މާލެ އާއި ވިލިމާލެ ދަތުރުކުރާ ފެރީއެއް ކަނޑުގަދަ ދުވަހެއްގައި ދަތުރެއް ކުރަނީ: އީދު ބަންދުގައި ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެވޭ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
11 ޖޫން 2024 - 13:01
ކުރިއަށް އޮތް ބޮޑު އީދު ބަންދުގައި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓް އޮފީހުން ބުނީ އީދު ބަންދުގައި މޫސުން އާންމުކޮށް ރަނގަޅުވި ނަމަވެސް، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވައިޖެހޭނީ އާންމު ގޮތެއްގައި 15 މޭލުގެ ބާރުމިނުގައި ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
"އާދައިގެ ވަރަކަށް ކަނޑުތައް ގަދަވާނެ، އަދި ކެރިކޮޅު ދޭތެރެއަކުން އުޅޭނެ،" މެޓް އޮފީހުން ބުންޏެވެ.
އީދަށް ލިބޭ ހަފުތާއެއްގެ ބޮޑު ބަންދަށް ރަށްރަށަށް ފުރަން ގިނަ ބަޔަކު ތިބީ ތައްޔާރަށެވެ. ވައިގެމަގުންނާއި ކަނޑުމަގުން ރަށްރަށަށް ފުރާ ގިނަ އުޅަނދުތަކުގެ ޖާގަ ވެސް މިހާރު ވަނީ މާދަމާއިން ފެށިގެން އީދު ބަންދު ނިމެންދެން އެއްކޮށް ފުލްވެފަ އެވެ.
ބޮޑު އީދު ދުވަހަކީ އަންނަ އާދިއްތަ ދުވަހެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހށނ
11 June 2024
އީދެއް އަންނަނަމަ ކަނޑު ގަދަވާވާހަކަ އަބަދު ކިޔާ.
ބެއްޔާއ
11 June 2024
އާދައިގެ ވަރަކަށް ގަދަވާނެ. އާދައިގެ ވަރަކަށް މަޑުވާނެ. މީކޮންވައްތަރެއް. އާދައިގެ ވަރަކީ ކޮންވަރެއް. ކަނޑު ވަރަށްމަޑުވާނެ. ކަނޑު މަޑުވާނެ ކަނޑު ގަދަވާނެ ކަނޑު ވަރަށް ގަދަވާނެ.
ފުދޭވަރު
11 June 2024
ރަނގަޅު ވާހަކައެއް މިހާރު ކިޔާ އުޅޭ ފުދޭ ވަރަކަށް ގަދަވާނެއޭވެސް