ޚަބަރު / އެޗްޑީސީ

ކްރިމިނަލް ކޯޓު ހިންގަން ހުޅުމާލެ އިން ދިން އިމާރާތް ޑިޒާސްޓާއަކަށް ނުދޭ: އެޗްޑީސީ

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ދޫކޮށްފައިވާ ހުޅުމާލެ ކޮވިޑް ފެސިލިޓީ އިމާރާތް -- ފޮޓޯ: ނިޝާން އަލީ | މިހާރު

ކްރިމިނަލް ކޯޓު ހިންގުމަށް ހުޅުމާލެ އިން ވަގުތީ ގޮތުން ދީފައިވާ، ކުރީގެ ކޮވިޑް ފެސިލިޓީ އިމާރާތް މީގެ ކުރިން އެހެން ބަޔަކަށް ދޫކޮށްފައި ނުވާނެ ކަމަށް އެޗްޑީސީން މިއަދު ބުނެފި އެވެ.

އެޗްޑީސީން އެހެން ބުނީ، ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮފީސް ހިންގުމަށް އެ އިމާރާތް ހަވާލުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފައި ވަނިކޮށެވެ.

އެޗްޑީސީން ބުނީ ޑިޒާސްޓާއަށް، ރަސްމީކޮށް ހުޅުމާލެއިން އަދި އެއްވެސް ބިމެއް ހަމަޖައްސައި ނުދޭ ކަމަށެވެ. ނަމަވެސް ޑިޒާސްޓާއަށް ދިމާވެފައި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް، އެ އޮތޯރިޓީ އާއި އެޗްޑީސީ އަދި ސަރުކާރުން ގުޅިގެން މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯދައިދޭނެ ކަމަށް ވެސް ބުންޏެވެ.

އެޗްޑީސީގެ ޕަބްލިކް ރިލޭޝަން މެނޭޖަރު އަހްމަދު މިމްރާހު "މިހާރު" އަށް ވިދާޅުވި ގޮތުގައި، ކޮވިޑް ފެސިލިޓީ އެންމެ ފަހުން ބޭނުންކުރީ މާލެ ނީލަން ފިހާރަ ސަރަހައްދުގައި ހިނގި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ދިނުމަށެވެ. މިހާރު އެ އިމާރާތް ދީފައި ވަނީ ވަގުތީ ގޮތުން ކްރިމިނަލް ކޯޓު ހިންގުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ކްރިމިނަލް ކޯޓު ވަގުތީ ގޮތުން ހިންގުމަށް ދޫކޮށްފައިވާ ހުޅުމާލެ ކޮވިޑް ފެސިލިޓީ އިމާރާތުގެ އެތެރެ -- ފޮޓޯ: ނިޝާން އަލީ | މިހާރު

"ކްރިމިނަލް ކޯޓަށް އެ ތަން ދިނީ ވަގުތީ ގޮތުން. އެއީ ގާތްގަނޑަކަށް ދޮޅު އަހަރަށް،" މިމްރާހް ވިދާޅުވި އެވެ.

ކޮވިޑް ފެސިލިޓީ ހަދާފައި ހުރީ ޓްރީޓޮޕް ހޮސްޕިޓަލުގެ ކުރިމަތީގައި އޮންނަ ބިމެއްގަ އެވެ.

ޑިޒާސްޓާއިން މިދިޔަ އަހަރުގެ ޑިސެމްބަރުގައި ބުނެފައި ވަނީ ހުޅުމާލޭގައި ކޮވިޑް ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކުރި އިމާރާތް އެ އޮތޯރިޓީގެ އޮފީސް ހިންގުމަށް ދޭން ނިންމައި އެތަން އެޗްޑީސީން ވަރަށް އަވަހަށް ހަވާލުކުރާނެ ކަން ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ސުނާމީ ކާރިސާއަށް ފަހު 2004 ގައި އުފެއްދި އެންޑީއެމްއޭގެ އޮފީސް މިހާރު ހިންގަނީ މާލޭގައި ހުންނަ ރިހިޖެހި ކޮށީގަ އެވެ. އޭގެ ކުރިން، އެ އިދާރާގެ މަސައްކަތްތައް ކުރިއަށް ގެންދިޔައީ މާލޭގެ އެކި ސްކޫލުތަކާއި ސޯޝަލް ސެންޓަރާއި ދަރުބާރުގެ އާއި ސިވިލް ސާވިސް ކޮމިޝަންގެ އިމާރާތުގަ އެވެ.

ޑިޒާސްޓާގެ އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ހެދުމަށް ވޯލްޑް ބޭންކުން ވަނީ ފަންޑު ވެސް ހަމަޖައްސައި ދީފަ އެވެ.

މާލޭގައި ކްރިމިނަލް ކޯޓު މިހާރު ހިންގަމުން އަންނަ އިމާރާތް ބާވުމުގެ ސަބަބުން ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް ނިންމައި، އެ ތަނުގައި ކުރަމުން އަންނަ މަސައްކަތްތައް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ، އެ ކޯޓުގެ މަސައްކަތްތައް ކުރުމަށް ހުޅުމާލޭގެ ކޮވިޑް ފެސިލިޓީ އެޗްޑީސީން ވަނީ ހަމަޖައްސައި ދީފަ އެވެ. އެތަނަށް އެއްޗެހި ބަދަލުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

1 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

07 March 2023

ދައުލަތުގެ ޙަޒާނާއިން ބޮޑުއަގުގައި ހުޅުމާލެއިން ބިން ގަނެފައި ކ.އަތޮޅު މާލޭމީހުނަށް "ހިލޭ" ގޯތި ބެހުމުގެ ބަދަލުގައި ހުޅުމާލެ ޓްއަރިޒަމް އައިލެންޑް ނުވަތަ ފޭސް ތިނެއްގައި ހިއްކާފައިވާ ބިމަކީ މާލޭގައިހުރި ސަރުކާރު އޮފީސްތަކާއި ދައުލަތާއި ދައުލަތް ޙިއްސާވާ ކުންފުނިތަކުގެ އޮފީސް އިމާރާތް ތަކަށް ޙާއްސަ ސަރަޙައްދަކަށް ހަދައި އަހަރަކު އެތައް ބިލިޔަން ރުފިޔާ ޙަރަދުކޮށްގެން ކ.އަތޮޅު މާލޭ މީހުންގެ ގެދޮރަށް ކުރާ އިސްރާފް ހުއްޓާލާކަށް ނުވޭތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454