ދަފްތަރުގައިވާ މައުލޫމާތުން އެނގޭ ގޮތުގައި އަންހެނުންގެ މެދުގައި ގިނައީ އުރަމަތީގެ ކެންސަރު. ފިރިހެނުންގެ މެދުގައި ގިނައީ ފުއްޕާމޭގެ ކެންސަރު.
ހުޅުމާލެ ހޮސްޕިޓަލްގައި ހުންނަ ކެންސަރު ސެންޓަރުގައި ބަލި މީހަކަށް ފަރުވާ ދެނީ.-- މިހާރު ފައިލް ފޮޓޯ.
16 ސެޕްޓެމްބަރ 2024 - 10:01
ރާއްޖޭގައި ކެންސަރު ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނައިރު، އެ ދަފްތަރުގައި މިހާރު ވެސް 1،400 އަށް ވުރެ ގިނަ ބަޔަކު ރަޖިސްޓަރީ ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނެފި އެވެ.
އެ އިދާރާގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރު އަބްދުﷲ މުއާޒު އާދަމް "މިހާރު" އަށް ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީތެރިކަމާ އެކު، ގާއިމުކޮށްފައިވާ އޮންލައިން ސިސްޓަމަކުން މި ވަގުތު ނަގާފައި ވަނީ މާލެ ސަރަަހައްދުގައި ހިންގާ ސަރުކާރުގެ ދެ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދާ މީހުންގެ މައުލޫމާތު އެކަނި ކަމަށެވެ.
އައިޖީއެމްއެޗާއި ހުޅުމާލޭ ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދާފައިވާ މީހުންގެ މައުލޫމާތު ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިއަދާ ހަމައަށް 1،400 މީހުން އެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކަމަށް މުއާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިދަނީ އަދިވެސް ޑޭޓާތައް ނެގުމުގެ މަސައްކަތް ކުރަމުން. އޭގެ ފަހުގައި ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައި ވެސް ކެންސަރަށް ފަރުވާ ހޯދާ ޕޭޝަންޓެއް ހުރި ނަމަ އެ މީހުން މި ދަފްތަރުގައި ރަޖިސްޓްރީ ކުރެވިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި މިހާރު އެކުލަވާލާފައިވާ ދަފްތަރުގައި ވެސް އަންހެނުންގެ މެދުގައި އުރަމަތީގެ ކެންސަރު ގިނަ ކަމަށް ފާހަގަކުރެވެ އެވެ. ފިރިހެނުންގެ މެދުގައި ގިނައީ ފުއްޕާމޭގެ ކެންސަރެވެ.
"ދަފްތަރު އެކުލަވައިލުމުގެ މަސައްކަތަށް މިހާތަނަށް ކުރެވުނު މަސައްކަތުން ވެސް އެ މައުލޫމާތަށް ބަލާއިރު ހަމަ ކުރިން ފާހަގަކުރި ޓްރެންޑް މި އޮތީ ފެންނަން،" އޭނާ ވިދާޅުވި އެވެ.
މުއާޒު ވިދާޅުވި ގޮތުގައި، ކެންސަރު ކޮންޓްރޯލް ކުރުމަށް އެކުލަވާލާފައިވާ ޕްލޭން ތަންފީޒު ކުރުމަށް ވެސް މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ.
ރާއްޖޭގައި ކެންސަރު ބަލި ވަރަށް ބޮޑަށް އާންމުވެފައިވާއިރު، އެޗްޕީއޭ އިން ބުނި ގޮތުގައި އަނގައިގެ އަދި ފުއްޕާމޭގެ ކެންސަރު ފަދަ ބަލިތަކަކީ ދިރިއުޅުމުގެ ވައްޓަފާޅިއާ ވަރަށް ބޮޑަށް ގުޅުން ހުރި ކަންތައްތަކެވެ. ދުންފަތުގެ އިސްތިއުމާލް ކުރުމާއި ދުފުމަކީ ކެންސަރަށް މަގުފަހިވާ ކަންތައްތަކެވެ.
