ޚަބަރު / ބޯހިޔާވަހިކަން

މާލޭ މީހުންނަށް ގޯތި ދޫކުރާ އުސޫލުގެ މައްސަލަ އެންމެ ފުރަތަމަ ހައި ކޯޓަށް ނުބެލޭނެ ކަމަށް ނިންމައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ހަދާފައިވާ ހައުސިން ޔުނިޓެއްގެ ބެލްކަނީން އެ ސަރަހައްދުގެ އިމާރާތްތައް ފެންނަ ފޮޓޯއެއް. ހުޅުމާލެ އާއި ގުޅިފަޅުން މާލޭ މީހުންނަށް ގޯތި ދޭން ވަނީ ނިންމާފައި. -- ފަޔާޒް މޫސާ / މިހާރު

11 ޑިސެމްބަރ 2022 - 12:25

9 comments

މާލޭ ސަރަހައްދުން ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިން ކަމަށް ބަލާނެ ގޮތް ކަނޑައަޅާ މާއްދާ އުވާލުމަށް އެދި ހައި ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެންމެ ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދުސްތޫރީ މައްސަލައެއްގެ ގޮތުގައި، ގާނޫނީ ވަކީލުން ކަމަށްވާ ޝިހާދު އިބްރާހިމާއި ހަސަން ފަލާހު ހުށަހެޅުއްވި މައްސަލާގައި ހުކުމް އިއްވަވަމުން ފަނޑިޔާރު މުހައްމަދު ނިޔާޒް ވިދާޅުވީ، ދުސްތޫރީ މައްސަލައެއް ކުރިއަށް ގެންދިއުމުގައި ބަލަންޖެހޭ އަސާސީ ކަމަކީ ދުސްތޫރީ މައްސަލައެއްގައި ހިމެނޭ އަސާސީ ކަންތައްތަކަކީ ކޮބައިތޯ އާއި އެ ކަންތައްތަކުގެ ތެރެއިން ސުވާލު އުފައްދާ ކަމަކީ އެ ކޯޓުގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއްތޯ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވީ ފުރަތަމަ މަރުހަލާގައި ހައި ކޯޓުން ބަލަންޖެހޭ ކަމެއްގެ އިހްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް މެނުވީ އެއީ ދުސްތޫރީ މައްސަލައެއް ކަމަށް ވިޔަސް ފުރަތަމަ މަރުހަލާގައި ހައި ކޯޓަށް އެ މައްސަލައެއް ނުބެލޭނެ ކަމަށެވެ.

ފަނޑިޔާރު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ 144 ވަނަ މާއްދާގައި "ދުސްތޫރީ މައްސަލަތައް ނިންމުމުގެ ބާރު" ދީފައިވާ ގޮތަށް ބަލާއިރު ގޯތި ދިނުމުގައި ހައުސިން މިނިސްޓްރީން ނިންމާފައިވާ ގޮތް ފެތެނީ، ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެ އިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްގެ ތެރެއަށެވެ. އެކަމަކު މައްސަލަ ހުށަހެޅުއްވި ބޭފުޅުން ކޯޓުގައި ވަކާލާތު ކުރައްވާފައި ވަނީ ގޯތި ދޭ "ބިންވެރިޔާ"ގެ އުސޫލަކީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ، ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމުގެ ގަވައިދުގެ ބައެއް ކަމަށެވެ.

ނަމަވެސް ހުކުމުގައި ބުނީ، އެ އުސޫލަކީ ބިމާ ބެހޭ ގަވައިދުގެ ބައެއް ކަމަށް ބަލަންޖެހޭ ގާނޫނީ ސަބަބެއް ދެއްކިފައި ނެތް ކަމަށެވެ. ކޯޓަށް ހުށަހެޅި އުސޫލަކީ ބިމާ ބެހޭ ގާނޫނަށް ނުވަތަ އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދަކަށް ހަވާލާދީފައި ނެތް އެއްޗެއްކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އެހެންވެ، އެ އުސޫލާއި އުސޫލާ އެކު ނެރުނު އިއުލާނަކީ ކޮން ގާނޫނެއްގެ ނުވަތަ ކޮން ގަވައިދެއްގެ ދަށުން ނެރުނު އެއްޗެއްކަން އެނގެން ނެތް ކަމަށް ވިދާޅުވި އެވެ.

