އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ވާހަކަ ދައްކަވަނީ. ރާއްޖޭގެ ތަންތަން ވިއްކުމާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
01 މާޗް 2017 - 11:31
ފ. އަތޮޅު ވިއްކުން ނުވަތަ ކުއްޔަށް ދިނުމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް މައުލޫމާތެއް ހާމަ ނުކުރާ ކަމަށާއި އެކަން ހިނގަމުން ދަނީ "އަނދިރީގެ ތެރޭގައި" ކަމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ވިދާޅުވެއްޖެ އެވެ.
މާބްލް ހޮޓަލުގައި ރޭ ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން، ގާނޫނުއަސާސީން ލިބޭ ހަނި ފުރުސަތުގައި ރާއްޖެ ވިއްކަމުން ގޮސް ހުސް ކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. އެހެންވެ، އެކަމާ ދެކޮޅަށް ފިޔަވަޅުު އަޅަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަނދިރީގެ ތެރޭގައި ހިނގާ ކޮންމެ ކަމެއްގައި ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދަ ހިމެނޭނެ. ސަރުކާރު ޖަވާބުދާރީ ކުރުވާ ބައެއްގެ ގޮތުގައި ތިބެ، މިކަމާ ދޭތެރޭގައި ފިޔަވަޅު ނާޅައި ތިބެވޭކަށް ނެތް،" މަޖިލީހުގެ މައިނޯރިޓީ ލީޑަރުކަން ވެސް ކުރައްވާ އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވި ގޮތުގައި ރައީސް ޔާމީނަކީ "ފައިސާ ފޮއްޗެއް" ފެނިއްޖެ ނަމަ، އޭގައި ހިއްޕަވާނެ ބޭފުޅެކެވެ. އަދި އަދަދު ބޮޑުވެއްޖެ ނަމަ، "ހިތްކިޔާ ވަރު މާ ބޮޑު" ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީ ގައުމީ މަޖިލީހުގެ ރޭގެ ބައްދަލުވުން މާބުލް ހޮޓެލްގައި ކުރިއަށް ދަނީ. ފ. އަތޮޅު ވިއްކުމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ބައެއް މެމްބަރުން ވިދާޅުވި. - ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެއް ބިލިއަން ޑޮލަރު އިންވެސްޓްކުރާ ނަމަ، ރައީސް ޔާމީންގެ ހިތް ކިޔާނެ،" ފ. އަތޮޅުގައި ހިންގަން އުޅޭ ޕްރޮޖެކްޓާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން އިބޫ ވިދާޅުވި އެވެ.
އިބޫ ވަނީ ފ. އަތޮޅާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ހިންގާފައިވާ ނަމަ، އެ މައުލޫމާތު ހޯދަން މަޖިލީހުގެ މާލިއްޔަތު ކޮމެޓީ އަށް ހުށަހަޅުއްވާފައިވާ ކަން ފާހަގަ ކުރައްވާފަ އެވެ. އަދި ފ. އަތޮޅު ވިއްކުމާ އެއްކޮށް މަޖިލިސް އެއްވެސް މެމްބަރަކު ވާހަކަ ދައްކަވާފައި ނުވާނެ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
ފ. އަތޮޅުގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގުމަށް ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ބައެއް މަޖިލިސް މެމްބަރުން ވަނީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވިދާޅުވެފަ އެވެ. ބިދޭސީންނަށް ބިން މިލްކު ކުރެވޭ ގޮތަށް 2015 ގައި ގާނޫނުއަސާސީ އަށް ގެނައި އިސްލާހަށް ވެސް އެމްޑީޕީގެ މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ވޯޓު ދެއްވައިފަ އެވެ.
އެމްޑީޕީން ވަނީ ރައީސް ޔާމީންގެ ސަރުކާރުން ގާނޫނާއި ގަވާއިދުތަކާ ޚިލާފަށް ވިއްކާ ބިންތައް އަނބުރާ ރައްޔިތުންނަށް ހޯދައިދިނުމަށް ގަރާރެއް ފާސްކޮށްފަ އެވެ.
މި ގަރާރަށް ބަހުސް ކުރެއްވި ގައުމީ މަޖިލީހުގެ މެމްބަރުން ވަނީ ފ. އަތޮޅު ވިއްކާލުމާ ދެކޮޅަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ރައްޔިތުން ތައްޔާރަށް ތިބުމަށް ގޮވާލައްވައިފަ އެވެ. އަދި ނުބައި ރޭވުމެއްގެ ދަށުން ފ. އަތޮޅު ވިއްކާލުމަށް މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، މެމްބަރުން ކަންބޮޑުވުން ފާޅު ކުރައްވައި، އެކަމާ ދެކޮޅަށް މުޒާހަރާ ކުރަން ޖެހޭ ކަމަށް ވެސް ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި އެވެ.
ފ. އަތޮޅު ވިއްކާލަން އުޅޭ ކަމުގެ ވާހަކަތަކާ ގުޅިގެން ބައެއް ވަޒީރުންނާއި ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވަނީ ބޭރުގެ އެއްވެސް ބަޔަކަށް އެ އަތޮޅު ވިއްކާލަން ނޫޅޭ ކަމަށެވެ. ފ. އަތޮޅުގައި ސައޫދީން ކުރިއަށް ގެންދާނީ ތަރައްގީގެ ބޮޑު މަޝްރޫއެއް ކަމަށް މިދިޔަ މަހު އެ އަތޮޅު މަގޫދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. އެކަމަކު މަޝްރޫއުގެ ތަފްސީލެއް ނުދެއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަހުލު
17 March 2017
ދެން ބޮކި ދިއްލަބަލަ
އިބޫރު
08 March 2017
އިބޫދެން އަލިތެރެއަށް ނުކުމެ ހުރޭ. އޭރުން ރަނގަޅުވީނު.
އަލިކަތީބު
01 March 2017
ރައްތަކާ ފަޅުތަކާ، ފަރުތަށް، ވިއްކާ މިލްކު ކުރެވޭގޮތަށް މަޖިލީހުން ގާނޫނެއް ފާސްކޮއްދީފަ ވިއްކާށޭ ބުނީމަ ރައީސްއަކަށް ހުންނަ މީހަކީ ވިއްކާ ހިތްވާ ބޭފުޅެއްވިއްޔަ ވިއްކާނެ ނޫންތޯ. މިކަމުގައި މަޖިލިސް މެމްބަރުން ގައުމަށް ޣައްދާރުވީކަމަށް ގަބޫލްކުރާ މީހުން މަދެއްނުވާނެ. ދެން ތިވިދާޅުވާ އަނދިރީގަ ކުރިޔަސް އެކަން ބަލާނެ، ބެލޭނެ ކޯޓެއް ހުރިތަނެއް ނަމަތާ ތިކަން ބޭލޭނީވެސް. ކޯޓްތަށްވެސް އެތިބީ ލޯމަރައިގެން. ސަރުކާރުން ކުރާ އެއްވެސް ކަމެއް ފަނޑިޔާރުގެޔަކަށް ނުފެންނާނެ. އަހަރެން ބުނާކަށް ބޭނުމެއްނޫން، މިހުރިހާ ޖަރީމާއެއް ހިންގަނީ 3 ބާރު ގުޅިގެންނެކޭ. އެއްވަރަށް ބައިއަޅައިގެންނެކޭ. އަނެއްކަ ރައްޔިތުންނަށްވެސް ވަރިހަމަވީމަނޫންތޯ މަޑުމަޑުން ގޭގައެތިބީ. ކޮބާ މައްސަލަޔަކީ؟
ލޯބި ދައްތަ
01 March 2017
މިވެރިންނަށް ނިދާފަ އޮވެގެންވެސް ގޮވެނީ ފާފު .. ޕަކާސް
ވިސްނާ
01 March 2017
އެކަށީގެންވާ އަދަދެއްނަމަ ހަލާލެއް ހަރާމެއް ބެލުމެއް ނެތެވެ. ހޯދިގޮތެއްވެސް ބަލާނެކަމެއްނެވެ. ހުދ ތިމާގެ އަނބިމީހާވެސް ނާހަންޔާ ދެން އެހެންމީހުން ކީއްކުރަންތޯ އަހަންވީ! އެއްބިލިޔަން ޑޮލަރު ވިއްޔާ! 40% އަކީ ކުޑައެއްޗެއް ނޫނެވެ. ހިތްކިޔާނެވެވެ.
ފަފު
01 March 2017
ކާފެއް ފާފެއް ކިޔާނެކަމެއް ނެތް މިކަމުގައި ގޯހެއް އެބައުޅޭ
މެންޓަލިސްޓް
01 March 2017
ބަލަ ޕީޖީލީޑަރުކަމުގައި ހުރެގެން ރައީސްޔާމިންބޭނުންވި ހުރިހާ ބިލްތަކެށް ފާސްކޮއްދިނީވެސް އިބޫ މެންނެއްނޫންތޯ ؟ ޔާމިންބޭނުންވީ ޖަމީލްބޭރުކުރަން ،، އެކަންވެސް ކޮއްދެއްވީނޫންތޯ ؟ އަދީބްއަށް ނާއިބްރައީސްކަންވެސް ހޯދުމަށް މަސައްކަތްވެސް ކުރީއެއްނޫންތޯ ؟ 65 އަހަރުވާމީހުންނަށް ވެރިކަމަށް ކުރިމަތިނުލެވޭ ބިލްވެސް ފާސްކޮއްދިނީއެއްނޫންތޯ ؟؟ ސްޕްރީމްކޯޓްގެ ބެންޗްވެސް މަދުކޮއްދެއްވީނޫންތޯ ؟؟ ގައުމުވިއްކާލާ ބިލަށްވެސް ވޯޓްދީގެން އެކަންވެސް ނިންމެވީނޫންތޯ ؟؟ އަދިބްގެންގުޅުނު ކަޅުފައިސާދަބަހުގެ އަވައިގައިވެސް ޖެހުނީނޫންތޯ ؟؟ މިހާޜުވެސް ތިޔަޖަހަނީ އެހެންސަކަރާތެއްނޫންތޯ ؟؟ ތިޔަކަމުގައި އެބައޮތް ފައިދާނެގިދާނެ ދެކަމެށް ،، އެއްކަމަކީ ސައޫދީ ޝާހީއާއިލާއާޢި ދެކޮޅަށް ތިޔަކަންކުރީމައި އެމީޙުން އަތުން ލިބިދާނެ ފައިސާކޮޅެށް ،، އަނެއްކަމަކީ ތިޔަކަންކުރީމައި ރައީސްޔާމިންއަށް ޕްރެޝަރވެގެން ރައީސްނަޝީދުއަށް ކެނޑިޑެސީދެން ނިންމާފާނެ ،،، އެދެކަންތަށް ނޫންތޯ ތިޔަކުރަންތިޔައުޅެނީ ،، ތިޔަގޭމްބްލްއަކީ އެއީ ،، އެއްވެސް ހާލެއްގައި ގައުމަށް އިޙްލާސްތެރިކަމެށް ހުރެގެން އަނބުރާގޭސްގަނޑެއްނޫންތިޔަކީ ،،، ވަރަށްވެދުން
ޢަލީ
01 March 2017
ޤާނޫން އަސާސީ އިސްލާހުކުރީ ހުރިހާމީހުން އެކައްޗެއް ކިޔައިގެން. އޭރު އެއްވެސް ވާހަކައެއް ނުދައްކާ. ޤާނޫނު އަސާސީން ފުރުޞަތު ލިބުނީމާ ހުރިހާކަމެއްވެސް ކުރެވޭނެ. މިހާރު މިޤައުމަށް ބޮޑެތި ތަރައްޤީއަންނާތީ ކަމުނުދާ ބަޔަކު އުޅެނީ. މިކުދިން ހީކުރީ ޤާނޫނު އަސާސީއަށް ބަދަލުގެންނަން މިއަދުގެ ސަރުކާރުން ހުށަހެޅުއްވީ އިސްލާހަށްފަހު އިސްތިއުފާދީ މިކުދިންނާއި ޤައުމު ޙަވާލުކުރާނެކަމަށެވެ. ބަލަ މިހާރުގެ ހާލަތަށް ބަލާއިރި ކުފޫހަމަވާ އެކަކުވެސް ތިތާކުނެތޭ...ހެހެހެހެހެ
އަޙްމަދު
01 March 2017
މަޖިލިސް ކޮމިޓީގައި އެހެންވާހަކައެއް. ބޭރަށް ނިކުމެ އެހެންވާހަކައެއް. މީ ރައްޔިތުން އޮޅުވާލުން. އިޚްލާޞްތެރިކަމެއްހުރިނަމަ ފ. އަތޮޅަށް ވާންއުޅޭގޮތް ރަނގަޅަށް ކިޔާދޭންވީނޫންތޯ؟
ކާފަ
01 March 2017
ފާ އަތޮޅުގައި ސައުދީން ކުރާ ކަންތައް އެއީ އެކަމުގައި ވަރަށް އަޑިނޭގޭ ކަންތައްތަކެއް ހިމެނޭކަމެއް މީގައި އަޅުގަނޑަށް ފާހަގަވި ކަންކަން: ފާފު އަތޮޅުން ސައުދީއަށް 99 އަހަރަށް ތަރަށްގީކުރަން ދޭންއުޅޭ ހިމިތީ ދެކުނުން އޮތް ފަޅު އެއީ ރާއްޖޭގެ މެދު މިސާލަކަށް ހއ ތުރާކުނުން ފެށިގެން ހިމިތީ ފަޅު މެދަށް ހުންނާނީ 270 މޭލު ހަމަ އެގޮތަށް ހިމިތީ ދެކުނަށް އޮތް ފަޅު މެދުން އައްޑުއަތޮޅު ގަމަށް 270 މޭލު މީ އިއްތިފާގެއް ކަމަކަށް ގަބޫލެއް ނުކުރެވޭ ގޯހެއް އެބައުޅޭ.. އަދިވެސް ހިމިތީ ދެކުނު ފަޅު މެދުން އިރުމައްޗަށް ގޮސް އިންޑޮނޭޝިޔާގެ އެންމެ ހުޅަނގު ރަށް ތަކަށް ހުންނާނީ ގާތް ގަނޑަކަށް 1430 މޭލު ހަމަ އެގޮތަށް މި ފަޅުގެ މެދުން ފެށިގެން ހުޅަގަށް ގޮސް އެފްރިކާގެ އިރުމަތީ ބިތީ ބިތުގައި ހިމެނޭ ސޯމާލިޔާގެ އިރުމަތީ ގޮނޑުދޮށަށް ވެސް ހުންނަނީ 1430 މޭލު އެނގޭ ކުރިން އިތުރަށް ދިރާސާކޮށް މީގެ ހަޤީގަތް ދެނެގަތުން މުހިންމުކަމުގައި ދެކެން