ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު: އޭނާ މިއަދު ވިދާޅުވީ، 15 އަހަރުގެ ކުއްޖާގެ ރޭޕް ކުރި މައްސަލައިގައި ފުލުހުން ހިންގީ ވަރަށް ފުރިހަމަ ތަހުގީގެއް ކަމަށް -- ފޮޓޯ: ނިޝާން އަލީ/މިހާރު
20 އޮކްޓޯބަރ 2022 - 16:16
މީގެ ދެ އަހަރު ކުރިން މެދުރާއްޖެތެރޭގެ އަތޮޅެއްގައި، އޯޓިޒަމް ހުންނަ ކުޑަކުއްޖަކު ރޭޕްކުރި އެ ކުއްޖާގެ ޅިޔަނުގެ މައްޗަށް ކުށް ސާބިތުވުމާ ހިސާބަށް ދިޔައީ ފުލުހުން ހިންގި ފެންވަރު ރަނގަޅު ތަހުގީގެއްގެ ސަބަބުން ކަމަށާއި މިއީ ކުށް ކުރާ މީހުންނަށް އިންޒާރެއް ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ
އުމުރުން 15 އަހަރުގެ އަންހެން ކުއްޖާ ރޭޕްކުރިކަން އެނގުނީ އެ ކުއްޖާގެ މައްސަރުކަންތައް ނުވާތާ މަސްތަކެއް ވުމުން ޑޮކްޓަރަށް ދެއްކުމުންނެވެ. އެ މައްސަލައިގައި އެ ކުއްޖާގެ ދައްތަ އިނދެގެން އުޅުނު މީހާ ހައްޔަރުކޮށް، ތަހުގީގުން ހާމަވި ކަންކަމުގެ މައްޗަށް ބިނާކޮށް އޭނާއަށް ކުރީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ އެވެ.
އެ މައްސަލައިގައި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ދައުވާ ލިބުނު ޅިޔަނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ 18 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ.
ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭނާގެ މައްޗަށް ކުށް ސާބިތުވެ ހުކުމް ކުރެވުމާ ހަމައަށް ދެވުނީ ފުލުހުން ހިންގި ވަރަށް ރަނގަޅު ތަހުގީގެއް ނަތީޖާއެއްގެ ގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ، ކުޑަކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރުމަކީ ފުލުހުން ވަރަށް ސީރިއަސްކޮށް ނަގާ ކަމެއް ކަމަށެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މީހުންނަށް އިންޒާރު ދެއްވަމުން ހަމީދު ވިދާޅުވީ، އެފަދަ ކުށްތައް ކުރާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. އަދި އެފަދަ ކުށްތައް ކުރާ މީހުން މި މައްސަލައިގައި ކަން ވީ ގޮތަކީ މިސާލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
This is the result of a very good @PoliceMv investigation. We take the protection of children seriously. Every effort will be made to bring perpetrators of child sexual abuse to justice. Beware and mark this as a warning to all such predators. https://t.co/XBlFhqBtXw
— Mohamed Hameed (@M_Hameedh) October 20, 2022
ސީޕީ ހަމީދުގެ ޓްވީޓު
ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމެންޓުން އެ މައްސަލަ ތަހުގީގު ކުރީ ހާދިސާ ހިނގިއަތޮޅުގެ ފުލުހުންނާއި ޕީޖީ އޮފީހުގެ ވަކީލުންނާ ގުޅިގެންނެވެ. މިއީ ފުލުހުން ބުނި ގޮތުގައި ވަރަށް ރަނގަޅަށް ގުޅިގެން ކޮށްފައިވާ ތަހުގީގެއްގެ ނަތީޖާ އެވެ.
