ރައީސް ޑރ. މުހައްމަދު މުއިއްޒު: ނޭޕާލުގެ އާ ބޮޑުވަޒީރަށް އެމަނިކުފާނު ވަނީ މަރުހަބާ ދަންނަވައިފައި.-- ފޮޓޯ: ރައީސް އޮފީސް
15 ޖުލައި 2024 - 16:57
ނޭޕާލުގެ އާ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެ އާއި ނޭޕާލްއާ ދެމެދުގައި އޮތް ޒަމާންވީ ގާތް ރަހުމަތްތެރިކަމުން އަދި ހާރިޖީ ގުޅުން އިތުރަށް ބަދަހިކޮށް، ދެމެހެއްޓުމަށްޓަކައި އޮލީގެ ބޮޑުވަޒީރު ކަމުގައި އެ ގައުމާ އެކު ރާއްޖެއިން މަސައްކަތް ކުރާނެ ކަމަށެވެ.
ނޭޕާލާ އެކު ރާއްޖެއިން ހާރިޖީ ގުޅުން ގާއިމްކުރީ އޮގަސްޓް 1، 1980 ގަ އެވެ.
President sends congratulatory message to the Prime Minister of Nepal
— The President's Office (@presidencymv) July 15, 2024
https://t.co/z8r6ladPhk pic.twitter.com/ZVv5XgLi23
އުމުރުން 72 އަހަރުގެ އޮލީ ވަނީ މީގެ ކުރިން ތިން ފަހަރެއްގެ މަތިން ނޭޕާލުގެ ބޮޑުވަޒީރުކަން ކުރައްވައިފަ އެވެ. އޭނާއަކީ ނޭޕާލުގެ އެންމެ ބޮޑު ކޮމިއުނިސްޓް ޕާޓީ، ނޭޕާލް-ޔުނައިޓެޑް މާކްސިސްޓް ލެނިނިސްޓްގެ ލީޑަރެވެ.
އޭނާ އަށް ބޮޑުވަޒީރު ކަން އަލުން ލިބުނީ ނޭޕާލުގެ ގާނޫނު ހަދާ މަޖިލީހުގައި މިހާރު އެންމެ ބާރުގަދަ ދެ ޕާޓީ ކަމަށްވާ ކޮމިއުނިސްޓް ޕާޓީ އާއި ނޭޕާލްގެ ކޮންގްރެސް ޕާޓީން ކޯލިޝަނެއް ހެދުމުންނެވެ.
ފުރާވަރުގައި ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި އޮލީ ވަނީ ނޭޕާލުގައި އޮތް ރަސްކަމުގެ ނިޒާމު ވައްޓާލުމަށްޓަކައި ކުރި ވަރުގަދަ ކެމްޕޭނާ ގުޅިގެން 14 އަހަރު ޖަލުގައި ހޭދަކުރައްވައިފަ އެވެ. އޭނާ ކޮމިއުނިސްޓް ޕާޓީއާ ގުޅިވަޑައިގަތީ ޖަލުން މިނިވަންވުމަށް ފަހު 1987 ގަ އެވެ.
ނޭޕާލުގެ ބޮޑުވަޒީރަކަށް އެންމެފަހުން ހުންނެވީ ޕުޝްޕާ ކަމާލް ދަހަލް އެވެ. އޭނާއަށް މަގާމު ގެއްލުނީ 18 މަހަށްފަހު މަޖިލީހުގެ އަގުލަބިއްޔަތު ގެއްލުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަލީފް މުހައްމަދު
16 July 2024
މި ދުވަސްވަރު ރާއްޖެއާއި ނޭޕާލާ ދެމެދު ވަރުގަދަ ދެގައުމުގެ ގުޅުންތަކާއި އެކުވެރިކަން ދެމެހެއްޓުމުގެ މުހިންމުކަމަށް މުހައްމަދު މުއިއްޒު ބާރުއަޅުއްވާތަން ފެނުމަކީ އެތާ ކިޔަވާ ދިވެހި ކުދިންނަށް ފަހި ގޮތްވާނެ ކަމުގެ ސިގްނަލެއް.
ޒިހާން އިސްމާއިލް.
16 July 2024
މުއިއްޒޫގެ މި ބަޔާނުން ދައްކުވައިދެނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީގެ ލީޑަޝިޕްގައި ނޭޕާލާ ގުޅުން ފުންކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެކެކަމެވެ..