ޚަބަރު / އޮޅުވާލައިގެން ފައިސާ ހޯދުން

ފާގަތިގޭ އެޕާޓްމަންޓުތަކުން ސްކޭމް ހިންގަމުން ދިޔަ ހުނައިން ތިން އަހަރަށް ޖަލަށް

ފާގަތިގެ: މި ގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދިނުމުގެ ނަމުގައި އެތައް ބައެއްގެ އަތުން ފައިސާ ނަގައި ހީލަތް ހެދި އިބްރާހިމް ހުނައިން މިއަދު ވަނީ ޖަލަށް ލާފައި. -- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މ. ފާގަތިގޭގެ އެޕާޓްމަންޓުތައް ވިއްކުމާއި ކުއްޔަށް ދިނުމުގެ ނަމުގައި އެތައް ބަޔަކަށް އޮޅުވާލައި މަކަރު ހަދައި މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާ ނެގުމުގެ ތުހުމަތު އޮތް އެ ގޭ އިބްރާހިމް ހުނައިން އަހްމަދުގެ މައްޗަށް މީގެ މައްސަލައެއްގައި އުފުލި މަކަރާއި ހީލަތް ހެދުމުގެ ދައުވާއެއް ސާބިތުވެ ތިން އަހަރާއި ދެ މަހާއި ދެ ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ހުނައިންގެ މައްޗަށް މި ދައުވާކުރީ ފާގަތިގޭގެ ތިން ކޮޓަރީގެ އެޕާޓްމަންޓެއް މީހަކަށް 19 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވުމެއް ހެދުމަށް ފަހު، އެކަން ސިއްރުކޮށް، ހަމަ އެ އެޕާޓްމަންޓް އެހެން މީހަކަށް ފަސް އަހަރަށް ކުއްޔަށްދީ އެ މީހާގެ އަތުން 27 މަސް ދުވަހުގެ ކުލީގެ ގޮތުގައި 364،500ރ. ނެގުމަށް ފަހު ވެސް އެޕާޓްމަންޓް ހަވާލުނުކުރި މައްސަލައިގަ އެވެ. މި ދައުވާގައި އެ ފައިސާ ހުނައިންގެ އަތުން ހޯދުމަށް ވެސް އެދިފައިވެ އެވެ.

ހުނައިންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިންގެ ތެރޭގައި އޭނާގެ މަންމަ ވެސް ހިމެނެ އެވެ. އެއީ ފާގަތިގޭގެ ވެރިފަރާތެވެ. ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް ހަދާފައި ހުރީ އޭނާ ލައްވައި ސޮއިކުރުވައިގެންނެވެ. އެކަމަކު ހެކިބަސް ދޭންޖެހެނީ ދަރިފުޅާ ދެކޮޅަށް ކަމަށްވާތީ އެކަމަށް އުޒުރުވެރިވެ މަންމަގެ ފަރާތުން ކޯޓަށް ސިޓީއެއް ފޮނުވި އެވެ. ޝަރީއަތުން ނިންމީ ހުށަހަޅާފައިވާ އެހެން ހެކިތަކުން، މަންމަގެ ފަރާތުން ސާބިތުކުރަން ބޭނުންވާ ކަންކަން ވެސް ސާބިތުކުރެވޭތީ އާއި ދައުލަތުގެ ވެސް އިއުތިރާޒެއް ނެތުމުން އޭނާގެ ހެކިބަސް ނުނެގުމަށެވެ.

އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ފައިސާ ދެއްކުމަށްފަހު، އެޕާޓްމަންޓް ލިބޭނެ ދުވަހެއް ނޭނގި، އަދި ދުވަހަކު ވެސް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތި، އެ މީހެއްގެ އަތުން ގެއްލިގެންދަނީ، އުމުރު ދުވަހު ކުރި މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ: ގާޒީ

ހުނައިންގެ މަންމަ ފުލުހުންނަށް ދީފައިވާ ބަޔާން ވެސް ދައުލަތުން ކޯޓަށް ހުށަހެޅި އެވެ. އޭގައި ބުނެފައިވަނީ ގޭގެ އެޕާޓްމަންޓްތައް ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ކުރާ ހުރިހާ މުއާމަލާތެއް ވެސް ކުރަނީ ހުނައިން ކަމަށެވެ. އަދި އެކަމަށް ހުނައިން ވެސް ޝަރީއަތުގައި އެއްބަސްވި އެވެ.

