އާޓިފިޝަލް ބީޗުގައި ހަމަނުޖެހުން ހިންގި ސަރަހައްދުގައި ބަޔަކު ހަރަކާތްތެރިވާ ވީޑިއޯގެ ސްކްރީންޝޮޓެއް.
18 ޖެނުއަރީ 2025 - 20:48
މާލޭގެ އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ހައްޔަރުކުރި ތިން މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް އިމިގްރޭޝަނުން މިރޭ ބުނެފި އެވެ.
ރޭ 8:30 ހާއިރު ބިދޭސީންތަކެއް މާރާމާރީ ހިންގައިގެން އުޅުމުން މައްސަލާގައި ފުލުހުން ހައްޔަރުކުރީ އިންޑިއާ ތިން ފިރިހެނެކެވެ.
އެ މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވިދާޅުވީ، މާރާމާރީ ހިންގި ތިން މީހުން ވެސް މިހާރު ތިބީ އިމިގްރޭޝަނުގެ ބެލުމުގެ ދަށުގައި ކަމަށެވެ. އެ އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އާންމު މަސްލަހަތަށް ނުރައްކާވާ ގޮތަށް އެފަދަ އަމަލުތައް ހިންގާ ބިދޭސީންނަށް އިތުރު ފުރުސަތެއް ނުދޭނެ ކަމަށް ކޮންޓްރޯލަރު ވިދާޅުވި އެވެ.
އިއްޔެ (17/01/25) ގައި އާޓިފިޝަލް ބީޗު ސަރަހައްދުގައި ބިދޭސީންތަކެއްގެ މެދުގައި ހިނގި މާރާމާރީއަކާއި ގުޅިގެން ފުލުހުން ވަނީ 03 ބިދޭސީއަކު އިމިގްރޭޝަނާއި ހަވާލުކޮށްފައި. އަދި މި އެންމެން ވެސް ޑީޕޯޓުކުރުމުގެ މަސައްކަތް މިހާރު މިދަނީ ކުރަމުން. އާންމު މަސްލަހަތަށް ނުރައްކާވާ…
— Mohamed Shamaan Waheed (@ShamaanW) January 18, 2025
މާރާމާރީގެ މަންޒަރު ވީޑިއޯ ކުރި ދިވެއްސަކާ މެދު ވެސް އެ މީހުން މާރާމާރީ ހިންގާފައިވާ ކަމަށް ރޭ ފުލުހުން ބުންޏެވެ.
މާރާމާރީގެ މައްސަލައެއްގައި ބިދޭސީންތަކެއް އަތުލައިގަތްއިރު، އާޓިފިޝަލް ބީޗުގައި މިދިޔަ ޑިސެމްބަރު މަހު ހިންގި މާރާމާރީއަކާ ގުޅިގެން ވެސް އިންޑިއާގެ ބަޔަކު ހައްޔަރުކުރި އެވެ. އެކަމުގައި ބައިވެރިވި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުން އޭރު ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަހްލޫފް
19 January 2025
ހަމަ ރަނގަޅަށް ތި ހެދީ. ބޭނުންހާ ސަކަރާތެއްނުޖެހޭނެ މިތާކު. މިހެން ވާންޖެހޭނެ ކޮންމެ ސަރުކާރަކުން
އަބްޑޫޅް +
19 January 2025
އިންޑީޔާ މީހުން ވީމަ ޑިޕޯޓުކުރަނީ ދޯ؟ އެހެންބަޔަކު ދެކޭ ކަލޭމެން ޖެލުމެއް ނުވެ ޑިޕޯޓު ކޮށްލަނީ. ސިޑީގެ އެންމެ މަތީ ހަރުފަތަށް އަރުވާފަ، ކަނދުރާގަ އަޅާ ފުލައިޓު ތެރެއްށް ކޮއްޕާލާ އުސޫލުން. ކަލޭމެން ހަނދާން އެބަހުރިތަ، އުއްސަކުރު ފައުޒިއްޔާ އަށް އެ އިންޑިޔާ މީހުންގަނޑު ހަދާލިގޮތް؟
ޒޫމަލް
19 January 2025
ނަގަންޖެހޭ ފިޔަވަޅެއް ނަގަން ވާނެ.
މަނާލްް
19 January 2025
މިމީހުނަށް ހަމަ މިހިން ހަދަންވީ. މިކަހަލަ ގައުމު ތަކަށް އައިސް މި މީހުންގެ ބާރެއް ނުދެއްކޭނެ. ހަމަ ޖެހޭނީ ރަށަށް ދާން.
