ޚަބަރު / ޑރ. އާއިޝަތު އަލީ، އެޑިއުކޭޝަން މިނިސްޓަރު

އަރަބިއްޔާ ވަރަށް ހާއްސަ، އާ އިމާރާތުން ޖާގަ ދެ ގުނަ އިތުރުވާނެ: މިނިސްޓަރު

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު އަރަބިއްޔާ ސްކޫލްގެ ބެލެނިވެރިންނާ ބައްދަލުކުރައްވަނީ. ---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އަރަބިއްޔާ ސްކޫލަކީ މި ސަރުކާރުގައި އެންމެ ބޮޑަށް ސަމާލުކަން ދޭ އެއް ތަން ކަމަށާއި އެ ތަން އެޑިއުކޭޝަން މިނިސްޓްރީ އަށް ވަރަށް ހާއްސަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ރާއްޖޭގައި އަރަބި މީޑިއަމަށް ހާއްސަ ކޮށްގެން ކިޔަވައިދޭ ހަމައެކަނި ސްކޫލާ މެދު އެ މިނިސްޓްރީން ވަރަށް ބޮޑަށް ތަފާތުކުރާ ކަމަށް ބުނެ ބެލެނިވެރިންގެ ކަންބޮޑުވުން އޮންނާތީ އެކަމާ ބެހޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުންނެވެ.

އެ ކަންބޮޑުވުންތައް މިހާރު އިތުރު ވެފައިވަނީ އަރަބިއްޔާގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އިއްޔެ މަގާމުން ވަކިކުރުމާ އެކުގަ އެވެ. އޭނާގެ ބަދަލުގައި އެ ސްކޫލު ވަގުތީ ގޮތުން ހިންގަން ހަވާލުކުރީ އިސްކަންދަރު ސްކޫލުގެ ޕްރިންސިލް ހުސައިން ސައީދުއާ އެވެ

އަރަބިއްޔާ ސްކޫލުގެ ހައްގުތައް ހޯދުމަށް ސޯޝަލް މީޑީއާގައި ވަކާލާތުކުރަމުން އަންނަ "ސޭވް އަރަބިއްޔާ" ޕޭޖުގައިވާ ގޮތުން ޝުޖާއު، ޕްރިންސިޕަލުގެ މަގާމުން ވަކިކުރީ ބެލެނިވެރިން ފަށާފައިވާ "ސޭވް އަރަބިއްޔާ" ކެމްޕެއިން ހުއްޓުވަން އޭނާ މަސައްކަތް ނުކުރައްވާތީ އާއި އެ މައްސަލާގައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުގެ ސަބަބުންނެވެ.

އެ ހުރިހާ މައްސަލަތާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލު ކުރުމުން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާ ސްކޫލަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރަން މި ސަރުކާރުން އެކި ފަހަރު އެކި ގޮތަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ. އޭގެ ތެރޭގައި އެ ސްކޫލަށް ދާއިމީ ބިމެއް ހުޅުމާލެ އިން ހަމަޖައްސައި ދިނުން ހިމެނެ އެވެ.

އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އަޅަން ދިން ބިން ސާފު ކުރަކުރަނީ.---ފޮޓޯ: މިހާރު

"އަޅުގަނޑުމެން ހަމަޖެއްސިން ހުޅުމާލެ އިން 65،000 އަކަފޫޓުގެ ބިމެއް ވެސް ހުޅުމާލެ އިން. އެކަމަކު، އެ ބޭފުލުން [ބެލެނިވެރިން] ވިދާޅުވީ މާލެ އިން ބޭރަށް ދާކަށް ބޭނުމެއް ނޫނޭ. ދެން އަޅުގަނޑުމެން ދެއްކިން އިއްޒުއްދީން ސްކޫލު ވެސް. އެ ތަން ވެސް އެ ބޭފުޅުންނަށް ކަމުނުދިޔައީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ހުޅުމާލެ ފެރީ ޓާމިނަލާ އިންވެގެން ހުރި އިމާރާތަށް އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ބަދަލުުކުރީ ވެސް ބެލެނިވެރިން ބޭނުންވެގެންނެވެ. މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އަރަބިއްޔާ ސްކޫލު ހިންގަނީ ފޮރިން މިނިސްޓްރީ ވަގުތީ ކުރިން ހިންގި އެ އިމާރާތުގަ އެވެ. އެކަމަކު، އެ ތަނުގެ ޖާގަ ދަތިކަމުގެ ޝަކުވާ ބެލެނިވެރިންގެ އެބައޮތެވެ.

އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން ބަދަލުކުރި އިމާރާތުގެ ކްލާސް ރޫމެއް.--- ފޮޓޯ: ފަޔާޒް މޫސާ/މިހާރު

"އަޅުގަނޑަށް އެނގޭ އެ އިމާރާތުގެ ޖާގަ ވަރަށް ކުޑަކަން. ވަރަށް ދަތިވާނެ. އެކަމަކު އެ ކުދިން އެ ތަނުން ނެރެވޭނީ ވެސް ތަނެއް ލިބިގެން ނޫންތޯ؟ އަޅުގަނޑުމެން އެ މަގަށް މިހާރު ވެސް މަސައްކަތް އެބަކުރަން،" އައިޝަތު އަލީ ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ 8 އަހަރު ވީ އިމާރާތުގެ މައްސަލަ ޖެހުނީ ޗާންދަނީ މަގުގައި ހިންގި އެ ސްކޫލުގެ ދާއިމީ އިމާރާތުގެ ތަނބުތަކުގައި ރެނދުލައި އެ ތަނުގެ ސްޓްރަކްޗާ ވަރަށް ބޮޑަށް ހަލާކުވެ، އެ ތަން ހުސްކުރަން ޖެހުމުންނެވެ. އެހާ ކުރުމުއްދަތެއް ވީ އިމާރާތެއް އަވަހަށް ހަލާކުވުމަކީ ވެސް މައްސަލައެކެވެ.

އަޅުގަނޑުމެން ހަމަޖެއްސިން ހުޅުމާލެ އިން 65،000 އަކަފޫޓުގެ ބިމެއް ވެސް ހުޅުމާލެ އިން. އެކަމަކު، އެ ބޭފުލުން [ބެލެނިވެރިން] ވިދާޅުވީ މާލެ އިން ބޭރަށް ދާކަށް ބޭނުމެއް ނޫނޭ. ދެން އަޅުގަނޑުމެން ދެއްކިން އިއްޒުއްދީން ސްކޫލު ވެސް. އެ ތަން ވެސް އެ ބޭފުޅުންނަށް ކަމުނުދިޔައީ: މިނިސްޓަރު

އަރަބިއްޔާ ސްކޫލުގެ ދާއިމީ އިމާރާތް ހަދަން ސަރުކާރުން ނިންމީ ޖަމާލުއްދީން ސްކޫލު ކުރިން ހިންގި ބިމުގަ އެވެ. އެ ބިމުން އަރަބިއްޔާ އަށް ދޭ ޖާގައިގެ އިތުރުން ޖަމާލުއްދީން ސްކޫލުގެ އެނެކްސްއެއް ހަދާތީ އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުން އެބައޮތެވެ.

"ޖޭއެސްގެ އެނެކްސްއަކީ އެ ބިމުގައި ހަދަން 2020 ގައި ނިންމާފައިވާ ތަނެއް. ޖޭއެސް އަށް އިތުރުކުރާ ބައި ހެދިޔަސް އަރަބިއްޔާ ސްކޫލުގެ ކުދިންގެ މިހާރުގެ ޖާގަ ޑަބަލް ވާނެ އާ އިމާރާތުގައި. މާ ބޮޑަށް ވެސް ޖާގަ އިތުރު ވާނެ. އަނެއްކާ އެހެން ސްކޫލުތަކުގައި ނެތް ބައެއް ފެސިލިޓީތައް ވެސް އާ އިމާރާތުން އަޅުގަނޑުމެންނަށް އަރަބިއްޔާގެ ކުދިންނަށް ހޯދައި ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ޖޭއެސްގެ އެނެކްސް ހެދިޔަސް އަރަބިއްޔާގެ ޖާގަ ކުޑައެއް ނުވާނެ."

މިނިސްޓަރު ވިދާޅުވީ އަރަބިއްޔާގެ އާ އިމާރާތާ އެކު 700 އިން 1،400 އަށް ޖާގަ އިތުރުވާނެ ކަމަށެވެ.

