މަޖިލީހުގެ ޖަލްސާއެއްގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ: އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ނަޝީދު މިއަދު ދެއްކެވި ވާހަކަތައް މިނިސްޓަރު ވަނީ ދޮގުކުރައްވާފައި. -- ފޮޓޯ | މަޖިލިސް
21 ނޮވެމްބަރ 2022 - 14:28
ރާއްޖެ ބަނގުރޫޓުވާ ވާހަކަ ދައްކަވަނީ ސަރުކާރުން ހޯދަމުން އަންނަ ކުރިއެރުންތައް ފަނޑުކޮށް ކިލަނބުކޮށްލަން ސިޔާސީ ބޭނުމެއްގައި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަތަކަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްދު ދެއްވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވެސް ނަޝީދު ވަނީ ރާއްޖެ ބަނގުރޫޓުވުމާ ދިމާލުގައި އޮތް ކަމަށް ވިދާޅުވެފަ އެވެ. އެ ހާލަތު ކުރިމަތިވަމުންދާއިރު މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ ވެސް ލަދުވެތި ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިގްތިސާދީ ހާލަތާ ގުޅޭ ގޮތުން ނަޝީދު ކަންބޮޑުވުންފާޅުކުރައްވާފައި ވަނިކޮށް، އަމީރު ވިދާޅުވީ ރާއްޖެ ބަނގުރޫޓްވާ ވާހަކައަކީ ބަޔަކު އަލަށް ދައްކާ ވާހަކައެއް ނޫން ކަމަށެވެ. އެ ވާހަކަތަކުގެ ފަހަތުގައި އޮތީ ސިޔާސީ ބޭނުމެއް ކަމުގެ ތުހުމަތު ފިނޭންސް މިނިސްޓަރު ކުރެއްވި އެވެ.
ނަޝީދު މީގެ ކުރިން ވެސް މަޖިލީހުގެ އެކި ޖަލްސާތަކުގައި ރާއްޖެ ބަނގުރޫޓުވުމުގެ ތުންފަތްމަތީގައި އޮތް ކަމަށާއި އަވަށްޓެރި ސްރީ ލަންކާއަށް ދިމާވި ހާލަތުން މިސާލު ނަގަން ޖެހޭ ކަމަށް ވިދާޅުވެފައިވެ އެވެ.
"މާތްاللهގެ އިރާދަފުޅާ އެކު, ކޮވިޑުން ވެސް އަރައިގަނެ, އެންމެ އަވަހަށް ކުރިއަރަމުންދާ އިގްތިސާދުތަކުގައި ރާއްޖެ ހިމެނޭ. 2020 ވަނަ އަހަރު ކޮވިޑާއެކު އަޅުގަނޑުމެން ކުރިމަތިލީ މިއަދު މިތިބި ހާލަތަށް ވުރެ މާ ދަތި ގޮންޖެހުންތައް ބޮޑު ހާލަތަކާ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު: ރާއްޖޭގެ މާލީ ހާލަތު ގޯސްކަމަށް މިއަދު ވެސް ވިދާޅުވި. -- ފޮޓޯ | މަޖިލިސް
އަމީރު ވިދާޅުވި ގޮތުގައި އެ ދަތި ހާލަތުން ވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ މާލިމީ ކަމުގައި ވަނީ އަރައިގަނެވިފަ އެވެ.
"އަޅުގަނޑުމެން އަބަދުވެސް ފާހަގަކުރަމުން މިދަނީ ދަތިތަކާއި ގޮންޖެހުންތައް މިހާރު ވެސް ހުރި ވާހަކަ. ފޮރުވާކަށް ނޫޅޭ. ހުރިހާ ތަފާސްހިސާބުތަކެއް އެހުރީ ހާމައަށް ފެންނަން،" ރާއްޖޭގެ މާލީ ހާލަތު އާއްމުންނަށް އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި ވާހަކަފުޅުގެ ރައްދުގައި އަމީރު ވިދާޅުވި އެވެ.
އަމީރު ވިދާޅުވި ގޮތުގައި ދަތިތަކާއި ގޮންޖެހުންތަކާ އެކުގައި ވެސް ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާ އެކު އިގްތިސާދީ އުނދަގޫތައް އަންނަނީ ގިރާކުރަމުންނެވެ. ރަޝިޔާ-ޔޫކުރެއިން ހަނގުރާމައާ އެކު ދިމާވަމުންދާ ގޮންޖެހުންތައް ވެސް މެނޭޖްކުރުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"މި ދަނޑިވަޅުގައި އިގްތިސާދާ މެދު ނުރަނގަޅު ތަސައްވުރެއް އުފައްދައިި ބިރުވެރިކަން އުފެއްދުމަށްޓަކައި ޒިންމާދާރު މަގާމްތަކުގައި ތިބެގެން ކުރެވޭ މަސައްކަތަކީ ސިޔާސީ ބޭނުމަކަށް ކުރެވޭ ވަރަށް ހިތާމަހުރި ކަމެއް. މާތްاللهގެ އިރާދަފުޅާ އެކު, ރާއްޖޭގެ އިގްތިސާދީ ކުރިމަގު އޮތީ ފަހިކޮށް،" އަމީރު ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންކާރި
22 November 2022
ބަގުރޫޓުވެގެން ދިވެހިން ހާލުގައި ޖެހޭ ދުވަހު މަނިކުފާނު އޮންނާނީ ފިލާ. ތިޔައްވުރެ މާ ދުނިޔޭގެ ތަޖުރިބާހުރި މައުލޫމާތު ހުރި ފަރާތްތަކުން އެބުނަނީ ބަނގުރޫޓުވުމުގެ ބިރުބޮޑޭ. ތިހެން ނުހަދާށޭ.. ލިބޭ ހުރިހާ އެއްޗެއް ބަރޯސާކޮށްފައި މިއޮތީ ޓޫރިޒަމަށް. ގައުމުތެރޭ މިހާރުވެސް ހޭބޯ ނާރައިގެއް އެއުޅެނީ ހަރުކަށި ފިކުރުގެ މީހުން. އޭގެން މީހަކު ގޯހެއް ހަދާލާއިރަށް މިގައުމަށް ޖެހޭނީ ހަމަ ލަންކާ އަށް ޖެހުނު ހާލު.
