01 ޑިސެމްބަރ 2024 - 16:18
ރާއްޖޭގައި 2021 ވަނަ އަހަރު 6،000 އެއްހާ ކުދިން އުފަންވެ އަދި 1،500 އަށް ވުރެ ގިނަ މީހުން މަރުވި ކަމަށް ތަފާސްހިސާބުން ދައްކައިފި އެވެ.
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން ނެރުނު ވައިޓަލް ސްޓެޓިކްސް 2021 ގެ ރިޕޯޓްގައިވާ ގޮތުން އެ އަހަރު މާލޭގައި 3،192 ކުދިން އަދި ރަށްރަށުގައި 2،725 އާއެކު ޖުމްލަ 5،917 ކުދިން އުފަންވި އެވެ. އެއީ 2،963 އަންހެން އަދި 2،954 ފިރިހެން ކުދިންނެވެ.
އެ މުއްދަތުގައި 1،552 މީހުން މަރުވި އެވެ. އެއީ 1،448 ދިވެހިންނާއި 93 ބިދޭސީން އަދި ގައުމު ކަށަވަރުނުވާ 11 މީހެކެވެ. އެ އަހަރު 39 ދިވެއްސަކު ވަނީ ރާއްޖެއިން ބޭރުގައި މަރުވެފަ އެވެ. އަދި މަރުތަކުގެ 40 ޕަސެންޓަކީ އަންހެނުންނެވެ.
މާލޭގައި 880 އަދި ރަށްރަށުގައި 632 މީހުން މަރުވި އެވެ. މާލެ ފިޔަވައި އެންމެ ގިނަ މީހުން މަރުވީ އައްޑޫގަ އެވެ. އަދި އެންމެ ގިނަ މީހުން މަރުވެފައިވަނީ މެއި، 2021 ގަ އެވެ.
މަރުގެ އެ އަދަދުތަކަކީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 21 ޕަސެންޓުގެ އިތުރުވުމެކެވެ. އޭގެ ތެރޭގައި ކޮވިޑް-19 ގެ މަރުތައް ވެސް ހިމެނެ އެވެ.
އެ ރިޕޯޓު ބުނާގޮތުން 2020 ވަނަ އަހަރު 1،280 މީހުން މަރުވި އެވެ. އެއީ 1،188 ދިވެހިންނާއި 80 ބިދޭސީން އަދި ގައުމު ކަށަވަރުނުވާ 12 މީހެކެވެ.
ދިވެހިންގެ މެދުގައި ކްރޫޑް ޑެތު ރޭޓް ނުވަތަ ކޮންމެ 1،000 މީހަކުން މަރުވާ ރޭޓު 2021 ވަނަ އަހަރު ވަނީ 3-4 އަށް އިތުރުވެފަ އެވެ. އަދި ފަސް އަހަރުން ދަށުގެ ކުދިން މަރުވާ މިންވަރު 2019 ވަނަ އަހަރު އަށެއްގައި ހުރިއިރު، 2021 ވަނަ އަހަރު ވަނީ ވިހެއި ކުދިންގެ ތެރެއިން ކޮންމެ 1،000 އަކުން 11 ކުދިން މަރުވެފަ އެވެ.
ސްޓެޓިކްސް ބިއުރޯއިން ބުނީ ތުއްތުއިރު މަރުވާ ރޭޓު މަތި ކަމަށެވެ. އެ ރޭޓް ޗައިލްޑްހުޑްގައި ދަށްއިރު ޒުވާން އުމުރުގައި ސްޓޭބަލް ކަމަށް ވެސް ބުންޏެވެ. ނަމަވެސް، އުމުރު މަތިވާ ވަރަކަށް މަރުވާ ރޭޓް މަޑުމަޑުން މަތިވެ އެވެ.
ފަންސާސް އަހަރުން މަތީގެ މީހުން މަރުވާ ރޭޓު ވެސް އެހެން އަހަރުތަކަށް ވުރެ އިތުރުވެފައިވާތީ އެއީ ކޮވިޑް-19 ސަބަބުން ކުރި އަސަރެއް ކަމަށް އެ ތަފާސް ހިސާބުގައި ލަފާކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްޑޫޅް +
02 December 2024
ދެންފަހެ، ދިވެހިރާއްޖެ އަކީ، ތިންވަނަ ދުނިޔޭގެ، ޓިނު ތެލި، ދިއުޅިދިގު، ތަތް، ދޮންކެޔޮ ޖުމްހޫރިއްޔަތެއް ކަމުގެ، ސާފު، ސީދާ، ފުރިހަމަ ދަލީލު މިއޮތީ، ޝައްކަކަށް ވަސްވާހަކަށް ތަނެއް ނެތި، ކަށަވަރުކޮށް، ތެދުކޮށްގަނެވިފަ. މާތުރަ.
