ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު، މީގެ ކުރިން ބޭއްވި އިވެންޓެއްގައި މީޑިއާއާ ވާހަކަދައްކަވަނީ.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
07 ޖުލައި 2025 - 11:15
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ދޭ ގޯތިތަކުގެ އެއްބަސްވުމަށް ބަދަލު ގެނައީ ބިމާ ބެހޭ ގާނޫނާ ފުށުއަރާތީ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ.
މުއްތަލިބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިންވެރިޔާ ސްކީމުން ގޯތި ދޫކުރުމަށް ކުރެވޭ އެއްބަސްވުމަށް ބަދަލު ގެނައީ ދައުލަތުން ހަދާ އެއްބަސްވުންތައް ހުންނަން ޖެހެނީ ގާނޫނާ ފުށުނާރާ ގޮތަށް ކަމަށް ވާތީ ކަމަށެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ ސްކްރީންޝޮޓެއް ހިއްސާކުރައްވައި މުއްތަލިބް ކުރެއްވި އެ ޕޯސްޓުގައި ވިދާޅުވީ ދިރިއުޅުމަށް ގޯތި ދެވޭ ގޮތް ވަރަށް ސާފުކޮށް އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
ބިިމާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ހ)ގައި ބުނެފައި ވަނީ ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނީ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗެއް، ބައިކޮށްދެވިފައިވާ ބަންޑާރަ ގޯއްޗެއް، އަމިއްލަ ގޯއްޗަކުން ބައެއް، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް ނުވަތަ އެއްމެދު އިމާރާތެއްގެ ފުލެޓެއް ލިބިފައި ނުވާ މީހަކަށް ކަމަށެވެ. އަދި ކުރިން ލިބިފައި އޮތް ގޯއްޗެއް ނުވަތަ ފްލެޓެއް ދޫކޮށްލާ މީހަކަށް ވެސް ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރެވޭނެ އެވެ.
އެ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެއްވެސް މީހަކަށް، އެއްވެސް ރަށަކުން ދިރިއުޅުމަށް އެއް ގޯއްޗަށް ވުރެ ގިނަ ގޯތި ނުދެވޭނެ ކަމަށެވެ. އަދި ދިރިއުޅުމަށް ބަންޑާރަ ގޯއްޗެއް ލިބިފައިވާ ރަށް ނޫން އެހެން ރަށަކުން މީހަކަށް ގޯއްޗެއް ދޫކުރެވޭނީ ސަރުކާރުން ކަނޑައަޅާ ކުއްޔަކަށް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ބިންވެރިޔާ ސްކީމްގެ ދަށުން އެތަނުން ދޫކުރާ ގޯތިތަކަށް ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރެޖިސްޓްރީ ހޯދުމަށް އެދި ހުށަހެޅުމަށް ހައުސިން މިނިސްޓްރީން މި މަހު އެކެއްގައި ވަނީ ހުޅުވާލައިފަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެދި ގުޅިފަޅު ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް، ގިރާވަރުފަޅުން ކުރިން ދޭން ނިންމި ގޯތިތައް ގުޅިފަޅުން ދޭގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. އެހެންވެ، ކުރީގެ ރަޖިސްޓްރީތައް ބާތިލުކޮށް، ގޯތި ލިބޭ ސަރަހައްދުތައް އަލުން ކަނޑައަޅަން ވަނީ ގުރުއަތު ނަގައިފަ އެވެ.
މިނިސްޓްރީން ބުނެފައި ވަނީ އާ ބަދަލާ އެއްގޮތަށް، ގޯތި ލިބިފައިވާ މީހުންނަށް "ބަންޑާރަ ގޯތީގެ ރަޖިސްޓްރީ" އާއި "ބަންޑާރަ ގޯތީގެ އެއްބަސްވުން" ދޫކުރާނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށް އެކަމަށް އެދުމުން، އެޕޮއިންޓްމެންޓް އުސޫލުން ކަމަށެވެ.
އެނގިފައިވާ ގޮތުގައި، ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ ގުޅިފަޅުގެ ގޯތިތަކުގެ އެއްބަސްވުންތަކަށް ގެނައި ބަދަލުގައި ވަނީ "މާލެ ސަރަހައްދު"ގެ ބަދަލުގައި "ރާއްޖޭގެ އެއްވެސް ސަރަހައްދަކުން" ގޯތި ލިބިފައިވާ މީހެއް ނޫން ކަމަށް އެއްބަސްވާ ކަމަށް ބަޔާންކޮށްފަ އެވެ.
