ކުރީގެ ރައީސް މުހައްމަދު ނަޝީދު: އިތުރު ދައުވާއަކާ ކުރިމަތިވެވަޑައިގަތުން ކައިރި --ފޮޓޯ: ސޯޝަލް މީޑިއާ
10 ޖެނުއަރީ 2017 - 15:16
އެމްޑީޕީގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވީ ނަޝީދުގެ މައްޗަށް އުފުލަން ފުލުހުން ފޮނުވީ ޖުލައި، 2010 ގައި ސިފައިންގެ ބެލުމުގެ ދަށުން ރައީސް ޔާމީން ހައްޔަރުކޮށް އާރަށުގައި ބެހެއްޓި މައްސަލަ ކަމަށެވެ.
އެކަމަކު އޭނާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި އިޖްރާއީ ބައެއް ކަންކަން ފުރިހަމަ ނުވާތީ ދައުވާ ކުރުމާ މެދު ގޮތެއް ނުނިމެ އެވެ. އެކަންކަން ފުރިހަމަކުރަން ފުލުހުންނާ އެކު މަސައްކަތްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި އޭރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައި، މިހާރު ދަނީ ޝަރީއަތް ހިންގަމުންނެވެ.
ނަޝީދަށް ދައުވާކުރަން ފޮނުވިއިރު ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ނަޝީދަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އެކަމަކު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުވި ފަހުން އެމަނިކުފާނު ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ.
ހިމާޔަތް ދޭން ކަމަށް ބުނެ ރައީސް ޔާމީން ހައްޔަރުކޮށް، ގެންގުޅުނު މައްސަލާގައި އެމަނިކުފާނަށް ބަދަލު ދޭން ވެސް ސިވިލް ކޯޓުން ކުރިން ހުކުމް ކުރިއެވެ. އެކަމަކު ބަދަލުގެ ގޮތުގައި ލިބެން ޖެހޭ ފައިސާ އެމަނިކުފާނު ބޭނުންފުޅެއް ނުކުރެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޯޖާންގަ..
11 January 2017
އެހެންނެއް ނުހެދޭނެ..
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
11 January 2017
ޅެންވެރިން ހިތަށް ތަދު ކުރާނީވެސް ޅެމަކުން. ޅެންވެރިން ހިތުގައި ފިރުމާނީވެސް ހަމަ ޅެމަކުން. ހުކުމް (ވެރިން) ތިބާ ރާއްޖެ ދޫކޮށް ދާށޭ ބުނީވެސް ހުކުމަކުން. ހުކުމް (ވެރިން) ތިބާ ރާއްޖެ ނާރައްޗޭވެސް ތިޔަ ބުނީ ހަމަ ހުކުމަކުން.
ހޯސޭ
10 January 2017
ގާާޒީީ ހައްޔަރު ކުރި ބަޔަކު އެކަން ކޮށްފި (މިސަރުކާރު އައި އިރު ހުރި ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒު) އަށް ވީގޮތް ހެއްކަކަށް ފުދޭ ރާއްޖެ ދުއް އެންމެބޮޑު ހިޔާނާތް ވެސް ފެނިގެން ގޮސްފި ޖީ އެމް އާރަށް އެއަރޕޯޓް ޗައިނާ މީހުންނަށް ފޭދޫ ފިނޮޅު 2018 އަންނަ އިރު އަނެއްކާ މިތާ ހުނުނާނީ ކޮން ގައުމެއްގެ ދިދަ އެއެބާ
ރާގޮޑިރާޖާ
10 January 2017
ދެން ނެތްތަ ކޮއްލާނެ އިތުރު ދައުވާއެއް މިގައުމުގަ ވެރިކަންކޮއްފަ ތިބި ބޭބޭފުޅުންގެ މަޢްޗައް
އަލީ
10 January 2017
އެމްއެމްޕީއާރުސީގެ ފައިސާގެ މައްސަލައިގައިވެސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފެނޭ!
ޔަގީން
10 January 2017
އަޒުމު ކިޔާފަ ނުކުތް މީހުން ހިފާ ހައްޔަރު ކުރެވޭނެ........!!!!ވަރައް ވެދުން
ރައްޔިތުންގެ ފަރާތުން
10 January 2017
މިސަރުކާރުން ކުށަކާ ނުލާ ރައްޔިތުން ޖަލުގަ ބަންދުކޮށް އަނިޔާކުރި މައްސަލާގައި ޔާމީނަށް ދައޮވާ ކުރަން މޯލްޑިސް ޕޮލިސް ސާވިސް ސައް ގޮވާލަން.
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
10 January 2017
ތީތޯ ހިތަށް ކުޅަދާނަ މިންވަރަކީ ؟
ކާދަރޭ
10 January 2017
ދިވެހިންގެްހިތްތަކުގެރަސްގެފާނު ހިތްވަރުގަދަ ރައީސް ރައީސް ނަޝީދު.
ޓޮމް
10 January 2017
ނަޝީދު ރާއްޖެ ވަޑައިގެންނާތީ ބިރުން ގޮތް ހުސްވާމަންޒަރު މިފެންނަނީ.