ދުނިޔެ / ޑޮނަލްޑް ޓްރަމްޕް

ޓްރަމްޕަށް ދައުވާކުރުން މިއަދު، ލައިވް ނުކުރާނެ

04 އެޕްރީލް 2023 - 13:13

2 comments

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ މައްޗަށް ކުރެވޭ ޖިނާއީ ތުހުމަތުތަކާ ގުޅޭ ގޮތުން މިއަދު ކޯޓަށް ހާޒިރުކޮށް، ރަސްމީ ގޮތުން އޭނާގެ މައްޗަށް މިއަދު ދައުވާ ކުރާނެ އެވެ.

ދައުވާ ކުރުމަށް، ޓްރަމްޕު މިއަދު ކޯޓަށް ހާޒިރު ކުރަނީ، މެންހަޓަންގެ ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން، ޓްރަމްޕުގެ މައްޗަށް ކުރި ޖިނާއީ ތުހުމަތުތަކުން ފާހަގަވި ކަންކަމާ ގުޅޭ ގޮތުންނެވެ. އެމެރިކާގެ ރައީސްކަމުގެ މަގާމުގައި ޓްރަމްޕު ހުންނެވި ދުވަސްވަރު އެ ތަހުގީގުތައް ފެށީ، ބަރަހަނާ ފިލްމު ކުޅޭ އަންހެނެއް ކަމަށްވާ ސްޓޯމީ ޑެނިއަލްސްއާ އެކުގައި ޓްރަމްޕު ޖިންސީ ގުޅުން ހިންގި މައްސަލައެއް ފެންމަތިވުމުން، އެވާހަކަ ނުދެއްކުމަށް ޓްރަމްޕުގެ ފަރާތުން އޭނާ އަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގަ އެވެ.

ޓްރަމްޕުގެ މައްޗަށް ދައުވާ ކުރުމަށް މިއަދު ބާއްވާ ޝަރީއަތުގެ އަޑުއެހުން، ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދެއްކުމުގެ ހުއްދަ ހޯދުމަށް، ނޫސް އިދާރާތަކުން ހުށަހަޅާފައި ވަނިކޮށް، ނިއު ޔޯކްގެ ސުޕްރީމް ކޯޓު ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ފަނޑިޔާރު ވަނީ އެ ހުއްދަ ނުދޭން ނިންމައިފަ އެވެ. ނަމަވެސް އަޑުއެހުންތައް ފެށުމުގެ ކުރިން، ކޯޓު ތެރޭގައި ޓްރަމްޕު އިންނަވާ މަންޒަރު ފޮޓޯ ނެގުމުގެ ހުއްދަ ފަސް ފޮޓޯގްރާފަރަކަށް ދިނުމަށް ވެސް ފަނޑިޔާރު ނިންމެވި އެވެ.

ސީއެންއެން ފަދަ ބޮޑެތި ނޫސް އިދާރާތަކުން، މިއަދުގެ އަޑުއެހުން ވަގުތުން ދުރަށް ދެއްކުމުގެ ހުއްދަ އަށް އެދިފައިވަނިކޮށް، ޓްރަމްޕުގެ ވަކީލުން ވަނީ އެ ހުއްދަ ނުދިނުމަށް ފަނޑިޔާރަށް އިލްތިމާސް ކުރައްވައިފަ އެވެ. މެންހެޓަންގެ އެޓާނީ އޮފީހުން ބުނީ، އެ އަޑުއެހުން ވަގުތުން ދެއްކުމާއި ނުދެއްކުމާ މެދު އެމީހުންގެ އިއުތިރާޒެއް ނެތް ކަމަށެވެ.

މިއަދު އޮންނަ އަޑުއެހުމަށް ކޯޓަށް ހާޒިރުވުމަށްޓަކައި ޓްރަމްޕު އިއްޔެ ވަނީ ނިއު ޔޯކަށް ވަޑައިގެންފަ އެވެ. އޭނާ ހުންނަވާ ޓްރަމްޕު ޓަވަރުގެ ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ އިރު، އޭނާ އަށް ތާއީދުކުރާ އެތައް ސަތޭކަ ބަޔަކު އިއްޔެ އިން ފެށިގެން ވަނީ އެ ސަރަހައްދަށް އެއްވެފަ އެވެ.

