ކާޑެއްދޫ ބަނދަރު: މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ނިންމައިފި--- ފޮޓޯ: އެމްޓީސީސީ
01 އޯގަސްޓް 2022 - 19:28
މިދިޔަ މޭ މަހު ފެށި ގދ. ކާޑެއްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމިއްޖެ އެވެ.
މަޝްރޫއު ކުރިއަށް ގެންދިޔަ އެމްޓީސީސީން ބުނި ގޮތުގައި މަޝްރޫއުގެ ތެރެއިން ކާޑެއްދޫގައި މިހާރު އޮތް ފަޅު ފުންކޮށް އެއްގަމުތޮށިލައި ބަނދަރު ސަރަހައްދުގައި ޕޭވްމެންޓް ހަދައި އެތަނުގައި ބައްތި ހަރުކޮށްފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 9.5 މިލިއަން ރުފިޔާ އެވެ.
ކާޑެއްދޫގައި އޮންނަ އެއާޕޯޓަކީ އާބާދީ ބޮޑު ގދ. އަތޮޅުގެ ގިނަަ ބަޔަކު ބޭނުންކުރާ ތަނެކެވެ. ކުރު މުއްދަތެއްގެ ތެރޭ ބަނދަރު ނިންމީ މިއީ ގިނަ ބަޔަކަށް މުހިއްމު ރަށަކަށް ވާތީ ކަމަށް އެމްޓީސީސީން ބުންޏެވެ.
ކާޑެއްދޫ ބަނދަރު ތަރައްގީކުރާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމައި ހަވާލުކުރި ނަމަވެސް ދެ ވަނަ ފިޔަވައްސާ ގުޅޭ މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ.
ސަރުކާރުން ހަވާލުކޮށްގެން އެމްޓީސީސީން އަންނަނީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ބަނދަރު ތަރައްގީކުރުމާއި ބިން ހިއްކުމުގެ އިތުރުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގިނަ މަޝްރޫއުތައް ހިންގަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށަވިޔަނި
02 August 2022
9.5 މިލިއަން ރުފިޔާ!!! ފޮޓޯއިން ފެންނަ ތަންކޮޅަށް ތިވަރު ޚަރަދު ކުރުމުގެ ބަދަލުގައި އެހެން ކަމަކަށް ތި ޚަރަދު ކުރިއްޔާ މާރަނގަޅު.
ބަބޫ
01 August 2022
އެއީ ކަޑަ ޖެހުން