އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ސުލައިމާނާއި ނައިބު ރައީސް އަމްޖަދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: އީސީގެ މިނިވަންކަމާމެދު އިދިކޮޅު ޕާޓީތަކުން ސުވާލު އުފައްދާ
11 ޖެނުއަރީ 2017 - 21:52
އިލެކްޝަންސް ކޮމިޝަން (އީސީ) އަކީ މިނިވަން ތަނެއް ނަމަ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން ކާމިޔާބުކުރާނެ ކަމަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން މިއަދު ބުނެފި އެވެ.
އެމްޔޫއޯއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެ އިއްތިހާދުން އުފައްދާފައިވާ ހިޔަނި ކެބިނެޓުގެ ޓޫރިޒަމް އެންޑް ގެސްޓްހައުސް މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވާން އިދިކޮޅު ޕާޓީގެ ކެންޑިޑޭޓުންނަށް ވޯޓު ދޭންޖެހޭ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ހަމައެކަނި ނަމުން މިނިވަން ކޮމެޝިންތަކެއް ކަމަށާއި އެތަންތަނުގެ ބޭނުމެއް ނެތް ކަމަށެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން އަމާޒު ހިފާފައި ހުރީ ކޮމިޝަންތައް މިނިވަންކޮށް އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް މަގުފަހިކުރުމަށްކަން މަލީހު ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ މިނިވަން މުއައްސަސާތައް މި އޮތީ ނިދާފައި. އެކަމަކު އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް،" އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހިޔަނި ކެބިނެޓުގެ ހެލްތް މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ، އަދާލަތު ޕާޓީގެ ފަރާތުން ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަނުކުރަން ނިންމީ އިންސާފުވެރި އިންތިހާބަހަކަށް ފަހިވާނެ މާހައުލެއް ރާއްޖޭގައި ނެތުމުން ކަމަށެވެ. ނަމަވެސް އިންތިހާބުގައި ބައިވެރިނުވިކަމުގައި ވިއަސް އިދިކޮޅު ކޯލިޝަނާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އީސީން އަމަލުކުރަމުން އަންނަގޮތުން ވަކި ބަޔަކަށް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކޮށްދޭން ކުރެވެން އޮތް މަސައްކަތެއް ކުރާތަން ފެންނަ ކަމަށާއި އެހެންކަމުން އެފަދަ އިންތިހާބެއްގައި ބައިވެރި ނުވާން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭ ނިންމައިފަ އެވެ.
ޝިދާތާ ވިދާޅުވީ އިންތިހާބުގައި ބައިވެރިނުވުމަށް ނިންމި ނިންމުމަކީ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ގަބޫލުނުކުރާ ކަމަށެވެ. އަދި އެ އިންތިހާބު ކާމިޔާބުކުރުމުގައި އެމްޑީޕީއަށް އެއްބާރުލުން ދޭނެކަމަށް އޭނާ ވިދާޅުވި އެވެ.
"މިނިވަން މުއައްސަސާތައް މިނިވަން ކުރުމަށް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް ކުރާނަން. އަދި އަޅުގަނޑުމެން މި ޕާޓީ، ކޯލިޝަން ފެންނަނީ ކުރިއަށް ވުރެ ވެސް ވަރުގަދަކޮށް،" ޝިދާތާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދާންވީ
12 January 2017
ކޯއްޗެކޭތޭ. އީސީ މިނިވަން ނަމަ ލޯކަލް ކައުންސިލު އިންތިޚާބު އެމްއޯޔޫ އަށް ކާމިޔާބު ކުރެވޭނެއޭ ރަންރީނދުލޭ މެން ބުނަނީތޭ. ތަމެން ރަންރީނދުލޭ މެން އަތުގައި އޮތީތޭ ޑިޓެކްޓަރެއް މިނިވަން އަދި މިނިވަން ނޫން މިކަން އަންގައިދޭ. އޭން ބުނެބަލަ. ދައްކަބަލަ ތިޔާ ޑިޓެކްޓަރު މަމެން ވެސް ބަލާލަން. ތަމެން ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވަންވީ އެެއް ނޫން ދޯ. އަން މިއޮތީ ރޯނު ބޮނޑި ވަރު. ދާން އުޅޭ ވަލަށް ދަރު ހޮވަން. ދާން އުޅޭ ދާން އުޅޭ ދާންއުޅޭ. އަހާން ދަހަރޭ. ކޮން ބައްލަވާ އެއް ކިޔަންތޭ. އަހާން ދަހަރޭ ވަލަށް ދަރުހޮވަން. ތަމެން ދަރު ހޮވައިގެން އައުމުން ސައި ލިބޭނީ އިނގޭ.