އަވަހަށް
02 December 2024
2022 އަދި 2023 ގެ ސްޓެޓްސް ވެސް އަވަހަށް ލިބެން ޖެހޭ
ވައްޑެވަލީދު
01 December 2024
އާބާދީ އިތުރުވާ ރޭޓު ހާދަ ދަށޭ! ސަބަބު: ސަރުކާރުތަކުން ބަލަނީ އާބާދީ އިތުރު ނުވާނެ ހުރިހާ ގޮތެއް. އޭރައްތާ އެމީހުންނަށް ބައި މީހުންނަށް ސިޔާސީ މަގާމުތައް ބަހާފަ ޓެކުސް ފައިސާ އެކަމަށް ހަރަދު ކުރެވޭނީ. މުސާރަތައް އެހާ ކުޑަ. އަސާސީ ހިދުމަތްތައް ނުލިބޭތީ ރާއްޖެތެރެ ރައްޔިތުން މާލެ އައިސް ކުލީގެ އަޅުންގެ ގޮތުގައި. ދެން ކޮން ސިކުނޑި އަކުންބާ ދަރިން ހޯދަން ވިސްނޭނީވެސް. އާބާދީ މަދުވާނެ ހުރިހާ ގޮތަކައް ކަންކަން ސަރުކާރުން ތަރުތީބު ކުރާނީ!!
މައިހޯ
02 December 2024
ދެންމާލެ ނުގޮސް ރައްރަށުގެ ތިބި މީހުން ހެސްކިޔާފަ ވިހެއީމާ އާބާދީ އިތުރުވާނެއެއްނު
އަންބެ
01 December 2024
ރާއްޖޭގައި ދުވަސް ނުފުރާ ވިހާ ކުދިން ސަލާމަތް ކުރާނެ އެކަށީގެންވާ ވަސީލަތްތައްވެސް ގިނަ އަތޮޅުތަކުގައި ނެތް. ކޮބާތަ އަހަރުމެން ދައްކާހާ ޓެކުސް ފައިސާ؟؟؟ ފުލު ފުލުން ސިޔާސީ މަގާމު އުފައްދާހަ ޓެކުސް ފައިސާ ތަޅަނީ ސަރުކާރުން އެކަމަށް. އެހެންވީމަ ޓެކުސް 100 ޕަސެންޓައް ބޮޑުކޮއް ވިޔަފާރިތައް އުލުބައިންދާ ފެލިއަސް ރައްޔިތުންނަށް ވާނެ ކަމެއް ނެތް. ރައްޔިތުން ހަނާ ވިޔަފާރިތައް އިނދަ! ވަޓް އަ ސަރުކާރު!
ްްއިންޓާން
01 December 2024
“އަދި މަރުތަކުގެ 40 ޕަސެންޓަކީ އަންހެނުންނެވެ.” ބޮޑަށް އެހެންވެ ރަނގަޅީ 60 ޕަސަންޓަކީ ފިރިހެނުންނޭ ބުނުމެއް ނޫންތަ؟
ލުބްލާ2024
01 December 2024
އަދިކިރިޔާ 2021 ގެ ރިޕޯޓު ނެރެވޭވަރުވީ؟ މިއޮށް ފެށެނީ 2025. ގޫގުލް ސްޕީޑް ހަމަ.
ޢައިށާ
01 December 2024
ވަރަށް އޮޅޭ ގޮތަށް ސުރުހީ ލިޔެފަ އޮތީ، މަ ހީކުރީ ފުރަތަމަ ވިހެއުމުގަތެރޭ 1500 މީހުން މަރުވީ ކަމަށް…
ކޮރަލް
01 December 2024
އާބާދާދީގެ ބޮޑު ބައެއްކަނީ ގެއިން ބޭރުން ޖަންކް ފުޑް އެވެ.
ޙިލްމާ
01 December 2024
ދިވެހިން ނަށް ލިބޭ ކުދިން ބަލިވާ ސަބަބު ރިސާޗް ކުރަން ޖެހޭ. ބޮޑަށްް ބެލެވެނީ ސިގެރެޓް ނޫނީ ކާ އެއްޗެހީގެ ސަބަބުން ދިމާ ވާ ކަމެއް ކަމަަށް.
އަޅި އަލީ
01 December 2024
ސިގިރެޓެއްނޫން މައިގަނޑު ސަބަބަކީ! ވައްކަން ކުރުން!
ެއަލިގަޅު
01 December 2024
އަޅި އަލީ ތިބުނަނީ ކުއްޖާ ބަނޑުގަ އޮންނައިރު މައިންބަފައިން ވައްކަން ކުރާތީއޭ ކުއްޖާ އުފަންވުމަށްފަހު ބަލިވަނީ؟؟
ޙަސަން އަޙްމަދު
02 December 2024
ސިގިރެޓު ދުމާ ސިހުރާ އެސްފީނާ މިއީ ދިވެހިންގެ ސިކުނޑީގައި ހުރިހާ ކަމެއްގެ ސަބަބު.