އެއްވެސް ޕްރޮޖެކްޓެއް ހަދާއިރު ބެލެނިވެރިންނާ މަޝްވަރާއެއް ނުކުރޭ

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އަނެއް ކަންބޮޑުވުމަކީ އާ އިމާރާތް ހަދާއިރު އެ މީހުންނާ މަޝްވަރާ ނުކުރާ މައްސަލަ އެވެ. ބެލެނިވެރިންގެ ހިޔާލު ނުހޯދާތީ ބެލެނިވެރިން ތިބީ ވަރަށް ބޮޑަށް ހިތްމަނުޖެހިފަ އެވެ.

"އަޅުގަނޑު ދަންނަވަފާނަން މިހާރު ވެސް 220 ޕްރޮޖެކްޓެއް އެބަ ހިންގަން. އަޅުގަނޑުމެން އެ އިން ކޮންމެ ތަނެއްގެ މަސައްކަތާ ގުޅޭ ގޮތުން ބެލެނިވެރިންނާ މަޝްވަރާކޮށް، އަޅުގަނޑުމެން ހިޔާލެއް ނުހޯދަން. އޭގެ މާނައެއް ނޫން އަރަބިއްޔާގެ ކުދިންނާ މެދު ތަފާތު ގޮތެއް އަޅުގަނޑުމެން ގެންގުޅެއެކޭ،" ވަޒީރު ވިދާޅުވި އެވެ.

އަރަބިއްޔާ ސްކޫލުގެ އިމާރާތާއެކު، ޖޭއެސްގެ އެނެކްސްގެ އިމާރާތަށް 168 މިލިއަން ރުފިޔާ ހަރަދުވެ އެވެ. އެއީ ދެ އިމާރާތުގެ އަގެވެ.

އެ ޕްރޮޖެކްޓް އަމިން ކޮންސްޓްރަކްޝަނާ ސަރުކާރުން ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު 29 ގަ އެވެ. ދެ ޑިޒައިން އެންޑް ބިލްޑް އުސޫލުން އެ ކުންފުންޏާ ހަވާލުކުރީ ސެލެކްޓިވް ބިޑިންއަކުންނެވެ. މިނިސްޓްރީން ބުނީ އެ ގޮތަށް ނިންމީ ވެސް މަސައްކަތް އަވަސް ކުރުމަށް ކަމަށެވެ. މަސައްކަތް ނިންމަން ޖެހެނީ 420 ދުވަސް ނުވަތަ އަހަރަކާއި އެއް މަސް ދުވަހުގެ ތެރޭގަ އެވެ.

"ވަރަށް ބާރަށް އެ ޕްރޮޖެކްޓް ވެސް ކުރިއަށް ގެންދެވޭތޯ މި ބަލަނީ،" މިނިސްޓަރު ވިދާޅުި އެވެ.

އަރަބިއްޔާގެ ޕްރިންސިޕަލް ޝުޖާއު މަގާމުން ވަކިކުރީ ވެސް ޑރ. އާއިޝަތު އަލީ ވިދާޅުވިގޮތުގައި އެ ތަނުގެ ހިންގުމުގެ ބައިވަރު މައްސަލަތައް ހުރުމުން އެ ކަން ރަނގަޅު ކުރުމަށެވެ. ވަގުތީ ޕްރިންސިޕަލް ހުސައިން ސައީދާ މެދު އަރަބިއްޔާގެ ބެލެނިވެރިން ހިތްހަމަ ނުޖެހުނަސް މިނިސްޓަރު ވިދާޅުވީ، އެއީ މީގެ ކުރިން ވެސް ނަތީޖާ ދައްކަވާފައިވާ ބޭފުޅެއް ކަމަށެވެ.

