16 ޑިސެމްބަރ 2024 - 13:07
އަލިފާނުގެ ހާދިސާގައި ގެއްލުންވި ސަރުކާރުގެ މުހިއްމު ތިން މިނިސްޓްރީ ހިންގުމަށް އަމިއްލަ އިމާރާތެއް ކުއްޔަށް ނުހިފާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު މ. ގްރީން ބިލްޑިންގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާއެއްގައި ވަނީ އެ އިމާރާތުގައި ހިންގި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އާއި އެތަނާ ޖެހިގެން ހިންގި ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީގެ އިމާރާތް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ. އެހެންވެ، އެ ތިން މިނިސްޓްރީގެ މަސައްކަތްތައް ވަގުތީ ގޮތުން ދަރުބާރުގެއަށް ބަދަލުކޮށް، އިއްޔެ ވަނީ އަލުން ހިދުމަތް ދޭން ފަށައިފަ އެވެ.
ރައީސް ވަނީ މިއަދު ހެނދުނު ދަރުބާރުގެއަށް ވަޑައިގެން އެ މިނިސްޓްރީތަކުގެ މަސައްކަތް ކުރިއަށް ގެންދާ ގޮތް ބައްލަވާލައްވައިފަ އެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރުބާރުގޭގައި.-- ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުން ބުނީ ރައީސް ދަރުބާރުގެއަށް ވަޑައިގެން މިނިސްޓްރީތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ މުހާތަބުކުރެއްވި ކަމަށެވެ.
ރައީސް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ތިން މިނިސްޓްރީ ހިންގަން ދާއިމީ ހައްލެއް ލިބެންދެން ތަނެއް ކުއްޔަށް ނުހިފުމަށް ނިންމާފައިވާ ކަމަށެވެ. އަދި ދާއިމީ ހައްލެއް ލިބެންދެން ސަރުކާރުގެ ތަނެއްގައި މިނިސްޓްރީތަކުން ހިދުމަތް ދިނުމަށް ވިސްނަވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާގެ ސަބަބުން ލިބުނީ އަގު ނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެކެވެ. އެ ހާދިސާގައި މުވައްޒަފުންގެ އަމިއްލަ ތަކެތި ވެސް ގެއްލިފައި ވާތީ، އެ ގެއްލުންތަކުގެ ސަބަބުން ކުރިމަތިވާނެ ދަތިތައް ތަސައްވަރުކުރަން ވެސް އެމަނިކުފާނަށް އުނދަގޫ ކަމަށެވެ. ނަމަވެސް، މި ހާލަތުގައި ވެސް މުވައްޒަފުންގެ ފަރާތުން ފެނުނީ "ޕޮސިޓިވް އެޓިޓިއުޑް"އަކާއި ކެތްތެރިކަން ފާހަގަކުރައްވައި، ރައީސް ވަނީ މަސައްކަތްތައް އަލުން ފެށުމަށް ދިން އެއްބާރުލުމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
އަލިފާނުގެ ހާދިސާގައި ގެއްލުންވި މިނިސްޓްރީތަކުގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދަރުބާރުގޭގައި.-- ފޮޓޯ: ރައީސް އޮފީސް
ވަގުތީ ގޮތުން ހަމަޖައްސާފައިވާ އޮފީހުގައި ވެސް މުވައްޒަފުންނަށް ބޭނުންވާ ޒަރޫރީ ކަންކަން ވީހާވެސް އަވަހަކަށް ހަމަޖައްސައިދިނުމަށް ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މުވައްޒަފުންނަށް ފާހާނާ އިތުރުކޮށްދިނުމާއި ކެފެޓީރިއާގެ ހިދުމަތް ދިނުމާއި އޮފީހަށް މަދުވާ އިލެކްޓްރޯނިކްސް އާއި ކޮމްޕިއުޓަރު ސިސްޓަމް ކަހަލަ ތަކެތި ހޯއްދަވައިދެއްވާނެ ކަމަށެވެ.
ރައީސް ވަނީ ތިން މިނިސްޓްރީގެ މަސައްކަތްތައް ދަރުބާރުގެއަށް ބަދަލުކުރުމަށް އެކުލަވާލި ޓާސްކް ފޯހާއި ބައެއް ކުންފުނިތަކުގެ ވެރިންނާ ވެސް މިއަދު ބައްދަލުކުރައްވައިފަ އެވެ.
