ޚަބަރު / އެމްޑީޕީ

ރިޔާސީ ބަޔާނުގައި ވަނީ ދޮގާއި އޮޅުވައިލުން: އިބޫ

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. --ފޮޓޯ މަޖިލިސް

މިދިޔަ ހޯމަދުވަހު ރައީސް އަބްދުﷲ ޔާމީން އިއްވެވި ރިޔާސީ ބަޔާނަކީ، ރައްޔިތުންނަށް އެއްވެސް އުންމީދެއް ނުދެއްވައި، ދޮގުތަކާއި އޮޅުވައިލުމުގެ މައްޗަށް ބިނާކުރައްވާފައިވާ ރިޔާސީ ބަޔާނެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، ހިންނަވަރު ދާއިރާގެ އިބްރާހީމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެ އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވި ގޮތުގައި ރިޔާސީ ބަޔާނަކީ ގައުމުގެ ހާލަތާ ގުޅޭ ގޮތުން ރައްޔިތުން ކަންބޮޑުވާ ކަންތަކުގެ މައްޗަށް އަލިއަޅުވައިލަން ޖެހޭ އެއްޗަކަށް ވިޔަސް، މިއަހަރުގެ ރިޔާސީ ބަޔާނުގައި އެފަދަ އެއްވެސް ވާހަކައެއް ރައީސް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި ރާއްޖޭގެ އިގްތިސާދާއި ވަޒީފާގެ ބާޒާރާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ އޮޅުވައިލުންތަކެއް ކަމަށް އިބޫ ވިދާޅުވި އެވެ.

"މިސާލަކަށް 63،000 ވަޒީފާ އުފެއްދި ވާހަކަ އެ ވިދާޅުވަނީ. ކާކުތޯ ގަބޫލު ކުރާނީ އެ ވާހަކަ. އެ 63،000 ވަޒީފާ އުފެއްދުމުގެ ކުރިން ވެސް ރާއްޖޭގައި އެބަ އޮތް 60 ހާހަށް ވުރެ ގިނަ ވަޒީފާ. ހަމައެކަނި ސަރުކާރުގައި އެބަ އުޅޭ 30 ހާހަށް ވުރެ ގިނަ މުވައްޒަފުން. ދެން އަމިއްލަ ފަރާތްތަކުގައި އެބަ އުޅޭ ހަމަ އެވަރު. އޭގެ އިތުރުން 63،000 ވަޒީފާ އުފެއްދީމާ އޭގެ މާނައަކީ ރާއްޖޭގައި 130،000 ވަޒީފާ މިހާރު އޮންނާނެޔޭ،" އިބޫ ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެންނަށް މަގުމަތިންނާއި ރަށްރަށުން ފެނިގެން މިދަނީ އެ މަންޒަރެއް ނޫން. ވަޒީފާއެއް ނުލިބިގެން އެތައް ބަޔަކު އެބަ އުޅޭ. އެހެންވީމާ ދޮގު އެތައް ވާހަކަތަކެއް އޮޅުވައިލުންތަކެއް މި ރިޔާސީ ބަޔާނުން ފާހަގަވެގެން މިދަނީ."

އިބޫ ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ތިން ޕަސެންޓުގައި ކުރިއެރި ކަމަށް ރައީސް ވިދާޅުވި ކަމުގައި ވިޔަސް، އެއީ މި ސަރަހައްދުގެ ތަރައްގީގެ ދުވެއްޔާއި ދުނިޔޭގެ އިގްތިސާދީ ކުރިއެރުމަށް ބަލާއިރު ފަހަތަށް ދިއުމެއް ކަމަށެވެ.

"(ތިން ޕަސެންޓުގެ ކުރިއެރުމަކީ) އެއީ މި ސަރަހައްދުގެ ވެސް އެންމެ ދަށް ޕަސެންޓް. ދުނިޔޭގެ އިގްތިސާދު މި ވަގުތު ކުރިއަރާ ނިސްބަތާ އަޅައި ބަލާއިރު، ދުނިޔޭގެ އިގްތިސާދުގެ އެވްރެޖަށް ވުރެ ވެސް ދަށްކޮށް އެ އޮތީ،" އިބޫ ވިދާޅުވި އެވެ.