"އެ ބޭފުޅާއަކީ މިސްރުގެ އަޒްހަރުގެ ގްރެޖުއޭޓެއް. އަޅުގަނޑުމެން ހުސައިން ސައީދާ އަރަބިއްޔާ ހަވާލުކުރީ އެ ސްކޫލުގެ އިދާރީ ކަންކަން ރަނގަޅު ކުރަން. އެ ބޭފުޅާއަކީ އެ ކަމަށް އާ ބޭފުޅެއް ނޫން. އިމާދުއްދީން ސްކޫލުގެ ހިންގުން ރަނގަޅު ކުރަން ވެސް ދުވަސްކޮޅަކަށް އެ ބޭފުޅާއާ ހަވާލުކުރީމާ ނަތީޖާ ރަނގަޅަށް ފެނުނީ،" ތައުލީމީ ދާއިރާގައި 24 އަހަރު އަދި ޕްރިންސިޕަލްކަން ކުރައްވާތާ 19 އަހަރު ގުނަމުން ގެންދަވާ ހުސައިން ސައީދުއާ ގުޅޭ ގޮތުން އައިޝަތު އަލީ ވިދާޅުވި އެވެ.

"ހުސައިން ސައީދު ގޯހެއް ނުވާނެ."

އަރަބިއްޔާގެ ބެލެނިވެރިންގެ ކަންބޮޑުވުންތައް އެޑިއުކޭޝަން މިނިސްޓަރާ ހިއްސާ ކުރުމަށް އެ ބެލެނިވެރިންގެ ފަރާތުން މިއަދު ވަނީ އޭނާއާ ބައްދަލުކޮށްފަ އެވެ.

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ މަންދޫބުންނާއެކު އެޑިއުކޭޝަން މިނިސްޓަރު މިއަދު ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ބައެއް އިސްވެރިން އަދި އެ ސްކޫލު ހިންގުމާ ވަގުތީ ގޮތުން ހަވާލުވި ހުސައިން ސައީދު (ކ).---ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"މި ބައްދަލުކުރެއްވުމުގައި މިނިސްޓަ ވަނީ އެ ބޭފުޅުންގެހުރި ކަންބޮޑުވުންތައް އަޑުއައްސަވައި، އަރަބިއްޔާ ސްކޫލުގެ އައު އިމާރާތާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާފައި،" އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުންޏެވެ.

72 ކޮމެންޓް, 26 ރިއެކްޝަންސް

icon happy icon happy 46%
icon sad icon sad 0%
icon angry icon angry 46%
icon wow icon wow 0%
icon inlove icon inlove 8%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޝަކުވާއެއް

12 November 2022

ފިނޭ ސްކޫލުގެ ހިސާބު ޓީޗަރެއް ކުރިނބީ ސްކޫލްގައި ކެމިސްޓްރީ ޓީޗަރެއް ނެތްތާ އެތައް ދުވަހެއް

The name is already taken The name is available. Register?

ބަޓަރު ނާން

09 November 2022

އަރަބިއްޔާ ބެލެނިވެރިން އުޅެނީ ކުދިންތަކަކަށް އިސްލާމީ އިލްމު ލިބޭތީ ބޮޑުވެގެން. އިސްލާމް ދީނަށް ކުރާނަފްރަތަކުން އެކުދިންމިހާރު ކިޔަވާތަނުގަވެސް ކިޔެވިޔަނުދޭން ވެގެން.މި ބެލެނިވެރިން ހިފާ ހައްޔަރުކުރޭ.

The name is already taken The name is available. Register?

ގައުމުގެ އެޅިގެން އުޅޭ ނަގިލިތައް ނަގާބަލަ!

09 November 2022

އަރަބިންގެ ފައިގާ ދޫލާ އަދިވެސް ނުނިމޭތަ؟ މިއީ 21 ވަނަ ގަރުނޭ! ފުކެއް ބޮޑުވަރު މިއީ!

The name is already taken The name is available. Register?

1234

08 November 2022

ބަލަ ކޮން އަރަބިއްޔާއެއްހޭ...?! ރާއްޖެއިން ފާޑުފާޑުގެ ގުރޫޕްތަކާ ސްކޫލުތަކައް ޖާގަ ދިނުމަކީ ވަރައް ބިރުވެރި ކަމެއް...މިހާރު މިދަނީ ކޮންޓްރޯލުން ނައްޓަމުން.....އަވަހައް ފިޔަވަޅު އަޅަން ސަރުކާރައް ގޮވާލަން.

The name is already taken The name is available. Register?