އެޗްޕީއޭ އާއި ޑަބްލިއުއެޗްއޯގެ އެހީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އިން 2021 ވަނަ އަހަރު ހެދި ދިރާސާ އިން އެނގޭ ގޮތުގައި ކޮންމެ ހަތަރު މީހެއްގެ ތެރެއިން އެކަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުންނެވެ. އޭގެ ތެރެއިން، އެންމެ ހަގު އުމުރުގައި ދުންފަތުގެ އިސްތިއުމާލުކުރަން ފަށާފައި ވަނީ އުމުރުން 8 އަހަރުގަ އެވެ. އެ ދިރާސާގައި 15-39 އަހަރާ ދެމެދުގެ 3،104 މީހުން ބައިވެރިވި އެވެ.
އާސަންދަ ކުންފުނިން ކުރިން "މިހާރު" އާ ހިއްސާކުރި މައުލޫމާތުން އެނގޭ ގޮތުގައި ކެންސަރާ ގުޅުން ހުރި ކަންކަމުގައި މިދިޔަ އަހަރު 10،000 އަށް ވުރެ ގިނަ މީހުން ފަރުވާ ހޯދި އެވެ. އެކަމަކު ބަލި ޖެހިފައިވާކަން ޔަގީންވެ، ފަރުވާ ހޯދި މީހުންގެ ސީދާ އަދަދެއް ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަމިއްލަޒިންމާ
16 September 2024
ދުންފަތާ ދުރުހެލިނުވެ ތިބެގެން ކެންސަރު ޖެހިއްޖެނަމަ ބޭސްފަރުވާގެ ބޮޑުބައި އަމިއްލައަށް ކުރާ ގޮތަށް ބާއްވަންވީ. އެފަދަ ކެންސަރަކީ އަމިއްލައަށް ފައިސާ އަންދައިގެން ހޯދާ ބައްޔެއް. އެކަމުގެ ނުރައްކާކަން އެނގިގެން ތިބެ ބަލި ޖެހުނީމަ އެމީހުންނަށް ފަރުވާކުރުމުގެ ޒިންމާ އެއްކޮށް ދައުލަތުން ނެގުމަކީ އެފަދަ މީހުންނާ އެކަހަލަ އެހެން މީހުން އެ ގޯސް ގޮތުގައި ދިރިއުޅުމަށް ދެވޭ ހިތްވަރެއް. އެނގި ތިބެ ހޯދާ ހަލާކަކަށް އެހެން މީހުން އެހީތެރިވާންޖެހޭނެބާ؟
ކޮތަޅު
16 September 2024
އަހަރެންނަށް އެންމެ އުދަގޫ ވަނީ ސިގިރޭޓް ވޭޕް ބޯ މީހުންނާ ހެދި. މަގު ހިގެން ނެތް، އަނގަޔަށާ ނޯށަށް އެ ފޮނުވާލަނީ. އަމިއްލައަށް ނުބޮޔަސް މި މީހުންނާ ހެދި ބޮވިފަ މި އޮންނަނީ، މީ އަހަރެން އެންމެ ނަފުރަތު ކުރާ ބަޔަކީ. ކުށެއް ނެތި އަހަރުމެން ނު ބޯ މީހުންނަަށް ވަރަށް ބޮޑު އުދަގުލާ ދުންތުރާ ޖައްސާ ބައެއްމީ. އަމިއްލަ މީހާ ކޮޓަރީގައި އޮވެ ބުއީމަ ވީނު.