މި މައްސަލައިގައި ޓްރަމްޕު ދިފާއު ކުރުމަށް ގާނޫނީ ވަކީލުންގެ ޓީމެއް އެކުލަވާލާފައިވާ އިރު، ޓްރަމްޕު އިއްޔެ ވަނީ އެ ޓީމާ ބައްދަލުކުރައްވައިފަ އެވެ. އަދި މިއަދު ކޯޓުގައި އޮންނަ އަޑުއެހުމަށް ފަހު، އެކަމާ ބެހޭ ގޮތުން ނިއު ޔޯކްގައި ޓްރަމްޕު އެއްވެސް ވާހަކައެއް ނުދެއްކެވުމަށް ގާނޫނީ ވަކީލުން ލަފާ ދެއްވާފައިވާތީ، ޓްރަމްޕު އެ ގޮތަށް އަމަލުކުރައްވާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.

މަދަނީ ކަންކަމުގައި ޓްރަމްޕުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އަލައިނާ ހައްބާ ވިދާޅުވީ ޓްރަމްޕު ހުންނެވީ ވަރަށް ވަރުގަދަ ރޫހެއްގައި ކަމަށާއި، އެއްވެސް ކަހަލަ ކަންބޮޑުވުމެއް ހާސްކަމެއް ނެތް ކަމަށެވެ. އަދި މިއަދު ކޯޓަށް ވަޑައިގެން ހަމަޖެހިފައިވާ އުސޫލުތަކާ އެއްގޮތަށް ޓްރަމްޕު އަމަލު ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެންހަޓަންގައި ޓްރަމްޕުގެ މައްޗަށް އަދުލުވެރި ޝަރީއަތެއް ކުރެވިދާނެތޯ ސުވާލު ކުރުމުން އަލައިނާ ވިދާޅުވީ އެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

"ނޫން ނޫން، އަހަންނަށް ހީވަނީ (މި ތަނުގައި) އަދުލުވެރި ޝަރީއަތެއް ކުރެވުމަކީ ވަރަށް ދަތިކަމެއްހެން. މި ސްޓޭޓާ މެދު ޔަގީންކަން ބާއްވަން އަހަރެން ބޭނުން. އެހެން ނަމަވެސް ޓްރަމްޕުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރާތާވެސް އަހަރެއް ވެއްޖެ، އަދި ބައެއް މައްސަލަތަކުގައި ނިއު ޔޯކްގެ ކޯޓަށް ދާތާ ވެސް އަހަރުތަކެއް ވެއްޖެ. އަހަރެން ބުނަން އޮތްހާ ވެސް ވާހަކައަކީ، ކޯޓުގައި އެހެން މީހަކު ތަމްސީލު ކުރުމާއި ރައީސް ޓްރަމްޕު ތަމްސީލު ކުރުން ވަރަށް ތަފާތޭ."

ސްޓޯމީގެ ފަރާތުން އެ ވާހަކަތައް ފަޅާއަރުވައިލީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަތަންވެފައި ވަނިކޮށެވެ. އެ ވާހަކަތައް އިތުރަށް ނުދެއްކުމަށް އެދި، 2016ގެ ރިއާސީ އިންތިޚާބުގެ އެއް މަސް ކުރިން ޓްރަމްޕުގެ ފަރާތުން ސްޓޯމީ އަށް 130000 ޑޮލަރު ދިން ކަމަށް، ޓްރަމްޕުގެ ކުރީގެ ވަކީލު މިޝެލް ކޮއެން ވަނީ، ހުވާ ކުރައްވައި ހެކިބަސް ދެއްވައިފަ އެވެ.

މި މައްސަލައިގައި ޓްރަމްޕުގެ މައްޗަށް ދައުވާ ކުރެވިދާނެ އެތައް ކުށްތަކެއް އެބަ ހުއްޓެވެ. އޭގެ ތެރޭގައި ވަކީލު މެދުވެރިކޮށް ސްޓޯމީ އަށް ރިޝްވަތުގެ ގޮތުގައި 130000 ޑޮލަރު ދިނުމަކީ އެއް ކުށެވެ. އެ ފައިސާގެ ބަދަލުގައި ޓްރަމްޕުގެ ކުންފުނިން ވަކީލަށް ފައިސާ ދިން އިރު، އަދަދު އޮޅުވައިލުމުގެ ގޮތުން ވަކީލުގެ އެކައުންޓަށް 420000 ޑޮލަރު ޖަމާކޮށް، އަސްލު އޮޅުވައިލަން މަސައްކަތް ކުރުން ހިމެނެ އެވެ.

ކަމެއްގައި ހަނުހުރުމަށް ފައިސާ ދިނުމަކީ އޭގެ ޒާތުގައި ކުށެއް ނޫނެވެ. ނަމަވެސް އެކަމުގައި އަމަލު ކޮށްފައި ހުރި ގޮތަށް ބަލާއިރު، ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވައިލުމަށް މަސައްކަތް ކުރުމަކީ ޓެކުހަށް މަކަރު ހެދުމުގެ އަމަލެއްގެ ގޮތުގައި ދައުވާ ކުރެވިދާނެ އެވެ. މިހާރު ކުރިއަށް ދާ ތަހުގީގުތަކާ ގުޅިގެން، ޓްރަމްޕުގެ މައްޗަށް 30 އަށް ވުރެ ގިނަ ދައުވާ ކުރެވިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އޭގެ އިތުރުން އެ ގޮތަށް ވިޔަފާރީގެ ލިޔެކިޔުންތައް އޮޅުވައިލުމަކީ ޖިނާއީ އެހެން ކުށަކަށް މަގުފަހިކުރުމުގެ އަމަލެއްގެ ގޮތުގައި ވެސް ދައުވާ ކުރެވިދާނެ އެވެ. މި ކަމެއް ހިންގާފައިވަނީ އިންތިޚާބުގެ ތެރޭގައި ކަމަށް ވެފައި، އިންތިޚާބަށް އަސަރުކޮށްފާނޭ ކަމެއް ފެންމަތިވިޔަ ނުދިނުމަށް ކަމަށްވާތީ، އެއީ ކެމްޕޭނަށް ޚަރަދު ކުރުމުގެ ގާނޫނާ ޚިލާފަށް އަމަލު ކުރުމުގެ ކުށެއްގެ ގޮތުގައި ބެލެވޭނެ އެވެ.

މި ކުށް ސާބިތުވެއްޖެ ނަމަ، 1-4 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ދައުވާ ސާބިތުކުރުމަށްޓަކައި، ދައުލަތުގެ ވަކީލުން ކޯޓުގައި ސާބިތުކޮށްދޭން ޖެހޭނީ، އެ ގޮތަށް ފައިސާ ޚަރަދު ކުރެއްވުމުގައި، ޖިނާއީ ކުށެއް ކުރެއްވުމުގެ ނިޔަތް ޓްރަމްޕްގެ ކިބައިގައި އޮތް ކަމެވެ.

ޓްރަމްޕުގެ މައްޗަށް މިއަދު ކުރާ ދައުވާއަކީ، އެމެރިކާގެ ތާރީޚުގައި ވެސް، އެ ގައުމުގައި ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްގެ މައްޗަށް ކުރާ ފުރަތަމަ ޖިނާއީ ދައުވާ އެވެ. އެމެރިކާގެ ތާރީޚުގައި މިހާތަނަށް، ރައީސް ކަމުގެ މަގާމުގައި ހުރި ބޭފުޅެއްގެ މައްޗަށް ވެސް އަދި މަގާމުން ވަކިވެވަޑައިގެންފައިވާ ކުރީގެ ރައީސެއްގެ މައްޗަށް ވެސް ޖިނާއީ ދައުވާއެއް ކޮށްފައެއް ނެތެވެ.

2 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 100%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބީރުބޮލުވަޒީރު.

04 April 2023

ކޮންމެގޮތެއް ހަދައިގެންވެސް ޓުރަމްޕު ވެރިކަމަށް އަޔަކަނުދޭނެ. ސަބަބަކީ ޓުރަމްޕަކީ ހަނގުރާމައާއި ދެކޮޅު ބޭފުޅަކަށްވުން.

The name is already taken The name is available. Register?

މިސްޓަރ ޓިނޭ

04 April 2023

މީނާގެ ބީރީ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަައެކިނި ބޮލެއް ނޫން. ސިކުނޑި ވެސް ބީރު ވެފަ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454