1206

08 November 2022

ތިޔަ ޚާއްޞަވި ގޮތެއް ނޭނގުނު. އަޑު އަހާފައިވާ ގޮތުން މިނިސްޓްރީގެ ޕޮލިސީއަކީ 35000 އ.ފ. އަށް ވުރެ ކުޑަ ބިމެއްގައި ސްކޫލެއް އިމާރާތް ނުކުރުން. އެކަމަކު 38000 އ.ފ ކިރިޔާ ހަމަވާ ބިމެއްގައި، މިހާރުވެސް 35000 ހާ އ.ފ. ގެ ބިމެއްގައި ހިންގަމުން ޖަމާލުއްދީން ސްކޫލަށް، އަރަބިއްޔާ ސްކޫލު އަޅަން ކަނޑައެޅި ބިމުން ބަޔެއް ދޭ އިރު، މަށަށް ހީނުވޭ، އިތުރުކުރާނީ ހަމަ އެކަނި 3000 އ.ފ. އޭ. މަށަށް ހީވަނީ އަރަބިއްޔާ ހަދަން ތިޔަ އުޅެނީ ކޮތަރު ކޮށި ކޮންސެޕްޓަށް ހެން.

The name is already taken The name is available. Register?

ޓިނު

08 November 2022

ތިއޮތީވާކަމެއް ދެންމިރާއްޖޭގައި އެހުރީ ސްލޫލުތަކެއްނޫންތަ

The name is already taken The name is available. Register?

އަރަބިއްޔާގެ ހާލު

08 November 2022

މޮޅު ވާހަކަ ނުދައްކާ އަމަލުން ދައްކަބަލަ. މުޅިންވެސް ހުސް ވާހަކަ އޭ މި ދައްކަނީ. އަޅާނިމޭ ތަނުން ބޮލައް ވެއްޓޭ ހެން ނާޅާތި މިފަހަރުވެސް. ޕުރިންސިޕަލް އާ އެކު ސުކޫލް ވެސް ފޮރުވަން އުޅޭހެން ވަރަށް ހީވޭ.

The name is already taken The name is available. Register?

ގުއިއްޒު

08 November 2022

އަރަބިއްޔާ ސްކޫލު ހިންގުން ބެލއނިވެރިންނާ ހަވާލުކުރަންވީ. އޭރުން ސަރުކާރުން ކުރަންޖެހޭ ކަމެއް ނޯންނާނެ. މިހެން މިބުނީ މިރާއްޖޭގެ އެހެން އެއްވެސް ސްކޫލެއް ހިންގުމުގައި ބެލެނިވެރިން ބަސްކިޔައި ނުފޫޒު ހިންގައެއް ނޫޅޭ. މިއީ އެހެން ގައުމެއްގެ ބައެއްތަ އަޅެ. ކިހިނެއްވެފަތަ މިމީހުންނަށް މިތިބީ. މިމީހުންނަށް ހީވެގެން އުޅޭ ކަހަލަ މިއީ އުޑުން އައިސްގެން އުޅޭ ބައެކޭ. މިހިރަ ޒައިދެއްވެސް އެހަރަ އުޅެނީ ބޮޑު ކަނޑުކޮހެއް އުޅޭހެން.

The name is already taken The name is available. Register?

މުހައްމަދު..

08 November 2022

ކޮންމެ މަދަރުސާއެއްގަ އަބަދުވެސް ބެލެނިވެރިންގެ ޖަމިއްޔާއެއް އޮވޭ.

The name is already taken The name is available. Register?

ގުރާ

08 November 2022

ތިޔަ ބިމަކީ ޖަމާލުއްދީން ސްކޫލްގެ ޖާގަ ދަތިވެގެން އެސްކޫލަށް ދީފަ އޮތްތަނެއް. އޭރު އެތާ ހަޔަރ އެޑިއުކޭޝަނުން ނުނިކުމެގެން ތަން ހަވާލުނުވެވިއޮތީ.

The name is already taken The name is available. Register?

ސދިވެހިން

08 November 2022

މިކަން ރައީސް އާ މިނިސްޓަރު އަށް ނޭނގޭ ހެން ހީވަނީ. ބިން ދޭއިރު ބަލަންވާނެ ދޯ. އެއްބިމެއް އެތައް ބަޔަކަށް ދީ ބޮޑު މައްސަލައަކަށް މިކަން މިހަދަނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454