ދަރުމަވަންތަ ހޮސްޕިޓަލު. އުނގޫފާރުން ކަރަންޓުގައި ޖެހުނު ޒުވާނާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މިއަދު ވަނީ މަރުވެފައި..-- ފޮޓޯ: މިހާރު
08 ޖޫން 2024 - 11:10
ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހި ހާލު ސީރިއަސްވި 18 އަހަރުގެ ޒުވާނާ މަރުވެއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ހިނގި އެ ހާދިސާގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވީ އެ ރަށު ދޫނިހުރާ، ހުސެއިން އަތީގު އެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދިނުމަށް ފަހު، މިދިޔަ 25 ވަނަ ދުވަހު މާލޭ ގެނެސް ފަރުވާދެމުންދިޔައީ އައިޖީއެމްއެޗުގެ އައިސީޔޫގަ އެވެ.
އޭނާގެ އާއިލާގެ މީހަކު، "މިހާރު" އަށް ކަށަވަރުކޮށްދިން ގޮތުގައި އަތީގު މަރުވީ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް މިއަދު އެވެ.
ކަރަންޓުގައި ޖެހުމުގެ ސަބަބުން އޭނާގެ ސިކުނޑި އާއި ކިޑްނީއަށް ވެސް އޮތީ ވަރަށް ބޮޑަށް ގެއްލުންވެފަ އެވެ.
އެ ހާދިސާ ހިނގީ އެ ރަށު މަގުމަތީގައި ހުރި ހޮޅިދަނޑިއަކުން ފެންގަނޑަށް ކަރަންޓު އައިސްފައި ވަނިކޮށް، ފުރަތަމަ ކަރަންޓުގައި ޖެހުނު އަށް އަހަރުގެ ފިރިހެން ކުއްޖަކު ސަލާމަތްކުރަން އުޅެނިކޮށެވެ.
އެ ހާދިސާގައި، އެ މަންޒަރު ފެނުނު 12 އަހަރުގެ ކުއްޖަކަށް ވެސް ފަރުވާ ދޭން ޖެހުނެވެ. އެ ކުދިންނަށް ފަރުވާ ދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިހްސާސް
09 June 2024
انا لله وانا اليه راجعون. ތިޔަޒާތުގެ ކަންކަން ހިނގާއިރު ވެއްޓެންޖެހޭ އެއްޗެހި ނުވެއްޓުނީ ކީއްވެބާ؟ ހޮޅިދަނޑިތައް ބަލަހައްޓަނީ ކޮންބައެއްބާ؟ ތަހުގީގުކުރަންޖެހޭވަރުގެ ބޮޑު މައްސަލައެއްތިއީ.
ބޮޑުއަބުދުބެ
09 June 2024
ހުރި ހިތާމައެއްގެ ބޮޑުކަމާއެ، އަކަމު ހަމަ މި މަރުގެ ޒިންމާ ނަގަންޖެހޭ އިދާރާއެއް ނެތީތަ؟ ކަރަންޓުގެ ވިޔަފާރި ކުރެވޭތޯ ދޯ ތިބަލަނީ، ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ހެޔޮ ދޯ ނެތަސް؟ ކަހާއަތަށް ހިރުވާވެސް ލާނެ މީހެއް ބުނެލާނެ އަނގައެއްވެސް ނެތީ ދޯ؟
އައްޔަ
09 June 2024
ނޫން މީގަ ޒިންމާވާން ނުޖެހޭ އެއްބަޔަކުވެސް ނެތް ކަރަންޓް މަސައްކަތައް ޖެހޭނީ ކުފޫހަމަވާ މީހުންލާން ރަށުގެ ކައިންސިލުން ފުރިހަމަ ޒިންމާ ނަގަންޖެހޭނެ ފެނަކަވެސް ދެންތިބިއްޔާ ތިބި ބައެއް ޒުވާނެއްގެ ފުރާނަ ގަސްދުގަ ދުއްވާލުން މުޅި ރަށުކައުންސިލާ ރަށުގެ ފެނަކަ ޖެހޭނީ ހައްޔަރައްލާފަ މަރުގެ ދިޔަ އާއިލާއައް ލިބެންދެން ހައްޔަރުކުރޭ ސްޕަރމެޖޯރިޓީ ކޮބާ ކުއްލި މައްސަލަ ކޮބާ ޓިނޭ
ގފތ
08 June 2024
ފެނަކައިން އާއިލާ އަށް އަވަހަށް ބަދަލު ނުވަތަ މަރުގެ ދިޔަ ހަވާލު ކުރޭ. އާދައިގެ ގޮތަކަށް ދޫ ނުކޮއްލާނެ ކަމަށް ހީ ކުރަން.
އަހްމަދުު
08 June 2024
ވަރަށް ދެރަ، މިކަމުން ދަސްކޮށް ކުރިއަށް އޮތްތަނުގައި މިފަދަ ކަންތައްތައް ހުއްޓުވަމާ މަސައްކަތް ކުރަންވީ.
ހަސަން1
08 June 2024
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. އާއިލާ އަށް ކެތްތެރިކަން ދެއްވާ. ކުއްޖާއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ' މިންވަރު ކުރައްވާށި.
ޟމމމމ
08 June 2024
އާމީން!
ޒިންމާ
08 June 2024
މި ގައުމުގަ ޒިންމާވާނެ މީހަކު ހުންނާނެބާ؟
ކޮލަމާހުއްޓާ
08 June 2024
ހުރިހާ މަގު ބައްތި ދަނޑިއެއްގަ އީއެލްސީބީ ހަރުކުރަން އެދެން.
ބަދަވި
08 June 2024
އަޑުއެހިން ބައްތި ދަނޑީގައިން އޮޓޯސުވިޗްގައި އެތާހުރި ގަހއްގެ ގޮފިގަނޑަކުން ގެހިގެން ނަރު ނެއްޓި ހޮޅިދަނޑީގައި ޖެހިގެން ކަރަންޓް އައިސްފަ ހުރި ވާހަކަ އެދުވަސް ވަރަކީ ވަރަށް ވިއްސާރަ އެހާވައިގަދަ ދުވަސްވަރެއް
ޢާތު ލީކު ހަސަނު
08 June 2024
ތީވެސް ވެދާނެ ގޮތެއް، އެކަމު ހޮޅިދަނޑީގެ އެތެރޭގަ ނޫނީ ޑިސްޓްރިބިއުށަން ފޮށީގަ އީއެލްސީބީ އިންތޯ އެބަޖެހޭ ބަލަން އިންނަމަ މަސައްކަތް ނުކުރާނީ ، މިކަން ކަމަކީ ބާލާ މޮނިޓަ ކުރަން ޖެހޭ ކަންކަން، ހަމަ ފަރުވާ ކުޑައީ؟؟!!
އުދުހޭ
08 June 2024
ޒިންމާވާފަރާތްތަށް ހޯދާ ޒިންމާކުރުވަންޖެހޭ. ބިމުބައި ވަޅުލާ ކޭބަލް ބިމުން ފެށިގެން 3 ފޫޓު މައްޗަށް ނާރަންޏާ އެ ކޭބަލެއް އަދި ކެނެކްޝަނެއް ހުންނަންވާނީ ވޯޓަރޕްރޫފްކޮށް. ކަނެކްޝަން ވޯޓަރޕްރޫފް ކުރުމަކީ އުނދަގޫ ނުވަތަ އަގުބޮޑުކަމެއްނޫން.