ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަނަކަށް އައްޔަން ކުރެއްވި މަހުދީ (ކ) އަދި އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކުރެއްވި ނާފިޒް.--- ފޮޓޯ: ވީނިއުސް،. ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ފެބުރުއަރީ 2017 - 12:49
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑެޕިއުޓީ ސީއީއޯގެ މަގާމުގައި ހުންނެވި މަހުދީ އިމާދު، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަނަކަށް އަދި އެ މަގާމުގައި ކުރިން ހުންނެވި އަބްދުއް ރަޝީދު ނާފިޒު އިކޮނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ސަރުކާރުން ބަދަލުކޮށްފި އެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި ނާފިޒު މަސައްކަތް ކުރައްވާނީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިންގާ ލޭބާ އޮތޯރިޓީގެ އިސްވެރިއެއްގެ ގޮތުގަ އެވެ.
މަހުދީ އަކީ ކުރިން ވެސް އެމްޕީއެލްގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އިސްވެރިއެކެެވެ. ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަނަކަށް މަހުދީ ބަދަލުކުރެއްވިއިރު، މަގާމުގެ ނުފޫޒު ބޭނުންކުރި ކަމުގެ ދައުވާ އޭނާގެ މައްޗަށް ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް މިދިޔަ އަހަރު ފޮނުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޖ
01 February 2017
ޓްރާންސްޕޯރޓް އޮތޯރިޓީ އިން ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ދިމާވެފައިވާ ހައްލެއް ހޯދާ ދޭނެކަމަށް ހީކުރަން މިއަދުވެސް ހިދުމަތް ހޯދުމަށްޓަކައި ނަންބަރެއް ހޯދަންވެސް ބައިގަޑިއިރު މަޑުކުރަން ޖެހުނު އަދި ވެހިކަލް އެއް ރަޖިސްޓްރީ ކުރުމަށް ހުށައެޅުމަށް ރޯޑްވާދީ އެޅުމަށް އޮފީސް ތެރެއަށް ވަންނަން ބުނާއިރު އޮފީހުގެ ދޮރުހުންނަނީ ތަޅު ލެވިފަ އެތެރޭގައި ހުރި މީހަކު ނިކުންނަ ވަގުތު ހިދުމަތް ހޯދަން ވަންނަން ޖެހެނީ ދޮރު ތަޅުލެވިފައި ހުންނައިރު ހުޅުވާ ދޭނެ މީހަކު ހުންނަނީ ކީ ނޫން،
ރަޝިދުބެ
01 February 2017
ސުވާލަކީ މަހުދީތޯ މަގާމުގެ ނުފޫޒު ބޭނުންކުރީ ނުވަތަ މިހާރު ހުރި ވެރިޔާ ޖުނޭދުތޯ ނުފޫޒުގެ ބޭނުންކޮށް އެތައް ހާސް މީހުންނަށް ބޭކާރު ފަޒީފާތައްދީ ހުސްކުރަނީ! ކޮބާތޯ އޭސީސީ މިހާރު؟
ބާޔޫ
01 February 2017
މަހުދީ އަޅުގަނޑަށް ލައިސަންސެއް ދީބަ....
ފުނޯސް
01 February 2017
ކުޅޭބޭބެއަށް ހަދައިގެން މަހުދީ މިގެންގުޅެނީ. ތިޔަވާނީ ރައީސަގެ ބޮލަށް ނޮހޮރޮއްޕާން ވެގެން ގެނައި ބަދަލަކަށް. އަޅާހާ ބަތަކަށް ރިހައަޅަން ދޭ މީހެއް ރަގަޅެއް ނުވާނެ. އެމްޕީއެލް ތެރޭ މަހުދީ ގެންގުޅުނީ އެއްވެސް އަގެއްނެތް މީހަކަށް ހަދައިގެން. ސީއީއޯ ގެ މަގާމުން ޑެޕިއުޓީ ސީ.އީ.އޯ އަކަށް ޑިމޯޓު ކުރީމަވެސް ނޭގުނު ދާކަށް. މަހުދީއަށް ހަމަ އޯކޭ. އެހެންތަ ވާނީ. އެއްވެސް ކަމެއް ކުރާކަށެއް ނުޖެހޭ. މުސާރަކޮޅު ނަގައިގެން ގެއަށް. ކިހާ ފަސޭހަ ލުއި މޮޅުގޮތެއް. އަނެއްކާ ކޮބާތޯ އެމްޕީއެލް ތެރެ އުޅުއްވާ ޔާމިނުގެ ކުލާސް މޭޓް. ކިތަންމެ ނުރުހުނަސް އެސޮރަށް ކުޅެލެވޭވަރު ވާނެބާ؟؟
މުއްތޮލިބް
01 February 2017
ނާފިޒަކީ ބަދަލުކުރަން ވެފަ ހުރި މީހެއް. ޓްރާންސްޕޯޓްގެ އިސްވެރިއެއްގެ ގޮތުގައި އެތައް އަހަރުތަކެއް ހޭދަކުރިއިރު ރާއްޖޭގަ އެންމެ ބޮއްސުންލާފައިވާ ދާއިރާއަކަށް ޓްރާންސްޕޯޓް ވެފައި މިވަނީ. މާލޭގެ ބޯހާސްކަން އެތައް ގުނައަކަށް އިތުރުވެފައިވާ އެއް ސަބަބަކީ ޓްރާންސްޕޯޓް އޮތޯރިޓީގެ ދޯހަޅިކަމާ ރޭވުންތެރިކަމެއް ނެތްކަން
ފުނޯސް
01 February 2017
މަމީ މިމަހުދީ ނަމަ އެންމެ ވަގުތަކުވެސް މިސަރުކާރަކު ނުހުންނާނަން. ކުޅޭ ކުޅޭ ބޭބެއަށް މަހުދީ ވަނީ ހަދާފަ. އެެއްދުވަހު ބަދަލް ކޮށްލަފާނެ އެންމެ 5 މީހުން ތިބޭ ތަން ސާފުކުރާ ސެކްޝަންގެ ޑިޕިއުޓީ އެޗްއޯޑީ އަކަށް. އަނެއް ދުވަހު ފާޚާނާ ސާފުކުރާ ސެކްޝަނުގެ ޑެޕިއުޓީއަކަށް، އަނެއް ދުވަހު އެމްޕީއެލްގެ ކޮންމެވެސް އެހެން ޝެކްޝަނެއްގެ އެޗްއޯޑީ އަކަށް. މަހުދީއަށް ހަމަ އޯކޭ. ފިކޯއި ކުޅުންނޫން ދެން ކޮންކަމެއް މިކުރަނީ.
އަލީ
01 February 2017
މިއޭ ރަތައްގީއަކީ ތަރައްގީ އުތުރިއަރަނީ މިމަންޒަރުފެނި އެމް.ޑީ.ޕީ ރަންރީދުލޭމެން ލަގޮނޑިއަށް ކެތްނުވެގެން އެއުޅެނީ މިވަރުގެ ތަރައްގީއެއް މީންޒަމާނަކު ރާއްޖެ ދެކެފައެއްނުވޭ ރަންލީދުލޭމެނަށް ދެން ލަލަލާ ކިތަންމެ މޭކެރިއަސް މަގޭއަށް ހެޔޮ
ޙަނީިފް
01 February 2017
މަހުދީ އަށް ތިތަންވެސް ނިހިންގޭނެ. ޅަލަލާ
ޖުނައިދު
01 February 2017
މަރުހަބާ މަހުދީ
ޓޮއްޓޮއް
01 February 2017
ތަމެން ތިޔާ ބަދަލުކޮށް ރިޝަފުލް އެއް ހެދީ އެއީ އިސްލާހަށް މަސައްކަތް ކުރުމަކީ އެއީ ތަމެން ކޮމްޕިއުޓަރު އަށް ބަލަހައްޓައިގެން އިނދެ ކޮންމެ ދުވަހަކު ރިޕޯރޓް ތައް ލިޔެ ލިޔެ ޓޮއް ޓޮއް އަޑު ގޮވާ ބޫޓް އަށް އަރައިގެން އޮފީހަށް ދިއުން ނޫން ކަމެއް ތަމެން ނުކުރަނީތޭ އޭ މަމެން ބުނަން ނެތީމު އިނގޭ.