ރިޔާސީ އިންތިހާބުގެ ކެމްޕެއިން ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
24 އޯގަސްޓް 2023 - 11:27
ވެރިކަމަށް އަރަން ތައްޔާރުވާ ބަޔަކު، ރާއްޖޭގައި ބޭރު ސިފައިން ތިބުމާ ގުޅޭގޮތުން ބުހުތާނު ދޮގު ހެދުމަކީ އެއްގޮތަކަށް ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް، ރ. އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން މި އަތޮޅު އިނގުރައިދޫގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ސިފައިން ތިބޭތީ، ބައެއް ކެންޑިޑޭޓުން ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށްރަށް އޮންނަނީ ބޭރު ސިފައިންނާއެކު ފުރިފައި ކަމަށާއި ހިނގަން އުނދަގޫވާ ވާހަކަ އެ މީހުން ދައްކާ ކަމަށެވެ.
ނަމަވެސް، އެ މަންޒަރު ރަށްރަށުން ފެނޭތޯ ރައީސް ސުވާލު އުފައްދެވި އެވެ.
އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބި ކަމުގެ ތުހުމަތު އަޅުވަނީ އިދިކޮޅު ޕީޕީއެމާއި ޕީއެންސީންނެވެ.
"ބައެއް ކެންޑިޑޭޓުން ރަށްރަށަށް ދަތުރުކުރައްވާއިރު އެބަ ވިދާޅުވޭ ތިމަންނަ އަރާއިރު ބޭރު ގައުމުގެ ސިފައިން އަރާ ފުރިފައޭ އެ ރަށުގައި އޮންނަނީ. އަޅުގަނޑުމެން އެއްވެސް މީހަކަށް އެބަ ފެނޭތޯ. ހިނގާ ނުގަނެވޭއޭ ތިމަންނަމެންނަކަށް. ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި އެކަހަލަ ވާހަކަ ދެއްކުމަކީ ކަމުދާ ކަމެއް ނޫން. ހާއްސަކޮށް ރާއްޖޭގެ ވެރިކަމަށް އަންނަން ތައްޔާރުވެފައި ތިބި ބަޔަކު އެ ކަހަލަ ބުހުތާނު ދޮގު ހެއްދެވުމަކީ ހެޔޮވާ ވަރު ކަމެއް ނޫން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ރާއްޖެއަކީ މިނިވަން ގައުމެއް ކަމަށް މިއަދު ވެސް ރައީސް ތަކުރާރު ކުރެއްވި އެެވެ. މި ތަނުގެ މައްޗަށް ބަސް ކިޔޭނެ އެހެން ބައެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ބަސް ބުނާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔޭނެ ބަޔަކު ނުތިބޭނެ،" ރައީސް ވިދާޅުވި އެވެ.
ގައުމު ތަރައްގީކުރުމުގައި ހާރިޖީ ސިޔާސަތަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ގައުމުތަކާ ވަކިން އޮވެގެން ކުރިއެރުމެއް ނުލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ބާރު ސްޕީޑުގައި ތަރައްގީ ގެންދަން ބޭނުންވާނަމަ ގައުމުތަކާ އިތުބާރު ހިފޭ ގުޅުމެއް ބާއްވަންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް، ކުރީގެ ސަރުކާރުތަކުގެ ސިޔާސަތު އޮތީ އެހެން ގޮތަކަށް ކަމަށާއި ގައުމިއްޔަތުގެ ނަމުގައި ރައްޔިތުންނަށް ވިސްނައިދީ މުޅިން އެކަހެރިވެގެން ސިޔާސަތު ގެންގުޅުނު ކަމަށް ވެސް ވިދާޅުވި އެވެ. ވެރިކަމުގެ އާރާއި ބާރު ހިފެހެއްޓުމަށްޓަކައި ގައުމިއްޔަތުގެ ބަސް ބޭނުންކޮށް މީހުންގެ ސިކުނޑިއަށް ވައްދަން އޭރު މަސައްކަތް ކުރިޔަސް މި ގައުމަކަށް އެކަހެރިކޮށް ނުތިބެވޭނެކަން ރައީސް ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެންނަކީ މިނިވަން ގައުމެއް. އަޅުގަނޑުމެންގެ ބަސް ބުނާނީ އަޅުގަނޑުމެން އަމިއްލައަށް. އަޅުގަނޑުމެންގެ މައްޗަށް ބަސް ކިޔޭނެ ބަޔަކު ނުތިބޭނެ..--ރައީސް ވިދާޅުވި އެވެ.
ހާރިޖީ ސިޔާސަތު ބިނާވެފައިވަނީ ޑިމޮކްރެސީގެ ހަމަތައް ހިފެހެއްޓުމާއި މޫސުމީ ބަދަލުތައް އަދި ހަމަޖެހުމަށް ކަމަށް ރައީސް ވިދާޅުވި އެވެ. އިސްލާމީ ވަހުދަތު ކުރިއެރުމާއި މި ސިޔާސަތުގައި ހިފަހައްޓައިގެން ކުރިއަށްދާނެ ކަމަށާއި ދުނިޔޭގެ ގައުމުތަކާ އޮތް ގުޅުން އެތައް ގުނައެއް ކުރިއަރާފައިވާ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ވިދާޅުވީ އދ. ގެ އާއްމު މަޖިލީހުގެ ރިޔާސަތު ފުރަތަމަ ފަހަރަށް ބަލަހައްޓާފައިވާއިރު، މިއީ 100 އަހަރުގެ ތެރޭގައި ވެސް ނުލިބޭނެ ފުރުސަތެއް ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިނގުރައިދުއަށް ވަޑައިގަތުމުން، އެ މަނިކުފާނަށް މަރުހަބާ ކިޔަން ނުކުމެ ހުރި މީހަކާ ސަލާމްކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ
ކުދި ގައުމުތަކުގެ ލީޑަރެއްގެ ގޮތުގައި ބަސް ބުނުމުގެ ހައްގު ރާއްޖެއަށް ލިބިފައިވާ ކަމަށާއި މަޝްވަރާނުކޮށް އެއްވެސް ކަމެއްގައި ގޮތެއް ނުނިންމާ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ގުޅުން ހަރުދަނާކުރުމުގެ ފައިދާތައް ރާއްޖެއަށް ކުރެ އެވެ. ލޯންޗެއް ހޯދަން ބޭނުން ވިޔަސް، ރާއްޖޭގެ އެތެރޭގެ ހާލަތާއި ގުޅުންތަކާ ގުޅޭގޮތުން އޭރު ސުވާލު އުފެއްދިއަސް މިހާރު އެގޮތަށް ސުވާލެއް ނުކޮށްލާ ކަމަށް ވިދާޅުވި އެވެ.
ކުރިއަށް އޮތް އިންތިހާބުތަކާ ގުޅޭގޮތުން ވެސް އެ މިނިވަންކަން އޮތްކަން ރައީސް ފާހަގަކުރެއްވި އެވެ.
"އިންތިހާބުގެ ކަންކަން، އިލެކްޝަނުން ކުރިއަށްދާއިރު ވަރަށް ކައިރިން ބައްލަވަމުން އެބަ ގެންދަވާ ހުރިހާ ގައުމަކުން ވެސް. ސާފުކޮށް އެ ބޭފުޅުންނަށް އެނގިވަޑައިގަންނަވާ މިނިވަން އިންތިހާބެއް ބޭއްވުމަށް ސަރުކާރުން ޖާގަ ދީފައި އޮތް ކަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ދެ ވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ ކޮށްދެއްވާނެ ކަންތައްތައް އިއުލާނުކުރައްވައިފަ އެވެ.
އާބާދީގައި 1،928 މީހުން ދިރިއުޅޭ އިނގުރައިދޫގައި މި ސަރުކާރުން މިހާތަނަށް 65.8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވެ އެވެ. ފެނާއި ނަރުދަމާ ނިޒާމާއި އައުޓްޑޯ ޖިމް ނިންމާފައިވެ އެވެ. އޭގެ އިތުރުން ތިން މަސައްކަތެއް ނިންމާފައިވާއިރު، ފަސް މަޝްރޫއެއް ކޮންޓްރެކްޓުކޮށްފައިވެ އެވެ. ޓެންޑަރިން މަރުހަލާގައި ދެ ކަމެއް އެބައޮތެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ހައުސިން ޔުނިޓު އެޅުމާއި ބަނދަރުގެ މައްސަލަ ހައްލުކުރުމާއި ދޯނި އެހެލާ ތަނެއް އަދި ކައުންސިލްގެ އާ އިމާރާތާ އެކު އައުޓްޑޯ ހޭންޑްބޯލް ކޯޓެއް ހަދައިދިނުމަށް ރައީސް ވައުދުވެވަޑައިގަތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބޫ ސޯލިހު
24 August 2023
ކަލޭ ހެޔޮ ނުވާނެ ފައިބާ
ފާޟީޙަތް
24 August 2023
އެމީހުން އެވާހަކަ ދައްކާއިރު އެބަބުނޭ ދުވެހި ސުފައިން އެތަންތަނުން ބާލާފައޭ އެތިބި. ތިބޭފުޅުން ގޮސް ބަލާބަލަށޭ. ކީއްވެތޯ އިދިކޮޅު މެމްބަރަކަށް އެތަނަށް ނޭރެނީ. ބަލާލަންވެސް. އިތުރު ފުޅު ހައްދަވަނީ ހަމަ މަނިކުފާނުކަން ޜައްޔިތުން ޤަބޫލުކުރާވަރަށް ކަންކަން ސިއްރުކޮށް އިންޑިޔާފުލުހުންނާ ސިފައިންް ހިތުބހުރި ގޮތަކަށް އެއުޅެނީ. ހުވާ މިބުނީ މިއިންތިޚާބު އޮޅުވާލާނެ. އިމްޑިޔާ އަތް ބާނުވާނެ. ފަސާދަ ވެރިކަމެއް ތިކުރެވުނީ
5789
24 August 2023
ބަސް ނުކިޔޭތީ ދޯ ދިވެހި ރުފިޔާގެ އަގު ވައްޓާލަން ފައިސާ ޕްރިނޓް ކުރަންބުނީމަ އެކަން ތިކުރަނީ. މިހާރު އިނޑިތާއިން އެ ބުނީ 25 ރުފިޔާއަށް ޑޮލަރެއް ހަދަން.
އަލީ
24 August 2023
ނެތިއްޔާ ނެތް ވާހަކަ ބުނެލީމަ އެ ނިމުނީނު.
މައިކާލޯސް
24 August 2023
އެހެން ކަންކަމަށް ބުހުތާން ދޮގުހެދިޔަސް އޯކޭތަ؟
1729
24 August 2023
އެއީ ދޮގުކަމަށްވަނީވިއްޔާ ކީއްވެތަ ހެދި އެގްރީމެންޓް ފޮރުވަން ފޮރިން މިނިސްޓްރީން އުޅެނީ
ދޮހޮއްތު
24 August 2023
ސިއްރު އެއްބަސްވުންތަ ގިނަވެ ރައްޔިތުންނައް މާ ސިއްރުން ތި އުޅުއްވަނީ
އަންކަރަ އަންކަރަ
24 August 2023
ދެން ބޭރު ސިފައިން ތިބި އަދަދު ހާމަ ކުރަން ވީނު!
ދެން ތެދު ހަދާބަލަ
24 August 2023
ބޭރުގެ ސިފައިން ތިބި އަދަދު ހާމަކޮށް ތެދު ހަދަން އެންމެ ހެޔޮވާނީ. އެކަމު އެކަން މިސަރުކާރަކުން ނުކުރޭ. ކަންކުރަނީ ދިމާ އިދިކޮޅަށް. މައުލޫމާތު ހާމަނުކުރެވެނީ އިންޑިއާގެ ދަށުވެފަ އޮތްލެއް ބޮޑުކަމުން. އެއީ އެންމެ ބޮޑު ހަގީގަތަކީ.
ާިއައިސްތު
24 August 2023
ހެޔޮ ނުވާނެ ދިވެއްސަކު އިންޑިއާގަ ހިއުމިލިއޭޓް ކުރަންވެސް، އެކަމާ އެއްޗެކޭ ނުބުނެ ހުންނަންވެސް