އަނިޔާ ލިބުނު ކުއްޖާގެ އެއްބަނޑު އެއްބަފާ ބޭބެ މިއަދު "މިހާރު" އަށް ބުނީ، ކުއްޖާއަށް އިންސާފު ލިބޭނެ ކަމަށް ކުރިން އުންމީދު ވެސް ނުކުރާ ކަމަށެވެ. ނަމަވެސް، 18 އަހަރަށް ހުކުމް ކުރުމުން ހިތްހަމަޖެހުން ފާޅުކޮށް އޭނާ ވަނީ ޝުކުރު އަދާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އައްބާސް
21 October 2022
އިންޒާރު ދީ ދީ ތިބެނީ، ވާ ކަމެއް ހަރާން، ރައްޔިތުން ތިބެންޖެހެނީ ނުރައްކަލެއްގަ، އަމާން ކަމެއް ނެތް، ވަރައް ރުޅި އައިސްގެން މި ކޮމެންޓް ލިޔެލީ މި، ހީކުރަން ކުރިއަށް އޮތްތަނުގަ ރަނގަޅު ބަދަލެއް ފެންނާނެ ކަމަށް
ދެބަންދިހާރު
21 October 2022
ހަމީދެވެ. ތިޔަ ކިޔޭއެއްޗެއް އެބަ އިނގޭހެއްޔެވެ. ތިޔަ އިޢުތިރާފު ވެވެނީ ބޮޑެތި ޑްރަގްލޯޑުން ރެޑްހޭންޑްކޮށް ހިފައި އަދިވެސް އެފަދަ އެތައް ކޭސްތަކަކާ ރޯޔަލް ރޭޕް ކޭސް ފަދަ ކޭސްތައް ކޯޓާ ހަމައަށްނުގޮސް އަދި ކޯޓަށް ދިޔަ ބޮޑެތި ކޭސްތައްވެސް ސާބިތު ނުކުރެވުނީ ތިމާމެންގެ ނާޤާބިލުކަމާއި ތަޙްޤީޤްގައި ހުރި އުނިތަކެއްގެ ސަބަބުން އުންސުރާ ފަންސުރާ ފޮހޭރަބަރާ ހަމަ ނުވެގެން ކަމަށެވެ. ދެން ޔަހުޔާ ކާޅުހިފީމަ، ތިގޮތަށް ބޮޑާބަސް ބުނީމަ އަންނަނީ މަލާމާތުގެ ހިންޏެވެ.
ހީހީ
21 October 2022
ދެ އަހަރު ކުރީނއ ހިނގިކަމެއް އަދިކިރިޔާ ސާބިތު ކޮށްދެވުނީމަ ދެން ވަރަށް މޮޅު. ތިހާވަރަކަށް ދެން ފެންވަރު ރަނގަޅުވާނީ. މީހުން އެއްޗިސްގޮވާތީ ޕީ.އާރު ޖައްސަންވެސް ތަންކޮޅެއް ހަމަޖެހޭ މޮޔައެއް ގޮވާބަލަ.
ސެންޑިއާގޯ
21 October 2022
ސަޅި ބައިސާގެ ބިރުކުޑަ އަލީގެ ރޯލު ކުޅެން މި ޙަމީދު ވަަރަށް ފައްކާ ވާނެ.
ސަމީރާ
21 October 2022
މީނަ ހީވަނީ ރައްޔިތުން ރުޅި އަރުވާނެ ގޮތެއް ނޭނގިގެން އުޅޭހެން .ކަމެއް ނުވާ ޙާލު ދެއިރު ދެ ދަޅައަށް ފޮނި ކަނޑަފައި ޓުވިޓް އެބަ ކުރެއޭ.
މުހައްމަދު..
20 October 2022
ހުޅުމާލޭ ފަޅުތެރޭ އޮތް ޔޮޓުގަ ހިގިރޭޕްގެ މައްސަލަ ނިމުނީތޯ!؟
ގޮހޮރޭ
20 October 2022
ހަމީދެވެ. ނިކަމެތި ރައްޔިތުންގެ ކަރަށް އަތްބާނާ ގޮހޮރުގަ ހުރި ވާހަކަތައް ނެރެން ނޫޅޭށެވެ. ތިތަނަކީ ދައުލަތުން އެންމެ ބޮޑު ޚަރަދެއްކޮށް އެންމެ ގިނަ ވަޞީލަތާ ބާރު ޒަމާނުއްސުރެ ދީފައިވާ ހަމައެކަނި މުވައްސަސާއެވެ. ހިތާދޫ މީހަކަށް ހުދު ފޮށައެއް ލިބިގެން އުޅޭހެން އުޅުނީމާ އަހަރުމެން ގާތަށް އަންނަނީ މަލާމާތުގެ ހިންޏެވެ. ނުކުޅެދޭ ކުއްޖެއް، ބަލިވެއިނީ މި ވަރުން ތިތާ ތިހިރި ވަޞީލަުގެ 1/10 ލިބުނަސް މައެކަނިވެސް ތިކަން ސާބިތުކޮށްދޭނަން. އިސްތިއުނާފު އަދިއޮތީ
އެފްބީއައި
21 October 2022
100 ގެ ވާހަކައެއް
ނެކްސްޓް ޖޯކް ޕްލީސް
20 October 2022
ތިހެން ކިޔާތާ 20 އަހަރު ވެއްޖެ
ކިޔަނި
20 October 2022
ގޮތް ނުދައްކާ ސިޔާސީ މީހުން ބޭނުންވެގެން ކުށުގެ ވެށި ދަމަހައްޓަނީ.
ސެލެބްރޭޓްލިޓްލްވިންސް
20 October 2022
ތިގޮތަށް ގުޅިގެން ތި ފެންފަރުގެ ތަޙްޤީޤު ޑްރަގް ކޭސްތަކުގަ ނުކުރަނީ، ނުކުރެވެނީ، ކީއްވެބާ