އެޗްޑީސީ: ކަސްޓާމަރުންނާ ގުޅޭ ޑޭޓާ ބޭސްއެއް ހެކް ކުރި މައްސަލައެއް އަންނަނީ ތަހުގީގު ކުރަމުން.
30 ޖޫން 2024 - 21:38
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކަސްޓާމަރުންނާ ގުޅޭ ޑޭޓާ ބޭސްއެއް ހެކް ކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފި އެވެ.
އެޗްޑީސީގެ ކަސްޓަމާ ޑޭޓާ ބޭސް ހެކް ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ބައެއް ކަސްޓަމަރުންގެ މައުލޫމާތުތައް ކަމަށް ބުނާ ސްކްރީން ޝޮޓްތަކެއް މިއަދު ވަނީ ދައުރުވެފަ އެވެ.
އެ މައްސަލާގައި އެޗްޑީސީގެ ބަހެއް މިހާތަނަށް ނުލިބެ އެވެ. އެކަމަކު ބައެއް އާންމުންގެ ފޯނުތަކަށް އެޗްޑީސީގެ ނަމުގައި މިއަދު އޯޓީޕީ މެސެޖުތަކެއް ވަނީ ލިބިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ އެފަދަ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ހުޅުމާލޭގައި އަމިއްލަ ފަރާތްތަކުން ހަދާފައި ހުރި ލަގްޒަރީ ފްލެޓުތަކާއި ސަރުކާރުގެ ސޯޝާލް ހައުސިން ފްލެޓުތަކާއި އެ ތަންތަނުގައި ދިރިއުޅޭ މީހުންގެ މައުލޫމާތުތައް ބަލަހައްޓަމުން އަންނަނީ އެޗްޑީސީންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
01 July 2024
ޑާޓާ ވަގަށް ނަގާ ވިއްކާ މައްސަލަ އަކީ ވެސް މިހާރު ބޮޑު މައްސަލަ އެކެވެ. ތިޔަ ކަމުގަ މުވައްޒަފުންގެ ބަޔަކު ވޭތޯ ބަލަން ވީ އެވެ.
ސައިޚް
01 July 2024
ތިއަ ފުލުހުންނަށް ވާނެ އެއްކަމެއް ނޯންނާނެ، ބަލަމުން ބަލަމުންގޮސް ނިމޭއިރު އިރުކޮޅަކުން ގެއްލޭނެ،
މޯޑް
01 July 2024
މިވެސް ކުރީ ސަރުކާރުގެ ކަމެއްބާ?
ތަނބުރު
01 July 2024
ކުރީގެ ސަރުކާރަށް ތާއީދުކުރާ ބައެއްގެ ކަމަކަށްވުން ގާތް. ސަބަބުތައްވެސް ގިނަ. ވެރިކަން ފުރޮޅުނީމާ ހަޖަމްނުވެގެން އުޅޭހެންހީވަނީ. އެހެންވެސް ވެދާނެ. އެބައެއްގެ ކަށީގައި ހިފާފައިހުރިކަމަކާއި ދުރެއްނުވެވޭނެތާ؟ ވެރިކަންކޮށް ނިމުނުއިރު އިގްތިސާދު ހަލާކުވެފައި. މިހާރު ހެކްކުރުމުގައި. އެއްފުޅައްމަތިން ފުއްމާލި ބަކަރި އަނެއްފުޅައްމަތިންވެސް ފުއްމާލާނެ.
އާސިޔާޔާ
01 July 2024
ތިޔަ ތަން ހެކް ކުރުމުންވެސް ހާމަވެގެންދިޔައީ ކެޔޮކައިފަ ހުރިވަރު. ދޫކޮށްފައި ހުރި ފްލެޓްތަކުގައި މީހުން ކުލިނުދައްކައި އުޅެމުންދާކަމާ، ކުލި ނުދައްކާތަނުގައި އެ ފައިސާ ހޯދުމަށްްވެސް ކުންފުނިން މަސެއްކަތެއް ކޮށްފައި ނެތްކަން. ކޮރަޕްޝަނާއި ފަސާދަ ނެތް އެއްވެސް ތަނެއް މިގައުމުގައި ނެތީތަ އަޅެފަހެ.
ގެއްލޭ13
01 July 2024
އަނެއްކާ ޑޭޓާބޭސް އެބަހުރިތޯ. އެއްޗެހި ގެއްލޭވަރުން މިދުވަސްކޮޅު.