މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން: ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ހޯދުމުގެ މަސައްކަތް މަޖިލީހުން ފަށަން ވަނީ ނިންމައިފައި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
27 ޖުލައި 2024 - 22:15
ދިވެހި ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު ހޯދަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.
ދައުލަތަށް ލިބެން ޖެހޭ 513 މިލިއަން ޑޮލަރު އެބަހުރި ކަމަށާއި އެ ފައިސާ އެކަނި ހޯދިޔަސް ރާއްޖޭގެ ދަރަނީގެ މައްސަލަ ހައްލުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފަ އެވެ.
އެ ފައިސާގެ ތަފުސީލްތަކާ އެކު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުހޯދި ހުރި ފައިސާތަކާ ގުޅޭ ގޮތުން އަންނަ އަންގާރަ ދުވަހު މާލިއްޔަތު ކޮމިޓީން ޓެކްސް އިދާރާ މީރާއާ ބައްދަލު ކުރާނެ ކަމަށެވެ.
"މިކަމުގައި ދެ ގޮތެއް ނެތް. އެ ފައިސާއަކީ ދައުލަތަށް ހޯދަން ޖެހޭ އެއްޗެއް. މީގެ އެންމެ ފުނަށް މަޖިލީހުން ދާނެ،" ނާޒިމް ވިދާޅުވި އެވެ.
In Tuesday's hearing PAC will hear from MIRA CG re uncollected revenue. As of end of May uncollected amount is RF 15,445,526,584.29. There are no 2 ways, we have to collect the dues. And we will get to the bottom of this. pic.twitter.com/peXF3VjXFx
— Ahmed Nazim (@MP4Dhiggaru) July 27, 2024
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުތަކުގައި އަތްނުލައި ހުރި ވަރަށް ގިނަ ކަންކަމުގައި އަތްލާން އެބަޖެހޭ ކަމަށާއި ކޮންމެވެސް ސަބަބަކާ ހުރެ އެ ސަރުކާރުތަކުން ފަސޭހަގޮތް ހިޔާރު ކޮށްފައި އެބަހުރި ކަމަށެވެ.
އެއް ކަމަށް ރައީސް ފާހަގަކުރެއްވީ ދައުލަތަށް ލިބެން ޖެހޭ އެތައް ބިލިއަން ރުފިޔާއެއް ނުހޯދައި މިދިޔަ ސަރުކާރުތަކުން ދޫކޮށްލާފައި ވުމެވެ.
"މިއީ ގާނޫނީ ގޮތުން ލިބެންޖެހޭ ފައިސާ، ގާނޫނުތަކުގެ ތެރެއިން ލިބެން ޖެހޭ ފައިސާ. މިގޮތުން ބަލާއިރުގައި، ލޭންޑް ރެންޓުގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ، އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރުގައި ނުހޯދައި، އެކަމަކު ލިބެންޖެހޭ ފައިސާ، ރައްޔިތުންގެ ފައިސާ،" ރައީސް ވިދާޅުވި އެވެ.
"513 މިލިއަން އެމެރިކާ ޑޮލަރު ނުޙޯދާ."
ރައީސް ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީގެ ގޮތުގައި 102 މިލިއަން ޑޮލަރާއި ޖީއެސްޓީގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ އަދި ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ކުރީގެ ސަރުކާރުތަކުގައި ނުހޯދައި އެބަހުއްޓެވެ.
"މި ފައިސާ އެކަނި ހޯދިޔަސް އަޅުގަނޑުމެންގެ ދަރަނީގެ މައްސަލަ ހައްލުވީ، އެ މަސައްކަތް ކުރާނަން، އިދާރަކުރެއްވިއްޔާމުން އެ ފައިސާ ހޯދާނަން. މިހާރު އެ މަސައްކަތް ފަށައިފިން. ވަރަށް ގިނަ ފަރާތްތަކުން ފައިސާ ދައްކަން ވެސް ފަށައިފި. ސިޓީ ފޮނުވާލީމާ ފައިސާ ދައްކާ. އެކަމަކާ އުޅުނީމަ ދެއްތޯ ފައިސާ ދޭނީ ވެސް،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވިދާޅުވީ މިހާރު ވެސް މީގެ ތެރެއިން ބައެއް ފައިސާ ދައްކަން ފަށާފައިވާ ކަމަށެވެ. އަދި ފައިސާ ނުލިބިއްޖެ ނަމަ ކޯޓު މަރުހަލާ އަށް ގޮސްގެން ވެސް އެކަން ކުރައްވާނެ ކަމަށާއި މިފަހަރު ދޫނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.
ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު މިލިއަނުން އަރާފައިވާއިރު، ރާއްޖެ އަށް ބިދޭސީން ގެނެސް ވޯކްޕާމިޓާ ވޯކްވިސާ ނުދައްކައިގެން ޖޫރިމަނާ ވެފައިވާ ފަރާތްތަކުގެ ލިސްޓެއް ވެސް ސަރުކާރުން މިދިޔަ ބުދަ ދުވަހު ވަނީ އާންމުކޮށްފަ އެވެ.
ރާއްޖޭގައި މަސައްކަތް ކުރުވާ ބިދޭސީންގެ ވޯކް ޕާމިޓާއި ވޯކް ވިސާ ފީ ނުދައްކައިގެން ކޮށްފައިވާ ޖޫރިމަނާ އިން ދައުލަތަށް 636 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން ޖެހޭ ކަމަށް ދައްކަ އެވެ. ބިދޭސީންގެ މައްސަލަ ހައްލުކުރަން މި ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ހޯމް މިނިސްޓްރީން އާންމުކުރި ލިސްޓުގައިވާ ގޮތުން ބިދޭސީންގެ ވޯކް ޕާމިޓާއި ކޯޓާ ފީ ނުދައްކައިގެން 1،026 ފަރާތެއް ވަނީ ޖޫރިމަނާ ކޮށްފަ އެވެ. އެ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ޖުމްލަ 636،534،736ރ. ދައުލަތަށް ދައްކަން ޖެހެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
29 July 2024
ކޮންމެ 5 އަހަރަކުން ސިޔާސީ ބޮޑެތި މީޙުން އެތައް ބިލިއަން ރުފިޔާ އެއްގެ ލޯން އެބަ ނަގަ އެވެ. އަދި އޭގެ ތެރެއިން އެތައް ބިލިއަން ރުފިޔާ އެއް ވަގަށް އެބަ ގަނަ އެވެ. އެކަމު އެއްވެސް ސިޔާސީ ޕާޓީ އަކުން ވަގަށް ނެގި ފައިސާ އާ ހަރު މުދާ ހޯދާ ވާހަކަ އެއް ނުދައްކާނެ އެވެ. މައުމޫން. ނަޝީދު، ޔާމީން، ސޯލިހް ވެރި ކަމުގަ ވަގަށް ނަގާފަ ހުރި ފައިސާ އާ ހަރުމުދާ ހޯދީމަ 513 މިލިއަން ޑޮލަރަށް ވުރެ މާ ގިން އިން ސަރުކާ ރަށް ލިބޭނެ އެވެ.
ހަލީފާ
29 July 2024
ވެރިކަމަށް އަންނަށް މުއިއްޒު ކީ ލޯނުތައް ރީފައިނޭންސް ކުރާނެ ހުރިހާ ގޮތެއް ވަނީ ހަމަޖެހިފައި ކަމަށާއި ބޭރުގެ އެހީތައްވެސް މިހާރު ވަނީ ގްރީން ސިގްނަލް ލިބިފަ ކަމަށް. އެބުނި އެއް ގޮތެއްވެސް ނުވެ އެންމެ ފަހުން އެތެރެ ކޮނެގެން ލިބެން ހުރި ފައިސާ ކޮޅު ހޯދަން މިޖެހުނީ. ރަނގަޅު ދައުލަށް ލިބެންޖެހޭ ފައިސާ އެއް ވިއްޔާ ހޯދަންޖެހޭނެ. އެކަމަކު އެއީ އެނޫން ގޮތަކުން ފައިސާ ލިބެންނެތިގެން ސިޔާސީ މީހުން ތަކަށް މުސާރަދޭން ހޯދާ އެއްޗަކަށް ވެގެން ނުވާނެ.