ޝަރީއަތުގައި ހުނައިން ވަނީ އެޕާޓްމަންޓުގެ ކުލީގެ ގޮތުގައި 364،500ރ. އާ ހަވާލުވި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ ބުނީ ދައުވާގައި ބުނާ ގޮތަށް މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެޕާޓްމަންޓް ހަވާލު ނުކުރެވުނީ ކުރިން ކުއްޔަށް ނެގި މީހާ އެތަން ހަވާލު ނުކުރާތީ ކަމަށެވެ. އެކަމަކު އެޕާޓްމަންޓް ހަވާލުކުރަން ހުނައިން އެންގި ކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށް ބުނެ، އެންމެ ފުރަތަމަ އެތަން ކުއްޔަށް ނެގި މީހާ ވަނީ ބަޔާން ދީފަ އެވެ. އެހެންވެ ޝަރީއަތުން ނިންމީ ހުނައިން ދައުވާއަށް އިންކާރުކުރީ ކަމަށެވެ.

އެހެންވެ ހުށަހެޅި ހެކިތަކަށް ރިއާޔަތްކޮށް ގާޒީ އިސްމާއިލް ޝަފީއު ނިންމެވީ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދައުވާ ސާބިތުވާ ކަމަށެވެ.

Emme bodu scam: Dhariyakah, Mayakah dheyveynee ves mivaruge landeh!

Emme bodu scam: Dhariyakah, Mayakah dheyveynee ves mivaruge landeh!

The most trusted news source in the Maldives

Mihaaru

ހުނައިންގެ މަކަރާއި ހީލަތާ ބެހޭ ގޮތުން "މިހާރު" އިން ކުރިން ޝާއިއުކުރި ލިޔުމެއް

ސާބިތުވި ކުށުގެ ދަރަޖައިގެ ގޮތުން އަސާސީ އަދަބަކީ 1 އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ. އެކަމަކު ބޯހިޔާވަހިކަން ފަދަ އަސާސީ ބޭނުމެއް ފުއްދުމުގެ ގޮތުން ހޯދާ ފައިސާ ނިގުޅައިގަނެ، އެއްބަސްވުންތަކުގެ ނާޖާއިޒް ފައިދާ ނެގުމަކީ މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ދެވޭ ބޮޑު ގެއްލުމެއް ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

"އެޕާޓްމަންޓް ކުއްޔަށް ހިފުމަށް ފައިސާ ދެއްކުމަށްފަހު، އެޕާޓްމަންޓް ލިބޭނެ ދުވަހެއް ނޭނގި، އަދި ދުވަހަކު ވެސް ލިބޭނެ ކަމުގެ އުންމީދެއް ވެސް ނެތި، އެ މީހެއްގެ އަތުން ގެއްލިގެންދަނީ، އުމުރު ދުވަހު ކުރި މަސައްކަތުން ރައްކާކޮށްފައިވާ ފައިސާ އެވެ." ހުކުމުގައި ގާޒީ ލިޔުއްވާފައިވެ އެވެ.

އެހެންވެ މިކަމަށް ރިއާޔަތްކޮށް، ގާނޫނުން ފަނޑިޔާރަށް ލިބިދޭ އިޚްތިޔާރުގެ ތެރެއިން، އަސާސީ އަދަބަށްވުރެ ހަތަރު ގުނަ ބޮޑުކޮށް ތިން އަހަރާއި ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމަށް ކަނޑައެޅުއްވީ އެވެ. މި މުއްދަތުން ވަނީ އޭނާ ބަންދުގައި ހުރި 10 ދުވަސް އުނިކޮށްފަ އެވެ.

ހުނައިން ނެގި 364،500ރ. އޭގެ ވެރިފަރާތަށް ރައްދުކުރުމުގެ ގޮތުން ހަ މަސް ދުވަހުގެ ތެރޭ ކޮންމެ މަހަކު މަދުވެގެން 60،750ރ. ސިވިލް ކޯޓު މެދުވެރިކޮށް ދައްކައި ހަލާސްކުރުމަށް ވެސް ހުކުމުގައިވެ އެވެ.

ހުނައިން ވަނީ ޖަލު އަދަބު ލުއިކޮށްދޭން ޝަރީއަތުގައި އެދިފަ އެވެ. އެކަމަކު އޭނާ ނެގި ފައިސާގެ ތެރެއިން މިހާތަނަށް ވެސް އެއްވެސް ފައިސާއެއް ވެސް އަނބުރާ ރައްދުކޮށްފައި ނުވާތީ ޖަލު ހުކުމް ޖޫރިމަނާއަށް ބަދަލު ނުކުރަން ގާޒީ ނިންމެވީ އެވެ.

