ސަރުކާރުން އެމްޓީސީސީއާ ހަވާލު ކުރި މަޝްރޫއުތަކުގައި ސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޒީނިޔާ ހަމީދު ސޮއިކުރައްވަނީ ---ފޮޓޯ: އެމްޓީސީސީ
24 އޯގަސްޓް 2022 - 10:24
މ. މަޑުއްވަރީ ބަނދަރު ތަރައްގީކުރުމާއި ރ. އުނގޫފާރު އަދި މ. މުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ އިއްޔެ ހަވާލުކޮށްފި އެވެ. މި ތިން މަޝްރޫއުގެ އަގު 100 މިލިއަން ރުފިޔާއަށް ވުރެ ބޮޑެވެ.
އެމްޓީސީސީން އެ މަޝްރޫއުތަކާ ހަވާލުވެ އެއްބަސްވުމުގައި ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނެންޓް ސެކެޓްރީ ޒީނިޔާ ހަމީދެވެ.
މަޑުއްވަރީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 38،800 ކިއުބިކް މީޓަރު ބަނދަރު އަދި 54،093 ކިއުބިކް މީޓަރު ނެރު ފުންކުރުމާއި 111،471 ކިއުބިކް މީޓަރުގެ ބިން ހިއްކުމާއި، 600 މީޓަރު ބޭރުތޮށްޓަކާއި، 122 މީޓަރު ސަރަހައްދުގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.
އެ މަޝްރޫއުގެ މަސައްކަތް 16 މަސް ދުވަސް ތެރޭ ނިންމަންޖެހެ އެވެ. އަގަކީ 51 މިލިއަން ރުފިޔާ އެވެ.
ރ. އުނގޫފާރު ގޮނޑުދޮށް ހިމާޔަތްކުރާ މަޝްރޫއުގައި ހިމެނެނީ 120 މީޓަރުގެ ބޭރުތޮށިލުމާއި 110 މީޓަރު ސަރަހައްދުގެ ގްރޮއިންސް ޖެހުމާ އެކު 16،830 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމެވެ. މިއީ 11 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި ހަ މަސްދުވަހުން މަސައްކަތް ނިންމަންޖެހެ އެވެ.
މ. މުލަކުގައި ކުރިއަށް ގެންދާނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ. އޭގެތެރޭގައި 539 މީޓަރު ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 343 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 14،548.25 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުން ހިމެނެ އެވެ.
މި މަޝްރޫއު ނިންމަން އެއްބަސްވެފައި ވަނީ 15 މަސްދުވަސް ތެރޭގަ އެވެ. އެއީ 38.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވެންމަސް ވެނަށް
24 August 2022
ކަޓާ އެކު ކުންފުނީގެ 3 މަހުގެ މުސާރަ.
އެމްސް
24 August 2022
ބިޑަކާއިވެސް ނުލާ ވެން މަސް ވެނަށް!
ސަސި
24 August 2022
މީގެ ދުވަސްކޮޅެއް ކުރިން ބުނި ދެން މިވަގުތު އިތުރު ޕުރޮޖެކްޓެއް ނުހިންގާނެ ވާހަކަ.
ފެންސު
24 August 2022
އެވަގުތު އިތުރު ޕްރޮޖެކްޓް އެއް ނުހިންގާވާހަކަ އެއީ. މިއީ އެވަގުތެއްނޫން، މިއީ އެހެން ވަގުތެއް