"އެހެންވީމާ ރާއްޖޭގެ އިގްތިސާދީ ރަނގަޅު ޕްލޭނެއް އޮތް ކަމަކަށް އަޅުގަނޑަށް ފާހަގައެއް ނުވި. މި ސަރަހައްދުގައި މިއިން ދުވަހަކު ތެލުގެ އަގު ނުދާހާ ވަރަށް ދަށަށް ގޮސްފައި މިވަނީ. ދުނިޔޭގެ ބާޒާރުގައި ކާޑުގެ ބާވަތްތަކުގެ އަގު ވަނީ ދަށްވެފައި. އެއަށް ކުރަންޖެހޭ ހޭދަ މިވަނީ މީގެ ފަސް އަހަރާ އަޅައި ބަލާއިރު އެ އޮތީ ދަށަށް ގޮސްފައި. ދާއިރު ވެސް އެކަންކަމުގެ ސަބަބުން އިގްތިސާދީ ކުރިއެރުމެއް ފެނިގެނެއް ނުދޭ ރާއްޖެއަކުން."

އޭގެ އިތުރުން އިބޫ ވިދާޅުވީ މިދިޔަ އަހަރު ނިމުނު އިރު، ރާއްޖެ ވަނީ މާލީ ގޮތުން ދުވަހަކު ދަރަނިވެރި ނުވާ ވަރަށް ދަރަނިވެރިވެފައި ކަމަށެވެ. އަދި އަންނަން އޮތް ޖީލުތަކަށް އާމްދަނީ ލިބެން ހުރި ރާއްޖޭގެ ގިރިފަޅުތަކާއި ފަރުތަކާއި ރަށްތައް ވަނީ، އެޑްވާންސް ކޮށް ފައިސާ ނަގައިގެން ވިއްކާ ހުސްކޮށްފައި ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ ބަޔާން އިއްވުމަށް މިދިޔަ ހޯމަ ދުވަހު ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވަވަނީ. -- ފޮޓޯ: ރައީސް އޮފީސް

"އޭގެ ސަބަބުން ކުރިއަށް އޮތް 10 ވަރަކަށް އަހަރުގެ ފަހުން މީގެ ނުރަގަނޅު އަސަރު ކުރާނެ. އެ ކަހަލަ ކަންތައްތަކެއް މިދިޔަ އަހަރު ފެނުނީ. އެހެންވީމާ މިއީ އުންމީދު ލިބުނު ރިޔާސީ ބަޔާނެއް ކަމުގައެއް އަޅުގަނޑަކަށް ނުފެނެ. އެއާ ޚިލާފަށް އަޅުގަނޑަށް ފެނުނީ މާޔޫސްކަމާއި ހިތްދަތިކަން ކުރިމަތިވި އަހަރެއްގެ ގޮތުގައި."

އިބޫ ވިދާޅުވީ މިދިޔަ އަހަރަކީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުވެ ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވުނު އަހަރެއް ކަމަށް ރައީސް ވިދާޅުވިޔަސް މިދިޔަ އަހަރަކީ، ރައްޔިތުންގެ އެތައް ހައްގުތަކެއް ސަރުކާރުން ހިފެހެއްޓި އަހަރެއް ކަމުގަ އެވެ. ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ، އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްގާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ވެސް، ގާނޫނުތަކަށް ބަދަލު ގެނެސްގެން ހިފަހެއްޓުމަކީ ކުރިއެރުމެއް ނޫން ކަމަށް އިބޫ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނުނީ ވޭތުވެ ދިޔަ އަހަރުތަކުގެ ތެރެއިން ޑިމޮކްރެސީގެ އެންމެ ފަހަތަށް ދިޔަ އަހަރު ކަމުގައި. އެއީ ގާނޫނުއަސާސީން ލިބިދިފައި ހުރި އެތައް ހައްގުތަކެއް ސަރުކާރުން މިދިޔަ އަހަރު ހިފެހެއްޓި. އެހެންވީމާ މިދިޔަ އަހަރަކީ ވަރަށް ހިތްދަތި، މާޔޫސްކަން ރައްޔިތުންނަށް ކުރިމަތިވެގެން ދިޔަ އަހަރެއްގެ ގޮތުގައި ފެނުނީ."

އިބޫ ވިދާޅުވި ގޮތުގައި އާންމު ރައްޔިތުން މިވަގުތު އެންމެ ކަންބޮޑުވަނީ ޝަރުއީ ނިޒާމާ މެދުގަ އެވެ. ނަމަވެސް ޝަރުއީ ނިޒާމު އިސްލާހުކޮށް އެ ނިޒާމާ މެދު ރައްޔިތުންގެ ހިތްތަކުގައި އިތުބާރު އުފެއްދެވުމުގެ އެއްވެސް ވާހަކަފުޅެއް ރިއާސީ ބަޔާނުގައި ނެތުމުން އިބޫ ކަންބޮޑުވުން ފާޅު ކުރެއްވި އެވެ. "ޝަރުއީ ނިޒާމު އިސްލާހު ކުރުމުގެ ވާހަކައެއް ނުދައްކަވާ. އެ މަނިކުފާނުގެ ފުރަތަމަ ރިއާސީ ބަޔާނުގައި ވެސް ޝަރުއީ ދާއިރާގެ ވާހަކައެއް ނެތް. އެ ގޮތަށް މިހާރު ވެސް އެ ގެންދަވަނީ. ޝަރުއީ ދާއިރާ އިސްލާހު ކުރުމާ ބެހޭ ގޮތުން އެ މަނިކުފާނުގެ ވިސްނުމެއް ނެތް."

އޭގެ އިތުރުން އިބޫ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު ރައްޔިތުން އެންމެ ކަންބޮޑުވި އެއް ކަމަކީ ދައުލަތުގެ މުދަލުން ގެއްލުނު ފައިސާތަކުގެ މައްސަލަ އެވެ. ނަމަވެސް މުޅި ގައުމު ކަންބޮޑުވެފައިވާ މި މައްސަލައާ މެދު ރިޔާސީ ބަޔާނުގައި އެއްވެސް އެއްޗެއް ވިދާޅުވެފައި ނުވާތީ، ރިއާސީ ބަޔާނުން އެއްވެސް އުންމީދެއް ނުލިބޭ ކަމަށް އިބޫ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކޮންމެ އަހަރެއްގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ލާޒިމް ކުރާ ކަމެކެވެ. ރިޔާސީ ބަޔާނުގައި ގައުމު އެ ވަގުތު އޮތް ހާލަތާއި، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައް ބަޔާންކުރަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައިވެ އެވެ.

ކޮންމެ އަހަރެއްގެ ރިޔާސީ ބަޔާން މަޖިލީހަށް އިއްވުމުން، އެ ވަގުތަކު މަޖިލީހުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިބި ޕާޓީތަކުގެ ފަރާތުން، ރިއާސީ ބަޔާނަށް، 14 ދުވަހުގެ ތެރޭގައި މަޖިލީހުގެ ޖަލްސާއެއްގައި ޖަވާބު ދޭންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 25 ވަނަ މާއްދާގައި ބުނެފައިވެ އެވެ.

13 ކޮމެންޓް, 72 ރިއެކްޝަންސް

icon happy icon happy 75%
icon sad icon sad 3%
icon angry icon angry 22%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަރީދު

08 February 2017

ރައްޔިތުންގެ ހިތް ތަކަށް އެންމެ އުފާވެރި ދުވަސް ތަކެއް ގެނެސް ދިނީ އަންނިގެ ކުޑަ ދުވަސް ކޮޅެއްގެ ސަރުކާރުން. އެއީތޯ... 1. ބޭސް ފަރުވާ ސަރުކާރުން ހިލޭ ދޭން ނިންމި. 2. ހަގީގީ މާނާގައި ސްކޫލް ފޮތް ލިބެން ފެށި( މިހާރު ދޭ ފޮތްތައް 1 މަހަކުވެސް ނުވޭ.) 3. ތީމުގެއަށް ނުގޮސް ދައުލަތުގެ އެހީ ލިބޭނެ ގޮތް ފަހިވެގެންދިޔަ. 4. މުސްކުޅިންނަށް ފައިސާ ދޭންފެށި. 5. އެކަނިވެރި މައިންނަށް ފައިސާ ދޭންފެށ. 6. ފުރަތަމަ ފަހަރަށް ރައްރަށުގައި ފްލެޓް އަޅަން ފެށި. 7. ފުރަތަމަ ފަހަރަށް އެއްރަށުންް އަނެއްރަށަށް ދަތު ރު ކުރާނެ ލުއި ފަސޭހަ ގޮތް ތަކެއް ހަމަޖެއް ސެވި... 8. މަސްވެރިން ބާނާ މަސްކޮޅަށް ބޮޑު އަގު(17ރުފިޔާ ކިލޯއެއް) ދޭންފެށި. 9. ތެލުގެ އަގު ބޮޑުތަން ކުޑަކުރެއްވި.. މިހެން ގޮސް ކިޔާނެ ކަމެއްނެތް.. ދެން އިތުރު އުފާވެރިކަމެއް ތިޔަ ވިދާޅުވީ ކޮން ކަމެއްތޯ.

The name is already taken The name is available. Register?

އަސީރު

08 February 2017

މިހާ ދެކޮޅު ނުޖެހޭ ރިޔާސީ ބަޔާނެއް އަދި އަޑެއް ނާހަން. އެއީ މީގެ ކުރީން ރައީސް ޔާމީނު ދިފާއު ކުރެއްވެވި ސިޔާސަތުތަށް އެކޮޅު ކޮޅުން ޖެހިފަ ހުރީ. މިސާލަކަށް އަންނިގެ ސަރުކާރުގައި ރައްރަށުގައި އެޅުމަށް މަސައްްކަތް ކުރެއްވި 1500 ފްލެޓް އެޅުން މަޖިލީހުން ހުއްޓުވީ ޑިމާންޑް ނެތޭ ވިދާޅުވެ އެއިރު ޔާމީން އިސްކޮށް ހުންނަވައިގެން ކަމަށް ވެފައި ވެރިކަމަށް ވަޑަގެން އެއްކަލަ 1500 ފްލެޓްގެ ތެރެއިން 700 ފްލެޓް އަތޮޅު ތަކަށް ބަދަލުކޮށް މިހާރު ނިމުމަކަށް އެދަނީ. ބުނަން މި އުޅެނީ މާލެއަށް މީހުން ޖަމާ ކުރަން ސިޔާސަތު ތައް ކަނޑައަޅާފަ 3 އަހަރު ފަހުން ޑިމާންޑް އޮތް ކަންް އެނގުމަކީ ސިޔާސީ ގޮތުން ވެސް އިގްތިސާދީ ގޮތުން ވެސް ވިސްނުން ކޮށިކަން ހާމަވިކަމެކޭ.... މިހާރުވެސް ކުރިޔަށް މިދަނީ ފްލެޓް ދޮންބެ ޗައިނާ އެގްޒިމް ބޭންކުން ލޯނުނެގި 1500 ފްލެޓް ދޯ.....

The name is already taken The name is available. Register?

ސަކުރީ

08 February 2017

އިބޫ އާއި އުމަރު ނަސީރު ހެދި ޑީލުގެ ތަފްސީލެއް މޑޕގެ އާންމު މެންބަރުންނަށް ނުދެމެއްނު. މައުލޫމާތު ހިއްސާކުރަން ޖެހޭ އެއީ އަހަރެމެންގެ ހައްގު. ނަޝީދު ވިދާޅުވި މައުމޫނަކީ ރަންނަ ބަޑޭރިއަށްވުރެ ކުރީގައި އުޅުއްވާ ބޭކަލެއްކަމުގައި. މޑޕއިން މިކަމުގެ ތަފުސީލެއްވެސްނުދޭ

The name is already taken The name is available. Register?

އިބޫ

08 February 2017

ޝަރުއީ ދާއިރާގެ ވާހަކ އެއް ނެތް ގަުމުގެ އެންމެ ބޮޑު ޙިޔާނާތުގެ ވާހަކަ އެއްް ނެތް މިދިޔަ އަހަރު ވަޒީރުން ދެއްކީ 70،000 ވަޒީފާ އުފެއްދި ވަހަކަ، އިއްޔެ ރައީސް ވިދާޅުވީ 64،00 ގެ ވާހަކަ ދެނޯ

The name is already taken The name is available. Register?

ހުސޭނުބެ

08 February 2017

އިބޫ ކަންކަން އެނގިހުރެ އަދި ރޯ ފިލާފައިހުރެ ރައްޔިތުންނަށް އޮޅުވާލަން މަސައްކަތްކުރުމަކީ ކޮންކަހަލަކަމެއް!! މިކަން ސާފުކޮށް ދެއްވާ އިބޫ ފުރަތަމަ!! އިބޫއަށް ފެނުނުތަ ރައިސް ނަޝީދުގެ ސަރުކާރުން ހިންގާފައިވާ އެއްވެސް ނުރަގަނޅު ކަމެއް!! ނުފެނު ދެއްތޯ!! އެފަދަ ވާހަކައެއްވެސް އިބޫ ދެއްކި އަޑެއް އަދި ދިން އިންޓަވިއުއެއް ނެތް!! އެހެންވީމަ ރުހުމުގެ ލޮލަކަށް އައިބު ނުފެންނާނެޔޭ ބުނާ އުސޫލުން އިބޫގެ ވާހަކަތައްވެސް މިހުންނަނީ!! ހުރިހާ ސަރުކާރެއްގައިވެސް ހުންނާނެ ކިތަންމެ ކިތަންމެ ކަންތައްތަކެއް ގޯސްކޮށް ހިގާފަ ނުވަތަ ހިންގަފަ!! މިސަރުކާރުގައިވެސް އެކަންތައްތައް އެގޮތަށް ނުދާނެޔޭ ނުވަތަ ގޮސްފައިނެތެކޭ ނޫން މިދަންނަވަނީ!! އެކަމަކު މިގައުމަށް މިތިން އަހަރު ކިތަންމެ ފާގަތި ކަމެއް އައިސްފައިވޭ!! ޢުމްރާނީ ތަރައްގީ ހުރީ ހަމަ މެކުހަށްޖަހާފަ!! އިގުތިސާދީގޮތުން ޖުމްލަކޮށް މުޅިގައުމަށް އައިސްފައިވާ ކުރިއެރުން ހަމަ ރަގަނޅު!! ސަރުކާރުތެރެއިން ހިންގި ވައްކަންތައްވެސް ބޮޑު!! އެކަމަކު ތަފާތަކީ އެކަންކުރި މީހުންގެ މައްސަލަތައް ބަލަމުންދާކަން!! ބައެއް ފަރާތަށްވަނީ ހައްޔަރުކުރެވިފަ!! އަނެއްބައި މައްސަލަތައްދަނީ ހިނގަމުން!! މިސަރުކާރުން ކަންކަން ހަމަމަގަށް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންދާތަން ފެނޭ!!

The name is already taken The name is available. Register?

ޢާދަނު

08 February 2017

ބޮއެކޮޓް ކުރި މީހުން ކޮން އަގައެއް އަތުވާކަށް.

The name is already taken The name is available. Register?

ކަޒިން

08 February 2017

ރާއްޖެ ތަރައްޤީވެ ކުރިއަށްދާތީ ހަމަލަދުގަންނަނީ ކެނެރީގޭ ނަޝިދަކަށް ވެރިކަން ކުރާކަށް ނޭގުނުވިއްޔާ އެއްވެސް މީހެއްގެ ބަސް ޤަބޫލުކުރާ މީހެއް ނޫންވިއްޔަ ނަޝީދަކީ މުޒާހަރާކުރުން ނޫންކަމެއް ނެތް މީހެއް

The name is already taken The name is available. Register?

ދެން ދޯ

08 February 2017

އިބޫ މީ އެންމެ ތެދު ހަދާ މިހާ،، ހިންނަވަރު އުތުރު ކޮޅު ބަނދަރު ހަދާފައި، ބަނދަރު ސަރަހައްދުގައި މިސްކިތް އަޅާނަމޭ ބުނެ އަދިވެސް އެތަންތަން އެއޮތީ މީގެ 10 ވަރަކަށް އަހަރު ކުރިއެކޭ އެއްގޮތަށް. މިދައުރުގައި ހޮވުނު ފަހުންވެސް ހިންނަވަރަށް އައީ 1 ފަހަރު... ރީއްޗެ ނުން ވާހަކަ....

The name is already taken The name is available. Register?

ފަނީ

08 February 2017

ތިހެން ވިއްޔާ ރައީސް ނަޝީދު ދިން ރިޔާސީ ބަޔާންތަކުގައިވެސް ހުރީވެސް ދޮގާއި އޮޅުވާލުން

The name is already taken The name is available. Register?

ސުބާދީބުކަލޯ

08 February 2017

ދޮގުހަދަނީ ކޮންބަޔެއްކަން ނޭގުނު އެނގޭހާވެސް ކަމަކީ މިގައުމު ދަނީ ކުރިޔަށްކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454