1828
16 September 2024
މިއާއިލާތަށް އެދަނީ ބޭސްފަރުވާ އެދި އާދޭސްކޮށް ފޭސްބުކްގައި ސަލާން ޖަހަމުން. ސަރުކާރަށް 'ހީވެސް' ނުވޭ. ކޮބާ އާސަންދަ؟ ކޮބާ އެންސްޕާ؟ އެދެތަނުން 50ލ ވެސް ލިބެނީ ސަރުކާރުގެ މަޖިލިސް މެމްބަރެއް މެދުވެރިކޮށް. ދެން އޮތީ ޒަކާރުފަންޑު. އެއީ ބޭސްފަރުވާއަށް ޚަރަދުކުރަން އޮތް ފަންޑެއްނޫން. އާސަން އަދި އެންސްޕާ މެދުވެރިކޮށް ހިލޭ ބޭސްފަރުވާ ދިވެހި ރައްޔިތުންނަށް ލިބެންޖެހޭ. ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓުވަންޖެހޭ. އެވަރު ނުކޮށްދެވޭނަމަ ވެރިކަމަށް ނާންނާނީ
ކިލާފަނި
16 September 2024
ދިރާސާ ކުރުމެއް ނތި ބުނެލަން އޮތީ ތަރުކާރީ މޭވާ އައްޖަހާ ޕެސްޓިސައިޑް މިކަމުގަ އިސްދައުރެއް ކުޅެޔޭ.. ހާއްސަކޮއް ކެބެޖް. އޭގެ މާގަނޑުގަ ފަނިއަޅާތީ ހެސްކިޔާފަ ޕެސްޓިސައިޑް ޖަހާ އެއްޗެއް އެއީ އެކުވެރި ގައުމުތަކުން މިގެންނަ ތަކެތީގަ
ޑޮންްކީކޮންގު
16 September 2024
އަޅެ މިކަމައް ދިރާސާއެއް ކޮއްލާން ބޭނުންވާ ވެރިޔަކު މިގައުމުގަ ނެތީތޭ... އާސަންދަ ކުޑަކުރަން ހިފާފަ ވާއިރު މިއީ ހަމަ ކޮންމެހެން ރޫޓުކޯސް ދެނެގަންނަން ލާޒިމު ކަމެއް
ދަލޭކަ ދައިތަ
16 September 2024
ސިއްހަތަށް ފައިދާ ހުރި ކާނާ ކާންމަސައްކަތް ކުރާ ބައެއްމީހުންނަށް ވާގޮތަކީ ފައިދާހުރިކާނާ ކަމުން ގެއްްލުންހުރިކާނާވެސް ދޫކޮށްނުލާ. ކަސްރަތުވެސް އޮންނަނީ މޫސުމީ އެއްޗަކަށްވެފަ. ދިވެހިންނަށް އެންމެ ފަސޭހައީ އެންމެމޮޅު ޑޮކްޓަރަށްދައްކާ ބޭސްކެއުން. ފައިދާހުރިކާނާ ކާން ބުނެފިއްޔާއެވީ ފައިސާގެ ވާހަކަދައްކަން. ފުރަތަމަ ދޫކޮށްލަމާ ޑީޕް ފްރައިޑް އެއްޗެހި، ފުޅިފުޅީގައި ހުންނަޖޫސް، ފޮނިކާތަކެތި، ދުންފަތް،މީ ހިލޭލިބެނީ؟ ހަކުރުނާޅާ ސައި ކަޅުކޮފީ. ސޭވްވެއްޖެ؟
ތިކަމަށް
16 September 2024
ވިޔަފާރިވެރިންވެސް ތިކަމަށް އެއްބާރުލުން ދީގެން ކަމެއް ހައްލުވާނީ. ދުނިޔޭގަ ހަދައިގެން އުޅޭހާ ޒާތްޒާތުގެ ބޯއެއްޗެހި ކީއްކުރަންބާ މިގައުމަށް އެތެރެކުރަންވީ؟ އަނެއްކޮޅުން ފައިދާ ހުރި ކާނާކަމަށް ތިޔަ ކިޔާ އެއްޗެހި ތަޣައްޔަރުވެ ނުރައްކާތެރި ކާނާ އަށް ބަދަލުކުރާއިރު ދަނޑުވެރިންވެސް އެކަމާ އަޅާލާ އުޅޭބާ؟
