ހުޅުމާލޭ ބޭރުގައި ހިނގި އެކްސިޑެންޓު ހިނގި ސަރަހައްދުގައި މެރިން ޕޮލިސް އިން ހަރަކާތްތެރިވަނީ -- ފޮޓޯ: މެރިން ޕޮލިސް
09 އެޕްރީލް 2024 - 23:13
ހުޅުމާލެ ކައިރިން ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެންސިޑެންޓެއްގައި ދެ މީހަކަށް މިރޭ އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ، މިރޭ 8:30 ވާން އުޅެނިކޮށް އެ އެކްސިޑެންޓު ހިނގާފައިވަނީ ހުޅުމާލޭގެ ބޭރުން ބަނާނާ ރީފް ކައިރިން ކަމަށެވެ.
އެކްސިޑެންޓު ވެފައި ވަނީ ކ. ހިންމަފުށިން ޝެރަޓަން ރިސޯޓަށް ދަތުރުކުރަމުން ދިޔަ ބްލޫ ސާޖަން ނަމަކަށް ކިޔާ ލޯންޗެކެވެ. އެކްސިޑެންޓު ހިނގި އިރު އެ ލޯންޗުގައި 22 މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި، އެކްސިޑެންޓުގައި އަނިޔާވީ، ޑިންގީ ހުރި ދިވެއްސަކާއި ބިދޭސީއަކަށެވެ. އެ ދެ މީހުންނަށް ވެސް ސީރިއަސް އަނިޔާއެއް ވެފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ލޯންޗުގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ނުވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުވާކުޑަކަންހަމައެންމެންވެސް
13 April 2024
ތިދެން އާއްމުކަމެއްނު. ހަބަރުގަ ޖަހާލުން ފިޔަވާ އިތުރުކަމެއްނުވޭ
ސަމީ
10 April 2024
ޙުޅުމާލޭ ފަޅުތެރޭގަ އަޅާފަ ހުންނަ މުދާ އުފުލާ ދޯނި ފަހަރުގަ ހުންނަ ކުޑި ޑިންގީފަހަރު އެތްވެސް އަލިކަމެތްނެތި ހުޅު މާލެ ފަޅުތެރޭގަ މީހުން އަރުވައިގެން ބަންގުލަދޭސް މީހުން ދުއްވަނީ މީ ވަރަށްދެރަކަމެތް
ކައްޕިއެތް
10 April 2024
ޢަދިވެސް ތިޔައްވިރެން ނުރަށްކާ ކަންކަން ދިމާވާނެ އެތްވެސް ހަމައެތް ލަމައެތްނެތި ސަފާރީތަށްނެރެ ހުޅުމާލެ ދަތުރުކުރާ ލައިންމަތީގަ އުކާލާ ގޮތަށް އަޅާފަހުންނަނީ ސަފާރީ ތަކުގަ ހުންނަނީ ބޮޑެތި މާކަރީލައިޓު ދިއްލާފަ ޙަމަ އެތްގޮތަކަށްވެސް ނުފެނޭ ސަފާރީތަކުޔެރެއިން ދުއްވާފަ އަންނަ އުޅަދެއް މީ ވަރަށް ބިރުވެރި ކަމެތް މާލޭ ސަރަހައްދުގަ ހުންނަނީ ހުސްވެސް ދޯނި ލޮންޗުގަ ހުންނަ ލައިޓްތައް މާލޭ ސަރަހައްދައްވަންނަ އުޅަންދު ފަހަރުގަ ނޫކުލައުގެ ލައިޓެއް ހަރުކުރަވި