އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި މި ސަރަހައްދުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް މިރޭ ބޭއްވި ބެންކުއެޓްގައި ރާއްޖޭގެ ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ރައީސް އޮފީސް
09 ޖޫން 2024 - 22:41
އިންޑިއާގެ އާންމު އިންތިހާބުން ކުރި ލިބުނު ނަރެންދުރަ މޯދީ ކޯލިޝަން ސަރުކާރެއްގެ ވެރިއެއްގެ ގޮތުގައި މިއަދު ތިން ވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފި އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި މި ސަރަހައްދުގެ ގައުމުތަކުގެ އެންމެ އިސްވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް މިރޭ ބޭއްވި ބެންކުއެޓްގައި ރާއްޖޭގެ ރައީސް މުއިއްޒު، ބޮޑުވަޒީރު މޯދީއާ އެކު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރިޔާސީ ގަނޑުވަރުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވިއިރު ހުވާ ކުރެއްވުމަށް ފަހު މޯދީ ވަނީ ރަސްމިއްޔާތަށް ވަޑައިގެންނެވި އަވަށްޓެރި ގައުމުތަކުގެ ވެރިންނާ ބައްދަލު ކުރައްވައި، އެކުގައި ފޮޓޯފުޅެއް ނަންގަވައިފަ އެވެ.
މޯދީ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި ބޭރު ގައުމުތަކުގެ ވެރިންގެ ޝަރަފުގައި އެ ގައުމުގެ ރައީސް ދެއްވި ބެންކުއެޓްގައި ވެސް ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތެވެ. އެ ރިސެޕްޝަންގައި ބޮޑުވަޒީރު މޯދީގެ އެންމެ އަރިހުގައި ހުންނެވި އެއްބޭފުޅަކީ ވެސް ރައީސް މުއިއްޒެވެ. ދެން ހުންނެވީ ސްރީ ލަންކާގެ ރައީސް ރަނިލް އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ތިން ވަނަ ދައުރަކަށް މަގާމުގެ ހުވާކުރައްވަން މިއަދު ބޭއްވި ރަސްމިއްޔާތަށް ވަޑައިގެންނެވި މި ސަރަހައްދުގެ ގައުމުތަކުގެ އެންމެ އިސްވެރިންނަށް މޯދީ ފޮޓޯފުޅެއް ނަންގަވަނީ.---ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު މި ރަސްމިއްޔާތަށް ވަޑައިގެންނެވީ މޯދީގެ ހާއްސަ ދައުވަތަކަށެވެ. މިއީ ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅާ އެކު، ހީނަރުވެފައިވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ލަފާކުރެވެ އެވެ.
ނަރެންދުރަ މޯދީ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ މަގާމާ ތިން ދައުރަކަށް ހަވާލުވެ ވަޑައިގަތުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން އަވަށްޓެރި އެހެން ބައެއް ގައުމުތަކުގެ ވެރިން.
ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިން ފޮނުވައިލުމަށް މި ސަރުކާރުން ނިންމުމުން ދެ ގައުމުގެ ގުޅުން ގޯސްވި ނަމަވެސް މިހާރު ވަނީ ގުޅުން ވަރަށް ބޮޑަށް ރަނގަޅު ކޮށްފަ އެވެ. މޯދީ ތިން ވަނަ ދައުރަކަށް ހޮވުމާ ގުޅިގެން ބޮޑުވަޒީރު މޯދީ އާއި ރައީސް ބަދަލުކުރެއްވި މެސެޖުތަކުގައި ވެސް އިސްކަން ދެއްވީ އެ ގުޅުން ވަރުގަދަ ކުރުމާއި އެއް ގައުމު އަނެއް ގައުމަށް ބޭނުންވެފައިވާ ވެފައިވާ ކަމުގެ މައްޗަށެވެ.
މޯދީ މަގާމުގެ ހުވާކުރައްވާ ރަސްމިއްޔާތުގައި ރާއްޖޭގެ ރައީސް މުއިއްޒުގެ އިތުރުން ސްރީ ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި ސީޝެލްސްގެ ނައިބު ރައީސް އަހުމަދު އަފީފާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ އާއި މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދު ކުމާރު ޖަގުނޯތާއި ނޭޕާލުގެ ބޮޑު ވަޒީރު ޕުޝްޕާ ކަމާލް ދަލާލު އަދި ބޫޓާނުގެ ބޮޑުވަޒީރު ޝެރިން ޓޮބްގޭ ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިސްނާލުމަށް އެދެމޭ
10 June 2024
ސަރުކާރުން މުސާރަދީފަ ކޮމެންޓްކުރުވަން ގެންގުޅޭ ކުދިންކޮޅުގެ ލަދެ ހަޔާތެ ވިސްނުމެ ނެތީތީ ހައިރާނެ ނުވޭ އެހެންމީހުންނަ ޗޯރޭ ގެރިގޮރޭ ކިޔާ މަގުތަކުގަދުވެފަ ވެރިކަން ލިބުމުންވެސް ބްލީއޭ ސިލީއޭ ކިޔާފަ އިންޑިޔާ ސިފައިން ޔުނީފޯމު ބާލުވާ ފޮށާ އަންދުވިޔަސް އަތްޖެހިޔަސް މިސަރުކާރު ވެރިންގެއަގު ވެއްޓިއްޖެ ދުނިޔޭގެ އެއްމެންތިބީ މުސާރައިގެ އަޅުންނަވެފައެއްނޫން..ތިމާމެންގެ ގައިގަނެތް ފެންވަރެދައްކަން އުޅުނީމަ ފެންނާނެތަން މިފެންނަނީ..