19 ކޮމެންޓް, 20 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 0%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 10%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނަސީލާ

15 June 2023

18 މިލިއަންގެ ލޯނު ނަގައިގެން ހެދި ގޭގެ ފެންވަރު ނިކަން ބަލާބަލަ ، ފޮޓޯތަކުން ބަލާލީމަ ފެނޭ ގޭގެ ބޭރު ފާރުން ފެން ލީކު ވެފަ ހުރި ވަރު. އިމާރާތް ކުރި ބަޔަކުވެސް ތިއޮތީ ސްކޭމް ހިންގާފަ

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

14 June 2023

ތިކަމަކީ މުޅި އާއިލާ ގުޅި ލާމެހިންގެ ހިންގާފައިވާ ސްކޭމްގެ ލޫޓުވުމެއް. ކަޑައެޅިގެން އެގިހުރި ކަމެއްގައި ހެކިބަސް ދިނުމުން ރެކިގަތުމަށް ޖާގަނުދެވޭނެ ކަމަށް ސްޕްރީމް ކޯޓުން ދާދިފަހުން ރޫލިންގ ނެރެފައިވޭ. # އެހެން ނޫނަސް "ހެކިބަހަކީ އަމާނާތެއްކަމަށް" އިސްލާމްދީން ކަޑައަޅާފައިވާއިރު ޙައްޤު ޤާއިމް ކުރުމުގެ ބޭނުމަށްޓަކާއި ބަނޑު އަޅައި ވިހޭ ދަރިއަކާއި ދެކޮޅަށް ކަމުގައިވިޔަސް ހެކިދިނުމަށް އިސްލާމްދީން ބާރުއަޅާކަން މަންމައަށް ޤާޒީ ބުނެނުދެނީތޯ؟

The name is already taken The name is available. Register?

ޤާޟީ ގެ ނިންމުން ބަރާބަރު

15 June 2023

މުޅި ޢާއިލާއަށް ތުހުމަތުކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ! މަންމަ ގެ ހެކިބަސް ނުލައި ވެސް އޭނަގެ ކުށް ސާބިތު ކުރެވެން އޮއްވައި ކޮންމެހެން މައެއްގެ ހިތުގައި ޖެއްސުމުގެ ބޭނުމެއް ނެތެވެ. މަންމަގެ ހެކިބަސް ނުނެގުމުން އޭނައަށް ލިބޭނެ އެއްވެސް ލުޔެއްވެސް ނެތެވެ.

The name is already taken The name is available. Register?

ޒީކް23

16 June 2023

އެއީ ރަނގަޅު ވާހަކައެއް.. އޭނާގެ ދައްތަވެސް ސޮއިކޮށް ޗެކު ދީފައިވޭ..އޭނާގެ މަންމަ ސޮއިކޮށްފަ ދިން އެއްބަސްވުމުގެ މައްސަލަވެސްް ކޯޓުން މަންމައާ ދެކޮޅަށް ނިންމި.. ތިތަ ހުނެއިންއަަކީ މޮރިޝިއަސް ބޭނުން ވައްކަންކޮށްގެން ކަނޑާލި ބޮޑު ވަގެއް..އެ މައްސަލަވެސް އޭނާ ހައްޔަަރުކޮށް ދައުވާކުރި..

The name is already taken The name is available. Register?

މަންޑި

14 June 2023

ކޮބާ މަންޑޭ. އެޕާޓްމަންޓްތައް ވިއްކާފަ ޕާސްޕޯޓު ހިފެހެއްޓި މީހާ އެބަ އުޅޭ އަނބި ގޮވައިގެން މެލޭޝިއާގަ. މިހާރުން ބަލާބަލަ މީ ކިހިނެއްވާ ކަމެއްތޯވެސް

The name is already taken The name is available. Register?

ޢަނއނޖ

14 June 2023

ޙުނައިންގެ ފޮޓޯ ކޮބަ

The name is already taken The name is available. Register?

ކޮޅުކެހި

14 June 2023

މަކަރޭ. ކަމެއް ކުރެވޭނެތަ. އަލްހާނު ފަހުމީ 100 މިލިޔަނާ ގާތަށް ފައިސާ އަތުލިފަހުން ސަރުކާރުން ވިޔަފާރި ހުއްޓުވައިފި. އެކައުންޓު ހިފެހެއްޓި. މިިކަމުގައި ސަރުކާރުގެ އޮތީ ކޮންނިޔަތެއް. ސަރުކާރުން އެކައުންޓް ބަންދުރީ ރައްޔިތުންގެ ފައިދާއަށް ކަމުގައިވާނަމަ، އަލްހާނާ ހަވާލުކުރި ފައިސާ ރައްޔިތު މީހާއަށް ހޯދައިދެވެންވާނެ. ބޭންކުގައި ވަކިން ޑިޕޮޒިޓް އކ އެއް ހަދައިގެންވެސް، އެފައިސާގެ ވެރިންނަށް ހޯދައިދޭންވާނެ. މިމީހުންގެ ސަބަބުން އަލްހާނަށް ނަފާވީ.