ދަރުބާރުގެއަށް ވަޑައިގަތުމަށް ފަހު، ސިޓީ ކައުންސިލްގެ ހުއްޓިފައިވާ ހިދުމަތްތައް ދިނުމަށް ވަމުން އަންނަ ތައްޔާރީތައް ބައްލަވާލައްވަން ގަލޮޅު ސްކޫލަށް ވެސް ރައީސް ޒިޔާރަތްކުރެއްވި އެވެ. އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި އެ ބޭފުޅުން ބޭނުންވާ ކަންކަމާއި މަސައްކަތްތައް ހިނގަމުންދާ ގޮތް ރައީސް ބައްލަވާލެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަޑިތަކުރު
17 December 2024
މިނިސްޓްރީތައް ތިޔަތާނގައި ނަމަކަށް ހިންގާފައި އެކިއެކި ޑިޕާޓްމަންޓްތަކާއި ސެކްޝަންތައް އެކިދިމަދިމާލުގައި ކުއްޔަށް ތަންތަން ނަގައިގެން ހިންގާތަން އަނެއްކާ ދުވަސްކޮޅެއްވާއިރު ނުފެންނާނެ ބާވައެވެ. މިހާރުވެސް ރަނގަޅު ފެންވަރެއްގައި އިމާރާތެއް ހަދާނިމޭއިރު އެތާނގެ ބޮޑުބައެއް ހުންނަނީ ދައުލަތް ހިއްސާވާ ކުންފުންޏަކަށް ނުވާތަ އޮފީހަކަށް ކުއްޔަށް ހިފާފައެވެ.
ޢެދުރު
17 December 2024
މިސޮރު މިހެން ބުނެފިޔާ ޔަގީން ނަގާނެ އޮފީސް ކުއްޔަޢް
ބަޑިތަކުރު
17 December 2024
ވަރަށް ރަނގަޅު ނިންމެވުމެއް. މިހާރު ކުއްޔަށް ހިފައިގެން ހިންގާ ދައުލަތުގެ އޮފީސްތަކާއި ކުންފުނިތަކުގެ އޮފީސްތަކާއި ދައުލަތް ހިއްސާވާ ބޭންކުތަކުގެ ބްރާންޗްތައް ހިންގޭވަރަށް ލޯނު ނަގައިގެންވިޔަސް ތަންތަން ހަދަންވީއެވެ. އެކަމުގެ ސަބަބުން ދައުލަތުގެ ދަރަނި މިވަގުތު އުފުލުނަސް އެއީ ދެމެހެއްޓެނިވި އުފެއްދުންތެރި ހޭދައަކަށްވާނެއެވެ. އަދި މުސްތަގްބަލުގައި އޭގެ ފައިދާ ބޮޑުވާނެއެވެ. އެހެންނުހަދާނަމަ ނާޖާއިޒް މަންފާ ބަޔަކު ނެގުމަށްވެސް ފުރުޞަތު ލިބޭނެއެވެ.
ހޮޓްކިންގ
16 December 2024
ކުރީގެ ސްޓާ ސިނަމާހިންގި ގޯތީގަހުރި އިމާރާތުގެ ކުއްޔަށްވެސް އެތައް މިލިއަނެއް ކޮންމެ މަހަކު ހޭދަކުރޭ. ސަރުކާރު ހިންގަން ކުލިދެއްކުން ބަލައެއްް ނުގަނެވޭ. އެކަން ހުއްޓާލާ.
އޮނަރަބްލް އަފީފު ދީދީ
16 December 2024
އެގޮތުން ތިޔަ 3 މިނިސްޓްރީ ހިންގުމަށް ހުޅުމާލޭގައި ހުރި އެސްޓީއޯ ހޮޓާ ދައުލަތަށްނެގުމަށްފަހު މާލޭމީހުންގެ ގެދޮރު ބޮޑުއަގުގައި ކުއްޔަށްހިފައިގެން ހިންގާ އޮފީސްތައް 2026 ވަނަ އަހަރު ހުޅުމާލެއަށް ބަދަލުކުރުމަށްޓަކާ ރެނާޓަަސް އިން އިމާރާތްކުރަމުންދާ ޓަވަރުތަކުގެތެރެއިން 3 ޓަވަރު ދައުލަތަށްނެގުމަށްފަހު އޮފީސް އިމާރާތަކަށްބޭނުންވާ ބަދަލުތަކާއިއެކުގައި އެތަންތަންނިންމާ، މިހާރު ކުއްޔަށްހިފާފައިހުރި ހުރިހާ އޮފީސްތައް 2026 ގައި އެތަންތަނަށް ބަދަލުކުރައްވާ.
ދޮނޭ.