ނެތްމޮޅު
22 November 2022
ބަނގުރޫޓު މިލަފުޒު ދިވެހިބަހުގައި ބޭނުންކުރަނީ. ޢަތުގައި އެއްޗެއް ނެތި މުޅި ކެޕިޓަލް ހުސްވެ ދެން ކުރިޔަށް ދެވޭނެ ވަރު އަތުގައި ނެތުމުން. މިހިސާބަށް ދިޔައިމާ ދަރަނިވެރިވެގެން ދެކޮޅު ޖައްސަން މަސައްކަތްކުރާނީ. އަމީނުގެ ސިޔާސަތުގައި އާމްދަނީ އިތުރުވާނެ އެއްވެސް އުފެއްދުމެއްނެތް. ބަޔަކު ކޮށްފައިހުރި މަސައްކަތަކުން ޚަރަދު ކުރުންނޫނީ ފެންނާކަށްނެތް. ދެން މިގޮވަނީ ސޯލިހުގެ ސިޔާސަތޭ. ސޯލިހަކީ މީހަކު ދެއްކިވާހަކައެއް ޤަބޫލުކުރާ ދޯހަޅި ވެރިއެއް.
ލޮލްޒ
22 November 2022
މީ ޓިކްޓޮކް ފަރުމާ ތަ؟
2023
22 November 2022
ނާންނާތި ވޯޓް ހޯދަން އެކަކުވެސް ލަދު ގަންނަވާލާނަން
މޯ
22 November 2022
ދެން އަވަހަށް ނަސީދާއި ފެކުސަން ކުދިންކޮޅު ތި ނަގާ ބޮނޑް މުސާރައާއި އިނާޔަތް ނުނަގާ ދައުލަތުގެ ހަޒާނާއަށް ލާންވީއެއްނު.
އާރީ
22 November 2022
ނަސީދަކީ ވަރަށް ވިޔާނުދާ އަމިންލަ އެދުން ބޮނޑް މީހެއްކަށް އިގިއްޖެ މިއަދު ތި ދެށްކި ވާހަކަ އިން. ގައުމް ދެކެ ލޯބިވާ މީހަކު ތި ޒާތުގެ ވާހަކަ ނުދަށްކާނެ. ތިފަދަ މަގާމެއްގަ ހުރެ. ދުވަހަކުވެސް ނަސީދަށް ތާއިދު ނުކުރާނަށް
ުކުދުބެއްޔާ
21 November 2022
ޒިއްމާދާރު މަގާމުތަކުގަ ތިއްބެވި ބޭފުޅުން "ބޭކާރު އަގަތެޅުމުގެ ބަދަލުގާ" ހަރުދަނާ ފިޔަވަޅުތައް އެޅުއްވުން މާބޮޑަށްވެސް ރަގަޅުވާނެއެވެ.
ސަޖޯ
21 November 2022
ނަޝީދު ވެރިކަމުގެ ދަހިވެތިކަމުގަ ރައީސް މައުމޫނަށްވެސް ނުގޮވާ އެއްޗެއްނެތް ނުކުރާ ތުހުމަތެއްނެތް ވެރިކަމަށް އަރާ މައުމޫނަށް އެޅުނު އެއްވެސް ފިޔަވަޅެއްނެތް ރައްޔިތުންނަށް ވަރަށް ސާފު އޭރުވެސް ހެދީ ދޮގުކަން މިހާރުވެސް ހަދަނީ ދޮގުކަން
ކޮރަޕްޝަން
21 November 2022
އަދާލަތު ޕާޓީ ވަރައް ބޮޑު އަގެއްދީ އެމްމެން ގަނެލީ. ކޮރަޕްޝަން އެމްޑީޕީ ތެރޭގަ އިންތިހާޔައް އިންޑީޔާ އައުޓް.
ޗައިނާ ދިވެހިން
21 November 2022
އެމްޑީޕީ އިސްމީހުންގެ ގެދޮރުތަ އެހެރީ އިގިރެސްވިލާތުގަޔަ ޖަރުމަނުގަ. އެމެޑީޕީ ކަޑަ