ޢަލީ
12 January 2017
ޢީސީ މިނިވަން ނަމަ އެމްޑީޕީ ގެ އެކަކުވެސް ނޮހޮވޭނެ.
ހަޑިގިއްލާ
12 January 2017
އަލީގެ ތިޔަކޮމެންޓަށް ކިހާވަރެއް ލިބޭނެހެއްޔެވެ؟ ދުވާލުގެ އިރުފަދައިން ފެންނަންހުތި ހަޤީގަތްތަކާ ދެކޮޅަށް ތެދުވުމަކީވެސް ކުޑަކަމަކަށް ނުވާނެއެވެ. އަލީއެވެ! ތެދުމަގުގައި ސާބިތުވެހުރުމުން ލިބޭ ހިތްހަމަޖެހުންވެސް ކުޑައެއްނޫނެވެ.
އާދި
11 January 2017
ތިމާމެންގެފެންވަރުން ތިމާމެން އުޅެވޭތޯބަލާބަލަ ކަކުނި އުޅޭނީ ހޮރުގައޭ ގޮނޑުދޮއްފަރާތުގާ އަންޑަސްޓޭންޑު
ހަޑިގިއްލާ
12 January 2017
އިންތިހާބުތަކަކީ ވަކިފެންވަރެއްގެ ބަޔަކަށް، ނުފޫޒުތަކާ ގަދަބާރުވެރިންގެ އެކަނި ހައްގެއްނޫން! ފެންވަރުމަތީ ޕާޓީއަކުން ބޭނުންވީމަ ނުބާއްވާފަ، ބޭނުންވިއިރަކުން ބާއްވާފަ، ފެންވަރުދަށްކަމަށް އެބައިމީހުންދެކޭ ޕާޓީ ތަކަށް ޤައުމީ އިލެކްޝަންކޮމިޝަނުން ޖެއްސުންކުރާނަމަ ނަމެއްގައި ކީއްކުރަން ބާއްވާ އިންތިހާބެއްތޯ؟ ހަޤީގީ ފެންވަރު ހުރުމަކީ އިންތިހާބު އިއުލާންކުރުމާއެކު ބޮޑާ ނުހާކާ ތިބުނާ 'ފެންވަރުނެތް' ޕާޓީތަކާ ވާދަކޮށްލުން! ވަރަށް ވެދުން..
ޞައިބެ
11 January 2017
ތި ގޮތަށް ކަނޑާ ފޮނޏަށް ކިޔަނީ ބޮޑު ސޯޅަ ހުވަފެން ހެ ހޭ
ހޯހޯ
11 January 2017
އަތޮޅުތަކުން ގެންނަފޯމް ބަލައިގަންނާނީ ކަނޑުގަފަތާފަހުށައަޅާފޯމް އެކަނި
ނަޝީދު
11 January 2017
ބަލިވާނެކަން އެނގުނީ ދޯ؟ ރިޔާސީ އިންތިހާބުގައިވެސް ރަނގަޅަށް ޮނީޓަރ ކުރެވިއްޖެއްޔާ ފަސް ހާސް ވަރަކަށް ވޯޓަށް ވުރެ ގިނައިން އޮޅުވައެއް ނުލެވޭނެ.
ހަޑިގިއްލާ
12 January 2017
އެހެންވެތޯ ސްޕްރީމްކޯޓުން އިންތިހާބު ބާއްވަންޖެހޭނެ ގޮތުގެ ގައިޑުލައިން ނެރުނީ؟ ފޮޓޯނެތް އެތައްހާސް އައިޑީކާޑަކަށް ވޯޓުލީ؟
އަލީ
11 January 2017
އީސީ މިނިވަން ނޫނަސް ފެންވަރުގެ އޮބްޒާވަރުން ފޮނުވައިގެން އިލެކްޝަން ރަނގަޅަށް މޮނީތަރ ކުރަން ވީނު؟ ކޮށްފައި އޮޅުވާލުން ރިޕޮތެއްގެ ސިފައިގައި ނެރެންވީނު؟ ބަލިވާނެކަން ކުރިންވެސް އެގޭތޯ ދައްކާ ވާހަކަތީ.