ހުކުމުގައި ބުނީ ހައުސިން މިނިސްޓްރީން ކުރާ ކޮންމެ އިއުލާނަކީ ބިމާ ބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ގަވައިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ އުސޫލެއް ނެތް ކަމަށެވެ.

"މި މައްސަލާގައި ސުވާލު އުފައްދާ އުސޫލަކީ އެއްވެސް ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ނުވަތަ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ކަމަށް ބެލެވޭނެ ގާނޫނީ ހަމައެއް ނެތް" ކަމަށް ފަނޑިޔާރު ނިޔާޒްގެ ރައުޔު އިއްވަވަމުން ވިދާޅުވި އެވެ.

އެއީ ހައި ކޯޓުގައި ފުރަތަމަ މަރުހަލާ އިން ބެލޭނެ ދުސްތޫރީ މައްސަލައެއް ނޫން ކަމަށް ނިންމީ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ނިޔާޒްގެ ރައުޔަށް، ބެންޗުގައި ދެން ތިއްބެވި ހަތަރު ފަނޑިޔާރުންގެ ތާއީދާ އެކުގަ އެވެ. އެއީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އަދި ފަނޑިޔާރު ދީބާނާޒް ފަހުމީ އެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ހުޅުމާލެ އާއި ގުޅިފަޅުން ދޫކުރާ 3،000 ގޯއްޗަށް އެދުމުގެ ޝަރުތަކަށް އެންމެ ފުރަތަމަ ކަނޑައެޅީ މާލޭ މީހުން ކަމުގައި ބަލަނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން ތަނެއްގައި ރަޖިސްޓަރީވެފައި ނުވާ މީހުން ކަމަށެވެ. އެކަމަކު ފަހުން އެ ބަދަލުކޮށް މިހާރު އޮތީ ސަރުކާރުން ކަނޑައެޅި އުސޫލެއް ނުވަތަ ގަވާއިދެއްގެ ސަބަބުން ކުރިން އެހެން ތަނެއްގައި ރަޖިސްޓަރީވެފައި އޮތަސް، އެ މީހެއްގެ މަންމަ ނުވަތަ ބައްޕައަކީ މާލޭ މީހެއް ކަމަށްވާ ނަމަ އަދި އެއީ މިހާރު މާލޭގައި ރަޖިސްޓްރީވެފައިވާ ނަމަ އެއީ މާލޭ މީހެއް ކަމަށް ބެލެވޭނެ ކަމަށެވެ.

9 ކޮމެންޓް, 11 ރިއެކްޝަންސް

icon happy icon happy 18%
icon sad icon sad 0%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 18%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާލޭ މީހެއް

11 December 2022

ރަށްރަށުން އެރަށެއްގެ މީހުންނަށް ކިތަންމެ ވަރަށް ގޯތިދީ އަދި ދަނޑު ހައްދަން ބިންތައް ދިނަސް މާލޭ މީހުންނަކަށް އެއްވެސް އަސަރެއް ނުކުރޭ. މިފަހަރުވެސް އެބަހުރި މާލޭ މީހުންނަށް ލިބުނު ގިނަ ފުލެޓްތަކެއް އަތުލާފައި, ދުވަހަކުވެސް މާލޭގައި ދިރިނޫޅޭ ރަށުގައި ދިރިއުޅޭ މީހުންނަށް ދީފައި. އަދި ދެމަފިރިންނަށްވެސް އެބަހުރި ހިޔާ ފްލެޓް ލިބިފައި. އަދި ލިސްޓްގެ 1 ވަނައިގާ އޮވެގެން ހިޔާ ފްލެޓް ޙައްޤުވި މީހާގެ ފިރިމީއަށްވެސް ފޭސް1 އިން 3 ކޮޓަރީގެ ފްލެޓެއް ލިބިފައި ހުއްޓާ ފްލެޓް ލިބުނީ. އެހެންވީމާ, އެވެރިއަކު ހެދިއެއްޗެއް ހެދޭނެ އިންސާފުން ކަންކަން ނުވިޔަސް. މާލޭގެ ގެދޮރުގެ ދަތިކަން ހުރި އަދި ގެދޮރުގަނެވޭނެފަދަ ތަނަވަސްކަންނެތް މީހުން ދަންފަޅި ބަހައިގެން މަތިމައްޗަށް ދަތިހާލުގައިވެސް ނިދުނިއްޔާ ނިދުނު. ތިބޭނަން. އިން ޝާ ﷲ. އަނިޔާވެރިންނާމެދު ސުވާލުވެވޭނެ ދުވަހެއް އަންނާނެ.