The name is already taken The name is available. Register?

ޗ×ެރކފޗލޖރ

14 June 2023

ތިޔައީ ދުވަސްކޮޅެއްގެ ކަމެކޭ

The name is already taken The name is available. Register?

ވިކިލީކްސް

14 June 2023

ޖަލަށް ލީމާ ތިފައިސާ އޭނާ ދައްކާނެ ގޮތް ބުނެބަލަ؟ ޓެކުސްފައިސާއިންތަ ނޫނީ ޒަކާތު ފަންޑުންތަ؟

The name is already taken The name is available. Register?

ޒައިނު

14 June 2023

ޖަލުގަ ފޯނު ހުރޭ. ވިޔަފާރިކުރުމަށް މަސްތުވާ ތަކެތި ލިބޭ. ރީލޯޑު ވިޔަފާރިއާ މީސްމީހުންގެ އެކައުންޓުތައް ދަވާލުމަށް ބޭންކާ ގުޅިގެން އެތައް ކަމެއް ކުރެވޭނެ.

The name is already taken The name is available. Register?

ޏަމްޏަ

14 June 2023

ޑޮލަރު ވިއްކާ ކަމަށް ބުނެ އޮޅުވާލާ ކަމަށްވެސް ނަން މަޝްހޫރު މީހެއްތީ. އަދި އޭގެ އަދަބުވެސް އޮންނާނެތާ ފަހުން. މާރިޔާއަށް ބޮޑުދައިތަ ކިޔާ މީހަކަށް ވަނީ. މާރިޔާގެ މީހަކަށްވި އިރު ތިވަރުގެ ހުކުމެއް އައިމަވެސް ކުޑަކޮށް ހިތްހަމަ ޖެހިއްޖެ

The name is already taken The name is available. Register?

ޖިއާގޯ

14 June 2023

ގާޒީ އިސްމާއީލް ޝަފީއުއަކީ ކްރިމިނަލް ކޯޓުގައި މިވަގުތު ހުރި އެންމެ މޮޅު ގާޒީ. ކުށްވެރިން ޖެހިލުންވާގާޒީއެއް. ބޭފުޅެއް އާދައިގެ މީހެއް، މޫނަކަށް ކަނދުރާއަކަށް ބެލުމެއްނެތި އިންސާފު ގާއިމުކުރާ ފަނޑިޔާރެއް. ސާބަސް ދަންނަވަން.

The name is already taken The name is available. Register?

ޖުހާނާ

14 June 2023

މޮޅުކަން އެނގިއްޖެ. ޚަބަރުގައި އޮތީ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަސް ކަމަށާއި، އަސާސީ އަދަބު 4 ގުނަ ބޮޑުކޮށް ޙުކުމްކުރީ 3 އަހަރާއި 2 މަހާއި 12 ދުވަހަށް ކަމަށް. އެކަމަކު އެއީ އަސާސީ އަދަބުގެ 2 ގުނަ. އަސާސީ އަދަބުގެ 4 ގުނައަށް ވާނީ 6 އަހަރާއި 4 މަހާއި 24 ދުވަސް. ޚަބަރުގައި އެއޮތީ ޙުކުމްކުރި ގޮތަށް ކަމަށްވާނަމަ، ގާޒީގެ މޮޅުކަމުގެ ކޮޅެއްވެސް ނެތް.

The name is already taken The name is available. Register?

ޤާނޫނު ވާވެފަ

14 June 2023

ރާއްޖޭގެ ޤާނޫނުތައް ހަދާފައި ވަނީ ވަރަށް ހެއްވާކޮށް. ހުނައިނު ތިޔަ ފައިސާ ނުދެއްކިޔަސް ދައުލަތަށް ކުރެވޭނެ ކަމެއް ޤާނޫނަކު ނޯވޭ. ދައުވާ ކުރި ފަރާތަށް ލިބޭނެ އެއްވެސް އެއްޗެއް ނޯންނާނެ. މިއަށްވުރެ ބަންގާޅުގެ ގާނޫނުތައް ވެސް މާ ފުރިހަމަ. ބަންގާޅުގައި މިފަދަ ކަމެއް ދިމާވެއްޖެނަމަ އެމީހެއްގެ މުޅި މިލްކިއްޔާތު ވިއްކާފައި ނަމަވެސް އެމީހަކަށް އެފައިސާއެއް ހޯދައިދޭ. މިއީ ނޫންތޯ ޤާނުނަކީ. މަޖިލީހަށް ތަނެއް ދޮރެއް ނުދަންނަ ޖާހިލުން ހޮވީމަ ވާނީ މިހެން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454