އާނަ
16 September 2024
މަގުތަކުގައި ސިނގިރޭޓް ބުއަމާއި ވޭޕް ކުރުން މާނާ ކޮށްދިނުމައް އާދޭހާއި އެކު ދަންނަވަން. ކުދިން ގޮވައިގެން ވެސް މަގެއްގެ މައްޗައް ވެސް ނުކުމެވޭވަރެއް ނޫން ސީދާ މޫނައް އެ ބުރުވާލަނީ
ކޮރަލް
16 September 2024
ޕިއްޒާ ، ސަބްމެރީން ،ބާގާ ، ސިނގިރޭޓް ، ވޭޕް ، އެނާރޖީ ޑްރިންކް ، ސުޕާރީ ، ސޮސޭޖް. ނޫޑްލްސް ފަދަ ބާވަތް ތަކަކީ ހަށިގަނޑައް ގެއްލުން ދޭ އެއްޗިއްސެވެ. ރާއްޖޭގަ ފަލަ ބަލިވެސް ގިނަ ވެއްޖެ އެވެ. ކުޑަކުދީން ގޮވައިގެން މަހަކު ދެތިންފަހަރު ޖަންކް ފުޑް އެބަ ކާން ދެއެވެ. ހަތަރު ފަސް އަހަރު ފަހުން އެކުދީންގެ ސިއްހަތަށް ނުރައްކާ ވެ އެދަނީ ފަލަ ވަމުންނެވެ.
ހާޖީ.
16 September 2024
އިންޓަވަލަށް ދޭ މައިލޯ ޕެކެޓްވެސް ތީގެ ތެރޭގައި ހިމަނަންޖެހޭ.
ލަތީފާ
16 September 2024
އަދިވެސް ނުވޭތަ ސިނގިރޭޓް އަދި ވޭޕް މަނާކުރަން އާންމުންނަށް ގެއްލުން ވާގޮތަށް މަގުމަތީގަ؟ އަދިވެސް ނުވޭތަ މާލެ ތޮއްޖެއްސުން ހުއްޓާލާ، ރީތި ހިތްގައިމު ދިރިއުޅުމެއް ދިވެހިންނަށް ފަހި ކޮށްދޭން؟ 14-15 ބުރީގެ ވެރިންގެ ގޯތީގެ އިމާރާތުން ހިތް ނުފުރެނީތޯ؟
™ ™ ™
16 September 2024
ސިސްޓަރ އާސްކެޑް ވެރީ ގުޑް ކުއެޝަން. ™
ވިސްނާށޭ
16 September 2024
ހެހެ އަހަރެންމީ ވޭޕް އަދި ސިނގިރެޓް ބުއި މީހެއް ނޫން އެކަމު މިބަލީގެ މީހެއް
1828
16 September 2024
ގިނަ މީހުންނަށް ރީތީ މާލޭގެ ކޮންކްރީޓް ޖަންގަލީގައި ދިރިއުޅުން. މަޖުބޫރީ ހާލަތްތައް ހުރި ފަރާތްތައްވެސް ތިބޭނެ. އެކަމަކު އަހަރެން ހިތަށް އެރި ސަހަރޯއޭ ހިޔާ ފްލެޓްތައް ކައިރިން ދިޔައިރުގައި.
ޢައްޒާމް 1
16 September 2024
ލައިފް ސްޓައިލް ބަދަލު ކޮށްގެން ރަގަޅު ވާނީ. ދުފުން،ތެޔޮ،ސިގެރެޓް ދުން، ފޭކް ކާނާ،ފޭކް ކޮސްމެޓިކްސް ބޭނުން ކުރުން މަނާ ކުރަންޖެހޭ.
އަލިހުރަސް ކަނޑު ތެރެއިން
16 September 2024
ކަނޑުމަސް ކައިގެން ބޮޑެތިވެފަތިބޭ ބަޔަކު ތިކަން ތިބުނިގޮތަށް ކޮށްފާނެހެން ހީވޭތަ؟