މިދިޔަ ހަފުތާގައި ބޭއްވި ގައުމީ ލަފާ ދޭ ކޮމެޓީގެ ބައްދަލުވުމަށް ފަހު، ނިޔާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އާ އިންތިހާބަކަށް ފުރުސަތު ހުޅުވާލުމުން އެމްޑީޕީން ދަނީ ކަންބޮޑުވުންފާޅުކުރަމުން. --ފޮޓޯ: މިހާރު
09 ޖެނުއަރީ 2017 - 11:04
މި މަހު 14 ގައި ބާއްވަން އިއުލާން ކުރި އިންތިހާބު ބާތިލްކޮށް، އާ އިންތިހާބަކަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވައިލީ ސިވިލް ކޯޓުގެ އަމުރާ ހިލާފަށް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލާން ފުރަތަމަ ހުޅުވައިލި ފުރުސަތުގައި 900 ކެންޑިޑޭޓުން ފޯމު ހުށަހެޅި އެވެ. އެ ފޯމްތައް ބާތިލުކޮށް، އަލުން އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒް ވިދާޅުވީ އިންތިހާބު ދެ މަހަށް ފަސް ކުރަން ސިވިލް ކޯޓުން ނެރުނު އަމުރުގައި ރިއާޔަތް ކޮށްފައި ވަނީ މި މަހު 14 ގައި ބާއްވަން އުޅުނު އިންތިހާބަށް ކަމަށެވެ. އެއާ ހިލާފަށް، އިލެކްޝަނުން މުޅިން އާ އިންތިހާބަކަށް ހުޅުވާލުމުން އެމްޑީޕީން ކަންބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މުޅިން އާ އިންތިހާބަކަށް ހުޅުވާލުމަކީ، އިންތިހާބަށް ކުރިން ފޯމު ހުށަހަޅައި ކެންޑިޑެސީ ގަބޫލުކޮށް، ލިޔުން ދީފައި ތިބި 900 މީހުންގެ ހައްގަށް ވަރަށް ބޮޑު އުނިކަމެއް އަންނާނެ ކަމެކެވެ.
"އެ މީހުންގެ ހައްގުގައި ކުރެވޭނެ ކަމަކީ ކޮބައިތޯ ބަލައި އެމްޑީޕީން ގޮތްތަކެއް މިއަދު ނިންމާނެ،" ނިޔާޒް ވިދާޅުވި އެވެ.
އާ އިންތިހާބަކަށް ހުޅުވައިލި އިރު، ނިޔާޒް ވިދާޅުވި ގޮތުގައި، ސައްހަ އެއްވެސް ކެންޑިޑެސީއެއް ބާތިލްކުރުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަކަށް ލިބިގެން ނުވެ އެވެ.
"ކެންޑިޑެސީ ބަލައިގަނެފައި އިލެކްޝަނަކަށް ބާތިލެއް ނުކުރެވޭނެ. ބާތިލްކުރަން ގާނޫނީ އެހެން ގޮތްތަކެއް އެބަހުރި، އެއާ މުޅިން ހިލާފަށް އިލެކްޝަނުން އަމަލުކޮށްފައި މިވަނީ،" ނިޔާޒް ވިދާޅުވި އެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ ހަ ވަނަ ދުވަހާ ހަމަ އަށް އިންތިހާބަށް ކުރިިމަތިލެވޭނެ އެވެ. އާ އިންތިހާބަކަށް ހުޅުވައިލީ، ކެންޑިޑޭޓުންނަށް ދެވެން އޮތް ހުރިހާ ލުއިތަކެއް ދޭން ނިންމައިގެން ކަމަށް ވެސް އިލެކްޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަނުން ބުނެފައިވާ ގޮތުގައި އިންތިހާބަށް ކުރިން ކުރިމަތިލީ މީހުން ހުށަހަޅާފައިވާ ބައެއް ލިޔުންތައް ބޭނުން ކުރެވޭ ގޮތަށް ވަނީ ނިންމާފަ އެވެ. އެގޮތުން ކުށުގެ ރެކޯޑާއި އަމިއްލަ ގޮތުން ކުރިމަތިލާ ކެންޑިޑޭޓުންގެ ހުށަހަޅާ ސޮޔާއި ލިޔުންތައް ހަވާލުކުރަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އިންތިޚާބު ފަސް ކުރީ ޕީޕީއެމްގެ މުސްތަޝާރު، ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅައިގެންނެވެ.
ހުކުމުގައި ބުނެފައި ވަނީ ޕީޕީއެމަކީ ރާއްޖޭގެ އެންމެ ބޮޑު ޕާޓީ އަށް ވާ އިރު، އެ ޕާޓީ އަށް ދިމާވި މައްސަލަތަކުގެ ސަބަބުން އިންތިހާބަށް ތައްޔާރުވުމުގެ ފުރުސަތު ގެއްލިފައިވާ ކަމަށެވެ.
ޕީޕީއެމަށް ބައިވެރިނުވެވޭ ފަދަ ގޮތަކަށް އިންތިހާބު ބޭއްވުމަކީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފް ކަމެއް ކަމަށާއި އޭގެ ސަބަބުން ދައުލަތުގެ އާންމު މަސްލަހަތަށް ގެއްލުންވުމުގެ ފުރުސަތު އޮތް ކަމަށް ވެސް ހުކުމުގައިވެ އެވެ. ޕީޕީއެމް ދެ ބައި ވީ، ރައީސް ޔާމީނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު އުފެދުނު ބޮޑު ޚިޔާލު ތަފާތުވުމެއްގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
09 January 2017
މުސްލިމް ދައުތުގައި ( ވަލިއްޔުމް ހާކިމް ) އަކީ އުއްތަމަ ފަޑިޔާރު. އަވަހަށް އެމަނިކުފާނުގެ އަރިހުން އަދުލުވެރި ނިންމެވުމަކަށް އެދެަން ފެނެ. * : ވަލިއްޔުލް އަމްރު * : ރައީސުލް ޖުމްހޫރިއްޔާ * : ކޮމާންޑަރ އިން ޗީފް މި 3 ބޭފުޅުންނަކީ އެއްބޭފުޅެއް ކަމުން. ރައީސުލް ޖުމްހޫރިއްޔާގެ ސިޔާސީ މަސްލަހަތު ތިޔަ ކަމުގައި ތައާރުޒު ވެދާނެ ކަމަށް ބައްލަވާ ވަލިއްޔުލް ހާކިމްގެ ބަސްފުޅެއް ހޯއްދަވަން ފެނޭ.
އދތ
09 January 2017
ކޯޓައް މައްސަލަހުށައެޅުމުގެކުރިން ނިމޭނެގޮތަ އެބައެގޭ އެހާވެސް އިންސާފުވެރި ކީއްކުރާނީ މިހާރުގެހާލަތު.....
ކިރަން
09 January 2017
މި އިންތިހާބޭ ކިޔައިގެން ޖަހާ ސަަކަރާތް ގަނޑުގައި ބައިވެރިވާން ވޯޓު ދޭކަށް މަށެއް ނުދާނަން. އެމްޑީޕީ އަކަށްވެސް އަދާލަތަކަށްވެސް ނުކެރޭ ގަޓް ހުރެގެން އެއްފަހަރާ މިކަންތައް ގަނޑު ބޮއިކޮޓު ކޮށްލާކަށް !
ފޮނުވަންތޭ
09 January 2017
އާ އިންތިޚާބަކަށް އިއުލާން ކުރީ ކޯޓް އަމުރާއި ޚިލާފަށް ކަމަށް އެމްޑީޕީން ބުނާ ނަމަ ޕްރޮފޭ ނުފަތުރާ އެމައްސަލަ ކޯޓަށް ތަމެން ހުށައަޅަން އުޅެގަ. ދެން ކޯއްޗެކޭ ކިޔަންތޭ ތަމެން މިހާރު ތިޔާ އުޅެނީ. އިންތިޚާބު އީސީން އިއުލާން ކުރި އެޕްރީލް 8 އެއީ ބިއުޓިފުލް ޑޭޓް އެކެވެ. އެ ޑޭޓް ގައ އިންތިޚާބު އޮންނާނެ އެވެ. ތަމެން ބައިވެރި ވަންނާ ވާންވީ ނުވަންނާ ނުވާންވީ އެވެ. ޑޭޓް ކޮނޮޓްބީ ޗޭންޖްޑް އިނގޭ ރަންރީނދުލޭ މެންނޭ. ތަމެންގެ ހުރިހާ ޓްވިޓަރޭ މެން ރޫރޫ އަޅައިގަނެގެން ލޯކަލް ކައުންސިލު އިންތިޚާބުގެ ޑޭޓް އެޕްރީލް 8 އަށް ބަދަލުކުރުމުން ނުހިފެހެއްޓިގެން އުޅޭ ގޮތަށް ތިޔާ އުޅެން ފެށީ އަނެއްކާ ކިހިނެއްވެގެންތޭ ތިޔާ އުޅެނީ. މައިތިރިވެ ތިބެގަ ތަމެން. މަމެން ޕިންކީން އަންގާނަން ތަމެންނަށް ދެން ކަން ކުރަންވާނެ ގޮތް. އަންގަން ދެން މަޑުކުރެގަ. މަމެންނަށް ހީވެއޭ ހާދަ ބޮަޑަށް ތަމެންނަށް ކުޑާ ކޮށް ސައިޒު އޮޅިގެން އުޅޭ ހެން ދޯ. ކިހިނެއްތޭ ހަދަންވީ. ބަސް ފޮނުވަންތޭ.