އިބްރާހީމް ރަޝީދުު
28 July 2024
ދައުލަތަށް ލިބެންޖެހޭ 513 މިލިއަން ޑޮލަރު ހޯދުމަށް ރައީސް މުޢިއްޒު ގަދައަޅައި މަސައްކަތްކުރައްވާތަން ފެނިގެން މިދަނީ
އަފްރާސިޔާބު
28 July 2024
ތިޔައީ ކޮންމެހެންވެސް ހޯދަންޖެހޭ އެއްޗެއް. ކުރިން ހީކުރީ މުއިއްޒަށްވެސް ވާނީ ކުރިންތިބި ވެރިންނަށް ވި ވަރޭ. ސީއެސްއާރުގެ ފައިސާ އެކައުންޓަށް ވައްޓާލީމާ ދެން ނިމުނީ. އެހެނެއްނޫން މިވީ. ހުރިހާ މީހުން އަތުން ދައުލަތަށް ލިބެން އޮތްފައިސާ އެއްވެސް މީހަކަށް ބެލުމެއްނެތި ހޯދާތަން މިފެންނަނީ.
ހަލީފާ
29 July 2024
މުއިއްޒު ދައްކާ ވާހަކައަކާ ކުރާ ކަމަކާ ދިމާވޭތަ؟
ގަފޫރްް
28 July 2024
މިމީހުންނަށް ފައިސާ ނުދައްކާ އުޅެވުނީ މިދިޔަ ސަރުކާރުތަކުން އެކަން ކުރަން ނޫޅުނީމަ. އަބަދުވެސް އާއްމު ރައްޔިތުންނަށް ބުރަވާގޮތަށް ކަންކުރަމުން ގެންދިޔައީ. ރައީސް މުއިއްޒު އަލަށް ރައްޔިތުންނަށް ލުއި ގޮތް ހޯއްދަވަން މަސައްކަތް މިކުރަނީ
އަލްސަންް
28 July 2024
މި ގައުމުގެ ކުރީގެ ރައީސުން އަބަދުވެސް ތިބީ ބޮޑެތި ވިޔަފާރިވެރިންގެ ފޫބުޑުން ނެއްޓެން ނޭގިފަ. ރައީސް މުއިއްޒު އެހެންނެއް ނުވާނެ
ލަހުފާާ
28 July 2024
މިއީ ރައްޔިތުންގެ ފައިސާ. މި ފައިސާ ހޯދުމަށް މުއިއްޒު ނޫނީ އެހެން ވެރިޔެއް ކުޑަމިނުން މަސައްކަތެެއްވެސް ކޮށްފަކާއެއް ނެތް. މި ފައިސާ ރައީސް މުއިއްޒު ހޯއްދަވާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައިން.
އަލީ ހުސެން
28 July 2024
ވޯޓު ނުލިބިދާނެ ތީ އެއްވެސް ވެރިއަކަށް މިކަހަލަ ކަންކަން ކުރާކަށް ނުކެރޭ. އެކަމަކު ރައީސް މުއިއްޒު މި ފެންނަނީ ވަރަށް ތަފަތު ވެރިއެއްގެ ގޮތުގަ. ގަޓުހުރި ވެރިއެއްގެ ގޮތުގަ
އަނީސް
28 July 2024
ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް މީރާއަށް ނުފޫޒު ފޯރުވާ. ދައުލަތަށް މި ނުހޯދާ ހުރި ފައިސާތަކުން ވެސް އެކަން އެބަ ވަރަށްް ސާފުވޭ
ބާސިލް
28 July 2024
އާންމު ރައްޔިތުން ޓެކްސް ދައްކަންޏާ ބޮޑެތި ކުންފުނިތަށްވެސް ޓެކްސް ދައކަން ޖެހޭނެ. އެހެން ފިލައިގެން ނޫޅޭވޭނެ