އެކަމަކު، ޖޫން 26، 2022 ގައި ސަރުކާރުން ގެޒެޓްކޮށްފައިވާ "ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"އާ މި ބަދަލު ފުށުއަރަ އެވެ. އާންމުންގެ ކަންބޮޑުވުން އޮތީ އެ މައްސަލާގަ އެވެ.
"ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލު"ގެ ތިންވަނަ މާއްދާގެ (ނ)ގައި ބުނެފައި ވަނީ އެ ސްކީމުގެ ދަށުން ގޯތި ހޯދުމަށް އެދޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭ ޝަރުތެއްގެ ގޮތުގައި "މާލެ ސަރަހައްދު [މާލެ، ހުޅުމާލެ، ވިލިނގިލި]ގައި" އަމިއްލަ ނަމުގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހި ކަމެއް ރަޖިސްޓަރީވެފައި ނެތުން ކަމަށެވެެ. އަދި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ރަޖިސްޓްރީކޮށްފައި އޮތް ނަމަ އެތަނެއް ދޫކޮށްލަން ޖެހޭނެ ކަމަށެވެ. މާލެ ސަރަހައްދު ނޫން އެހެން ތަނެއްގައިި ގޯއްޗެއް އޮވެގެން ނުވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަންސާމްް
08 July 2025
މިއީ ވަރަށް ރަނގަޅު ނިންމުމެއް. މި ނިންމުން ނިންމަންޖެހޭނީ ހަމަމިހެން.
ގުދުގުދާބެއްޔާ
08 July 2025
މުއްތަލިބު ހަދާ އެއްބަސް ވުމެއްގަ ސޮއިކުރާނެ އެކަކުވެސް ނެތް! ތިޔަ އެއްބަސް ވުން އޮޅާލާ!
ބައްސާމްް
08 July 2025
ކަލޭމެންނަށް ލިސްޓުގަވާ ގޮތަށް ގޯތި ދިނީމަވެސް އެވަނީ ބޮޑު މައްސަލައަކަށް. ނުދިނަސް ހީވަނީ އެހެންފަދަ ކަމެއްހެން. ހަމަ މި އެގްރިމަންޓްގަ ސޮއި ކުރަންޖެހޭނީ. ހުރިހާ މޮޅެއް ނުލިބޭނެ. އެހެންނޫނީ ލިބުނު ގޯތި ދޫކޮށްލާ. ތި ނަގާނެ އެހެންމީހުން އެބަތިބި.
ކުދުބެއްޔާ
07 July 2025
ގާނޫނާ ހިލާފަށް މީހަކު ކަމެއްކޮށްފިނަމަ އެކަމުގެ ހައްލު ހޯދާނީ އަމިއްލައަކަށް ނޫނެވެ. ކޯޓުތައްހަދާފަ ހުރީ އެކަމުގެ ހައްލު ހޯދާދޭންކަން މުއްތަލިބަށް ނޭގެނީހެއްޔެވެ؟
މިގްދާދްް
08 July 2025
ބަލަ ގާނޫނުން ބޭރުން ކިހިނެތްތަ އެގްރީމަންޓްހަދާނީ. ފާހަގަވާކަމެއް އޮތުމުން އެކަން ހައްލުކޮށް ސޮއި ކުރުން މާ ބުއްދިވެރިއެއްނުން.
ޔޫނުސް22
07 July 2025
ކ. މާފުށި ހިއްކިބިމުން ދޫކޮއްފައިވާ ބިންތައް އެ ލިބުނު ފަރާތްތަކުން 4 5 މިލިއަނައް ވިއްކަމުން އެދަނީ ކޮން ހަމައަކުންތޯ މިނިސްޓަރ އާ ނޫހުން ސުވާލްކޮށްލަދެއްވާ! އެބިން ކިއްކާފައިވަނީ ހަމަރައްޔިތުންގެ ފައިސާއިން ނޫންތޯ!
ގުދުގުދާބެއްޔާ
07 July 2025
ހުޅުމާލޭގެ ފޭސްދޭކުން ދިން ގޯތިތައްވެސް މިއަށް ނުފެތޭބާ؟ ކަނޑުކޮސް ކަންތައް ކުރާ ސަރުކާރެއް މިއީ! ވޯޓް ދިނުން ހަރާމުން ހަރާމް!
އަބުދުލްކަރީމްއަބޫބަކުރު
07 July 2025
މިނިސްޓަރު ފައިވާންޖޯޑުކޮޅުން ކުޑަތަންކޮޅެއް ދުރަށް ވިސްނައި ބައްލަވަބަލަ! ގާނޫނު ފުށުނާރާ ގޮތަކަށް އުސޫލުގެ ދަށުން ކިތައް ގޯތި،ފުލެޓުތޯ ދެވިފައިހުރީ. ވާރުތަ، މިލްކުވެރި ގޯތި ފުލެޓު ތިއްބައި ކިތައްމީހުނަށްތޯ ގޯތިފުލެޓުދެވި ކޮންބައެއްގެތޯ ކުރީގެތަންތަން ދޫކޮށްލީ.މާލޭގައި ބޯހިޔާނުވާމީހުންތިބީ އަދިވެސް ހިޔަލެއްނެތި. ވިލިގިލި ހުޅުލޭފަޅު ގުޅިފަޅު މުޅިރާއްޖޭގެ ރައްޔިތުން ދަރަނިވެރިވެގެން އާބާދުކޮށް ބަޔަކު ވިޔަފާރި ކުރާއިރު އާންމުނަށް ކޯޗެއްލިބުނީ.
ދިވެސް ރެފިއުޖީ
07 July 2025
ޢަޅުގަނޑަކީ ރާއްޖެތެރެއިން މާލެއަށްހިޖްރަކޮއްފާވާ ރެފިއުޖީއެއްރަށުން ބޯހިޔާވަހިކަމެއް ހޯދަން ސިޓީލީމަޖަވާބަކީ މާލޭގައުޅެބޮޑުވެ މާލޭގަ ދިރިއުޅޭތީވެގޯޗެއް ލިބެންނެތްވާހަކަ މާލޭސަރަހައްދުން ބޯހިޔާވެހިކަން ދެވޭވަރަށް ސަރުތެއްހަމައެއްނުވި ކޮންމެވެރިކަމެއްގަ ވަނީބާކީ މާލޭގަ އުޅޭތާ 30އަހަރުވީ4ކުދިންއެބަތިބިއެންމެބޮޑީ17 އަހަރުގެ ކުއްޖެއް އެއްކޮޓަރީގަ 6 މީހުން މިދިރިއުޅެނީ ސަރުތަކީ ކޮބާކަމެއް ނޭންގުނު ޕެންސަންފަންޑަށް ކޮންމެމަހަކު ލިބޭމުސާރައިންކަނޑާ
ޢަރުތަ
07 July 2025
ގޯއްޗާ ފުލެޓް ދޭން ތިބޭ މީހުނަށް "ޝަރުތު" ދައްކައިގެން ފުލެޓް ހޯދައިގެން އުޅޭ މީހުންވެސް މަދެއް ނޫން، ފުލެޓާ ގޯތީގެ މައްސަލަ އަކީ އަބަދުވެސް ހަމަޔާ އިންސާފުން އެއްކިބާވެފަ އޮތް ބޮޑު ޖަރީމާއެއް، ވަކި މިހާރަކު ނޫން، ފެށުނީއްސުރެވެސް.
އިންސާފާ
07 July 2025
ކޮންމެވެސް ކުއްޖެއް ބަލާދީބަލަ މި ގޯތިތައް ހަދަން މާލެ ވީމާ 3 މިލިއަން ރާއްޖެތެރެވީމާ 1 މިލިއަން ސޯޝަލް ހައުސިންގ ލޯން ދޭން މިއުޅެނީ ގާނޫނާއި އެއްގޮތަށްތޯ ނުވަތަ އިންސާފުންތޯ
ޒާމިރާާ
08 July 2025
ދެން ކިހާވަރެއްތަ ކަލޭ ބޭނުމީ. ބަލަ ކަލެއަށް ކޮންމެ ވަރެއް ލިބުނަސް މިކަން ކުރަން މި ލިބުނީ މި ސަރުކާރުން. ހޯޯޯޯޯޯޯ
ސަންތިމަރިޔަނބުގެ އަލީ
07 July 2025
ތިއީ ރަނގަޅު ނިއްމުމެއް. އަދި ދަންނަވާލަން 2028 ގެ ވޯޓު ވިން ވާން އޮތީ މާލެނޫން ގޮތެއް ހިފައިގެން އަންނަ ޕާޓިއަކަށް،
ސަލިމާ
07 July 2025
ލޮލް
ޕިންޑޭ
07 July 2025
އެމްޑީޕީން ކުރި ހުރިހާ ގޯސް ކަމެއް އިތުރަށް އަދި ބާރަށް ކުރިއަށް!
ޢަރުތަ
07 July 2025
އެހެންވީމަ ދިވެހި ރއްޔިތުންނަށް ސަހަލު ވެރިކަމެއް ކޮށްދޭނެ ބަޔަކާ އަދި ދިމާނުވޭތާ، މިވެރިންވެސް ހަމަ އެއްގޮތަކަށް ވެސް ކަމަކު ނުދޭ، އަނެއްކާ އެހެން ބަޔަކު ހޯދަން ރައްޔިތުން ފޫގަޅަންވީ.