ފޮނުވާލީތަ. މިއަދު ތިމާގެ ބާރެއް ނެތީމާ އެއީ ކަމުނުދާކަމަކަށް ހަދައިފީމު. މީގެ ކުރިން ސަރުކާރުން ޝަރުއީ ދާއިރާއަށް އަތްބާނާކަމަށްބުނެ ބަޔަކު ހައްލައިގެން މަޖިލީހަށްވަދެ އެތަން އިސްލާޙުކުރަން މަޖީލީހުން ނަޝީދު އައްޔަންކުރީ. މިއަދު ތިމާމީހާއެތީ އިނީމާ އެތަނުށް ސަރުކާރުން ބާރު ނުފޯރުވާވާން ނެތްކަމަށް ބުނެ. ޢަތްގަދަކޮށްފީމު. ގޮށްމުށުމުގުރާތީ.
ސައްތާރުބެ
15 June 2022
ނަޝީދުގެ ސިޔާސީ ކުރިމަގަށް ލިބޭ ކޮންމެ ގެއްލުމަކީ ރާއްޖެއަށް ވާ ގެއްލުމެއްތަ؟ ނަޝީދަކީ ރާއްޖެތަ؟ މީނަ މަޖިލިސް ރައީސްކަމުން ބޭރުކުރޭ..
ހާމިދު ޝާޙިދު
15 June 2022
ނޫނޭ، މިއީ ނަޝީދު އާއެކު ވާ ޕާޓީގެ ވަފާތެެރިން ނާގާބިލު އިބްރާހިމް ސޯލިހާ ދެކޮޅަށް މަގުމައްޗަށް ނުކުމެވެސް މަސައްކަތް ކުރަންވީ ވަގުތު.
އާވީ މޭޑް
15 June 2022
ސިޔާސީ ބަޔަކު ގައުމުގެ ފައިދާއައް ކަންކަން ކުރަނީކަމއް ބުނުމަކީ ބޮޑު ޖޯކެއް. ގައުމައް ފައިދާއައް އަކައް ނުން. އަމިއްލަ ފައިދާއައް
ލިމްމީ
15 June 2022
އިސްތިއުފާދެއްވާ ތިޔަ މަގާމު ދެއްވީ ސަރުކާރައްޖެއްސުންކޮށް ރައްޔިތުން ބިރުގައްނަވާ ފިތުނަ ފަސާދަ އުފައްދާކަށް ނޫން
އޯކޭ
15 June 2022
ޖުމުލަ ކޮށް އެބުނާ އެއްޗެއް ރަނގަޅު.
ސިކްސް
15 June 2022
މިހާރު ހުރިހާ ކަމެއްގަ އެކުލެވިފަ އޮންނަ ސިޔާސީ ވިސްނުމުގެ އޮއިވަރުގަ ޖެހިގެން ނުބައިމީހާ ބުނާ ރަގަޅު އެއްޗަކާ ރަގަޅު މީހާ ބުނާ ނުބައި އެއްޗަކާ ވަކިކުރަން ނޭނގޭ ހާލުގަ ގިނަ މީހުން ތިބެނީ. މިހާރު ގައުމު އޮތް ހާލަތު އިތުރަށް ގޯސްވެ ބޮއްސުންލާނެ ސިޔާސީ ފިކުރުތަކުގަ އެންމެން ޖެހިފަ ތިބެގެން އެބައެއްގެ ޕާޓީ/ފެކްޝަންތަކަށް ބާރުދޭން ކަންކަން ޕްރޮމޯޓްކުރަން އުޅެން ހަދައިގެން. ހައްލު ލިބޭނީ ސިޔާސީ މަންފާއަށް ނުބަލާ ގައުމުގެ މައްސަލަތަކަށް ވިސްނުމުން.
ކިފާޒު
15 June 2022
ޕާޓީން މީނަގެ ނޯކޮންފިޑެންސް ނަގާފަ މަޖުލީސް ރައީސް ކަމުން ބޭރު ކުރަންވީ، އީވާ ވެސް ނާއިބު ކަމުން ބޭރުކުރޭ، ސަރުކާރާ ޖައްސާލާގެން އުޅެއްޏާ ރައްގަޅައް ގައްސަބަލަ
އޭތް
15 June 2022
ހާދަ ވަރެއް ތިޔަ އަރުވަނީ.. ހިޔާލެއް ދިނުމަކީ ސަރުކާރަށް ރަނގަޅަށް ކުރާކަމެއް. ގަދަބަދަވި ކަމުން ސަރުކާރު ހިންގުމަކީ ޔާންޓެ ގެ ގޮތް.