ގޮއްޔެ.
10 June 2024
މޯޑީ ހުވާކުރިއަސް އިރާދަކުރެއްވީތީ ކުރީގައި އޮތް އާރާއި ބާރެއް މިހާރަކު ނެތް. އަލްޙަމްދުލިއްލާހި. މުސްލިމުންނަށް ކުރިން ކުރަމުންއައި ދުއްޕާން ކުޑަވެގެންދާނެކަމަށް ވަރަށް ބޮޑަށް ބެލެވޭ. ސަބަބަކީ ކޯލިޝަންގެ ވެރިކަމެއް ކުރަންޖެހުން. ކޯލިޝަނަށް ކިރިޔާ ލޮޅުމެއް އަޔަސް ދެފައި ބިނދިގެންދާފަދަ ޙާލަތެއްގައި މިހާރު އެހުރީ. ދައުރު ނިމުމުގެ ކުރިން މަޖްލީސް ތެރެއިން މޯޑީ ބޭރުކޮށްލާނެނަމަ ހާދަ ރަނގަޅޭ ހިތަށްއަރާ.
އަފާޝީން
10 June 2024
ފަހުރުވެރިވޭ މަ ވޯޓް ދިން ރައީސް މޯދީއާ ސީދާ ޖެހިގެން ހުރީމަ. ގައުމަށް ރަނގަޅު ވާނެ މީގެ ސަބަބުން.
އިގްބާލް އިސްމާއިލް
10 June 2024
މަ ހީކުރީ މުއިއްޒައަށް ވަރަށް ދެރަކޮށް ކަމަށް އިންޑިޔާއިން ކަން ކުރާނީ. އެކަމަކު މިހުރީ ސީދާ ބޮޑުވަޒީރު މޯދީއާ ޖެހިގެން. ސަޅި
ހުމާމް
10 June 2024
ގައުމެއްގަ ސިފައިން ނުބޭތިއްބަސް ގުޅުން ބަދަހިވާނެކަން ރައީސް މުއިއްޒު ދައްކުވާދީފި. އެމްޑީޕީ މީހުން ވާހަކަ ދައްކަން ލަދުގަންނަން ޖެހޭނެ މިއަދު
ގާސިމް އިބްރާހިމް
10 June 2024
މިގައުމުގެ ހައްގުގައި ރައްޔިތުންގެ ހައްގުގައި ރައީސް މުއިއްޒް މަސައްކަތް ކުރާ ކަން މި ފެންނަނީ. ސަބަބަކީ އިންޑިޔާ ފަދަ ދިވެހިން އެއްމެ ގިނައިން ދާ ގައުމާ ގުޅުން ރަނގަޅު ކުރަމުން ދާތީ.
އަހުމަދު މީމު
10 June 2024
އިންޑިޔާ އައުޓު ގޮވީ އޭރުގަ އަވައްޓެރި ގައުމަކަށް ނުވެފަ ދިވެހިން ނުދާގައުމަކަށް ވާތީތަ ސައިޒު އޮޅުނީމަތިހެން ވާނީ ކޮބާ ތުރުކީން ކާޑު ބަރުކުރި ބޯޓު ކާށިބޯޓަށް ވީތާ
އަފްސަލް ހަމީދު
10 June 2024
މީގެން އެއްމެ އާޝޯހުވީ ރައީސް މުއިއްޒް މޯދީއާ ޖެހެގެން ހަމަ ޑިނާގަ ހުރީމަ. ގުޅުން ރަނގަޅު ކަަމަށް ފެންނަނީ.
ޝައުކަތް
10 June 2024
ބަލަ މޯދީ އޭ މުއިއްޒު އަށް ދައުވަތު ދިނީ.. މުއިއްޒު ބުނީ އިންޑިއާ ސިފައިންނަކަށް ނުތިބެވޭނޭ. ގުޅުން ގޯސްވެގެން ނޫޅޭ
ކިނާން
10 June 2024
އެއްވެސް އިރެއްގަ ރާއްޖެއާ އިންޑިއާ ގުޅުން ގޯހެއްނޫން. ބަޔަކަށް ހަޖަމް ނުވެގެން އުޅެނީ ރައީސް މުއިއްޒު އަށް މިފަދަ މަރުހަބާއެއް ކީމަ. ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ތިބެގެން ނުވާނޭ
މުޖާހިދް
10 June 2024
އިންޑިއާއަކީ އަބަދުވެސް އަހަރުމެންގެ ފަސްޓު ޕޮލިސީ ނޮޓް އޮންލީ ޕޮލިސީ. ބަޔަކު އޮޅިގެން އުޅެނީ. އަބަދުވެސް ރައީސް މުއިއްޒު އެ ސްޓޭންޑު ހިފަހައްޓާނެ