The name is already taken The name is available. Register?

ޭހެެހދހު

11 December 2022

މާލެެ އިން ތަ ދެނީ

The name is already taken The name is available. Register?

ޕޫރުބެ

12 December 2022

ކޮއިފުޅާ އެއީ މާލެތަ؟ ދައުލަތުން ރައްޔޮތުންގެ ފައިސާ ޚރަދުކޮގެން ހިއްކާ އެއްވެސް ބިމެއް ހިލޭ އެއްވެސް ބަޔަކަށް ދިނުމަކީ ގަބޫލުކުރެވޭނެ ގޮތެއް ނޫން.

The name is already taken The name is available. Register?

ރައްޔިތުސޮރު

11 December 2022

އެއީތެދެއް މާލޭގެ ރަޖިސްޓަރީގަތިބި ވަޔިބަޔަކަށް ތަފާތުކުރުން ގެންގުޅެންޏާ އަނިޔާލިބުނު މީހުންނަށް ވޯޓުން ތަފާތު ދެއްކިދާނެ ކޯޓުން ނަތީޖާ ނުނެރެވުނަސް ވޯޓުން ނަތީޖާ ނެރެވޭނެ.

The name is already taken The name is available. Register?

އަބްޑޫޅް

11 December 2022

ހޫނ ހޫނ، ކޮންމެއަކަސް، އުސޫލެއްގެ ގޮތުން ބަލާ އިރު، މިހާރުން މިހާރަށް މިކަން ބެލެވެން ޖެހޭ.

The name is already taken The name is available. Register?

މ‫ޮރޮކޯގެ ވެރިރަށް

11 December 2022

ފ‫ުރަތަމަ ކަމަކަށް ރައީސް އެބަޖެހޭ އެޗްޑީސި ތެރޭގައި ބޮޑެތި ކޮރަޕްޝަން ހިންގާ މީހުންނާ ގާނޫނު އަރާ ހަމަ ކުރާނެ ގޮތެއް ހަދަން

The name is already taken The name is available. Register?

ރާކަނިމަސް

11 December 2022

ފުލެޓު އެޅުމުގެ ނަމުގައި ހުޅުމާލޭން ބޮޑެތި ބިންތައް ފޭރިގެން ރައްޔިތުން ބޮޅުގައި ހޭބޯނާރާ ފުލެޓު ދަރަނި އަޅުވަން އުޅޭ ދަހިވެތި ބަޔަކު ކޯޓަށް ވެއްދި މައްސަލަ ބަލައިގަންނާކަށް ނުޖެހޭ. ކޯޓުގެ ނިންމުން ބަރާބަރު .

The name is already taken The name is available. Register?

ޕޫރުބެ

11 December 2022

ގާނޫނީ އިމުން ވަކި ބަޔަކަށް މަންފާވާ ގޮތަށް ގާނޫނު އަސާސީ އާއި ކަނޑައެޅިގެން ޚިލާފަށް ކުރާ ކަންކަން ބެލޭނެ ކޯޓެްއްވެސް މިގައުމުގަ ނެތީތަ؟

The name is already taken The name is available. Register?

އާދޭސް

11 December 2022

ދިވެހިން ދިވެހިންނާ އޮޅުލަ އޮޅުލަ ތިއްބާ، ބޭރު މީހުން މިތަނުން ކުރެވެން ހުރިކަމެއްވިއްޔާ ކުރަމުން އެގެންދަނީ، ދިވެހިން ދިވެހި ފަސްގަނޑުގަ ބިކަކުރަމުން މިދަނީ ދަހި ވިޔަފާރިވެރިނގެ ދަހިކަމުން. ސަރުކާރުތަކުން ކޮންމެވެސް ވަރަކަށް ދިވެހި ނިކަމެތިންނަށް ބާރުތަކެއް ލިބޭ ގޮތަށް ކަންތަށް ތަކެއް ކުރާނެ ދުވަސް ދެކެން ވަރަށް ބޭނުން، ދިވެހިން މިޔަަށްވުރެ އެކުވެރިވާން ވެއްޖެ ނޫނީ އާޙިރު ނަތީޖާ ވަރަށް ހިތި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454