ގައްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް ފަށައި، ނެރު ބަންދު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ---ފޮޓޯ: އެމްޓީސީސީ
27 ނޮވެމްބަރ 2022 - 12:01
ގދ. ގައްދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
އެ މަޝްރޫއާ ހަވާލުވެފައިވާ އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ގެންދަނީ ބަނދަރުގެ ނެރު ބަންދު ކުރުމުގެ މަސައްކަތް ކަމަށެވެ. ބޮޑުހިލައިގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން 23,017 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 232 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 320 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި 35 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.
އެ ބަނދަރުގައި ބްރިޖެއް ހަދައި 1،600 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓަކާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނީ ވެސް އެމްޓީސީސީންނެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 42.6 މިލިއަން ރުފިޔާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމީރުދެ
27 November 2022
އަމީރުގެ ހެޔޮއެދުންތަކާއެކު