އިސްމާލި
19 January 2025
މިހާރު އެބަ ފެނޭ ދޯ އެ ގައުމުގެ މީހުން ގިނަވީމަ ވާ ގޮތް. މިހާ ދުވަހު މިތާ ބަންގްލަދޭޝް މީހުން އެހާ ގިނަވި އިރުވެސް މިވަރަކަށް ކަންތައްތައް ނުދޭ. މިއީ އަދި ފެށުން. މީގެ އިތުރުން އަދި ކޮބާ އެމީހުން ހިންގާ ވިޔަފާރި ކުންފުނިތައް؟ މަޑުމަޑުން ކާބޯ ތަކެތީ ގެ އިމްޕޯޓް ސަޕްލައި ޗެއިން އަތުލާނެ. ދަނޑުވެރިކަން އެއޮތީ ދިވެހިން އަތު ބީވެގެން ގޮސްފަ.
ބެސްޓީ
18 January 2025
ބެސްޓް
މުޑަހަންޖާ
18 January 2025
ހެހެ، ރާއްޖޭގެ އެހެން ރަށްރަށުގަ ބިދޭސީން ޒުވާބުކޮށްގެން އެކަކު އަނެކަކު ގަޔަށް އަތްލާފަ ހުންނަނީ މަދެއްކޮށެއްނޫން. އެކަމަކު އިރުއިރުކޮޅާ ކ.މާލޭގެ ތިބުނާ ބީޗެއްގަ ބިދޭސީބަޔަކު ގަޔަށް އަތްލައިގެން ޑިޕޯޓުކުރާވާހަކަ މިއިވެނީ. ތިރަށުގައި ހިނގަނީ ތަފާތު ގާނޫނެއްތަ.
ތަންފީޒު
19 January 2025
ރަށްރަށުގައި ތިފަދަ ކަންކަމަށް ހަރުކަށި ފިޔަވަޅު އަޅައި ގާނޫނު ތަންފީޒު ނުކުރުމަކީ ވެރިރަށުގައި ފިޔަވަޅު ފިޔަވަޅު އަޅަައި ގާނޫނު ތަންފީޒު ނުކުރާންވީ ސަބަބެއް ނޫން.
ކުދިހަންޖާ
19 January 2025
ބުނަންތަ ކޮޔާ، އޭގެ މާނަޔަކީ ތިރަށުގެ ވެރިން ޒިންމާދާރު ކުރުވަން އަގަ ބޮޑުކުރަންވީ ބޭކާރު ވާހަކަ ނުދައްކާ، އެބަޔެއްގެ ހައްޤު ހޯދަން މަސައްކަތް ކުރަންވީ.
ޢަލިބޭ
18 January 2025
ވަރަށް ރަނގަޅު ނިމްމެވުމެއް. މިއީ ބޭނުން ގޮތަކަށް އުޅެވޭ ތަނަކަށް ވެގެންނުވާނެ
އަބްޑޫޅް +
19 January 2025
ހޫނ، މިއީ ފުރަމާލެ. ބީރަށްޓެހި ރަށެއް ނޫން. ކަލޭމެންގެ ބީރަށްޓެހި ރަށްފުށުގަ ތިބޭނީ ގަބުޅި ކަތީބުން. ގަބުޅި ކަތީބުންނަށް ލިބޭނީ ގަބުޅިކޮޅު މަސްކޮޅު ކާށި ކޮޅު. ގަބުޅިއެކޭ ހީނުކޮށް ކާލައިގެން ފުއްދާލާ.
ވަސީންބެ
18 January 2025
ކިހިނެއް ވެގެންތަ ޑީޕޯޓު މިކުރަނީ ކޮންމެ ކުށަކަށް ވިޔަސް. ޖަލަށްލާފަ ރަނގަޅަށް އަދަބު ދޭން ވާނެ މިކަހަލަ ކަންކަމުގަ. މީހަކު މެރިޔަސް ޑީޕޯޓު ކުރާހިސާބަށް ޑީޕޯޓުކަންކަން ތި ދަނީ. އެމީހުން ހެޕީލީ އަނބުރާ ރަށަށް.
ބޭކާރު
19 January 2025
ޖަލަށް ލައިގެން ދިވެހި ދައުލަތުން ކާންދީ ބޯންދީ ބޭކާރު ހަރަދުތައް ކުރުމަށްވުރެ ޑީޕޯޓްކޮށްލުން މާ ބޮލަށް ފަސޭޔައެއްނު؟
ގަވަރުނަރު
19 January 2025
ޖަލަށްލައިގެން އެމީހުންނަށް ސަރުކާރުން ޚަރަދުކުރަންވީ ދެން؟
މިއައު
18 January 2025
ދިވެހިންގެ ކަންމަތި ތަކުން މިގޮތަށް ޖަރީމާ ހިންގީމަ ލިބެނީ ލާރި ދޮންނަން ފުޓްސެލް ދަނޑު.