މޫސާ އަބުދުﷲ
09 January 2017
އަނެއްކާ ތިކަމާ ކޯޓަށް ދާންވީ އެއްވެސް ކަމަކަށްނުވާކަންކަން މާބޮޑުކަމަކަށްހަދައިގެން ވަގުތުތައް ބޭކާރު ކުރުމުގެ ބަދަލުގައި ހަމަކުރީން ހުށަހެޅި ޑޮކިއުމެންޓްތަކުގެ ކޮޕީ ހުށަހަޅާލީމަ ނިމުނީނޫންތޯ ދެންތިޔަކަމާވެސް ޓީވީތަކަށްއަރާ އެތައްހާސަރެއް ދަމާނެ ކައުންސިލު އިންތިޚާބު ތެރެއަށް ޕާޓީ ތަކުން ނުފޫޒު ފޯރުވުމަކީ ރަށްފުށުގެ ތަރައްގީއަށް އޮތް ވަރަށްބޮޑު ހުރަހެއް ޕާޓީން ޓިކެޓްދީގެން ހޮވާފައި ތިބެކައުންސިލަރުންނަށް ޕާޓީގެ އެކްޓިވިސްޓުން ވަރަށްބޮޑަށް ނުފޫޒު ފޮރުވުމާއި ރައްފުށުގައި ޕާޓީތަކުގެ ހަރަކާތްތައް ހިންގުމުގައި ކައުންސިލަރުން ބޭނުންކުރުމާއި މިފަދަ ކަންކަމުގެ ސަބަބުން ތަރައްގީއަށް ކުރަންޖެހޭ މަސައްކަތައް ވަގުތު ނުލިބެއެވެ. އަދި ޕާޓިގެ ޓިކެޓްގައި ހޮވުމުން ޕާޓީން ދެކެނީ ކައުންސިލަރުންނަކީ އެމީހުންގެ މުވައްޒަފުންކަމުގައެވެ. އަދި ބައެއްކަންކަން މަޖުބޫރު ކުރުވުމާއި ވަރަށް ބޮޑެތި އުދަގޫތަކާއި ކައުންސިލަރުންނަށް ދިމާވާކަމަށް ކައުސިލަރުން ބުނެއެވ... އެކަކު ބުނީ މިހާރު މިއޮތީ ގައުމާއި ރަށާ ދެކެ ވީލޯބި ޕާޓިއަށް ބަދަލުވެފައެވެ. ޕާޓި ތަކުގައި އިސްކޮށް އުޅޭ މީހުން އެހާހޭލުންތެރި ނޫންވީމަ މިހެންމިވަނީ.. ދެދައުރު ދެޕާޓިގެ ޓިކެޓްގައި ހޮވިފައިވާ ކައުންސިލަރަކު ބުނީ ޕާޓީގެ އިސްބޭފުލުން އަބަދުވެސް ލަފާދެނީ ސަރުކާރަށް އެކިގޮތްގޮތުން އުދަގޫކޮށް ޖެއްސުންކުރުމަށެވެ. އެނޫން އެއްވެސް ކަމެއް އެމީހުންގެ ފިކުރުގައި ނެތެވެ، ވަރަށް ކުރީޒަމާނުގެ ބޯދާ ކިޔާލު އެމީހުންގެ ހުރީ..
ބީރުބޮލު
09 January 2017
2 މަހަށް ލަސްކުރަން ކޯޓުންކުރިއަމުރާޚިލާފަށް 2 މަހާ 24 ދުވަށް އިންތިޚާބު ފަސްކުރުންވެސް ކޯޓްއަމުރާ ޚިލާފް. ކައްޗަށްއެޅި ބިންގާ ކެއްޗާހަމަޔަށް ނެގިޔަސް އޮންނާނީ ކައްޗަށް. އިންތިޚާބާގުޅޭކަމެއް ދަށުކޯޓުން ނިންމިހިސާބުން ރައްޔިތުންގެ ހިތްތަކުގައި ސުވާލުތަކެއް އުފައްދައިފި.
ހަޑިގިއްލާ
10 January 2017
މީ މަވެސް ލިޔަން އުޅުނު ކޮމެންޓް! ވަރަށް ސަޅި!