17 December 2024
ދީދީ ކިތަންމެ ވަރެއް ކުރިޔަސް ތިކަމެއް ނުކުރާނެ. ސަރުކާރު އޮފީސް ތަކުގެ ވެރިންނަށް ތިބީ ތިޔަ ވިދާޅުވާ ކުއްޔަށް ހިފާފައިވާ ތަންތަނުގެ ވެރިން. ދެން ދީދީ ވިސްނާލަބަލަ ތިކަން ކުރެވޭނެ ގޮތެއް.
މަނިކުު
16 December 2024
ހާލުބަލާލަން ރައީސް ދިއުމުން ވަރަށް އުފާވެއްޖެ.
ލޮމޮ
16 December 2024
މަގުމަތީ ތޯ
ޜަނގަޅުހަމަ
16 December 2024
އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ހާއްސަކޮށް އެދެނީ ޖާގަ ތަނަވަސް ހުޅުމާލެއިން އޮފީހެއް ހަމަޖެހުން. ކުރިން މަސައްކަތްކުރި ގްރީން ބިލްޑިންގް ސަރަހައްދަކީ އޮފީސް ހިންގަން އެހާ އެކަށީގެންވާ ސަރަހައްދެއް ނޫން. ޥާރޭ ވެހުނިއްޔާ އޮފީހަށް ނުވަދެވޭ އަދި ސައިކަލް ޕާކުކުރާނެ ޖާގައެއް ނެތް. މުވައްޒަފުންގެ އެދުމަކީ ހަމަ ތަނަވަސް ޙުޅުމާލޭން އޮފީސް ހަމަޖެހުން.
އޮނަރަބްލް އަފީފު ދީދީ
16 December 2024
ސަރުކާރު އޮފީސް ތަކުގެތެރެއިން ކޮންމެހެން ތިރަށުގައި ހުންނާންނުޖެހޭ އޮފީސްތައް (މިސާލަކަށް ގޭން އިންޓަރނޭޝަނަލް އެއަރޕޯޓް ހެޑްއޮފީހާއި، ފެނަކަ ކޯޕަރޭޝަންގެ ހެޑުއޮފީސް ފަދަ) ތިރަށުންބޭރުކޮށް ރާއްޖޭގެ ބިން ބޮޑު ހަނިމާދޫ، ލ.ގުޅިފައިވާ ރަށްތަކާއި އައްޑޫސިޓީފަދަ ރަށްރަށަށް ބަދަލުކޮށްގެންނޫނީ ރައީސް ތިޔަ ވިދާޅުވާ ދާއިމީ ހައްލު ތިކަންކަމަކަށް ނުލިބޭނެ އިގޭތޯ. މިފަދަ ބަދަލެއް ގެނެސްގެން ނޫނީ ޢިޤުތިސޯދީ މާލީ ތަރައްޤީއަށްވެސް ކުރިއެރުން ލިބޭނެ މަގެއް ނެތް.
ސަރުދާރުު
16 December 2024
އިނގޭ މި ކޮމެންޓް ކީ އިރުވެސް އެންމެ ފަހަޡަށް ރިކޮމެންޑު ކުރާނީ އައްޑޫކަން. ގަބޫލު ނުކުރިޔަސް މާލެ މީހުނާ އެއްވަރަށް އައްޑޫ މިހުންވެސް މާލެއިން ކުއްޔަށް މީހުން ބެހެއްޓުމުގެ ބިޒްނަސް ހިނގާކަން. ލާމު މިއޮތީ މާލެއާ އައްޑޫ މީހުންގެ ބިންތަކުން ފަޅުވެފަ
އިނގެއޭދޯ
16 December 2024
ދާއިމީ ހައްލު ހޯދަން ހަދަން ޖެހޭނެ ގޮތަކީ ސަރުކާރުން ކުއްޔަށް ހިފާފައިވާ ހުރިހާ ތަންތަނަށް ސަރުކާރުން ކޮންމެ މަހަކު ކުލި ދައްކާވަރު ބަލަންވީ މަމެންނަށް ޔަގީނޭ 1000 ފްލެޓްސް އެޅޭނެ ފައިސާ އަހަރަކު ހަމައެކަނި މާލޭގައި ކުއްޔަށް ހިފާފައިވާ ތަންތަނަށް ސަރުކާރުން ހޭދަކުރެއޭ ބޮޑެއްޗޭ އަނެއްކާ ހިފާފައި ހުންނަ ތަންތަން މިހާރު އެތައްޔާރު ވަނީ މޫނިމާގޭގައި ހަދާ އޮފީސް ބްލޮކް އެއްކޮށް ސަރުކާރަށް ކުއްޔަށް ބޮޑު އަގުގައި ނަގަންވެގެން މަމެންނަށް މިކަން ވެސް